×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ حم ح م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
﴿٢﴾ تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ މިއީ ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲގެ ޙަޟްރަތުން ބާވައިލެއްވި ފޮތެވެ.
﴿٣﴾ مَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُّسَمًّى ۚ وَالَّذِينَ كَفَرُوا عَمَّا أُنذِرُوا مُعْرِضُونَ ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތި ޙައްޤު ގޮތުގައި، އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށްމެނުވީ ނަހައްދަވަމެވެ. އަދި ކާފިރު ވިމީހުންނީ، އެއުރެންނަށް އިންޛާރު ކުރައްވާ ކަންތަކަށް ފުރަގަސްދޭ ބަޔެކެވެ.
﴿٤﴾ قُلْ أَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ ۖ ائْتُونِي بِكِتَابٍ مِّن قَبْلِ هَٰذَا أَوْ أَثَارَةٍ مِّنْ عِلْمٍ إِن كُنتُمْ صَادِقِينَ ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެއްޗާމެދު، ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! އެއުރެން ބިމުންހެދީ ކޮންތަނެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެދުމުގައި ބައިވެރިވުމެއް، އެއުރެންނަށް ވަނީހެއްޔެވެ؟ މީގެކުރިން (ބާވައިލެއްވި) ފޮތެއް ނުވަތަ ޢިލްމުގެ ތެރެއިން މިންވަރެއް، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ގެނެސްދީބަލާށެވެ! ތިޔަބައިމީހުންނީ، ތެދުވެރިންކަމުގައި ވާނަމައެވެ.
﴿٥﴾ وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ޤިޔާމަތް ދުވަހަށް ދާނދެން، އެމީހަކަށް އިޖާބަ ނުދޭފަރާތަކަށް ﷲ ފިޔަވައި އަޅުކަންކޮށް، ދުޢާ ކޮށްއުޅޭ މީހަކަށްވުރެން މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެތަކެތިވަނީ، އެއުރެންގެ ދުޢާތަކަށް ޣާފިލު ވެގެންނެވެ.
﴿٦﴾ وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ އަދި މީސްތަކުން (ޤިޔާމަތް ދުވަހުން) އެއްކުރައްވާހިނދު އެއުރެންނަށް، އެ ބުދުތައް ޢަދާވަތްތެރިންކަމުގައި ވާނެތެވެ. އަދި އެތަކެއްޗަށް އަޅުކަންކުރި ކަމާމެދު އިންކާރު ކުރާ ތަކެތި ކަމުގައި އެތަކެތި ވާނެތެވެ.
﴿٧﴾ وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَٰذَا سِحْرٌ مُّبِينٌ އަދި ތިމަންރަސްކަލާނގެ އާޔަތްތައް އެއުރެންނަށް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު (އަދި) އެއުރެންގެގާތަށް ޙައްޤު ބަސްފުޅު އައިހިނދު، ކާފިރު ވިމީހުން އެ ބަސްފުޅާމެދު ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
﴿٨﴾ أَمْ يَقُولُونَ افْتَرَاهُ ۖ قُلْ إِنِ افْتَرَيْتُهُ فَلَا تَمْلِكُونَ لِي مِنَ اللَّهِ شَيْئًا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِ شَهِيدًا بَيْنِي وَبَيْنَكُمْ ۖ وَهُوَ الْغَفُورُ الرَّحِيمُ ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ ޤުރްއާން ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ޤުރްއާން ހައްދަވާފައިވާނަމަ، ފަހެ، ތިމަންކަލޭގެފާނަށްޓަކައި ﷲގެ ޙަޟްރަތުން އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް މިލްކުވެގެންނެއް ނުވެތެވެ. (އެބަހީ: ﷲގެ ޢަޛާބުން ތިޔަބައިމީހުންނަކަށް، ތިމަންކަލޭގެފާނު ސަލާމަތެއް ނުކުރެވޭނެތެވެ.) ތިޔަބައިމީހުން އެ ޤުރްއާނާމެދު، ދައްކައިއުޅޭ ވާހަކަތައް، އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިމަންކަލޭގެފާނާ، ތިޔަބައިމީހުންނާ ދެމެދުގައިވާ ހެކިވެރިޔަކަށް އެކަލާނގެ ފުދެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
﴿٩﴾ قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُّبِينٌ ކަލޭގެފާނު ވިދާޅުވާށެވެ! ރަސޫލުންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) ރަސޫލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. ތިމަންކަލޭގެފާނާމެދު އަދި ތިޔަބައިމީހުންނާމެދުވެސް، ކަންތައް ކުރައްވާނެގޮތެއް، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވަތެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަކަށްމެނުވީ، ތިމަންކަލޭގެފާނު ތަބަޢައެއް ނުވަމެވެ. އަދި ބަޔާންވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.
﴿١٠﴾ قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ اللَّهِ وَكَفَرْتُم بِهِ وَشَهِدَ شَاهِدٌ مِّن بَنِي إِسْرَائِيلَ عَلَىٰ مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ ۖ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޚަބަރު ދީބަލާށެވެ! އެ ޤުރްއާނަކީ، ﷲގެ ޙަޟްރަތުންއައި ފޮތެއް ކަމަށްވެފައި، އަދި ތިޔަބައިމީހުން އެއަށް ކާފިރު ވެއްޖެނަމަ (ތިޔަބައިމީހުންނީ، އަމިއްލަ ނަފްސަށް އަނިޔާވެރި ބަޔަކުކަމުގައި ނުވޭހެއްޔެވެ؟) އަދި އިސްރާއީލުގެދަރިންކުރެ ހެކިދޭމީހަކު އެފޮތުގެ މައްޗަށް (އެއީ ތެދުކަމަށް) ހެކިދީފައެވެ. ފަހެ، އޭނާ (އެޔަށް) އީމާން ވިއެވެ. އަދި ތިޔަބައިމީހުން (އެއަށް އީމާން ނުވެ) ބޮޑާވެގެންފީމުއެވެ. ހަމަކަށަވަރުން، އަނިޔާވެރިބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވަތެވެ.
﴿١١﴾ وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَّا سَبَقُونَا إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا بِهِ فَسَيَقُولُونَ هَٰذَا إِفْكٌ قَدِيمٌ އަދި ކާފިރު ވިމީހުން އީމާންވި މީހުންނަށް ބުނޫއެވެ. (އެކަލޭގެފާނު ގެންނެވި ތަކެއްޗަށް އީމާން ވުމަކީ) އެއީ ހެޔޮކަމެއް ކަމުގައިވީނަމަ، ތިމަންމެންގެ މައްޗަކަށް އެއުރެން އެކަމަށް އިސްނަގައިގެން ނުދިޔައީހެވެ. އަދި އެއުރެންނަށް އެއިން ތެދުމަގު ނުލިބުނުހިނދު، ފަހެ، އެއުރެން ބުނާނެތެވެ. މިއީ އިހުގެ (ފުލޯކުގެ ތެރެއިންވާ) ދޮގެކެވެ.
﴿١٢﴾ وَمِن قَبْلِهِ كِتَابُ مُوسَىٰ إِمَامًا وَرَحْمَةً ۚ وَهَٰذَا كِتَابٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ الَّذِينَ ظَلَمُوا وَبُشْرَىٰ لِلْمُحْسِنِينَ އަދި އޭގެކުރިން މޫސާގެފާނަށް ބާވައިލެއްވި ފޮތަކީ، އެޔަށް ތަބަޢަ ވެވޭ ފޮތެއްކަމުގައްޔާއި، ރަޙްމަތެއްކަމުގައިވިއެވެ. އަދި މިއީ (އެބަހީ: މި ޤުރްއާނަކީ) ކުރީގެ ފޮތްތައް ތެދުކުރަނިވިގޮތުގައި ޢަރަބި ބަހުންއޮތް ފޮތެކެވެ. އަނިޔާވެރިވި މީހުންނަށް އިންޛާރު ކުރެއްވުމަށްޓަކައެވެ. އަދި އިޙްސާންތެރިންނަށް އުފާވެރި ޚަބަރެއް ކަމުގައެވެ.
﴿١٣﴾ إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ﷲއޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ.
﴿١٤﴾ أُولَٰئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاءً بِمَا كَانُوا يَعْمَلُونَ އެއުރެންނީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެތާނގައި، އެއުރެން ދެމިތިބެނިވިގޮތުގައެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ޖަޒާއެއްކަމުގައެވެ.
﴿١٥﴾ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙު ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙު ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް ތައުބާ ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ.
﴿١٦﴾ أُولَٰئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَن سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ ۖ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ އެއުރެންނީ، އެއުރެން ކުޅަ ހެޔޮކަންބޮޑު ޢަމަލުތައް އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ ޤަބޫލު ކުރައްވައި، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ ފުއްސަވައި، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ. (އެއީ) އެއުރެންނަށް ވަޢުދު ކުރައްވަމުން ގެންދެވި ތެދު ވަޢުދެވެ.
﴿١٧﴾ وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَّكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتِ الْقُرُونُ مِن قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ އެމީހެއްގެ މައިންބަފައިންނާ ދިމާޔަށް ތިޔަ ދެމީހުންނަށް ނުބައިކަންހުށްޓޭ ބުނިމީހާ (ދަންނާށެވެ!) ތިމަންގެކުރިން އެތައް ޖީލެއް ފާއިތުވެގޮސްފައިވާއިރު (ކަށްވަޅުން) ތިމަން ނެރުއްވާނެކަމަށް، ތިޔަ ދެމީހުން ތިމަންނައަށް ވަޢުދު ކުރަނީ ހެއްޔެވެ؟ ﷲގެ ޙަޟްރަތުން ސަލާމަތަށްއެދި، އެދެމީހުން ދުޢާ ކުރަމުން (ބުނެތެވެ.) ކަލެޔަށް ހަލާކުހުށްޓެވެ! ކަލޭ ނިކަން އީމާން ވެބަލާށެވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، އޭނާ ބުނެތެވެ. ތިޔައީ އެވޭލާމީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތައް ކަމުގައި މެނުވީ ނުވެތެވެ.
﴿١٨﴾ أُولَٰئِكَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ ۖ إِنَّهُمْ كَانُوا خَاسِرِينَ ޖިންނީންނާއި، އިންސީންގެ ތެރެއިން، އެއުރެންގެކުރިން އިސްވެދިޔަ އުއްމަތްތަކުގެ ތެރޭގައި ކޯފާގެ ބަސްފުޅު ޙައްޤުވި މީހުންނީ، އެއުރެންނެވެ. ހަމަކަށަވަރުން، ގެއްލެނިވެގެންވާ ބަޔަކުކަމުގައި އެއުރެންވޫއެވެ.
﴿١٩﴾ وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا ۖ وَلِيُوَفِّيَهُمْ أَعْمَالَهُمْ وَهُمْ لَا يُظْلَمُونَ އަދި ކޮންމެބަޔަކަށްމެ، އެބަޔަކު ކުޅަ ޢަމަލަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތަކުގެ ޖަޒާ ފުރިހަމަޔަށް ދެއްވުމަށްޓަކައެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
﴿٢٠﴾ وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَفْسُقُونَ ކާފިރު ވިމީހުން ނަރަކަޔަށް ހުށަހަޅުއްވާ ދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންނަށްހުރި ރަނގަޅު ތަކެތި، ތިޔަބައިމީހުންގެ ދުނިޔޭގެ ޙާޔާތުގައި ނަގާލައި އަދި ތިޔަބައިމީހުން އެއިން އަރާމުލިބިގެންފީމުއެވެ. ފަހެ، ޙައްޤަކާނުލައި ބިމުގައި ތިޔަބައިމީހުން ބޮޑާވެ އުޅުނުކަމަށްޓަކައި، އަދި ތިޔަބައިމީހުން ފާސިޤު ވެގަތް ކަމަށްޓަކައި، މިއަދު އިހާނެތިކަމުގެ ޖަޒާ ތިޔަބައިމީހުންނަށް ލިބޭނެތެވެ.
﴿٢١﴾ ۞ وَاذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالْأَحْقَافِ وَقَدْ خَلَتِ النُّذُرُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ أَلَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ޢާދު ބާގައިމީހުންގެ އަޚު (ހޫދުގެފާނު) ގެ ވާހަކަ ކަލޭގެފާނު ކިޔައިދެއްވާށެވެ! (އެއީ) ވެލިފަރުބަދަތަކުގައިވާ، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް އެކަލޭގެފާނު އިންޛާރު ކުރެއްވި ހިނދެވެ. އެކަލޭގެފާނުގެ ކުރިންނާއި، އެކަލޭގެފާނުގެ ފަހުން އިންޛާރު ކުރައްވާ ރަސޫލުންވަނީ، އިސްވެގޮސްފައިކަން ކަށަވަރެވެ. ތިޔަބައިމީހުން ﷲއަށް މެނުވީ އަޅުކަން ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބާމެދު، ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުގަންނަމެވެ.
﴿٢٢﴾ قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ އެއުރެން ބުނޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ އިލާހުންނަށް އަޅުކަން ކުރުމުން ތިމަންމެން ދުރުކުރެއްވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންނަށް ތިޔަ ވަޢުދު ކުރައްވާކަންތައް ތިމަންމެންގެގާތަށް ގެންނަވައިބައްލަވާށެވެ!
﴿٢٣﴾ قَالَ إِنَّمَا الْعِلْمُ عِندَ اللَّهِ وَأُبَلِّغُكُم مَّا أُرْسِلْتُ بِهِ وَلَٰكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ އެކަލޭގެފާނު ވިދާޅުވިއެވެ. ދެނެވޮޑިގަތުންވާ ކަންކަށަވަރީ ﷲގެ ޙަޟްރަތުގައެވެ. އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަނީއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލުބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.
﴿٢٤﴾ فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا اسْتَعْجَلْتُم بِهِ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ ފަހެ، އެއުރެންގެ ވާދީތަކާދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެ (ޢަޛާބު) ފެނުނުހިނދު އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވިއެވެ.) އަދި ކިއެއްތަ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި ޢަޛާބު އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ.
﴿٢٥﴾ تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَىٰ إِلَّا مَسَاكِنُهُمْ ۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަންމެނުވީ، ފެންނާންނެތްބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. ކުށްވެރިވިމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
﴿٢٦﴾ وَلَقَدْ مَكَّنَّاهُمْ فِيمَا إِن مَّكَّنَّاكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُم مِّن شَيْءٍ إِذْ كَانُوا يَجْحَدُونَ بِآيَاتِ اللَّهِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ ބާރުދެއްވީމެވެ. އަދި އެއުރެންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، އެއުރެން ﷲގެ އާޔަތްތަކަށް ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން، އެއުރެންގެ އިވުމެއްވެސް، އަދި އެއުރެންގެ ފެނުމެއްވެސް، އަދި އެއުރެންގެ ހިތްތަކެއްވެސް އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ.
﴿٢٧﴾ وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ الْقُرَىٰ وَصَرَّفْنَا الْآيَاتِ لَعَلَّهُمْ يَرْجِعُونَ އަދި ހަމަކަށަވަރުން، ރަށްތަކުގެ ތެރެއިން ތިޔަބައިމީހުންގެ ވަށައިގެންވާ ތަންތަން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ޙުއްޖަތްތައް ތަފާތުގޮތްގޮތަށް ބަޔާންކޮށްދެއްވީމެވެ. (އެއީ ތެދުމަގަށް) އެއުރެން އެނބުރި ރުޖޫޢަ ވުމަށްޓަކައެވެ.
﴿٢٨﴾ فَلَوْلَا نَصَرَهُمُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ قُرْبَانًا آلِهَةً ۖ بَلْ ضَلُّوا عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا يَفْتَرُونَ ފަހެ، ﷲ ފިޔަވައި އެކަލާނގެ ޙަޟްރަތަށް ކުއްތަންވެގަތުމުގެގޮތުން އެހެން އިލާހުންތަކެއް ހިފިމީހުންނަށް އެ އިލާހުންތައް ނަޞްރު ނުދިނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންގެ ކިބައިން އެ އިލާހުންތައް ގެއްލިހިނގައްޖެއެވެ. އަދި އެއީ އެއުރެންހެދި ދޮގެކެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން ބުނެއުޅުނު ބުނުންތަކެކެވެ.
﴿٢٩﴾ وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، ޤުރްއާނުގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް ޙާޟިރު ވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެމީހުންގެ ގާތަށް އިންޛާރު ކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ.
﴿٣٠﴾ قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ ޤައުމުގެމީހުންނޭވެ! ހަމަކަށަވަރުން، މޫސާގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. ޙައްޤު ގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކަތެވެ.
﴿٣١﴾ يَا قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ އޭ އަހުރެމެންގެ ޤައުމުގެމީހުންނޭވެ! ﷲގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ވާށެވެ! (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައްފުއްސަވައި، ވޭންދެވިނި ޢަޛާބުން އެކަލާނގެ ތިޔަބައިމީހުން ދިންނަވާނެތެވެ.
﴿٣٢﴾ وَمَن لَّا يُجِبْ دَاعِيَ اللَّهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ أَوْلِيَاءُ ۚ أُولَٰئِكَ فِي ضَلَالٍ مُّبِينٍ އަދި ﷲގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ (ދަންނާށެވެ!) ފަހެ، އޭނާއީ ބިމުގައި (ﷲ) ނުކުޅައްދާ މީހަކު ކަމުގައި ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި އޭނާޔަށް އެހީތެރި ފަރާތްތަކެއްވެސް ނުވެތެވެ. އެއުރެންވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ.
﴿٣٣﴾ أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ۚ بَلَىٰ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ އުޑުތަކާއި، ބިންހެއްދެވި އަދި އެތަންތަން ހެއްދެވުމުގައި އެއްވެސްކަހަލަ ނުކުޅެދުމެއް ލިބިވޮޑިގެންނުވާ ﷲއީ، މަރުވެފައިވާ ތަކެތި ދިރުއްވެވުމަށް ކުޅަދުންވަންތަ ކަލާނގެކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿٣٤﴾ وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَلَيْسَ هَٰذَا بِالْحَقِّ ۖ قَالُوا بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ ކާފިރު ވިމީހުން ނަރަކަޔަށް ހުށަހަޅުއްވާދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) މިއީ ޙައްޤު ތެދުކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެހެންނަކުންނޫނެވެ! އަހަރެމެންގެ ވެރިރަސްކަލާނގެ ގަންދީބުނަމެވެ. (މިއީ ޙައްޤު ތެދެވެ.) އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމަށްޓަކައި ވޭންދެނިވި ޢަޛާބުގެރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
﴿٣٥﴾ فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ފަހެ، ރަސޫލުންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި ރަސޫލުން (އެބަހީ: އުލުލްޢަޒްމުގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (ޢަޛާބު) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް ވަޢުދު ކުރައްވާ ކަންތައް (އެބަހީ: ޢަޛާބު) އެއުރެން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، ފާސިޤު ވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ.
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (09-10-2024)
އިމްސާކް04:19  
ފަތިސް04:39  
އިރުއަރާ05:50  
މެންދުރު11:57  
އަޞްރު15:09  
މަޣްރިބް17:57  
ޢިޝާ19:08  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (09-10-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (09-10-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (09-10-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ