|
ކިޔެވުން: |
|
|
|
﴿١﴾ ق ۚ وَالْقُرْآنِ الْمَجِيدِ |
ق (މި އަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މާތްވެގެންވާ قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، إنذار ކުރައްވާ ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ محمد ގެފާނު ފޮނުއްވީމެވެ.) |
|
﴿٢﴾ بَلْ عَجِبُوا أَن جَاءَهُم مُّنذِرٌ مِّنْهُمْ فَقَالَ الْكَافِرُونَ هَٰذَا شَيْءٌ عَجِيبٌ |
އަދި ކިއެއްތަ! إنذار ކުރައްވާ ބޭކަލަކު އެއުރެންގެ ތެރެއިން، އެއުރެންގެ ގާތަށް ވަޑައިގަތްކަމަށްޓަކައި، އެއުރެން حيران ވޫއެވެ. ފަހެ، كافر ން ބުނޫއެވެ. މިއީ عجائب ވާފަދަ ކަމެކެވެ. |
|
﴿٣﴾ أَإِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌ بَعِيدٌ |
(ތިމަންމެން އަލުން ދިރުމަކަށް رجوع ވާހުށީ) ތިމަންމެން މަރުވެ ވެއްޔަށްވީމާ ހެއްޔެވެ؟ އެއީ ވަރަށްވެސް ދުރު رجوع ވުމެކެވެ. |
|
﴿٤﴾ قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَابٌ حَفِيظٌ |
ހަމަކަށަވަރުން، ބިންގަނޑު އެއުރެންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި (ހުރިހާ އެއްޗެއް) ރައްކާކުރާ ފޮތެއްވެއެވެ. |
|
﴿٥﴾ بَلْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ فَهُمْ فِي أَمْرٍ مَّرِيجٍ |
އަދި ކިއެއްތަ! އެއުރެންގެ ގާތަށް حق އައިހިނދު، އެއުރެން އެ ދޮގުކުރޫއެވެ. ފަހެ، އެއުރެންވަނީ، ހަމަޖެހުމެއްނެތް حالة އެއްގެ ތެރޭގައެވެ. |
|
﴿٦﴾ أَفَلَمْ يَنظُرُوا إِلَى السَّمَاءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ |
ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ. |
|
﴿٧﴾ وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ بَهِيجٍ |
އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. |
|
﴿٨﴾ تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ |
(އެއީ ތިމަންރަސްކަލާނގެއަށް) توبة ވާ ކޮންމެ އަޅަކަށް عبرة އެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ. |
|
﴿٩﴾ وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ |
އަދި ތިމަންރަސްކަލާނގެ އުޑުން بركات ތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. |
|
﴿١٠﴾ وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ |
އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.) |
|
﴿١١﴾ رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ الْخُرُوجُ |
(އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންރަސްކަލާނގެ ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ. |
|
﴿١٢﴾ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ الرَّسِّ وَثَمُودُ |
އެއުރެންގެ ކުރީގައި، نوح ގެފާނުގެ قوم ގެމީހުންނާއި، رسّ ގެ އެކުވެރިންނާއި، ثمود ބާގައިމީހުން (رسول ން) ދޮގުކުރޫއެވެ. |
|
﴿١٣﴾ وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ |
އަދި عاد ބާގައިމީހުންނާއި، فرعون އާއި لوط ގެފާނުގެ إخوان ންވެސް (ދޮގުކުރޫއެވެ.) |
|
﴿١٤﴾ وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ |
އަދި الأيكة ގެ އެކުވެރިންނާއި، تُبّع ގެ قوم ގެމީހުންނާއި، އެހުރިހާ އެންމެންވެސް رسول ން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ وعيد (އެއުރެންނަށް) حق ވެއްޖެއެވެ. |
|
﴿١٥﴾ أَفَعَيِينَا بِالْخَلْقِ الْأَوَّلِ ۚ بَلْ هُمْ فِي لَبْسٍ مِّنْ خَلْقٍ جَدِيدٍ |
ފަހެ، ފުރަތަމަފަހަރު އުފެއްދެވުމަށް، ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެން ވީންހެއްޔެވެ؟ (ވީމާ، ދެވަނަފަހަރަށް އަލުން إعادة ކުރެއްވުމަށް ނުކުޅެދިވޮޑިގެން ވާނެހެއްޔެވެ؟) އަދި ކިއެއްތަ! އެއުރެންވަނީ އަލުން ހެއްދެވުމާމެދު شك އެއްގައެވެ. |
|
﴿١٦﴾ وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ |
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ. |
|
﴿١٧﴾ إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ |
(އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ ملائكة ން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ. |
|
﴿١٨﴾ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ |
(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. |
|
﴿١٩﴾ وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ |
އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ. |
|
﴿٢٠﴾ وَنُفِخَ فِي الصُّورِ ۚ ذَٰلِكَ يَوْمُ الْوَعِيدِ |
(އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެތެވެ. އެއީ (كافر ންނަށް عذاب ގެ) وعيد އަންނަ ދުވަހެވެ. |
|
﴿٢١﴾ وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ |
އަދި (އެދުވަހު) ކޮންމެ نفس އެއް (محشر ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ ملائكة އަކާއި، ހެތްކަކުވާ حال ގައެވެ. |
|
﴿٢٢﴾ لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ |
ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު غافل ކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން غافل ކަމުގެ ފަރުދާ كشف ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ. |
|
﴿٢٣﴾ وَقَالَ قَرِينُهُ هَٰذَا مَا لَدَيَّ عَتِيدٌ |
އަދި އޭނާޔާ حوال ވެފައިވާ ملائكة އާ ވިދާޅުވާނެތެވެ. އަހުރެންނާއެކު حاضر ކުރައްވާފައިވަނީ އޭނާގެ عمل ތަކުގެ ފަތެވެ. |
|
﴿٢٤﴾ أَلْقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ |
(އެ ދެ ملائكة ންނަށް އަންގަވާނެތެވެ.) حق އާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ كافر އަކު ނަރަކަޔަށް އެއްލަވާށެވެ! |
|
﴿٢٥﴾ مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ |
(އެއީ) ހެޔޮކަންތައް މަނާކުރުން ގިނަަ އަނިޔާވެރި، ދީނާމެދު شك ކުރާ ކޮންމެ މީހެކެވެ. |
|
﴿٢٦﴾ الَّذِي جَعَلَ مَعَ اللَّهِ إِلَٰهًا آخَرَ فَأَلْقِيَاهُ فِي الْعَذَابِ الشَّدِيدِ |
އެއީ اللَّه އާއެކު އެހެން إله އަކު شريك ކުރި މީހާއެވެ. ފަހެ، ތިޔަ ދެ ملائكة ން، އޭނާ ގަދަފަދަ عذاب ގެ ތެރެޔަށް އެއްލަވާށެވެ! |
|
﴿٢٧﴾ ۞ قَالَ قَرِينُهُ رَبَّنَا مَا أَطْغَيْتُهُ وَلَٰكِن كَانَ فِي ضَلَالٍ بَعِيدٍ |
އޭނާޔާ އެކުގައިވާ شيطان އާ ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އޭނާ މަގުފުރެއްދީ ތިމަންނައެއް ނޫނެވެ. އެހެނެއްކަމަކު، އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ. |
|
﴿٢٨﴾ قَالَ لَا تَخْتَصِمُوا لَدَيَّ وَقَدْ قَدَّمْتُ إِلَيْكُم بِالْوَعِيدِ |
އެކަލާނގެ وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ حضرة ގައި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް عذاب ގެ وعيد ވަނީ އިސްކުރައްވާފައެވެ. |
|
﴿٢٩﴾ مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ |
ތިމަންރަސްކަލާނގެ حضرة ގައި وعيد ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. |
|
﴿٣٠﴾ يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ |
އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ وحى ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ. |
|
﴿٣١﴾ وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ |
އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ. |
|
﴿٣٢﴾ هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ |
(އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) اللَّه ގެ حضرة އަށް ގިނަގިނައިން رجوع ވާ، އަދި އެކަލާނގެ عهد ތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ. |
|
﴿٣٣﴾ مَّنْ خَشِيَ الرَّحْمَٰنَ بِالْغَيْبِ وَجَاءَ بِقَلْبٍ مُّنِيبٍ |
(އެއީ) رحمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ. |
|
﴿٣٤﴾ ادْخُلُوهَا بِسَلَامٍ ۖ ذَٰلِكَ يَوْمُ الْخُلُودِ |
(تقوى ވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން أمان ކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ. |
|
﴿٣٥﴾ لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ |
އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި އިތުރު نعمة ތައްވެސް ވެއެވެ. |
|
﴿٣٦﴾ وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا فِي الْبِلَادِ هَلْ مِن مَّحِيصٍ |
އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ އެއުރެންނަށްވުރެ، އެ އިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ، އެއުރެން ރަށްތަކަށް ދަތުރުކޮށް ހޯދައި ބެލިއެވެ. އެއުރެންނަށް ފިލަންދާނެތަނެއް ފެނުނުހެއްޔެވެ؟ |
|
﴿٣٧﴾ إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ |
ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ حاضر ވެހުރެ ކަނުލައި އަހާމީހަކަށް، އެކަމުގައި نصيحة އާއި عبرة ވާކަން ކަށަވަރެވެ. |
|
﴿٣٨﴾ وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ. |
|
﴿٣٩﴾ فَاصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ |
ފަހެ، އެއުރެން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، حمد އާއެކު تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ! |
|
﴿٤٠﴾ وَمِنَ اللَّيْلِ فَسَبِّحْهُ وَأَدْبَارَ السُّجُودِ |
އަދި ރޭގަނޑުގައި އެކަލާނގެއަށް تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ! އަދި ނަމާދުތަކުގެ ފަހުގައި، تسبيح ވިދާޅުވާށެވެ! |
|
﴿٤١﴾ وَاسْتَمِعْ يَوْمَ يُنَادِ الْمُنَادِ مِن مَّكَانٍ قَرِيبٍ |
އަދި ކައިރިތަނަކުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާ ދުވަހު (ރަނގަޅަށް) އަޑުއަހާށެވެ! |
|
﴿٤٢﴾ يَوْمَ يَسْمَعُونَ الصَّيْحَةَ بِالْحَقِّ ۚ ذَٰلِكَ يَوْمُ الْخُرُوجِ |
(އެއީ) އެއުރެންނަށް (އެބަހީ: خلق ތަކުންނަށް) حق ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. (އެއީ ތާޅަފިލީގެ ދެވަނަ ފުމެލެއްވުމުގެ އަޑެވެ.) އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ. |
|
﴿٤٣﴾ إِنَّا نَحْنُ نُحْيِي وَنُمِيتُ وَإِلَيْنَا الْمَصِيرُ |
ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ ތިމަންރަސްކަލާނގެއެވެ. އަދި (އެންމެހާ ތަކެތި) رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. |
|
﴿٤٤﴾ يَوْمَ تَشَقَّقُ الْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ |
(އެއީ) އެއުރެންގެ މަތިން ބިންގަނޑު ފަޅަފަޅައިގެންގޮސް އަވަސްއަވަހަށް محشر ބިމަށް އެއުރެން ގެންދަވާ ދުވަހެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ އެއްކުރެއްވުމެކެވެ. |
|
﴿٤٥﴾ نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَا أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ |
އެއުރެން (އެބަހީ: كافر ން) ބުނެއުޅޭ ބަސްތައް، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަދި ކަލޭގެފާނަކީ އެއުރެންގެ މައްޗަށް ގަދަކަން ދެއްކެވުމަށް ފޮނުއްވާފައިވާ ބޭކަލެއް ނޫނެވެ. ފަހެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު قرآن ން وعظ އާއި نصيحة އިއްވަވާށެވެ! |
|