|  | 
                  
                    |  | 
                  	
                       |  | ﴿١﴾  الر ۚ تِلْكَ آيَاتُ الْكِتَابِ الْمُبِينِ | ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) މިއީ ފާޅުވެ ބަޔާންވެގެންވާ، ފޮތުގެ އާޔަތްތަކެވެ. | 
	
                       |  | ﴿٢﴾ إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ، ޢަރަބި ބަހުންއޮތް ޤުރްއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ. | 
	
                       |  | ﴿٣﴾ نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ بِمَا أَوْحَيْنَا إِلَيْكَ هَٰذَا الْقُرْآنَ وَإِن كُنتَ مِن قَبْلِهِ لَمِنَ الْغَافِلِينَ | އެންމެ ރިވެތި ވާހަކަތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ. (އެއީ) ތިމަންރަސްކަލާނގެ، ކަލޭގެފާނަށް މި ޤުރުއާން ވަޙީ ކުރެއްވި ކުރެއްވުމުންނެވެ. އޭގެކުރިން، ކަލޭގެފާނު އެ ވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ. | 
	
                       |  | ﴿٤﴾ إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ | ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ. | 
	
                       |  | ﴿٥﴾ قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ | އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، ޝައިޠާނާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ ޢަދާވަތްތެރިއެކެވެ. | 
	
                       |  | ﴿٦﴾ وَكَذَٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ الْأَحَادِيثِ وَيُتِمُّ نِعْمَتَهُ عَلَيْكَ وَعَلَىٰ آلِ يَعْقُوبَ كَمَا أَتَمَّهَا عَلَىٰ أَبَوَيْكَ مِن قَبْلُ إِبْرَاهِيمَ وَإِسْحَاقَ ۚ إِنَّ رَبَّكَ عَلِيمٌ حَكِيمٌ | އަދި ހަމައެފަދައިން، ތިބާގެ ވެރިރަސްކަލާނގެ، ތިބާ ޚިޔާރު ކުރައްވައި، ހުވަފެނުގެ ވާހަކަތައް، މާނަކުރުން ތިބާޔަށް ދަސްކޮށްދެއްވައި، އަދި ތިބާޔަށާއި، ޔަޢުޤޫބުގެ ދަރިކޮޅަށް، އެކަލާނގެ ނިޢުމަތްތައް ފުރިހަމަކޮށްދެއްވާނެތެވެ. (އެއީ) މީގެކުރިން، ތިބާގެ ދެކާފައިން ކަމަށްވާ، އިބްރާހީމުގެފާނާއި، އިސްޙާޤުގެފާނަށް އެ ނިޢުމަތްތައް ފުރިހަމަކޮށްދެއްވި ފަދައިންނެވެ. ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٧﴾  ۞  لَّقَدْ كَانَ فِي يُوسُفَ وَإِخْوَتِهِ آيَاتٌ لِّلسَّائِلِينَ | ޔޫސުފުގެފާނާއި، އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި، ސުއާލު ކުރާ މީހުންނަށް، ހެކިތަކެއްވާކަން ކަށަވަރެވެ. | 
	
                       |  | ﴿٨﴾ إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ | އެ އަޚުންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާޢަތެއްކަމުގައި ވާހިނދުވެސް، ޔޫސުފުގެފާނާއި، އޭނާގެ އަޚު (ބުންޔާމީން) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ. | 
	
                       |  | ﴿٩﴾ اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا مِن بَعْدِهِ قَوْمًا صَالِحِينَ | ތިޔަބައިމީހުން ޔޫސުފުގެފާނު ޤަތުލު ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (ތައުބާވެ) ޞާލިޙު ރަނގަޅު ބައެއްކަމުގައި ވާނީއެވެ. | 
	
                       |  | ﴿١٠﴾ قَالَ قَائِلٌ مِّنْهُمْ لَا تَقْتُلُوا يُوسُفَ وَأَلْقُوهُ فِي غَيَابَتِ الْجُبِّ يَلْتَقِطْهُ بَعْضُ السَّيَّارَةِ إِن كُنتُمْ فَاعِلِينَ | އެއުރެންގެ ތެރެއިން ބުނާ މީހަކު ބުންޏެވެ. ތިޔަބައިމީހުން ޔޫސުފުގެފާނު ޤަތުލު ނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ (އަނދިރި) ވަޅެއްގެ އަޑިޔަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުރުކުރަމުންދާ ބަޔަކު، އެކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ. | 
	
                       |  | ﴿١١﴾ قَالُوا يَا أَبَانَا مَا لَكَ لَا تَأْمَنَّا عَلَىٰ يُوسُفَ وَإِنَّا لَهُ لَنَاصِحُونَ | އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ޔޫސުފުގެފާނާމެދު، ކަލޭގެފާނު ތިމަންމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެތޯއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، އެކަލޭގެފާނަށް ހެޔޮއެދޭ ބަޔަކީމުއެވެ. | 
	
                       |  | ﴿١٢﴾ أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُ لَحَافِظُونَ | ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، ތިމަންމެންނާއެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާހުށީމުއެވެ. | 
	
                       |  | ﴿١٣﴾ قَالَ إِنِّي لَيَحْزُنُنِي أَن تَذْهَبُوا بِهِ وَأَخَافُ أَن يَأْكُلَهُ الذِّئْبُ وَأَنتُمْ عَنْهُ غَافِلُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާ ގޮވައިގެން ތިޔަބައިމީހުން ދިއުމަކީ، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ހިތާމަ ލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން ޣާފިލު ވެގެންތިއްބައި، މިނިކާވަގު (އައިސް) އޭނާ ކައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ. | 
	
                       |  | ﴿١٤﴾ قَالُوا لَئِنْ أَكَلَهُ الذِّئْبُ وَنَحْنُ عُصْبَةٌ إِنَّا إِذًا لَّخَاسِرُونَ | އެއުރެން ދެންނެވޫއެވެ. ތިމަންމެންނީ ބާރުހުރި ބަޔެއްކަމަށްވާހިނދު، މިނިކާވަގު (އައިސް) އޭނާ ކައިފިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ (ކަމެއްނުކުރެވޭ) ގެއްލެނިވިގެންވާ ބަޔަކު ކަމުގައެވެ. | 
	
                       |  | ﴿١٥﴾ فَلَمَّا ذَهَبُوا بِهِ وَأَجْمَعُوا أَن يَجْعَلُوهُ فِي غَيَابَتِ الْجُبِّ ۚ وَأَوْحَيْنَا إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَٰذَا وَهُمْ لَا يَشْعُرُونَ | ފަހެ، އެއުރެން އެކަލޭގެފާނު ގޮވައިގެން ދިޔަހިނދު، އަނދިރި ވަޅަކަށް އެކަލޭގެފާނު ލުމަށް އެންމެން އެއްބަސްވޫއެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވީމެވެ. އެއުރެންގެ މިކަންތަކުގެ ވާހަކަ، އެއުރެންނަށް ނޭނގިތިއްބައި، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް (ފަހުން) ކިޔައިދެއްވާނެތެވެ. | 
	
                       |  | ﴿١٦﴾ وَجَاءُوا أَبَاهُمْ عِشَاءً يَبْكُونَ | އަދި ޢިޝާ ވަގުތުގައި، އެއުރެންގެ ބައްޕާގެ އަރިހަށް ރޮމުން އެއުރެން އައޫއެވެ. | 
	
                       |  | ﴿١٧﴾ قَالُوا يَا أَبَانَا إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَاعِنَا فَأَكَلَهُ الذِّئْبُ ۖ وَمَا أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَادِقِينَ | އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި ޔޫސުފުގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން މިނިކާވަގެއްއައިސް، އެކަލޭގެފާނު ކައިފިއެވެ. ތިމަންމެން ތެދުވެރިންކަމުގައިވިޔަސް، ކަލޭގެފާނު ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެތެވެ. | 
	
                       |  | ﴿١٨﴾ وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ | އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (ޔަޢުޤޫބުގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲއެވެ. | 
	
                       |  | ﴿١٩﴾ وَجَاءَتْ سَيَّارَةٌ فَأَرْسَلُوا وَارِدَهُمْ فَأَدْلَىٰ دَلْوَهُ ۖ قَالَ يَا بُشْرَىٰ هَٰذَا غُلَامٌ ۚ وَأَسَرُّوهُ بِضَاعَةً ۚ وَاللَّهُ عَلِيمٌ بِمَا يَعْمَلُونَ | އެތަނަށް ދަތުރުކުރާ ބަޔަކު އައޫއެވެ. އަދި އެއުރެންނަށް ފެން ގެނެސްދޭމީހާ (ވަޅުކައިރިއަށް) ފޮނުވޫއެވެ. އަދި އޭނާ ބާލިދީ ވަޅަށް ތިރިކޮށްފައި (ޔޫސުފުގެފާނު ވަޅުން ނަގާފައި) ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި، އެކަލޭގެފާނު ފޮރުވައި، ރައްކާކޮށްފޫއެވެ. ﷲއީ، އެމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٢٠﴾ وَشَرَوْهُ بِثَمَنٍ بَخْسٍ دَرَاهِمَ مَعْدُودَةٍ وَكَانُوا فِيهِ مِنَ الزَّاهِدِينَ | އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު ދިރުހަމް ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކާލައިފޫއެވެ. އަދި އެކަލޭގެފާނާމެދު، އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) ޒާހިދުންގެ ތެރެއިންނެވެ. | 
	
                       |  | ﴿٢١﴾ وَقَالَ الَّذِي اشْتَرَاهُ مِن مِّصْرَ لِامْرَأَتِهِ أَكْرِمِي مَثْوَاهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ وَلِنُعَلِّمَهُ مِن تَأْوِيلِ الْأَحَادِيثِ ۚ وَاللَّهُ غَالِبٌ عَلَىٰ أَمْرِهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ | މިޞްރުން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަންރަސްކަލާނގެ ޔޫސުފުގެފާނު (މިޞްރުގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށްޓަކައެވެ. ﷲއީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. | 
	
                       |  | ﴿٢٢﴾ وَلَمَّا بَلَغَ أَشُدَّهُ آتَيْنَاهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ | އެކަލޭގެފާނު ފުރާ ފުރިހަމަވީހިނދު، ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ޙިކުމަތާއި، ޢިލްމު ދެއްވީމެވެ. އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ. | 
	
                       |  | ﴿٢٣﴾ وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ | އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. "معاذ ﷲ" އެވެ. (އެބަހީ: ﷲގެ ރައްކާތެރިކަމަށް އެދެމެވެ. ޚިޔާނަތްތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ. | 
	
                       |  | ﴿٢٤﴾ وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ | އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ދަލީލު ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ ދަލީލު ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި ޢަމަލާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ ޚިޔާރު ކުރެއްވި އަޅުންގެ ތެރެއިންނެވެ. | 
	
                       |  | ﴿٢٥﴾ وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى الْبَابِ ۚ قَالَتْ مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا إِلَّا أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ | އަދި އެ ދެމީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފޫއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެމީހުންނަށް ފެނުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި ޢުޤޫބާތް ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟ | 
	
                       |  | ﴿٢٦﴾ قَالَ هِيَ رَاوَدَتْنِي عَن نَّفْسِي ۚ وَشَهِدَ شَاهِدٌ مِّنْ أَهْلِهَا إِن كَانَ قَمِيصُهُ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ الْكَاذِبِينَ | އެކަލޭގެފާނު ވިދާޅުވިއެވެ. ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. އަދި (އެކަމާމެދު) އެކަނބުލޭގެ ތިމާގެ މީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. | 
	
                       |  | ﴿٢٧﴾ وَإِن كَانَ قَمِيصُهُ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ الصَّادِقِينَ | އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެރެއިންނެވެ. | 
	
                       |  | ﴿٢٨﴾ فَلَمَّا رَأَىٰ قَمِيصَهُ قُدَّ مِن دُبُرٍ قَالَ إِنَّهُ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌ | ފަހެ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން، އޭނާ (އެބަހީ: އެކަނބުލޭގެ ފިރިމީހާ) ބުންޏެވެ. ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ. | 
	
                       |  | ﴿٢٩﴾ يُوسُفُ أَعْرِضْ عَنْ هَٰذَا ۚ وَاسْتَغْفِرِي لِذَنبِكِ ۖ إِنَّكِ كُنتِ مِنَ الْخَاطِئِينَ | ޔޫސުފުގެފާނެވެ! މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ! އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން، ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ. | 
	
                       |  | ﴿٣٠﴾  ۞  وَقَالَ نِسْوَةٌ فِي الْمَدِينَةِ امْرَأَتُ الْعَزِيزِ تُرَاوِدُ فَتَاهَا عَن نَّفْسِهِ ۖ قَدْ شَغَفَهَا حُبًّا ۖ إِنَّا لَنَرَاهَا فِي ضَلَالٍ مُّبِينٍ | (މިކަންތަކުގެ ޚަބަރު ފެތުރިގެންދިޔުމުން) ރަށުތެރޭގެ އަންހެނުންގެ ބަޔަކު ބުނެފޫއެވެ. އަލްޢަޒީޒުގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ. | 
	
                       |  | ﴿٣١﴾ فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّهِ مَا هَٰذَا بَشَرًا إِنْ هَٰذَا إِلَّا مَلَكٌ كَرِيمٌ | ފަހެ، އެ އަންހެނުން ދެއްކި (މަލާމާތުގެ) މަކަރުވެރި ވާހަކަ އެކަނބުލޭގެއަށް އިވުމުން، އެއުރެން ބަލައިފޮނުވިއެވެ. އަދި ލެނގިގެންތިބޭނެ ތަނެއް ތައްޔާރުކުރިއެވެ. އަދި އެއިންކޮންމެ މީހަކަށް ފިޔޮއްސެއް ދިނެވެ. އަދި ޔޫސުފުގެފާނަށް ދެންނެވިއެވެ. އެއުރެންގެ ތެރެޔަށް ނުކުމެވަޑައިގަންނަވާށެވެ! ދެން، އެ އަންހެނުން އެކަލޭގެފާނު ދުށްހިނދު، އެއުރެން އެކަލޭގެފާނުގެ ރީތިކަމާމެދު ޙާއިރާން ވޫއެވެ. އަދި އެއުރެން އަތްތައް ކޮށަމުން ދިޔައޫއެވެ. އަދި ބުނެފޫއެވެ. "حاش للَّه" އެވެ. (ﷲގެ ހުސްޠާހިރުވަންތަ ކަމާއެވެ!) މިއީއަކީ އާދަމުގެދަރިއެއްވާ ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ މަލާއިކަތަކު ކަމުގައި ނޫނީ ނުވެތެވެ. | 
	
                       |  | ﴿٣٢﴾ قَالَتْ فَذَٰلِكُنَّ الَّذِي لُمْتُنَّنِي فِيهِ ۖ وَلَقَدْ رَاوَدتُّهُ عَن نَّفْسِهِ فَاسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَا آمُرُهُ لَيُسْجَنَنَّ وَلَيَكُونًا مِّنَ الصَّاغِرِينَ | އެކަނބުލޭގެ ބުންޏެވެ. ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެކަމުން ރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް އަމުރު ކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ. | 
	
                       |  | ﴿٣٣﴾ قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ | އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި ޖާހިލުންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ. | 
	
                       |  | ﴿٣٤﴾ فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ | ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، އެއުރެންގެ މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٣٥﴾ ثُمَّ بَدَا لَهُم مِّن بَعْدِ مَا رَأَوُا الْآيَاتِ لَيَسْجُنُنَّهُ حَتَّىٰ حِينٍ | ދެން (އެކަލޭގެފާނު ބަރީއަވެގެންވާކަމުގެ) ދަލީލުތައް އެއުރެންނަށް ފެނިދިއުމަށްފަހުވެސް، ހަމަކަށަވަރުން، އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެއުރެންނަށް ފެނުނެވެ. | 
	
                       |  | ﴿٣٦﴾ وَدَخَلَ مَعَهُ السِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَا إِنِّي أَرَانِي أَعْصِرُ خَمْرًا ۖ وَقَالَ الْآخَرُ إِنِّي أَرَانِي أَحْمِلُ فَوْقَ رَأْسِي خُبْزًا تَأْكُلُ الطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ | އަދި (ރަސްގެފާނުގެ ޚާދިމުންގެ ތެރެއިންވާ) ދެކުއްޖަކުވެސް އެކަލޭގެފާނުގެ އަރިހުގައި ޖަލަށްލެވުނެވެ. އޭގެތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ރާހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. މިކަމުގެ މާނަ ތިމަންމެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، އިޙްސާންތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ. | 
	
                       |  | ﴿٣٧﴾ قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي ۚ إِنِّي تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِاللَّهِ وَهُم بِالْآخِرَةِ هُمْ كَافِرُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުންނަށް ލިބޭ ކާނާއެއް ތިޔަ ދެމީހުންނަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު ތިޔަ ދެމީހުންނަށް އެއީ ކޮންއެއްޗެއްކަން އަންގައިދެއްވާހުށީމެވެ. އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. ﷲއަށް އީމާން ނުވާ ބަޔެއްގެ ދީން ހަމަކަށަވަރުން، ތިމަން ދޫކޮށްލައިފީމެވެ. އަދި އެއުރެންނީ، ހަމަ، އާޚިރަތަށް ކާފިރު ވެގެންވާ ބަޔެކެވެ. | 
	
                       |  | ﴿٣٨﴾ وَاتَّبَعْتُ مِلَّةَ آبَائِي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ ۚ مَا كَانَ لَنَا أَن نُّشْرِكَ بِاللَّهِ مِن شَيْءٍ ۚ ذَٰلِكَ مِن فَضْلِ اللَّهِ عَلَيْنَا وَعَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ | އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުނަވި އިބްރާހީމުގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނުގެ ދީނަށް ތިމަންކަލޭގެފާނު ތަބަޢަ ވެވަޑައިގަތީމެވެ. ﷲއަށް އެއްވެސް އެއްޗެއް ޝަރީކު ކުރުމަކީ ތިމަންމެންނަށް އޮތްކަމެއްނޫނެވެ. އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް ﷲ ދެއްވި ފަޟްލުވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަލާނގެއަށް) ޝުކުރެއް ނުކުރެތެވެ. | 
	
                       |  | ﴿٣٩﴾ يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ | އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ ﷲ ހެއްޔެވެ؟ | 
	
                       |  | ﴿٤٠﴾ مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ | ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް ޙުއްޖަތެއް ﷲ ބާވައެއްނުލައްވަތެވެ. ﷲއަށް މެނުވީ ޙުކުމް ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ އަމުރު ކުރައްވާފައެވެ. އެއީ ޙައްޤު ތެދު ދީނެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. | 
	
                       |  | ﴿٤١﴾ يَا صَاحِبَيِ السِّجْنِ أَمَّا أَحَدُكُمَا فَيَسْقِي رَبَّهُ خَمْرًا ۖ وَأَمَّا الْآخَرُ فَيُصْلَبُ فَتَأْكُلُ الطَّيْرُ مِن رَّأْسِهِ ۚ قُضِيَ الْأَمْرُ الَّذِي فِيهِ تَسْتَفْتِيَانِ | އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ތިޔަ ދެމީހުންކުރެ އެކަކު ދަންނާށެވެ! ފަހެ، އޭނާގެ ސާހިބުމީހާއަށް އޭނާ ރާ ދޭނެތެވެ. އަދި އަނެކަކު ދަންނާށެވެ! ފަހެ، އޭނާ ޞަލީބަށް އެރުވޭނެތެވެ. ދެން އޭނާގެ ބޮލުން ދޫނި ކާނެތެވެ. ތިޔަ ދެމީހުން އޮޅުންފިލުވަން އުޅޭކަންތައްވަނީ (އެގޮތަށް) ނިޔާކުރައްވާފައެވެ. | 
	
                       |  | ﴿٤٢﴾ وَقَالَ لِلَّذِي ظَنَّ أَنَّهُ نَاجٍ مِّنْهُمَا اذْكُرْنِي عِندَ رَبِّكَ فَأَنسَاهُ الشَّيْطَانُ ذِكْرَ رَبِّهِ فَلَبِثَ فِي السِّجْنِ بِضْعَ سِنِينَ | އެ ދެމީހުންކުރެ ނަޖާވާނެކަމަށް ހީކުރެއްވި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވާހަކަ، ތިބާގެ ސާހިބުމީހާގެ ގާތުގައި ކިޔައިދޭށެވެ! ފަހެ، އޭނާގެ ސާހިބުމީހާގެ ގާތުގައި އެވާހަކަދައްކަން ޝައިޠާނާ އޭނާ ހަނދާން ނެއްތިއެވެ. ފަހެ (އެކަމުގެ ސަބަބުން) އެކަލޭގެފާނު ޖަލުގައި (އިތުރު) އެތައްއަހަރަކު ހުންނެވިއެވެ. | 
	
                       |  | ﴿٤٣﴾ وَقَالَ الْمَلِكُ إِنِّي أَرَىٰ سَبْعَ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ ۖ يَا أَيُّهَا الْمَلَأُ أَفْتُونِي فِي رُؤْيَايَ إِن كُنتُمْ لِلرُّؤْيَا تَعْبُرُونَ | ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެއެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެއެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައިދޭށެވެ! | 
	
                       |  | ﴿٤٤﴾ قَالُوا أَضْغَاثُ أَحْلَامٍ ۖ وَمَا نَحْنُ بِتَأْوِيلِ الْأَحْلَامِ بِعَالِمِينَ | އެއުރެން ދެންނެވޫއެވެ. (ތިޔައީ) ހުވަފެނުގެ ހާސަރެކެވެ. އަދި (އެކަހަލަ) ހުވަފެން މާނަކުރަން ދަންނަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. | 
	
                       |  | ﴿٤٥﴾ وَقَالَ الَّذِي نَجَا مِنْهُمَا وَادَّكَرَ بَعْدَ أُمَّةٍ أَنَا أُنَبِّئُكُم بِتَأْوِيلِهِ فَأَرْسِلُونِ | އަދި އެ ދެމީހުންކުރެ (ޖަލުން) ސަލާމަތްވީމީހާ އެތައްދުވަހެއް ފަހުން (ޔޫސުފުގެފާނު މަތިން) ހަނދާންވެގެން ބުންޏެވެ. އެ ހުވަފެނުގެ މާނަ ތިޔަބައިމީހުންނަށް ތިމަން ކިޔައިދީފާހުށީމެވެ. ފަހެ، ތިޔަބައިމީހުން (ޔޫސުފުގެފާނުގެ އަރިހަށް) ތިމަން ފޮނުވާށެވެ! | 
	
                       |  | ﴿٤٦﴾ يُوسُفُ أَيُّهَا الصِّدِّيقُ أَفْتِنَا فِي سَبْعِ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ لَّعَلِّي أَرْجِعُ إِلَى النَّاسِ لَعَلَّهُمْ يَعْلَمُونَ | (އޭނާ ދެންނެވިއެވެ.) އޭ ޔޫސުފުގެފާނެވެ! އޭ ތެދުވެރިޔާއެވެ! ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ: އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ! (އެއީ) ތިމަން އެއުރެން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. (އެއީ) އެއުރެންނަށް (އެކަން) އެނގުމަށްޓަކައެވެ. | 
	
                       |  | ﴿٤٧﴾ قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِي سُنبُلِهِ إِلَّا قَلِيلًا مِّمَّا تَأْكُلُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީއެވެ. | 
	
                       |  | ﴿٤٨﴾ ثُمَّ يَأْتِي مِن بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ | ދެން އެއަށްފަހު، ތަދުމަޑު ހަތް އަހަރު އަންނާނެތެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައިހުސްކުރާނޫއެވެ. | 
	
                       |  | ﴿٤٩﴾ ثُمَّ يَأْتِي مِن بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ النَّاسُ وَفِيهِ يَعْصِرُونَ | ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެތެވެ. އަދި އެ އަހަރުގައި އެއުރެން (ދިޔަފެލާ ތަކެތިން) ދިޔަފެލާނެތެވެ. | 
	
                       |  | ﴿٥٠﴾ وَقَالَ الْمَلِكُ ائْتُونِي بِهِ ۖ فَلَمَّا جَاءَهُ الرَّسُولُ قَالَ ارْجِعْ إِلَىٰ رَبِّكَ فَاسْأَلْهُ مَا بَالُ النِّسْوَةِ اللَّاتِي قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّي بِكَيْدِهِنَّ عَلِيمٌ | ރަސްގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންގެ ގާތަށް އޭނާ ގެންނާށެވެ! ފަހެ، ރަސްގެފާނު ފޮނުއްވި މީހާ އެކަލޭގެފާނުގެ އަރިހަށް އައުމުން، ވިދާޅުވިއެވެ. ތިބާގެ ސާހިބުމީހާގެ ގާތަށް ތިބާ އެނބުރި ހިނގައިދާށެވެ! ފަހެ، އެއުރެންގެ އަތްތައް ކޮށައިލި އަންހެނުންތަކަށް ވީގޮތަކާމެދު، އޭނާއާ ސުވާލުކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން މޮޅަށް ދެނެވޮޑިގެންވެތެވެ. | 
	
                       |  | ﴿٥١﴾ قَالَ مَا خَطْبُكُنَّ إِذْ رَاوَدتُّنَّ يُوسُفَ عَن نَّفْسِهِ ۚ قُلْنَ حَاشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوءٍ ۚ قَالَتِ امْرَأَتُ الْعَزِيزِ الْآنَ حَصْحَصَ الْحَقُّ أَنَا رَاوَدتُّهُ عَن نَّفْسِهِ وَإِنَّهُ لَمِنَ الصَّادِقِينَ | އޭނާ (އެބަހީ: ރަސްގެފާނު) ވިދާޅުވިއެވެ. ތިޔަކަނބަލުން ޔޫސުފުގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނުހިނދު، ކަންވީގޮތަކީ ކޮބައިހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. حاش للَّه އެވެ! (ﷲގެ ހުސްޠާހިރުވަންތަކަމާއެވެ!) އެކަލޭގެފާނުގެ ކިބައިގައި އެއްވެސް ނުބައިކަމެއްވާ ކަމަކަށް ތިމަންމެން ދެނެއެއްނެތީމުއެވެ. އަލްޢަޒީޒުގެ އަންހެނުން ބުންޏެވެ. މިހާރު ޙައްޤު ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ. | 
	
                       |  | ﴿٥٢﴾ ذَٰلِكَ لِيَعْلَمَ أَنِّي لَمْ أَخُنْهُ بِالْغَيْبِ وَأَنَّ اللَّهَ لَا يَهْدِي كَيْدَ الْخَائِنِينَ | (ޔޫސުފުގެފާނު ވިދާޅުވިއެވެ.) އެއީ ތިމަން ޣައިބުގައި އޭނާއަށް (އެބަހީ: އަލްޢަޒީޒަށް) ޚިޔާނަތްތެރި ނުވާކަމާއި، އަދި ޚިޔާނަތްތެރިންގެ މަކަރުވެރި ރޭވުން ﷲ ފަހިކޮށް ނުދެއްވާނެކަން، އޭނާއަށް އެނގުމަށްޓަކައެވެ. | 
	
                       |  | ﴿٥٣﴾  ۞  وَمَا أُبَرِّئُ نَفْسِي ۚ إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّي ۚ إِنَّ رَبِّي غَفُورٌ رَّحِيمٌ | އަދި ތިމަންކަލޭގެފާނުގެ ނަފްސު ވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން، ނަފްސަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٥٤﴾ وَقَالَ الْمَلِكُ ائْتُونِي بِهِ أَسْتَخْلِصْهُ لِنَفْسِي ۖ فَلَمَّا كَلَّمَهُ قَالَ إِنَّكَ الْيَوْمَ لَدَيْنَا مَكِينٌ أَمِينٌ | ރަސްގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ތިމަންގެ ޚިދުމަތަށް ޚާއްޞަ ކުރުމަށްޓަކައި، އެކަލޭގެފާނު ތިމަންގެ ގާތަށް ގެންނާށެވެ! ފަހެ، އެކަލޭގެފާނާ ވާހަކަ ދައްކަވާފައި، އެ ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، މިއަދު ތިމަންގެ ގާތުގައި އިތުބާރުކުރެވޭ އަމާނަތްތެރިޔަކީމުއެވެ. | 
	
                       |  | ﴿٥٥﴾ قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ | އެކަލޭގެފާނު ވިދާޅުވިއެވެ. (މިޞްރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ. | 
	
                       |  | ﴿٥٦﴾ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَاءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَاءُ ۖ وَلَا نُضِيعُ أَجْرَ الْمُحْسِنِينَ | އެފަދައިން އެކަލޭގެފާނު ބޭނުންފުޅު ތަނެއްގައި ހުންނެވޭނެގޮތުން ތިމަންރަސްކަލާނގެ އެކަލޭގެފާނު (މިޞްރުގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ ރަޙްމަތް ލައްވަމެވެ. އަދި އިޙްސާންތެރިންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. | 
	
                       |  | ﴿٥٧﴾ وَلَأَجْرُ الْآخِرَةِ خَيْرٌ لِّلَّذِينَ آمَنُوا وَكَانُوا يَتَّقُونَ | އަދި ހަމަކަށަވަރުން، އީމާންވެ، ތަޤްވާވެރިވެއުޅުނު މީހުންނަށް، އާޚިރަތުގެ ދަރުމައިގެ ހެޔޮކަން މާބޮޑެވެ. | 
	
                       |  | ﴿٥٨﴾ وَجَاءَ إِخْوَةُ يُوسُفَ فَدَخَلُوا عَلَيْهِ فَعَرَفَهُمْ وَهُمْ لَهُ مُنكِرُونَ | އަދި ޔޫސުފުގެފާނުގެ އަޚުން އަތުވެއްޖައޫއެވެ. ދެން އެކަލޭގެފާނުގެ އަރިހަށް އެއުރެން ވަދެއްޖައޫއެވެ. އަދި އެކަލޭގެފާނަށް އެއުރެން އެނގިވަޑައިގަތެވެ. ފަހެ، އެއުރެންނަކަށް އެކަލޭގެފާނަކީ ކާކުކަމެއް ނޭނގެތެވެ. | 
	
                       |  | ﴿٥٩﴾ وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ائْتُونِي بِأَخٍ لَّكُم مِّنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّي أُوفِي الْكَيْلَ وَأَنَا خَيْرُ الْمُنزِلِينَ | އެއުރެން ބޭނުންވެގެން އައި ސާމާނު ތައްޔާރުކޮށްދެއްވިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ދޫކޮށްފައި އައި) ތިޔަބައިމީހުންނާ އެއްބަފާ އަޚެއް ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ! ތިމަންކަލޭގެފާނު ހަމަޔަށް މިނެދެއްވާކަމާއި، ތިމަންކަލޭގެފާނީ، އެންމެހެޔޮގޮތުގައި މެހުމާނުންނަށް ކަމޭހިތާ މީހަކުކަން ތިޔަބައިމީހުން ނުދެކެމުހެއްޔެވެ؟ | 
	
                       |  | ﴿٦٠﴾ فَإِن لَّمْ تَأْتُونِي بِهِ فَلَا كَيْلَ لَكُمْ عِندِي وَلَا تَقْرَبُونِ | ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އޭނާ ނުގެނައިނަމަ، ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުންނަކަށް މިނެދިނުމެއް ނެތެވެ. އަދި ތިޔަބައިމީހުން، ތިމަންކަލޭގެފާނުގެ އަރިހަށް ނާންނާށެވެ! | 
	
                       |  | ﴿٦١﴾ قَالُوا سَنُرَاوِدُ عَنْهُ أَبَاهُ وَإِنَّا لَفَاعِلُونَ | އެއުރެން ދެންނެވޫއެވެ. އޭނާގެ ބައްޕާ އަރިހުން އޭނާ ގެނެވޭތޯ ތިމަންމެން ގަދަމަސައްކަތް ކުރާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންމެން (އެކަން) ކުރާހުށީމުއެވެ. | 
	
                       |  | ﴿٦٢﴾ وَقَالَ لِفِتْيَانِهِ اجْعَلُوا بِضَاعَتَهُمْ فِي رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَا إِذَا انقَلَبُوا إِلَىٰ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ | އެކަލޭގެފާނު ގެންގުޅުއްވާ ކުދިންނަށް ވިދާޅުވިއެވެ. އެއުރެން (އަގަކަށް) ގެނައި މުދާ، އެއުރެންގެ ތަކެތީގެ ތެރެޔަށްލާށެވެ! (އެއީ) އެއުރެންގެ އަހުލުންގެ ގާތަށް އެނބުރިދާހިނދު، އެކަން އެއުރެންނަށް އެނގުމަށްޓަކައެވެ. (އަދި ތިމަންކަލޭގެފާނުގެ އަރިހަށް) އެއުރެން އެނބުރި އާދޭތޯއެވެ. | 
	
                       |  | ﴿٦٣﴾ فَلَمَّا رَجَعُوا إِلَىٰ أَبِيهِمْ قَالُوا يَا أَبَانَا مُنِعَ مِنَّا الْكَيْلُ فَأَرْسِلْ مَعَنَا أَخَانَا نَكْتَلْ وَإِنَّا لَهُ لَحَافِظُونَ | ފަހެ، އެއުރެންގެ ބައްޕާގެ އަރިހަށް އެއުރެން އެނބުރި ދިޔަހިނދު އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! (ތިމަންމެންގެ ކޮއްކޮ ތިމަންމެންނާއެކު ނުފޮނުއްވައިފިނަމަ، ދެން) ތިމަންމެންނަށް މިނެދިނުން މަނާވީއެވެ. ފަހެ، ތިމަންމެންނަށް މިނެދޭތޯ ތިމަންމެންނާއެކު ތިމަންމެންގެ ކޮއްކޮ ފޮނުއްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާ ހުށީމުއެވެ. | 
	
                       |  | ﴿٦٤﴾ قَالَ هَلْ آمَنُكُمْ عَلَيْهِ إِلَّا كَمَا أَمِنتُكُمْ عَلَىٰ أَخِيهِ مِن قَبْلُ ۖ فَاللَّهُ خَيْرٌ حَافِظًا ۖ وَهُوَ أَرْحَمُ الرَّاحِمِينَ | އެކަލޭގެފާނު ވިދާޅުވިއެވެ. މީގެކުރިން އޭނާގެ އަޚު (ޔޫސުފުގެފާނު) އާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރި ފަދައިން މެނުވީ، އޭނާއާމެދު ތިޔަބައިމީހުންގެ މައްޗަށް ތިމަން އިތުބާރުކުރާނޭ ހެއްޔެވެ؟ ފަހެ، ﷲއީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ރަޙްމަތް ލައްވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٦٥﴾ وَلَمَّا فَتَحُوا مَتَاعَهُمْ وَجَدُوا بِضَاعَتَهُمْ رُدَّتْ إِلَيْهِمْ ۖ قَالُوا يَا أَبَانَا مَا نَبْغِي ۖ هَٰذِهِ بِضَاعَتُنَا رُدَّتْ إِلَيْنَا ۖ وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍ ۖ ذَٰلِكَ كَيْلٌ يَسِيرٌ | އަދި އެއުރެންގެ ސާމާނު އެއުރެން ހުޅުވިހިނދު، އެއުރެންގެ މުދާ (އޭގެތެރޭގައި) އެއުރެންނަށް ރައްދުކުރެވިފައިވަނިކޮށް ފެނިފައި، އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! (މިއަށްވުރެމޮޅަށް) ތިމަންމެން އެދޭނީ ކޮންކަމެއްހެއްޔެވެ؟ މިހިރީ ތިމަންމެންގެ މުދާ ތިމަންމެންނަށް ރައްދުކުރެވިފައެވެ. އަދި ތިމަންމެންގެ އަހުލުންނަށް (އިތުރަށް) ކާބޯތަކެތި ގެނެސްދީ، އަދި ތިމަންމެންގެ ކޮއްކޮ ރައްކާތެރި ކުރާހުށީމުއެވެ. އަދި ޖަމަލަކަށް އެރުވޭތަކެތި އިތުރުކުރާނޫއެވެ. އެއީ މިނެދެވޭ މަދު އެތިކޮޅެކެވެ. | 
	
                       |  | ﴿٦٦﴾ قَالَ لَنْ أُرْسِلَهُ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقًا مِّنَ اللَّهِ لَتَأْتُنَّنِي بِهِ إِلَّا أَن يُحَاطَ بِكُمْ ۖ فَلَمَّا آتَوْهُ مَوْثِقَهُمْ قَالَ اللَّهُ عَلَىٰ مَا نَقُولُ وَكِيلٌ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ޢަދާވަތްތެރިންގެ ބަޔަކު ގަދަވެއްޖެހިނދަކު މެނުވީ، އޭނާ އަނބުރާ ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭންކަމަށް، ﷲގެ ޙަޟްރަތުންވާ ޢަހުދެއް ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ގެނެސްދީފުމަށް ދާނދެން ތިޔަބައިމީހުންނާއެކު އޭނާއެއް ނުފޮނުއްވާ ހުށީމެވެ. ފަހެ، އެއުރެންގެ ކަށަވަރުވެގެންވާ ޢަހުދުގެ ބަސް ގެނެސްގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން މިބުނާ އެއްޗަކަށް، ﷲ ހެކިވެވޮޑިގެންވާނެތެވެ. | 
	
                       |  | ﴿٦٧﴾ وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ | އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި ﷲގެ ޙަޟްރަތުން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. ﷲއަށް މެނުވީ ޙުކުމް ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު ވަކީލު ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ވަކީލު ކުރާމީހުން ހަމައެކަނި އެކަލާނގެއަށް ވަކީލު ކުރާހުށިކަމެވެ! | 
	
                       |  | ﴿٦٨﴾ وَلَمَّا دَخَلُوا مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِي عَنْهُم مِّنَ اللَّهِ مِن شَيْءٍ إِلَّا حَاجَةً فِي نَفْسِ يَعْقُوبَ قَضَاهَا ۚ وَإِنَّهُ لَذُو عِلْمٍ لِّمَا عَلَّمْنَاهُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ | އަދި އެއުރެންގެ ބައްޕާ އަމުރު ކުރެއްވިގޮތަށް، އެއުރެންގޮސް ވަންހިނދު އެކަލޭގެފާނަކަށް ﷲގެ ޙަޟްރަތުން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެއްވުނެވެ. ހަމައެކަނި، ޔަޢުޤޫބުގެފާނުގެ ހިތްޕުޅުގައިއޮތް ބޭނުމެއް މެނުވީ ނުފުދެތެވެ. (އެއީ ޔަޢުޤޫބުގެފާނު ވިދާޅުވިގޮތަށް އެއުރެން އެކަން ކުރުމެވެ.) އަދި ހަމަކަށަވަރުން، އެކަލޭގެފާނީ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވި އެއްޗެއް ރަނގަޅަށް ދެނެހުންނެވި ބޭކަލެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. | 
	
                       |  | ﴿٦٩﴾ وَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَخَاهُ ۖ قَالَ إِنِّي أَنَا أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا يَعْمَلُونَ | އަދި ޔޫސުފުގެފާނުގެ އަރިހަށް އެއުރެން ވަނުމުން، އެކަލޭގެފާނުގެ އަޚު އެކަލޭގެފާނުގެ އަރިހަށް ގެންދަވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއީ، ތިބާގެ އަޚާއެވެ. ފަހެ، އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ! | 
	
                       |  | ﴿٧٠﴾ فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ السِّقَايَةَ فِي رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا الْعِيرُ إِنَّكُمْ لَسَارِقُونَ | ފަހެ، އެކަލޭގެފާނު އެއުރެންގެ ސާމާނު ތައްޔާރުކޮށްދެއްވިހިނދު (މިނެހެދުމަށް ގެންގުޅޭ) ސިޤާޔަތް، އޭނާގެ އަޚުގެ ތަކެތީގެ ތެރެއަށް ލެއްވިއެވެ. ދެން ގޮވައި އަންގާ މީހަކު ގޮވިއެވެ. އޭ ޤާފިލާގެ މީހުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވައްކަންކުރާ ބަޔެކެވެ. | 
	
                       |  | ﴿٧١﴾ قَالُوا وَأَقْبَلُوا عَلَيْهِم مَّاذَا تَفْقِدُونَ | އެއުރެން އެއުރެންނާ ކުރިމަތިލައި އައިސް ބުނެފޫއެވެ. ތިޔަބައިމީހުން ގެއްލިގެންތިޔަ އުޅެނީ ކޮންއެއްޗެއް ހެއްޔެވެ؟ | 
	
                       |  | ﴿٧٢﴾ قَالُوا نَفْقِدُ صُوَاعَ الْمَلِكِ وَلِمَن جَاءَ بِهِ حِمْلُ بَعِيرٍ وَأَنَا بِهِ زَعِيمٌ | އެއުރެން ބުނެފޫއެވެ. ތިމަންމެން ގެއްލިގެން މިއުޅެނީ، ރަސްގެފާނުގެ ނާޅިއެވެ. އަދި އެ ގެނެސްދިން މީހަކަށް އޮތް އިނާމަކީ، ޖަމަލަކަށް އެރުވޭހާ ތަކެއްޗެވެ. އެކަމަށް އަހަރެން ޖާމިނުވެގެންވަމެވެ. | 
	
                       |  | ﴿٧٣﴾ قَالُوا تَاللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِي الْأَرْضِ وَمَا كُنَّا سَارِقِينَ | އެއުރެން ދެންނެވޫއެވެ. ﷲ ގަންދީ ބުނަމުއެވެ. ތިމަންމެންއައީ ބިމުގައި ފަސާދަ ކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނެކަން ކަށަވަރެވެ. އަދި ވައްކަންކުރާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. | 
	
                       |  | ﴿٧٤﴾ قَالُوا فَمَا جَزَاؤُهُ إِن كُنتُمْ كَاذِبِينَ | އެއުރެން ބުނެފޫއެވެ. ތިޔަބައިމީހުން ދޮގުހަދާކަމަށްވާނަމަ، ފަހެ، އެކަމުގެ (އެބަހީ: މިނާއެތި ވަގަށްނެގުމުގެ) ޖަޒާއަކީ ކޮބައިހެއްޔެވެ؟ | 
	
                       |  | ﴿٧٥﴾ قَالُوا جَزَاؤُهُ مَن وُجِدَ فِي رَحْلِهِ فَهُوَ جَزَاؤُهُ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ | އެއުރެން ބުނެފޫއެވެ. އެކަމުގެ ޖަޒާއަކީ، އެމީހެއްގެ ތަކެތީގެ ތެރެއިން އެ މިނާއެތި ފެނުނު މީހެކެވެ. ފަހެ، އޭނާ އެއީ އެކަމުގެ ޖަޒާއެވެ. (އެބަހީ: ޖަޒާދިނުމަށްޓަކައި އެމީހަކު ހިފެހެއްޓުމެވެ.) އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ. | 
	
                       |  | ﴿٧٦﴾ فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَاءِ أَخِيهِ ثُمَّ اسْتَخْرَجَهَا مِن وِعَاءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِي دِينِ الْمَلِكِ إِلَّا أَن يَشَاءَ اللَّهُ ۚ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ | ފަހެ، އެކަލޭގެފާނުގެ އަޚާގެ ތަކެތި ހޯދުމުގެ ކުރިން، އެއުރެންގެ ތަކެތި ހޯދަންފެށިއެވެ. ދެން އެކަލޭގެފާނުގެ އަޚާގެ ތަކެތީގެ ތެރެއިން، އެ މިނާއެތި ނެރުނެވެ. އެގޮތަށް ޔޫސުފުގެފާނަށްޓަކައި، ތިމަންރަސްކަލާނގެ (އެކަންތައް) ރޭއްވެވީމެވެ. ﷲ އިރާދަކުރެއްވުމާނުލައި، ރަސްގެފާނުގެ އާދަޔާ އެއްގޮތަށް އެކަލޭގެފާނަކަށް، އޭނާގެ އަޚާ އަތަކު ނުލެއްވުނީހެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. އަދި ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ. | 
	
                       |  | ﴿٧٧﴾  ۞  قَالُوا إِن يَسْرِقْ فَقَدْ سَرَقَ أَخٌ لَّهُ مِن قَبْلُ ۚ فَأَسَرَّهَا يُوسُفُ فِي نَفْسِهِ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنتُمْ شَرٌّ مَّكَانًا ۖ وَاللَّهُ أَعْلَمُ بِمَا تَصِفُونَ | އެއުރެން ބުނެފޫއެވެ. އޭނާ ވައްކަންކުރިކަމަށްވާނަމަ، މީގެކުރިން އޭނާގެ އަޚަކުވެސްވަނީ ވައްކަންކޮށްފައެވެ. ފަހެ، ޔޫސުފުގެފާނު، އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ބަސް ސިއްރުކުރެއްވިއެވެ. އަދި އެއުރެންނަށް އެކަން ފާޅެއްނުކުރައްވަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ދަރަޖަ އެއަށްވުރެ މާނުބައެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއް ﷲ ދެނެވޮޑިގަތުން ބޮޑެވެ. | 
	
                       |  | ﴿٧٨﴾ قَالُوا يَا أَيُّهَا الْعَزِيزُ إِنَّ لَهُ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ | އެއުރެން ދެންނެވޫއެވެ. އޭ އަލްޢަޒީޒެވެ! ހަމަކަށަވަރުން، އޭނާގެ ޤަދަރުވެރި މުސްކުޅި ބައްޕައެއްވެއެވެ. ފަހެ، ތިމަންމެންގެ ތެރެއިން އެކަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، އިޙްސާންތެރިންގެ ތެރެއިންނެވެ. | 
	
                       |  | ﴿٧٩﴾ قَالَ مَعَاذَ اللَّهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَاعَنَا عِندَهُ إِنَّا إِذًا لَّظَالِمُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. "معاذ ﷲ" އެވެ. (އެބަހީ: ﷲގެ ރައްކާތެރިކަމަށް އެދެމެވެ.) އެމީހެއްގެ އަތުގައި ތިމަންމެންގެ ތަކެތި ހުއްޓައި ފެނުނު މީހަކު މެނުވީ، ތިމަންމެން ހިފެހެއްޓުމުން ދުރުވެ، ރައްކާތެރިވުން އެދެމެވެ. އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ. | 
	
                       |  | ﴿٨٠﴾ فَلَمَّا اسْتَيْأَسُوا مِنْهُ خَلَصُوا نَجِيًّا ۖ قَالَ كَبِيرُهُمْ أَلَمْ تَعْلَمُوا أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُم مَّوْثِقًا مِّنَ اللَّهِ وَمِن قَبْلُ مَا فَرَّطتُمْ فِي يُوسُفَ ۖ فَلَنْ أَبْرَحَ الْأَرْضَ حَتَّىٰ يَأْذَنَ لِي أَبِي أَوْ يَحْكُمَ اللَّهُ لِي ۖ وَهُوَ خَيْرُ الْحَاكِمِينَ | ފަހެ، އެއުރެން އެކަލޭގެފާނުގެ ކިބައިން އުއްމީދު ކެނޑުނުހިނދު، އެއުރެން އެކަހެރިވެ ސައްލާކުރޫއެވެ. އެއުރެންގެ ބޮޑަކަށްހުރި މީހާ ބުންޏެވެ. ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ބައްޕާ، ﷲގެ ޙަޟްރަތުން ޢަހުދު ކަށަވަރު ހިއްޕަވާފައިވާކަމާއި، އޭގެކުރިން ޔޫސުފުގެފާނާމެދު ތިޔަބައިމީހުން ފަރުވާކުޑަކޮށްފައިވާކަން، ތިޔަބައިމީހުންނަކަށް ނޭނގޭހެއްޔެވެ؟ ފަހެ، ތިމަންގެ ބައްޕާ ތިމަންނައަށް އިޛުނަ ދެއްވައިފުމަށްދާނދެން، ނުވަތަ ﷲ ތިމަންގެ މައްޗަށް ނިޔާކުރައްވައިފުމަށްދާނދެން ތިމަން (މިޞްރުގެ) ބިން ދޫކޮށެއް ނުލާހުށީމެވެ. އަދި އެކަލާނގެއީ ޙުކުމް ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٨١﴾ ارْجِعُوا إِلَىٰ أَبِيكُمْ فَقُولُوا يَا أَبَانَا إِنَّ ابْنَكَ سَرَقَ وَمَا شَهِدْنَا إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَافِظِينَ | ތިޔަބައިމީހުން އެނބުރި ތިޔަބައިމީހުންގެ ބައްޕާ އަރިހަށްގޮސް ދަންނަވާށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި ތިމަންމެންނަށް އެނގިފައިވާކަމަކަށް މެނުވީ، ތިމަންމެން ހެތްކެއް ނުވަމުއެވެ. އަދި ޣައިބުގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. | 
	
                       |  | ﴿٨٢﴾ وَاسْأَلِ الْقَرْيَةَ الَّتِي كُنَّا فِيهَا وَالْعِيرَ الَّتِي أَقْبَلْنَا فِيهَا ۖ وَإِنَّا لَصَادِقُونَ | އަދި ތިމަންމެންގޮސް ތިބި ރަށުގެ މީހުންނާ، އަދި ތިމަންމެން އޭގައި ދަތުރުކޮށްފައި އައި ޤާފިލާގެ މީހުންނާ ސުއާލު ކުރައްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެންނީ ތެދުބުނާ ބަޔަކީމުއެވެ. | 
	
                       |  | ﴿٨٣﴾ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى اللَّهُ أَن يَأْتِيَنِي بِهِمْ جَمِيعًا ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ | އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ނަފްސުތައް ތިޔަބައިމީހުންނަށް (ނުބައި) ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. ފަހެ، ދެން އޮތީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. ﷲ އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވައިފާށިއެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٨٤﴾ وَتَوَلَّىٰ عَنْهُمْ وَقَالَ يَا أَسَفَىٰ عَلَىٰ يُوسُفَ وَابْيَضَّتْ عَيْنَاهُ مِنَ الْحُزْنِ فَهُوَ كَظِيمٌ | އަދި އެކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ޔޫސުފުގެފާނުގެ މައްޗަށް އަހުރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ! އަދި ހިތާމައިގެ ސަބަބުން، އެކަލޭގެފާނުގެ ލޯފުޅު ހުދުވެގެންދިޔައެވެ. ފަހެ، އެކަލޭގެފާނީ، ހިތާމަފާޅު ނުކުރައްވައި، ހިފަހައްޓަވާ ބޭކަލެކެވެ. | 
	
                       |  | ﴿٨٥﴾ قَالُوا تَاللَّهِ تَفْتَأُ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ الْهَالِكِينَ | އެއުރެން ދެންނެވޫއެވެ. ﷲ ގަންދީ ހުވާކުރަމެވެ. ކަލޭގެފާނު ބަލިޙާލު ބޮޑުވެއްޖެއުމަށްދާނދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށްދާނދެން، ޔޫސުފުގެފާނުމަތިން ހަނދުމަކުރެއްވުމުގައި ކަލޭގެފާނު ފިލާވަޑައިނުގަންނަވަމުއެވެ. | 
	
                       |  | ﴿٨٦﴾ قَالَ إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝާކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲއަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. | 
	
                       |  | ﴿٨٧﴾ يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ | އޭ އަހުރެންގެ ދަރިންނޭވެ! ޔޫސުފުގެފާނާއި، އޭނާގެ އަޚާގެ ޚަބަރެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި ﷲގެ ރަޙްމަތުން ތިޔަބައިމީހުން އުއްމީދު ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، ކާފިރު ވިމީހުން މެނުވީ، ﷲގެ ރަޙްމަތުން އުއްމީދު ކަނޑައެއް ނުލާނެތެވެ.) | 
	
                       |  | ﴿٨٨﴾ فَلَمَّا دَخَلُوا عَلَيْهِ قَالُوا يَا أَيُّهَا الْعَزِيزُ مَسَّنَا وَأَهْلَنَا الضُّرُّ وَجِئْنَا بِبِضَاعَةٍ مُّزْجَاةٍ فَأَوْفِ لَنَا الْكَيْلَ وَتَصَدَّقْ عَلَيْنَا ۖ إِنَّ اللَّهَ يَجْزِي الْمُتَصَدِّقِينَ | ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް ވަންހިނދު، އެއުރެން ދެންނެވޫއެވެ. އޭ އަލްޢަޒީޒެވެ! ތިމަންމެންނަށާއި، ތިމަންމެންގެ އަހުލުވެރިންނަށް ތަދުމަޑުކަން ޖެހިއްޖެއެވެ. ތިމަންމެންއައީ، ދެރަ މުދަލަކާއިގެންނެވެ. ފަހެ، ތިމަންމެންނަށް ފުރިހަމަގޮތުގައި މިނެދެއްވައި، ތިމަންމެންނަށް ޞަދަޤާތް ކުރައްވާށެވެ! ހަމަކަށަވަރުން، ޞަދަޤާތް ކުރާ މީހުންނަށް ﷲ (ހެޔޮ) ޖަޒާދެއްވާނެތެވެ. | 
	
                       |  | ﴿٨٩﴾ قَالَ هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَاهِلُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ނޭނގިތިބި ޙާލު، ޔޫސުފުގެފާނަށާއި، އެކަލޭގެފާނުގެ އަޚާއަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟ | 
	
                       |  | ﴿٩٠﴾ قَالُوا أَإِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا يُوسُفُ وَهَٰذَا أَخِي ۖ قَدْ مَنَّ اللَّهُ عَلَيْنَا ۖ إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ | އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިޔައީ ޔޫސުފުގެފާނު ތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަކީ، ޔޫސުފުގެފާނީމެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ އަޚާއެވެ. ހަމަކަށަވަރުން، ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފިއެވެ. ހަމަކަށަވަރުން، ތަޤްވާވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިޙްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެތެވެ. | 
	
                       |  | ﴿٩١﴾ قَالُوا تَاللَّهِ لَقَدْ آثَرَكَ اللَّهُ عَلَيْنَا وَإِن كُنَّا لَخَاطِئِينَ | އެއުރެން ދެންނެވޫއެވެ. ﷲ ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، ﷲ ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ. | 
	
                       |  | ﴿٩٢﴾ قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ | އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، ރަޙްމަތް ލައްވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٩٣﴾ اذْهَبُوا بِقَمِيصِي هَٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِي يَأْتِ بَصِيرًا وَأْتُونِي بِأَهْلِكُمْ أَجْمَعِينَ | ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން ދާށެވެ! އަދި ތިމަންކަލޭގެފާނުގެ ބައްޕާގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލާށެވެ! އޭރުން ލޮލަށް ފެންނަމީހަކު ކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެތެވެ. އަދި ތިޔަބައިމީހުންގެ އަހުލުވެރިންގެ އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ! | 
	
                       |  | ﴿٩٤﴾ وَلَمَّا فَصَلَتِ الْعِيرُ قَالَ أَبُوهُمْ إِنِّي لَأَجِدُ رِيحَ يُوسُفَ ۖ لَوْلَا أَن تُفَنِّدُونِ | އެ ޤާފިލާ (ރަށުން) ވަކިވިހިނދު، އެއުރެންގެ ބައްޕާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ޔޫސުފުގެފާނުގެ ވަސް އެބަދުވައެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެނަމައެވެ. | 
	
                       |  | ﴿٩٥﴾ قَالُوا تَاللَّهِ إِنَّكَ لَفِي ضَلَالِكَ الْقَدِيمِ | އެއުރެން ދެންނެވޫއެވެ. ﷲ ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ކުރިންވެސް ކަލޭގެފާނު ހުންނެވި ކުށް ޚިޔާލުގައިކަން ކަށަވަރެވެ. | 
	
                       |  | ﴿٩٦﴾ فَلَمَّا أَن جَاءَ الْبَشِيرُ أَلْقَاهُ عَلَىٰ وَجْهِهِ فَارْتَدَّ بَصِيرًا ۖ قَالَ أَلَمْ أَقُل لَّكُمْ إِنِّي أَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ | ފަހެ، އުފާވެރިކަމުގެ ޚަބަރު ދޭމީހާ އައިސް އެކަލޭގެފާނުގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލިއެވެ. ފަހެ، އެހިނދު ލޮލަށް ފެންނަމީހަކު ކަމުގައި އަލުން އެކަލޭގެފާނު ވެވަޑައިގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް ހަމަކަށަވަރުން، ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމަށް، ތިމަންކަލޭގެފާނު ވިދާޅެއް ނުވަންހެއްޔެވެ؟ | 
	
                       |  | ﴿٩٧﴾ قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ | އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންނަށް ތިމަންމެންގެ ފާފަތައް ފުއްސެވުމަށް، ކަލޭގެފާނު ދުޢާ ކޮށްދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވީ ކުށްވެރިން ކަމުގައެވެ. | 
	
                       |  | ﴿٩٨﴾ قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ۖ إِنَّهُ هُوَ الْغَفُورُ الرَّحِيمُ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށްއެދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރައްވާހުށީމެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٩٩﴾ فَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَبَوَيْهِ وَقَالَ ادْخُلُوا مِصْرَ إِن شَاءَ اللَّهُ آمِنِينَ | ފަހެ، އެއުރެން (އެންމެން) ޔޫސުފުގެފާނުގެ އަރިހަށް (ގޮސް) ވަންހިނދު، އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުގެ އަރިހަށް ލަފައިލެއްވިއެވެ. އަދި ވިދާޅުވިއެވެ. ﷲގެ އިރާދަފުޅާއެކު، އަމާންކަން ލިބިގެންވާ ޙާލުގައި، މިޞްރަށް ވެދެވަޑައިގަންނަވާށެވެ! | 
	
                       |  | ﴿١٠٠﴾ وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّوا لَهُ سُجَّدًا ۖ وَقَالَ يَا أَبَتِ هَٰذَا تَأْوِيلُ رُؤْيَايَ مِن قَبْلُ قَدْ جَعَلَهَا رَبِّي حَقًّا ۖ وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُم مِّنَ الْبَدْوِ مِن بَعْدِ أَن نَّزَغَ الشَّيْطَانُ بَيْنِي وَبَيْنَ إِخْوَتِي ۚ إِنَّ رَبِّي لَطِيفٌ لِّمَا يَشَاءُ ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ | އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން ތަޚުތަށް އުފުއްލެވިއެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، ސަޖިދައަށް ތިރިވެގަތޫއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެ ހުވަފެން ޙައްޤު ތެދެއް ކަމުގައި ލެއްވިއެވެ. އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ އަޚުންނާ ދެމެދު ޝައިޠާނާ ނުބައިކޮށްފުމަށް ފަހުގައި، ބަދަވީންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅުގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ. | 
	
                       |  | ﴿١٠١﴾  ۞  رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ | އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ މިޘާލަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! | 
	
                       |  | ﴿١٠٢﴾ ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۖ وَمَا كُنتَ لَدَيْهِمْ إِذْ أَجْمَعُوا أَمْرَهُمْ وَهُمْ يَمْكُرُونَ | އެއީ ޣައިބުގެ ޚަބަރުތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ވަޙީ ކުރައްވާ ޚަބަރުތަކެވެ. އަދި އެއުރެން މަކަރުވެރި ރޭވުންތައް ރާވާ ޙާލު، އެއުރެންގެ ކަންތައްތަކަށް އެއްބަސްވިއިރަކު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. | 
	
                       |  | ﴿١٠٣﴾ وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ | އަދި ކަލޭގެފާނު ކިތަންމެވަރަކަށް ޝޫޤުވެރިވެވަޑައިގަތަސް، މީސްތަކުންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައެއް ނުވެތެވެ. | 
	
                       |  | ﴿١٠٤﴾ وَمَا تَسْأَلُهُمْ عَلَيْهِ مِنْ أَجْرٍ ۚ إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ | އަދި އެ ޤުރްއާނަށްޓަކައި، ކަލޭގެފާނު އެއުރެންގެ ކިބައިން އުޖޫރައަކަށް އެދިވަޑައެއް ނުގަންނަވަމުއެވެ. ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ، އެ ޤުރްއާން ނުވެތެވެ. | 
	
                       |  | ﴿١٠٥﴾ وَكَأَيِّن مِّنْ آيَةٍ فِي السَّمَاوَاتِ وَالْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ | އުޑުތަކާއި، ބިމުގައިވާ ހެކިތަކުގެ ތެރެއިން، އެއުރެންނަށް ފެނި، ކުރިމަތިވާ، އަދި އެ ހެކިތަކުން އެއުރެން އެއްކިބާވެ، އެއާމެދު ފިކުރުނުކުރާ، ކިތައްކިތައް ހެކި ވޭހެއްޔެވެ؟ | 
	
                       |  | ﴿١٠٦﴾ وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ | އަދި އެއުރެންކުރެ ގިނަމީހުން، ޝަރީކު ކުރާ ބަޔަކުކަމުގައިވާ ޙާލުގައި މެނުވީ، ﷲއަށް އީމާނެއް ނުވެތެވެ. | 
	
                       |  | ﴿١٠٧﴾ أَفَأَمِنُوا أَن تَأْتِيَهُمْ غَاشِيَةٌ مِّنْ عَذَابِ اللَّهِ أَوْ تَأْتِيَهُمُ السَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ | ފަހެ، ﷲގެ ޢަޛާބުގެ ތެރެއިން ކޯފާއެއް އެއުރެންގެ މައްޗަށް އަތުވެދާނެކަމުގެ ބިރެއް، ނުވަތަ އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް ޤިޔާމަތުގެ ވަގުތު އެއުރެންނަށް އަތުވެދާނޭކަމުގެ ބިރެއްނެތި، އެއުރެން އަމާންކަން ލިބިގެން ތިބީހެއްޔެވެ؟ | 
	
                       |  | ﴿١٠٨﴾ قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ | ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބަޢަވި މީހުން، ﷲގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލާއެކުގައެވެ. އަދި ﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި ޝަރީކު ކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ. | 
	
                       |  | ﴿١٠٩﴾ وَمَا أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِي إِلَيْهِم مِّنْ أَهْلِ الْقُرَىٰ ۗ أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۗ وَلَدَارُ الْآخِرَةِ خَيْرٌ لِّلَّذِينَ اتَّقَوْا ۗ أَفَلَا تَعْقِلُونَ | އަދި ކަލޭގެފާނުގެ ކުރިންވެސް، ރަށްތަކުގެ އަހުލުވެރިންގެ ތެރެއިން އެބަޔަކަށް ތިމަންރަސްކަލާނގެ ވަޙީ އިއްވަވައި، ރަސޫލުކަމާއިގެން ފިރިހެނުން މެނުވީ ނުފޮނުއްވަމެވެ. ފަހެ، ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، ތަޤްވާވެރިވި މީހުންނަށް، އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ | 
	
                       |  | ﴿١١٠﴾ حَتَّىٰ إِذَا اسْتَيْأَسَ الرُّسُلُ وَظَنُّوا أَنَّهُمْ قَدْ كُذِبُوا جَاءَهُمْ نَصْرُنَا فَنُجِّيَ مَن نَّشَاءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ الْقَوْمِ الْمُجْرِمِينَ | (މެދުވެރިވާ ދުއްތުރާތަކުގެ ސަބަބުން) ރަސޫލުންގެ އުއްމީދު ކެނޑި، އެބޭކަލުން ދޮގުކުރެވުނީކަމަށް އެބޭކަލުންނަށް ހީވެދާހިނދު، ތިމަންރަސްކަލާނގެ ނަޞްރު، އެބޭކަލުންނަށް އަތުވެދެއެވެ. ފަހެ، ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު ސަލާމަތްކުރައްވަމެވެ. އަދި ކުށްވެރިވި މީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ޢަޛާބު އަނބުރާ ރައްދުނުކުރެވޭ ހުށްޓެވެ. | 
	
                       |  | ﴿١١١﴾ لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ | ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތެއް ވާކަން ކަށަވަރެވެ. އެ ޤުރްއާނަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް ތަފްޞީލު ކޮށްދޭ، އަދި އީމާންވާ ބަޔަކަށް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައިވާ ފޮތެވެ. | 
                  
                    |  |