|
ކިޔެވުން: | | |
| ﴿١﴾ قُلْ أَعُوذُ بِرَبِّ الْفَلَقِ | ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. |
| ﴿٢﴾ مِن شَرِّ مَا خَلَقَ | އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. |
| ﴿٣﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ | އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. |
| ﴿٤﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ | އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحر ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ. |
| ﴿٥﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ | އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ. |
|