|
ކިޔެވުން: |
|
|
|
﴿١﴾ حم |
ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) |
|
﴿٢﴾ وَالْكِتَابِ الْمُبِينِ |
بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ. |
|
﴿٣﴾ إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. |
|
﴿٤﴾ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ |
އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ. |
|
﴿٥﴾ أَمْرًا مِّنْ عِندِنَا ۚ إِنَّا كُنَّا مُرْسِلِينَ |
(އެއީ) ތިމަންރަސްކަލާނގެ حضرة ން އައި أمر އެއް ކަމުގައެވެ. ހަމަކަށަވަރުން، رسول ން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. |
|
﴿٦﴾ رَحْمَةً مِّن رَّبِّكَ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ |
(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވާ رحمة އެއް ކަމުގައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
﴿٧﴾ رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ |
(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން يقين ކުރާ ބަޔަކު ކަމުގައިވާނަމައެވެ. |
|
﴿٨﴾ لَا إِلَٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ |
އެކަލާނގެ މެނުވީ އެހެން إله އަކުނުވެއެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެކަލާނގެއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ. |
|
﴿٩﴾ بَلْ هُمْ فِي شَكٍّ يَلْعَبُونَ |
އަދި ކިއެއްތަ! އެއުރެން شك ކަމެއްގައި ކުޅެކުޅެ ތިބެތެވެ. |
|
﴿١٠﴾ فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ |
ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް انتظار ކުރާށެވެ! |
|
﴿١١﴾ يَغْشَى النَّاسَ ۖ هَٰذَا عَذَابٌ أَلِيمٌ |
އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި عذاب އެކެވެ. |
|
﴿١٢﴾ رَّبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ |
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން عذاب ފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން إيمان ވާހުށީމުއެވެ. |
|
﴿١٣﴾ أَنَّىٰ لَهُمُ الذِّكْرَىٰ وَقَدْ جَاءَهُمْ رَسُولٌ مُّبِينٌ |
އެއުރެން نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއުރެންގެ ގާތަށް ބަޔާންވެގެންވާ رسول އަކު ވަނީ ވަޑައިގެންފައެވެ. |
|
﴿١٤﴾ ثُمَّ تَوَلَّوْا عَنْهُ وَقَالُوا مُعَلَّمٌ مَّجْنُونٌ |
ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދިނޫއެވެ. އަދި އެއުރެން ބުނޫއެވެ. އެކަލޭގެފާނީ، އުނގަންނައިދެވިފައިވާ މޮޔައެކެވެ. |
|
﴿١٥﴾ إِنَّا كَاشِفُو الْعَذَابِ قَلِيلًا ۚ إِنَّكُمْ عَائِدُونَ |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޑަހިނދުކޮޅަކަށް عذاب ފިއްލަވާހުށީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ، (كافر ކަމަށް) އެނބުރި އަންނާނޭ ބަޔެކެވެ. |
|
﴿١٦﴾ يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَىٰ إِنَّا مُنتَقِمُونَ |
ބޮޑުވެގެންވާ، ގަދަފަދަ ހިއްޕެވުމަކުން ތިމަންރަސްކަލާނގެ ހިއްޕަވާ ދުވަސް ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއުރެންގެ ކިބައިން އެދުވަހުން) ބަދަލުހިއްޕަވާހުށީމެވެ. |
|
﴿١٧﴾ ۞ وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاءَهُمْ رَسُولٌ كَرِيمٌ |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން فرعون ގެ قوم ގެމީހުން امتحان ކުރެއްވީމެވެ. އަދި އެއުރެންގެގާތަށް މާތްވެގެންވާ رسول އަކު ވަޑައިގަތެވެ. |
|
﴿١٨﴾ أَنْ أَدُّوا إِلَيَّ عِبَادَ اللَّهِ ۖ إِنِّي لَكُمْ رَسُولٌ أَمِينٌ |
(ވިދާޅުވަމުންނެވެ.) އޭ اللَّه ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تَبع ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި އަމާނާތްތެރި رسول އަކީމެވެ. |
|
﴿١٩﴾ وَأَن لَّا تَعْلُوا عَلَى اللَّهِ ۖ إِنِّي آتِيكُم بِسُلْطَانٍ مُّبِينٍ |
އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه ގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ބަޔާންވެގެންވާ دليل އެއް ގެންނަވާހުށީމެވެ. |
|
﴿٢٠﴾ وَإِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَن تَرْجُمُونِ |
ތިޔަބައިމީހުން ތިމަންކަލޭގެފާނު رجم ކުރުމުން ސަލާމަތްކުރެއްވުންއެދި ތިމަންގެ ވެރި، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرة ން، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ. |
|
﴿٢١﴾ وَإِن لَّمْ تُؤْمِنُوا لِي فَاعْتَزِلُونِ |
އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް إيمان ނުވިނަމަ، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނާ ވަކިވާށެވެ! |
|
﴿٢٢﴾ فَدَعَا رَبَّهُ أَنَّ هَٰؤُلَاءِ قَوْمٌ مُّجْرِمُونَ |
ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. މިބައިމީހުންނީ ކުށްވެރިވެގެންވާ ބަޔެކެވެ. |
|
﴿٢٣﴾ فَأَسْرِ بِعِبَادِي لَيْلًا إِنَّكُم مُّتَّبَعُونَ |
(އެކަލާނގެ وحى ކުރެއްވިއެވެ.) ފަހެ، ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން ރޭގަނޑެއްގައި ކަލޭގެފާނު ހިންގަވައި ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން (فرعون އާއި، އޭނާގެ لشكر) އަންނާނެތެވެ. |
|
﴿٢٤﴾ وَاتْرُكِ الْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ |
އަދި ކަނޑު އެއޮތްގޮތަށް (އެބަހީ: އެ ކަނޑު އިރުއްވެވިގޮތަށް) ހިމޭންކަމާއެކު ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން، އެއުރެންނީ غرق ކުރައްވާނޭ لشكر އެކެވެ. |
|
﴿٢٥﴾ كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ |
ކިތައްކިތައް ބަގީޗާއާއި، ކިތައްކިތައް އާރު، އެއުރެން ދޫކުރިހެއްޔެވެ؟ |
|
﴿٢٦﴾ وَزُرُوعٍ وَمَقَامٍ كَرِيمٍ |
އަދި ދަނޑުތަކާއި، ރީތި ގޭގެވެސްމެއެވެ. |
|
﴿٢٧﴾ وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ |
އަދި އުފަލުގައި އެއުރެން ދިރިއުޅުނުކަމުގައިވި نعمة ގެ ތަނަވަސް ދިރިއުޅުމެވެ. |
|
﴿٢٨﴾ كَذَٰلِكَ ۖ وَأَوْرَثْنَاهَا قَوْمًا آخَرِينَ |
(ކަންތައްހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެތަކެތި އެހެންބަޔަކަށް ވާރުތަކުރެއްވީމެވެ. |
|
﴿٢٩﴾ فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ وَمَا كَانُوا مُنظَرِينَ |
ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި އެއުރެންނީ مهلة ދެއްވާފައިވާ ބަޔަކުކަމުގައި ނުވެތެވެ. |
|
﴿٣٠﴾ وَلَقَدْ نَجَّيْنَا بَنِي إِسْرَائِيلَ مِنَ الْعَذَابِ الْمُهِينِ |
ހަމަކަށަވަރުން، ނިކަމެތިކަންދެނިވި عذاب ން، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން މިންޖުކުރެއްވީމެވެ. |
|
﴿٣١﴾ مِن فِرْعَوْنَ ۚ إِنَّهُ كَانَ عَالِيًا مِّنَ الْمُسْرِفِينَ |
(އެއީ) فرعون ގެ ކިބައިންނެވެ. ހަމަކަށަވަރުން (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިން ކިބުރުވެރިޔަކު ކަމުގައި އޭނާ ވިއެވެ. |
|
﴿٣٢﴾ وَلَقَدِ اخْتَرْنَاهُمْ عَلَىٰ عِلْمٍ عَلَى الْعَالَمِينَ |
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެމަތިން عالم ތަކުގެ މައްޗަށް އެއުރެން خيار ކުރެއްވީމެވެ. |
|
﴿٣٣﴾ وَآتَيْنَاهُم مِّنَ الْآيَاتِ مَا فِيهِ بَلَاءٌ مُّبِينٌ |
އަދި ބަޔާންވެގެންވާ امتحان އެއް އޭގައި އެކުލެވިގެންވާ ހެކިތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. |
|
﴿٣٤﴾ إِنَّ هَٰؤُلَاءِ لَيَقُولُونَ |
ހަމަކަށަވަރުން، މިބައިމީހުން ބުނާކަން ކަށަވަރެވެ. |
|
﴿٣٥﴾ إِنْ هِيَ إِلَّا مَوْتَتُنَا الْأُولَىٰ وَمَا نَحْنُ بِمُنشَرِينَ |
އެއީ ތިމަންމެންގެ ފުރަތަމަ މަރުކަމުގައިމެނުވީ ނުވެތެވެ. އަދި ތިމަންމެންނީ، އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ނުވަމުއެވެ. |
|
﴿٣٦﴾ فَأْتُوا بِآبَائِنَا إِن كُنتُمْ صَادِقِينَ |
ފަހެ، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން (ދިރުވައި) ގެނެސްބަލާށެވެ! |
|
﴿٣٧﴾ أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَالَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَاهُمْ ۖ إِنَّهُمْ كَانُوا مُجْرِمِينَ |
ރަނގަޅީ އެއުރެން ހެއްޔެވެ؟ ނުވަތަ تُبّع ގެ قوم ގެމީހުންނާއި، އެއުރެންގެ ކުރިންއުޅުނު މީހުން ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ކުށްވެރިން ކަމުގައެވެ. |
|
﴿٣٨﴾ وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ |
ތިމަންރަސްކަލާނގެ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ. |
|
﴿٣٩﴾ مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ |
حق ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ. |
|
﴿٤٠﴾ إِنَّ يَوْمَ الْفَصْلِ مِيقَاتُهُمْ أَجْمَعِينَ |
ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަހަކީ، އެއުރެން އެންމެންނަށް ކަނޑައަޅުއްވާފައިވާ ميعاد އެވެ. |
|
﴿٤١﴾ يَوْمَ لَا يُغْنِي مَوْلًى عَن مَّوْلًى شَيْئًا وَلَا هُمْ يُنصَرُونَ |
(އެއީ) އެއްވެސް އެހީތެރިޔަކަށް، އަނެއް އެހީތެރިޔެއްގެ ކިބައިން އެއްވެސްކަމެއް ފުއްދައިނުދެވޭނޭ ދުވަހެވެ. އަދި نصر ލިބޭނޭ ބަޔަކުކަމުގައިވެސް އެއުރެން ނުވެތެވެ. |
|
﴿٤٢﴾ إِلَّا مَن رَّحِمَ اللَّهُ ۚ إِنَّهُ هُوَ الْعَزِيزُ الرَّحِيمُ |
اللَّه رحمة ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. |
|
﴿٤٣﴾ إِنَّ شَجَرَتَ الزَّقُّومِ |
اللَّه رحمة ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. |
|
﴿٤٤﴾ طَعَامُ الْأَثِيمِ |
ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ. |
|
﴿٤٥﴾ كَالْمُهْلِ يَغْلِي فِي الْبُطُونِ |
ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ. |
|
﴿٤٦﴾ كَغَلْيِ الْحَمِيمِ |
ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ. |
|
﴿٤٧﴾ خُذُوهُ فَاعْتِلُوهُ إِلَىٰ سَوَاءِ الْجَحِيمِ |
(زبانية ملائكة ންނަށް އަންގަވާނެތެވެ.) ގަދަފަދަކަމާއެކު އެމީހާ ނަރަކައިގެ މެދަށް ދަމައި ގެންދާށެވެ! |
|
﴿٤٨﴾ ثُمَّ صُبُّوا فَوْقَ رَأْسِهِ مِنْ عَذَابِ الْحَمِيمِ |
ދެން އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ عذاب އޮއްސާށެވެ! |
|
﴿٤٩﴾ ذُقْ إِنَّكَ أَنتَ الْعَزِيزُ الْكَرِيمُ |
(އަދި އޭނާޔަށް އަންގަވާނެތެވެ.) ކަލޭ (عذاب ގެ) ރަހަ ދެކޭށެވެ! ކަލެޔަކީ ހަމަ، ބާރުގަދަ މާތް މީހަކީމުއެވެ. |
|
﴿٥٠﴾ إِنَّ هَٰذَا مَا كُنتُم بِهِ تَمْتَرُونَ |
ހަމަކަށަވަރުން، މިއީ ތިޔަބައިމީހުން އެކަންތަކާމެދު شك ކޮށްއުޅުނު ކަންތަކެވެ. |
|
﴿٥١﴾ إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ |
ހަމަކަށަވަރުން، تقوى ވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ. |
|
﴿٥٢﴾ فِي جَنَّاتٍ وَعُيُونٍ |
ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. |
|
﴿٥٣﴾ يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَابِلِينَ |
އެއުރެން ލައިއުޅޭހުށީ، سُندس އާއި، إستبرق ފޭރާމެވެ. ތިބޭހުށީ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައިގެންނެވެ. |
|
﴿٥٤﴾ كَذَٰلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ |
(ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން حورالعين ންނާ ކާވެނިކޮށްދެއްވާހުށީމެވެ. |
|
﴿٥٥﴾ يَدْعُونَ فِيهَا بِكُلِّ فَاكِهَةٍ آمِنِينَ |
އެތާނގައި އަމާންކަންމަތީގައި ތިބޭ حال، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެއުރެން އެދޭނެތެވެ. |
|
﴿٥٦﴾ لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَىٰ ۖ وَوَقَاهُمْ عَذَابَ الْجَحِيمِ |
ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވައި، އެތާނގައި އެއުރެން މަރުގެ ރަހައެއް ނުދެކޭނެތެވެ. އަދި ނަރަކައިގެ عذاب ން، އެކަލާނގެ އެއުރެން ސަލާމަތްކުރައްވާނެތެވެ. |
|
﴿٥٧﴾ فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ |
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި فضل ވަންތަވެރިކަމެއްގެ ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ. |
|
﴿٥٨﴾ فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ |
ފަހެ، ތިމަންރަސްކަލާނގެ، އެފޮތް ކަލޭގެފާނުގެ ބަހުން ފަސޭހަކޮށްދެއްވިކަން ކަށަވަރީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ. |
|
﴿٥٩﴾ فَارْتَقِبْ إِنَّهُم مُّرْتَقِبُونَ |
ފަހެ، ކަލޭގެފާނު ބަލަބަލައި ހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް ބަލަބަލައި ތިބޭނެތެވެ. |
|