|
|
|
﴿١﴾ وَالضُّحَىٰ |
ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ. |
|
﴿٢﴾ وَاللَّيْلِ إِذَا سَجَىٰ |
އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
|
﴿٣﴾ مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ |
ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ. |
|
﴿٤﴾ وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ |
އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ. |
|
﴿٥﴾ وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ |
އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ. |
|
﴿٦﴾ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ |
ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. |
|
﴿٧﴾ وَوَجَدَكَ ضَالًّا فَهَدَىٰ |
އަދި ކަލޭގެފާނު ޙާއިރާން ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. |
|
﴿٨﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ |
އަދި ފަޤީރަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ. |
|
﴿٩﴾ فَأَمَّا الْيَتِيمَ فَلَا تَقْهَرْ |
ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ! |
|
﴿١٠﴾ وَأَمَّا السَّائِلَ فَلَا تَنْهَرْ |
އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! |
|
﴿١١﴾ وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ |
އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ! |
|