|
|
|
﴿١﴾ تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ |
އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: އަބޫލަހަބަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. |
|
﴿٢﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ |
އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ. |
|
﴿٣﴾ سَيَصْلَىٰ نَارًا ذَاتَ لَهَبٍ |
ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ. |
|
﴿٤﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ |
އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ. |
|
﴿٥﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ |
ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ. |
|