|
|
|
﴿١﴾ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ |
ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ. |
|
﴿٢﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ |
ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ. |
|
﴿٣﴾ الرَّحْمَٰنِ الرَّحِيمِ |
(އެކަލާނގެއީ) ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. |
|
﴿٤﴾ مَالِكِ يَوْمِ الدِّينِ |
ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ. |
|
﴿٥﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ |
އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ. |
|
﴿٦﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ |
އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! |
|
﴿٧﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ |
(އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ. |
|