|
ކިޔެވުން: | | |
| ﴿١﴾ قُلْ أَعُوذُ بِرَبِّ النَّاسِ | ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. |
| ﴿٢﴾ مَلِكِ النَّاسِ | (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. |
| ﴿٣﴾ إِلَٰهِ النَّاسِ | (އެކަލާނގެއީ) މީސްތަކުންގެ إله ވަންތަ ރަސްކަލާނގެއެވެ. |
| ﴿٤﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ | ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަަމެވެ.) |
| ﴿٥﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ | އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ. |
| ﴿٦﴾ مِنَ الْجِنَّةِ وَالنَّاسِ | ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ. |
|