×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ إِذَا السَّمَاءُ انفَطَرَتْ އުޑު ފަޅަފަޅައިގެންދާ ހިނދެވެ.
﴿٢﴾ وَإِذَا الْكَوَاكِبُ انتَثَرَتْ އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ.
﴿٣﴾ وَإِذَا الْبِحَارُ فُجِّرَتْ އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ.
﴿٤﴾ وَإِذَا الْقُبُورُ بُعْثِرَتْ އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ.
﴿٥﴾ عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ (އެހިނދު) ކޮންމެ ނަފްސަކަށް، އެ ނަފްސެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.
﴿٦﴾ يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟
﴿٧﴾ الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ.
﴿٨﴾ فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، ތަރުކީބު ކުރެއްވިއެވެ.
﴿٩﴾ كَلَّا بَلْ تُكَذِّبُونَ بِالدِّينِ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (ޤިޔާމަތް ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ.
﴿١٠﴾ وَإِنَّ عَلَيْكُمْ لَحَافِظِينَ އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ.
﴿١١﴾ كِرَامًا كَاتِبِينَ (އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ.
﴿١٢﴾ يَعْلَمُونَ مَا تَفْعَلُونَ ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ.
﴿١٣﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، ނިޢުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ.
﴿١٤﴾ وَإِنَّ الْفُجَّارَ لَفِي جَحِيمٍ އަދި ހަމަކަށަވަރުން، ކާފިރުންވަނީ، ނަރަކައިގައިކަން ކަށަވަރެވެ.
﴿١٥﴾ يَصْلَوْنَهَا يَوْمَ الدِّينِ ޤިޔާމަތް ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ.
﴿١٦﴾ وَمَا هُمْ عَنْهَا بِغَائِبِينَ އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ.
﴿١٧﴾ وَمَا أَدْرَاكَ مَا يَوْمُ الدِّينِ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿١٨﴾ ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ ދެންވެސް ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿١٩﴾ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ (އެއީ) އެއްވެސް ނަފްސެއް، އަނެއް ނަފްސަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، އަމުރުވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) ﷲއަށެވެ.
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (19-03-2024)
އިމްސާކް04:38  
ފަތިސް04:58  
އިރުއަރާ06:10  
މެންދުރު12:18  
އަޞްރު15:23  
މަޣްރިބް18:19  
ޢިޝާ19:30  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (19-03-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (19-03-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (19-03-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ