|
ކިޔެވުން: | | |
| ﴿١﴾ وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ | غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ. |
| ﴿٢﴾ الَّذِي جَمَعَ مَالًا وَعَدَّدَهُ | އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ. |
| ﴿٣﴾ يَحْسَبُ أَنَّ مَالَهُ أَخْلَدَهُ | ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ. |
| ﴿٤﴾ كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ. |
| ﴿٥﴾ وَمَا أَدْرَاكَ مَا الْحُطَمَةُ | އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿٦﴾ نَارُ اللَّهِ الْمُوقَدَةُ | (އެއީ) اللَّه ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ. |
| ﴿٧﴾ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ | އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ. |
| ﴿٨﴾ إِنَّهَا عَلَيْهِم مُّؤْصَدَةٌ | ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ. |
| ﴿٩﴾ فِي عَمَدٍ مُّمَدَّدَةٍ | ) އެއުރެންވާހުށީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ. |
|