|
| ﴿١﴾ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ |
| (ﷲއަށާއި، އެކަލާނގެ ރަސޫލާއަށް) ކާފިރުވެ، އަދި ﷲގެމަގުން (އެހެންމީހުން) އެއްކިބާކުރި މީހުންގެ ޢަމަލުތައް އެކަލާނގެ ބާޠިލު ކުރެއްވިއެވެ. |
| ﴿٢﴾ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ الْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ |
| އަދި އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް، އަދި މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤު ބަސްފުޅުކަމަށް އީމާންވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ ޙާލުތައް އިޞްލާޙު ކުރެއްވިއެވެ. |
| ﴿٣﴾ ذَٰلِكَ بِأَنَّ الَّذِينَ كَفَرُوا اتَّبَعُوا الْبَاطِلَ وَأَنَّ الَّذِينَ آمَنُوا اتَّبَعُوا الْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ اللَّهُ لِلنَّاسِ أَمْثَالَهُمْ |
| އެއީ ކާފިރު ވިމީހުން، ބާޠިލަށް ތަބަޢަ ވީކަމުގެ ސަބަބުންނެވެ. އަދި އީމާން ވިމީހުން، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުންއައި ޙައްޤު ބަސްފުޅަށް ތަބަޢަ ވުމުގެ ސަބަބުންނެވެ. މީސްތަކުންނަށް އެއުރެންގެ މިޘާލުތައް ﷲ ޖައްސަވަނީ އެފަދައިންނެވެ. |
| ﴿٤﴾ فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّىٰ إِذَا أَثْخَنتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً حَتَّىٰ تَضَعَ الْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَاءُ اللَّهُ لَانتَصَرَ مِنْهُمْ وَلَٰكِن لِّيَبْلُوَ بَعْضَكُم بِبَعْضٍ ۗ وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَن يُضِلَّ أَعْمَالَهُمْ |
| ފަހެ، (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން ކާފިރުންނާ ބައްދަލުވާހިނދު، އެއުރެންގެ ކަނދުރާތަކުގައި ޖަހައި ޤަތުލު ކުރާށެވެ! (ތިޔަބައިމީހުންގެ ބާރު ގަދަކޮށް) އެއުރެން ޤަތުލު ކުރުން ގިނަކޮށްފުމަށްދާނދެނެވެ. ފަހެ، (އެހިނދު އެއުރެން) ވަރުގަދަޔަށް ބަނދެ ހައްޔަރުކުރާށެވެ! ދެން އެޔަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށްފަހު) އޮތީ ތިޔަބައިމީހުން އެއުރެން ދޫކޮށްލުމެވެ. ނުވަތަ އެއުރެންގެ އަތުން ފިދުޔަ ނެގުމެވެ. (ތިޔަބައިމީހުން މިގޮތުގައި ދެމިތިބޭހުށީ) ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓައިފުމަށްދާނދެނެވެ. އެއުރެންނާމެދު ކަންތައް އޮތްގޮތީ އެއީއެވެ. އަދި، ﷲ އިރާދަކުރައްވާނަމަ (ހަނގުރާމަކުރުމަކާ ނުލައި) އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް ނަޞްރު ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ޖިހާދު ޝަރުޢު ކުރެއްވީ) ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އަދި، ﷲގެ މަގުގައި ޤަތުލު ވީ މީހުން ފަހެ، އެއުރެންގެ ޢަމަލުތައް އެކަލާނގެ ގެއްލެނި ނުކުރައްވާނެތެވެ. |
| ﴿٥﴾ سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ |
| އެކަލާނގެ އެއުރެންނަށް (ރަނގަޅު ކަންތަކަށް) މަގުދައްކަވާނެތެވެ. އަދި އެކަލާނގެ އެއުރެންގެ އެންމެހާ ޙާލުތައް، އިޞްލާޙު ކުރައްވާނެތެވެ. |
| ﴿٦﴾ وَيُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ |
| އަދި ސުވަރުގެޔަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެ ސުވަރުގެ ވަނީ، އެއުރެންނަށް އަންގަވައި ބަޔާންކޮށްދެއްވާފައެވެ. |
| ﴿٧﴾ يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ |
| އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް (އެބަހީ: ﷲގެ ދީނަށް) ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެތެވެ. |
| ﴿٨﴾ وَالَّذِينَ كَفَرُوا فَتَعْسًا لَّهُمْ وَأَضَلَّ أَعْمَالَهُمْ |
| ކާފިރު ވިމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ހަލާކާއި، އަބާއްޖަވެރިކަންހުށްޓެވެ. އަދި، އެކަލާނގެ އެއުރެންގެ ޢަމަލުތައް ގެއްލެނިކުރެއްވިއެވެ. |
| ﴿٩﴾ ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ |
| އެއީ އެއުރެން، ﷲ ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލު ކުރެއްވިއެވެ. |
| ﴿١٠﴾ ۞ أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ دَمَّرَ اللَّهُ عَلَيْهِمْ ۖ وَلِلْكَافِرِينَ أَمْثَالُهَا |
| ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންގެ މައްޗަށް ﷲ ހަލާކުފޮނުއްވައި ނެތިކުރެއްވިއެވެ. އަދި، ކާފިރުވި މީހުންނަށްހުރީ އެފަދަ ޢުޤޫބާތްތަކެވެ. |
| ﴿١١﴾ ذَٰلِكَ بِأَنَّ اللَّهَ مَوْلَى الَّذِينَ آمَنُوا وَأَنَّ الْكَافِرِينَ لَا مَوْلَىٰ لَهُمْ |
| އެއީ އީމާންވި މީހުންނަށް އެހީތެރިވެ، ނަޞްރު ދެއްވާ ފަރާތެއްކަމުގައި ﷲ ވޮޑިގެންވާކަމުންނެވެ. އަދި، ކާފިރުވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ. |
| ﴿١٢﴾ إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ وَالَّذِينَ كَفَرُوا يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ الْأَنْعَامُ وَالنَّارُ مَثْوًى لَّهُمْ |
| ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައްކުޅަ މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ﷲ (އެއުރެން) ވައްދަވާނެތެވެ. އަދި ކާފިރު ވިމީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއި އަރާމު ލިބިގަނެ، ނަޢަމް ސޫފި ކައިއުޅޭފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. |
| ﴿١٣﴾ وَكَأَيِّن مِّن قَرْيَةٍ هِيَ أَشَدُّ قُوَّةً مِّن قَرْيَتِكَ الَّتِي أَخْرَجَتْكَ أَهْلَكْنَاهُمْ فَلَا نَاصِرَ لَهُمْ |
| ކަލޭގެފާނު އެ ރަށަކުން ބޭރުކޮށް ނެރެލި، ކަލޭގެފާނުގެ ރަށަށްވުރެ ބާރުގަދަ ކިތައްކިތައް ރަށުގެ އަހުލުވެރިން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރައްވައި ނެތިކުރެއްވިންހެއްޔެވެ! ފަހެ، އެއުރެންނަށް ނަޞްރު ދޭނޭ އެއްވެސް މީހަކު ނުވެއެވެ. |
| ﴿١٤﴾ أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِ كَمَن زُيِّنَ لَهُ سُوءُ عَمَلِهِ وَاتَّبَعُوا أَهْوَاءَهُم |
| ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެމީހެއްގެ ނުބައި ޢަމަލު އެމީހަކަށް ޒީނަތްތެރިކުރައްވާފައިވާ މީހަކާއި، އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށް ތަބަޢަ ވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ |
| ﴿١٥﴾ مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ |
| ތަޤްވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ސުވަރުގޭގެ މިޘާލަކީ އެތާނގައި ތަޣައްޔަރުކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ ނިޢުމަތްތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ |
| ﴿١٦﴾ وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰ إِذَا خَرَجُوا مِنْ عِندِكَ قَالُوا لِلَّذِينَ أُوتُوا الْعِلْمَ مَاذَا قَالَ آنِفًا ۚ أُولَٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَاتَّبَعُوا أَهْوَاءَهُمْ |
| އެއުރެންގެ ތެރެއިން (އެބަހީ: ކާފިރުންގެ ތެރެއިން) ބަޔަކު، ކަލޭގެފާނު ވިދާޅުވާ ވިދާޅުވުމަށް އަހައިއުޅެތެވެ. ކަލޭގެފާނުގެ އަރިހުން އެއުރެން ނުކުންނަހިނދު، ޢިލްމު ލިބިގެންވާ މީހުންނަށް އެއުރެން ބުނެތެވެ. އެކަލޭގެފާނު ދެންމެއަކު ވިދާޅުވީ ކީކޭހެއްޔެވެ؟ އެއުރެންނީ، ﷲ އެއުރެންގެ ހިތްތަކުގައި ސިއްކަޖައްސަވައި، ބަންދުކުރައްވާފައިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށް ތަބަޢަ ވެގެންވާ މީހުންނެވެ. |
| ﴿١٧﴾ وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ |
| ތެދުމަގު ލިބިގެންވާ މީހުންނަށް، އެކަލާނގެ ތެދުމަގު އިތުރުކުރެއްވިއެވެ. އަދި އެއުރެން ތަޤްވާވެރިވެ، ރައްކާތެރިވުމުގެ މަގު އެކަލާނގެ އެއުރެންނަށް ފަހިކޮށްދެއްވިއެވެ. |
| ﴿١٨﴾ فَهَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَاءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ |
| ފަހެ، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިޔަކަށް ޤިޔާމަތް ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާ ހަމަޔަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟ |
| ﴿١٩﴾ فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ |
| ފަހެ، ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށާއި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! ތިޔަބައިމީހުން ހިނގާބިނގާއުޅޭ ތަނާއި، އަރާމުކުރަންތިބޭ ތަން ﷲ ދެނެވޮޑިގެންވެތެވެ. |
| ﴿٢٠﴾ وَيَقُولُ الَّذِينَ آمَنُوا لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَا أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا الْقِتَالُ ۙ رَأَيْتَ الَّذِينَ فِي قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِ ۖ فَأَوْلَىٰ لَهُمْ |
| އީމާންވި މީހުން ބުނެތެވެ. ސޫރަތެއް ބާވައިނުލެއްވީ ކީއްވެބާވައެވެ؟ އަދި ޞަރީޙަ ކަނޑައަޅުއްވާފައިވާ ސޫރަތެއް ބާވައިލައްވާފައި އަދި ހަނގުރާމައިގެ ވާހަކަ އެ ސޫރަތުގައި ބަޔާންކުރައްވައިފިހިނދު، މަރަށް ހޭނެތިފައިވާ މީހަކު ބަލާފަދައިން އެއުރެންގެ ހިތްތަކުގައި (ނިފާޤުގެ) ބަލިމަޑުކަމެއްވާ މީހުން ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. ފަހެ، އެއުރެންނަށް ހަލާކުހުށްޓެވެ. |
| ﴿٢١﴾ طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ الْأَمْرُ فَلَوْ صَدَقُوا اللَّهَ لَكَانَ خَيْرًا لَّهُمْ |
| ކިޔަމަންވުމަކާއި، ރީތި ބަހެއް ބުނުން (ހެޔޮކަން ބޮޑުވެގެން) ވެއެވެ. ފަހެ، ހަނގުރާމަކުރުމުގެ އަމުރުފުޅު ކަނޑައެޅިއްޖެހިނދު، ﷲއަށް އެއުރެން ތެދުވެރިވީނަމަ، އެކަން އެއުރެންނަށް ހެޔޮކަންބޮޑުވީސްކަން ކަށަވަރެވެ. |
| ﴿٢٢﴾ فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ |
| ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި ފަސާދަ ކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟ |
| ﴿٢٣﴾ أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ |
| އެއުރެންނީ، އެއުރެންނަށް ﷲ ލަޢުނަތް ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ. |
| ﴿٢٤﴾ أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا |
| ފަހެ، ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟ |
| ﴿٢٥﴾ إِنَّ الَّذِينَ ارْتَدُّوا عَلَىٰ أَدْبَارِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى ۙ الشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ |
| ހަމަކަށަވަރުން، އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، އެއުރެންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް ޝައިޠާނާ އެކަން ޒީނަތްތެރިކޮށްދެއްކިއެވެ. އަދި އަޖަލުތައް ދިގުވާނެކަމުގެ އެދުން އެއުރެންނަށް ލައިދިނެވެ. |
| ﴿٢٦﴾ ذَٰلِكَ بِأَنَّهُمْ قَالُوا لِلَّذِينَ كَرِهُوا مَا نَزَّلَ اللَّهُ سَنُطِيعُكُمْ فِي بَعْضِ الْأَمْرِ ۖ وَاللَّهُ يَعْلَمُ إِسْرَارَهُمْ |
| އެއީ، ﷲ ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެއުރެން ބުނިކަމަށްޓަކައެވެ. ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނޫއެވެ. އަދި އެއުރެން ސިއްރުކޮށްފައިވާ ގޮތް ﷲ ދެނެވޮޑިގެންވެތެވެ. |
| ﴿٢٧﴾ فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ |
| އެއުރެންގެ މޫނުތަކާއި، ބުރިކަށިތަކުގައި ތަޅުއްވަމުން މަލާއިކަތުން އެއުރެންގެ މަރުހިއްޕަވާހިނދު، އެއުރެންގެ ޙާލު ވާނީ ކޮންފަދައަކުން ހެއްޔެވެ؟ |
| ﴿٢٨﴾ ذَٰلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ |
| އެއީ، ﷲ ކޯފާވެވޮޑިގެންވާމަގަށް އެއުރެން ތަބަޢަ ވީކަމަށްޓަކައެވެ. އަދި އެކަލާނގެ ރުއްސެވުމަށް އެއުރެން ނުރުހުންވީކަމަށްޓަކައެވެ. ފަހެ، އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލު ކުރެއްވިއެވެ. |
| ﴿٢٩﴾ أَمْ حَسِبَ الَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ اللَّهُ أَضْغَانَهُمْ |
| ނުވަތަ އެއުރެންގެ ހިތްތަކުގައި (ނިފާޤުގެ) ބަލިމަޑުކަމެއްވާ މީހުން، އެއުރެންގެ ރުޅިވެރިކަމާއި، ޙަސަދަވެރިކަން ﷲ ފާޅުނުކުރައްވާނެކަމަށް އެއުރެން ހީކުރީހެއްޔެވެ؟ |
| ﴿٣٠﴾ وَلَوْ نَشَاءُ لَأَرَيْنَاكَهُمْ فَلَعَرَفْتَهُم بِسِيمَاهُمْ ۚ وَلَتَعْرِفَنَّهُمْ فِي لَحْنِ الْقَوْلِ ۚ وَاللَّهُ يَعْلَمُ أَعْمَالَكُمْ |
| އަދި، ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެއުރެން ދައްކަވައިފީމުސްކަން ކަށަވަރެވެ. ފަހެ، އެއުރެންގެ ނިޝާންތަކުން ކަލޭގެފާނަށް އެއުރެން އެނގިވަޑައިގަތީސްކަން ކަށަވަރެވެ. އަދި ބަސްބުނުމުގެ ރާގުން ކަލޭގެފާނަށް އެއުރެން އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. އަދި ﷲ ތިޔަބައިމީހުންގެ ޢަމަލުތައް ދެނެވޮޑިގެންވެތެވެ. |
| ﴿٣١﴾ وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ |
| އަދި ތިޔަބައިމީހުންގެ ތެރެއިން ޖިހާދު ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ ޚަބަރުތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. |
| ﴿٣٢﴾ إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ وَشَاقُّوا الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَىٰ لَن يَضُرُّوا اللَّهَ شَيْئًا وَسَيُحْبِطُ أَعْمَالَهُمْ |
| ހަމަކަށަވަރުން، ކާފިރުވެ، އަދި ﷲގެ މަގުން (އެހެންމީހުން) އެއްކިބާކޮށް، އަދި އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވާ މީހުންނަކަށް، އެއްވެސް ކަމަކުން ﷲއަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލު ކުރައްވާނެތެވެ. |
| ﴿٣٣﴾ ۞ يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ |
| އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުން ބާޠިލު ނުކުރާހުށިކަމެވެ! |
| ﴿٣٤﴾ إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ ثُمَّ مَاتُوا وَهُمْ كُفَّارٌ فَلَن يَغْفِرَ اللَّهُ لَهُمْ |
| ހަމަކަށަވަރުން، ކާފިރުވެ ﷲގެމަގުން (އެހެންމީހުން) އެއްކިބާކޮށް، ދެން ކާފިރުންކަމުގައި ވެގެންތިބެ މަރުވި މީހުން (ދަންނާށެވެ!) ފަހެ، ﷲ، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. |
| ﴿٣٥﴾ فَلَا تَهِنُوا وَتَدْعُوا إِلَى السَّلْمِ وَأَنتُمُ الْأَعْلَوْنَ وَاللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَالَكُمْ |
| ފަހެ، ތިޔަބައިމީހުން ނިކަމެތިވެގަނެ، ކާފިރުންނާ ޞުލްޙަ ވުމަށް ގޮވައިނޫޅޭށެވެ! ގަދަވެ، މަތިވެރިވާނޭ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި، ﷲ ވޮޑިގެންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އުނިނުކުރައްވާހުށްޓެވެ. |
| ﴿٣٦﴾ إِنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا وَتَتَّقُوا يُؤْتِكُمْ أُجُورَكُمْ وَلَا يَسْأَلْكُمْ أَمْوَالَكُمْ |
| ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ، ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައެވެ. އަދި ތިޔަބައިމީހުން އީމާންވެ، ތަޤްވާވެރިވާނަމަ، އެކަލާނގެ ތިޔަބައިމީހުންގެ ދަރުމަ، ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މުދާތަކަކަށް އެދިވޮޑިއެއް ނުގަންނަވަތެވެ. |
| ﴿٣٧﴾ إِن يَسْأَلْكُمُوهَا فَيُحْفِكُمْ تَبْخَلُوا وَيُخْرِجْ أَضْغَانَكُمْ |
| ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ އެތަކެއްޗަށް އެދިވޮޑިގަންނަވައި، އެކަމަށް ބާރުއަޅުއްވާނަމަ، ތިޔަބައިމީހުން ދަހިވެތިވާނޫއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ރުޅިވެރިކަމާއި، ޙަސަދަވެރިކަން ފާޅުކުރައްވާނެތެވެ. |
| ﴿٣٨﴾ هَا أَنتُمْ هَٰؤُلَاءِ تُدْعَوْنَ لِتُنفِقُوا فِي سَبِيلِ اللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِ ۚ وَاللَّهُ الْغَنِيُّ وَأَنتُمُ الْفُقَرَاءُ ۚ وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُم |
| އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިޔަތިބީއެވެ. ﷲގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސުގެ ފަރާތުންނެވެ. ﷲއީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ފަޤީރުންނަކީ ތިޔަބައިމީހުންނެވެ. އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ. |
|