×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ سَبِّحِ اسْمَ رَبِّكَ الْأَعْلَى ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ!
﴿٢﴾ الَّذِي خَلَقَ فَسَوَّىٰ އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ.
﴿٣﴾ وَالَّذِي قَدَّرَ فَهَدَىٰ އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ.
﴿٤﴾ وَالَّذِي أَخْرَجَ الْمَرْعَىٰ އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ.
﴿٥﴾ فَجَعَلَهُ غُثَاءً أَحْوَىٰ އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ.
﴿٦﴾ سَنُقْرِئُكَ فَلَا تَنسَىٰ ތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ ޤުރްއާން) ހަނދުމަފުޅެއް ނުނެތޭނެތެވެ.
﴿٧﴾ إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ (ހަނދުމަފުޅު ނެތުމަށް) ﷲ އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ.
﴿٨﴾ وَنُيَسِّرُكَ لِلْيُسْرَىٰ އަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ.
﴿٩﴾ فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ!
﴿١٠﴾ سَيَذَّكَّرُ مَن يَخْشَىٰ (ﷲއަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ.
﴿١١﴾ وَيَتَجَنَّبُهَا الْأَشْقَى އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ.
﴿١٢﴾ الَّذِي يَصْلَى النَّارَ الْكُبْرَىٰ އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ.
﴿١٣﴾ ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ.
﴿١٤﴾ قَدْ أَفْلَحَ مَن تَزَكَّىٰ (ކާފިރުކަމުން) ޠާހިރުވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
﴿١٥﴾ وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ (ކާފިރުކަމުން) ޠާހިރުވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
﴿١٦﴾ بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލު ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.
﴿١٧﴾ وَالْآخِرَةُ خَيْرٌ وَأَبْقَىٰ އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލު ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.
﴿١٨﴾ إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ.
﴿١٩﴾ صُحُفِ إِبْرَاهِيمَ وَمُوسَىٰ އިބްރާހީމުގެފާނާއި، މޫސާގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ.
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (09-10-2024)
އިމްސާކް04:19  
ފަތިސް04:39  
އިރުއަރާ05:50  
މެންދުރު11:57  
އަޞްރު15:09  
މަޣްރިބް17:57  
ޢިޝާ19:08  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (09-10-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (09-10-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (09-10-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ