|
ކިޔެވުން: |
|
|
|
﴿١﴾ عَبَسَ وَتَوَلَّىٰ |
އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ. |
|
﴿٢﴾ أَن جَاءَهُ الْأَعْمَىٰ |
ލޯޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. |
|
﴿٣﴾ وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ |
އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
|
﴿٤﴾ أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ |
އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
|
﴿٥﴾ أَمَّا مَنِ اسْتَغْنَىٰ |
އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ! |
|
﴿٦﴾ فَأَنتَ لَهُ تَصَدَّىٰ |
ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ. |
|
﴿٧﴾ وَمَا عَلَيْكَ أَلَّا يَزَّكَّىٰ |
އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. |
|
﴿٨﴾ وَأَمَّا مَن جَاءَكَ يَسْعَىٰ |
އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. |
|
﴿٩﴾ وَهُوَ يَخْشَىٰ |
އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ! |
|
﴿١٠﴾ فَأَنتَ عَنْهُ تَلَهَّىٰ |
ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغول ވެވަޑައިގަންނަވަމުއެވެ. |
|
﴿١١﴾ كَلَّا إِنَّهَا تَذْكِرَةٌ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ آية ތަކަކީ، ހަނދާންކޮށްދިނުމެކެވެ. |
|
﴿١٢﴾ فَمَن شَاءَ ذَكَرَهُ |
ފަހެ، ބޭނުންމީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ! |
|
﴿١٣﴾ فِي صُحُفٍ مُّكَرَّمَةٍ |
އެ قرآن ވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ. |
|
﴿١٤﴾ مَّرْفُوعَةٍ مُّطَهَّرَةٍ |
މަތިވެރި، طاهر ކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ. |
|
﴿١٥﴾ بِأَيْدِي سَفَرَةٍ |
ދަތުރުކުރައްވާ ملائكة ންގެ އަތްޕުޅުތަކުގައެވެ. |
|
﴿١٦﴾ كِرَامٍ بَرَرَةٍ |
މާތްވެގެންވާ ހެޔޮލަފާ ملائكة ންނެވެ. |
|
﴿١٧﴾ قُتِلَ الْإِنسَانُ مَا أَكْفَرَهُ |
އިންސާނާއަށް لعنة ލެއްވިއެވެ. އޭނާގެ ހުރި كافر ކަމުގެ ބޮޑުކަމާއެވެ! |
|
﴿١٨﴾ مِنْ أَيِّ شَيْءٍ خَلَقَهُ |
އެކަލާނގެ އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ؟ |
|
﴿١٩﴾ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ |
އެކަލާނގެ އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެކަލާނގެ އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ. |
|
﴿٢٠﴾ ثُمَّ السَّبِيلَ يَسَّرَهُ |
ދެން އެކަލާނގެ އޭނާޔަށް މަގު ފަސޭހަކޮށްދެއްވިއެވެ. |
|
﴿٢١﴾ ثُمَّ أَمَاتَهُ فَأَقْبَرَهُ |
ދެން އެކަލާނގެ އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ. |
|
﴿٢٢﴾ ثُمَّ إِذَا شَاءَ أَنشَرَهُ |
ދެން އެކަލާނގެ އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެތެވެ. |
|
﴿٢٣﴾ كَلَّا لَمَّا يَقْضِ مَا أَمَرَهُ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެކަލާނގެ އޭނާޔަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެތެވެ. |
|
﴿٢٤﴾ فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ |
ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ! |
|
﴿٢٥﴾ أَنَّا صَبَبْنَا الْمَاءَ صَبًّا |
ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ. |
|
﴿٢٦﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا |
ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ. |
|
﴿٢٧﴾ فَأَنبَتْنَا فِيهَا حَبًّا |
ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ. |
|
﴿٢٨﴾ وَعِنَبًا وَقَضْبًا |
އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. |
|
﴿٢٩﴾ وَزَيْتُونًا وَنَخْلًا |
އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ. |
|
﴿٣٠﴾ وَحَدَائِقَ غُلْبًا |
އަދި ގަސްތައްގިނަ ބަގީޗާތަކެވެ. |
|
﴿٣١﴾ وَفَاكِهَةً وَأَبًّا |
މޭވާގެ ބާވަތްތަކާއި ހުއިތަކެވެ. |
|
﴿٣٢﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ |
(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. |
|
﴿٣٣﴾ فَإِذَا جَاءَتِ الصَّاخَّةُ |
ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. |
|
﴿٣٤﴾ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ |
ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. |
|
﴿٣٥﴾ وَأُمِّهِ وَأَبِيهِ |
ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. |
|
﴿٣٦﴾ وَصَاحِبَتِهِ وَبَنِيهِ |
(އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. |
|
﴿٣٧﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ |
އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ. |
|
﴿٣٨﴾ وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ |
އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ. |
|
﴿٣٩﴾ ضَاحِكَةٌ مُّسْتَبْشِرَةٌ |
އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ. |
|
﴿٤٠﴾ وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ |
އަދި އެދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ. |
|
﴿٤١﴾ تَرْهَقُهَا قَتَرَةٌ |
އެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެތެވެ. |
|
﴿٤٢﴾ أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ |
އެއުރެންނީ ހަމަ، ނުލަފާވެގެންވާ كافر ންނެވެ. |
|