|
ކިޔެވުން: | | |
| ﴿١﴾ قُلْ هُوَ اللَّهُ أَحَدٌ | ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. |
| ﴿٢﴾ اللَّهُ الصَّمَدُ | اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. |
| ﴿٣﴾ لَمْ يَلِدْ وَلَمْ يُولَدْ | އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. |
| ﴿٤﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ | އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ. |
|