|
|
|
﴿١﴾ إِذَا السَّمَاءُ انشَقَّتْ |
އުޑުފަޅަފަޅައިގެންދާ ހިނދެވެ. |
|
﴿٢﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ |
އަދި އެ އުޑުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން ޙައްޤު ވެގެންވެއެވެ. |
|
﴿٣﴾ وَإِذَا الْأَرْضُ مُدَّتْ |
އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ. |
|
﴿٤﴾ وَأَلْقَتْ مَا فِيهَا وَتَخَلَّتْ |
އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ. |
|
﴿٥﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ |
އަދި އެ ބިމުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން ޙައްޤު ވެގެންވެއެވެ. |
|
﴿٦﴾ يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ |
އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ. |
|
﴿٧﴾ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ |
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! |
|
﴿٨﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا |
ފަހެ، ލުއިފަސޭހަވެގެންވާ ޙިސާބު ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ޙިސާބު ބައްލަވާނެތެވެ. |
|
﴿٩﴾ وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا |
އަދި އުފަލުންހުރެ، އޭނާގެ އަހުލުވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ. |
|
﴿١٠﴾ وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ |
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ. |
|
﴿١١﴾ فَسَوْفَ يَدْعُو ثُبُورًا |
ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! |
|
﴿١٢﴾ وَيَصْلَىٰ سَعِيرًا |
އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ. |
|
﴿١٣﴾ إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا |
ހަމަކަށަވަރުން، އޭނާގެ އަހުލުވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ. |
|
﴿١٤﴾ إِنَّهُ ظَنَّ أَن لَّن يَحُورَ |
ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ. |
|
﴿١٥﴾ بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا |
އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ. |
|
﴿١٦﴾ فَلَا أُقْسِمُ بِالشَّفَقِ |
ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ. |
|
﴿١٧﴾ وَاللَّيْلِ وَمَا وَسَقَ |
އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ. |
|
﴿١٨﴾ وَالْقَمَرِ إِذَا اتَّسَقَ |
އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ. |
|
﴿١٩﴾ لَتَرْكَبُنَّ طَبَقًا عَن طَبَقٍ |
ހަމަކަށަވަރުން، ތިޔަބައިމީހުން އެއް ޙާލަތަކަށްފަހު، އަނެއް ޙާލަތަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ. |
|
﴿٢٠﴾ فَمَا لَهُمْ لَا يُؤْمِنُونَ |
އެއުރެން އީމާން ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟ |
|
﴿٢١﴾ وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩ |
އަދި އެއުރެންނަށް ޤުރްއާން ކިޔަވައިދެވޭހިނދު، އެއުރެން ސަޖިދައެއް ނުކުރެތެވެ. |
|
﴿٢٢﴾ بَلِ الَّذِينَ كَفَرُوا يُكَذِّبُونَ |
އަދި ކިއެއްތަ! ކާފިރުވި މީހުން (އެ ޤުރްއާން) ދޮގުކުރޫއެވެ. |
|
﴿٢٣﴾ وَاللَّهُ أَعْلَمُ بِمَا يُوعُونَ |
އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، ﷲ ދެނެވޮޑިގަތުން ބޮޑެވެ. |
|
﴿٢٤﴾ فَبَشِّرْهُم بِعَذَابٍ أَلِيمٍ |
ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް ޚަބަރު ދެއްވާށެވެ! |
|
﴿٢٥﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ |
އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ. |
|