|
ކިޔެވުން: | | |
| ﴿١﴾ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ | ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ |
| ﴿٢﴾ وُجُوهٌ يَوْمَئِذٍ خَاشِعَةٌ | އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ. |
| ﴿٣﴾ عَامِلَةٌ نَّاصِبَةٌ | މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ. |
| ﴿٤﴾ تَصْلَىٰ نَارًا حَامِيَةً | ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ. |
| ﴿٥﴾ تُسْقَىٰ مِنْ عَيْنٍ آنِيَةٍ | ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ. |
| ﴿٦﴾ لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ | ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ. |
| ﴿٧﴾ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ | ) އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ. |
| ﴿٨﴾ وُجُوهٌ يَوْمَئِذٍ نَّاعِمَةٌ | އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ. |
| ﴿٩﴾ لِّسَعْيِهَا رَاضِيَةٌ | ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ. |
| ﴿١٠﴾ فِي جَنَّةٍ عَالِيَةٍ | މަތިވެރިވެގެންވާ ސުވަރުގޭގައެވެ. |
| ﴿١١﴾ لَّا تَسْمَعُ فِيهَا لَاغِيَةً | ) ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ. |
| ﴿١٢﴾ فِيهَا عَيْنٌ جَارِيَةٌ | ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ. |
| ﴿١٣﴾ فِيهَا سُرُرٌ مَّرْفُوعَةٌ | އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ. |
| ﴿١٤﴾ وَأَكْوَابٌ مَّوْضُوعَةٌ | އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ. |
| ﴿١٥﴾ وَنَمَارِقُ مَصْفُوفَةٌ | އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ. |
| ﴿١٦﴾ وَزَرَابِيُّ مَبْثُوثَةٌ | އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ. |
| ﴿١٧﴾ أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ | ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ. |
| ﴿١٨﴾ وَإِلَى السَّمَاءِ كَيْفَ رُفِعَتْ | އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ |
| ﴿١٩﴾ وَإِلَى الْجِبَالِ كَيْفَ نُصِبَتْ | އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެެވެ؟ |
| ﴿٢٠﴾ وَإِلَى الْأَرْضِ كَيْفَ سُطِحَتْ | އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟ |
| ﴿٢١﴾ فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ | ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ. |
| ﴿٢٢﴾ لَّسْتَ عَلَيْهِم بِمُصَيْطِرٍ | އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. |
| ﴿٢٣﴾ إِلَّا مَن تَوَلَّىٰ وَكَفَرَ | ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ. |
| ﴿٢٤﴾ فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ | ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ. |
| ﴿٢٥﴾ إِنَّ إِلَيْنَا إِيَابَهُمْ | ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. |
| ﴿٢٦﴾ ثُمَّ إِنَّ عَلَيْنَا حِسَابَهُم | ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ. |
|