|
ކިޔެވުން: | | |
| ﴿١﴾ يس | ى س (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) |
| ﴿٢﴾ وَالْقُرْآنِ الْحَكِيمِ | حكمة ތެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ. |
| ﴿٣﴾ إِنَّكَ لَمِنَ الْمُرْسَلِينَ | ހަމަކަށަވަރުން، ކަލޭގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. |
| ﴿٤﴾ عَلَىٰ صِرَاطٍ مُّسْتَقِيمٍ | ސީދާވެގެންވާ މަގެއްގެ މަތީގައެވެ. |
| ﴿٥﴾ تَنزِيلَ الْعَزِيزِ الرَّحِيمِ | އެ ފޮތަކީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެ ބާވައިލެއްވި ފޮތެވެ. |
| ﴿٦﴾ لِتُنذِرَ قَوْمًا مَّا أُنذِرَ آبَاؤُهُمْ فَهُمْ غَافِلُونَ | އެއުރެންގެ ކާބަފައިންނަށް إنذار ކުރައްވާފައިނުވާ ބަޔަކަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. ފަހެ، އެއުރެންނީ غافل ވެގެންވާ ބަޔެކެވެ. |
| ﴿٧﴾ لَقَدْ حَقَّ الْقَوْلُ عَلَىٰ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ | ހަމަކަށަވަރުން، އެއުރެންކުރެން ގިނަމީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު حق ވެއްޖެކަން ކަށަވަރެވެ. ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ. |
| ﴿٨﴾ إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَالًا فَهِيَ إِلَى الْأَذْقَانِ فَهُم مُّقْمَحُونَ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. ފަހެ، އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް ހުންނަހުށްޓެވެ. ފަހެ، އެއުރެންވަނީ ބޯތައް އުފުލިގެންނެވެ. |
| ﴿٩﴾ وَجَعَلْنَا مِن بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ | އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. |
| ﴿١٠﴾ وَسَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ | އަދި ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު إنذار ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެންވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ. |
| ﴿١١﴾ إِنَّمَا تُنذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَٰنَ بِالْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ | ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، قرآن އަށް تبع ވެ، غيب ގައި رحمن ވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު ދެއްވާށެވެ! |
| ﴿١٢﴾ إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ | ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ عمل ތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ أثر ތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ. |
| ﴿١٣﴾ وَاضْرِبْ لَهُم مَّثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ | ރަށެއްގެ أهل ވެރިންގެ ވާހަކަ مثال އެއްގެ ގޮތުގައި، ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! (އެއީ) އެއުރެންގެ ގާތަށް رسول ން ވަޑައިގަތްހިނދުގައެވެ. |
| ﴿١٤﴾ إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُم مُّرْسَلُونَ | ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ދެ رسول ން ފޮނުއްވިހިނދެެވެ. ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ތިންވަނަ ބޭކަލަކު ފޮނުއްވުމުން، އެ ދެބޭކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންނެވެ. |
| ﴿١٥﴾ قَالُوا مَا أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَا أَنزَلَ الرَّحْمَٰنُ مِن شَيْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ | އެއުރެން ބުނޫއެވެ. ތިމަންމެންފަދަ آدم ގެދަރިން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. އަދި رحمن ވަންތަ ރަސްކަލާނގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. |
| ﴿١٦﴾ قَالُوا رَبُّنَا يَعْلَمُ إِنَّا إِلَيْكُمْ لَمُرْسَلُونَ | އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންކަން، ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. |
| ﴿١٧﴾ وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ | އަދި بيان ވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ. |
| ﴿١٨﴾ قَالُوا إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ | އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުންގެ ސަބަބުން ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބޭކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަަ ތިމަންމެން ތިޔަބޭކަލުން رجم ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި عقوبات ލިބިދާހުށިކަން ކަށަވަރެވެ. |
| ﴿١٩﴾ قَالُوا طَائِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ | އެބޭކަލުން ވިދާޅުވޫއެެވެ. ތިޔަބައިމީހުންގެ ސުންޕާކަންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ތިޔަބައިމީހުންނަށް (حق ގޮތް) ހަނދާންކޮށްދެވުނަސް (އެއީ، ސުންޕާކަމެއް ކަމުގައި ބަލަނީ) ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔެކެވެ. |
| ﴿٢٠﴾ وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ | އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އެ رسول ންނަށް تبع ވާށެވެ! |
| ﴿٢١﴾ اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ | ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ. |
| ﴿٢٢﴾ وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ | އަދި އިސްވެދިޔަ مثال އަކާ ނުލައި، ތިމަން އުފެއްދެވި ކަލާނގެއަށް ތިމަން އަޅުކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. |
| ﴿٢٣﴾ أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ | އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ތިމަން ހިފަންވީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެތަކެތީގެ شفاعة ތެރިކަމުން ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި އެތަކެއްޗަށް ތިމަން ސަލާމަތެއްވެސް ނުމެކުރެވޭނޭމެއެވެ. |
| ﴿٢٤﴾ إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ | އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންވާހުށީ ފާޅުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ. |
| ﴿٢٥﴾ إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ | ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ! |
| ﴿٢٦﴾ قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ | ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ! |
| ﴿٢٧﴾ بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ | އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ލެއްވިގޮތް، ތިމަންގެ قوم ގެމީހުން ދަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ؟ |
| ﴿٢٨﴾ ۞ وَمَا أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ السَّمَاءِ وَمَا كُنَّا مُنزِلِينَ | އޭނާއަށްފަހު، ތިމަންރަސްކަލާނގެ އޭނާގެ قوم ގެމީހުންގެ މައްޗަށް އުޑުން (ملائكة ންގެ) لشكر އެއް ބާވައެއް ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ (އެފަދަ لشكر އެއް) ބާވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ. |
| ﴿٢٩﴾ إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ خَامِدُونَ | އެއުރެންގެ عقوبات އަކީ ބިރުވެރި އެންމެ އަޑެއް ކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެހާރުން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. |
| ﴿٣٠﴾ يَا حَسْرَةً عَلَى الْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ | އަޅުތަކުންގެ މައްޗަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެބޭކަލަކަށް އެއުރެން ފުރައްސާރަކުރާގޮތުގައި މެނުވީ، އެއުރެންގެ ގާތަށް އެއްވެސް رسول އަކު ވަޑައެއްނުގަންނަވަތެވެ. |
| ﴿٣١﴾ أَلَمْ يَرَوْا كَمْ أَهْلَكْنَا قَبْلَهُم مِّنَ الْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ | އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ، ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް ނޭނގޭހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެން އެއުރެންގެ ގާތަށް އެނބުރިއެއް ނާންނާނެތެވެ. |
| ﴿٣٢﴾ وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ | އަދި އެއެންމެންނީ (قيامة ދުވަހުން) ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާނެ ބަޔަކުކަމުގައި ނޫނީ ނުވެއެވެ. |
| ﴿٣٣﴾ وَآيَةٌ لَّهُمُ الْأَرْضُ الْمَيْتَةُ أَحْيَيْنَاهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ | އަދި މަރުވެފައިވާ ބިމަކީ، އެއުރެންނަށްޓަކައި (އަލުން ދިރުމަކަށް ފޮނުއްވާނޭކަމުގެ) ހެތްކެކެވެ. ތިމަންރަސްކަލާނގެ އެ ބިންގަނޑު ދިރުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ބިމުން އޮށްޓަރު ނެރުއްވީމެވެ. ފަހެ، އެއުރެން ކައިއުޅެނީ އެއިންނެވެ. |
| ﴿٣٤﴾ وَجَعَلْنَا فِيهَا جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ الْعُيُونِ | އަދި ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ. |
| ﴿٣٥﴾ لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ | (އެއީ) އެތާނގެ މޭވާއިންނާއި، އެއުރެންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެއުރެން ކައިއުޅުމަށްޓަކައެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟ |
| ﴿٣٦﴾ سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ | ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެއުރެންގެ އަމިއްލަ نفس ތަކުންނާއި، އެއުރެން ނުދަންނަ ތަކެތިން، ޖޯޑުޖޯޑަށް ހުރިހާ ތަކެތި ހެއްދެވި ރަސްކަލާނގެ ހުސްطاهر ވަންތަ ކަމާއެވެ! |
| ﴿٣٧﴾ وَآيَةٌ لَّهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ | ރޭގަނޑަކީ، އެއުރެންނަށްހުރި ހެތްކެކެވެ. ތިމަންރަސްކަލާނގެ ރޭގަނޑުގެ ތެރެއިން ދުވާލު ވަކިކުރައްވަމެވެ. ފަހެ، އެހާރުން އެއުރެން އަނދިރީގެ ތެރޭގައިވެއެވެ. |
| ﴿٣٨﴾ وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ | އަދި އިރު، އެއަށް ކަނޑައެޅި قرار ވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ. |
| ﴿٣٩﴾ وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ | އަދި ހަނދަށް ތިމަންރަސްކަލާނގެ منـزل ތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.) |
| ﴿٤٠﴾ لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ | ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ. |
| ﴿٤١﴾ وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ | އެއުރެންނަށް ހެތްކެއްވެއެވެ. އެއީ ހަމަކަށަވަރުން، ބަރާވެގެންވާ ނަވުގައި ތިމަންރަސްކަލާނގެ އެއުރެންގެ ދަރިފަސްކޮޅު އުފުއްލަވައިދެއްވިކަމެވެ. |
| ﴿٤٢﴾ وَخَلَقْنَا لَهُم مِّن مِّثْلِهِ مَا يَرْكَبُونَ | އަދި އެފަދަ ތަކެތިން، އެއުރެން އަރައިގެން ދުއްވާނެ ތަކެތި އެއުރެންނަށްޓަކައި ތިމަންރަސްކަލާނގެ ހައްދަވައިދެއްވީމެވެ. |
| ﴿٤٣﴾ وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ | އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން غرق ކުރައްވައިފާހުށީމެވެ. ފަހެ، އެހިނދު، އެއުރެންނަށް އެހީވާނެ ފަރާތެއް ނުވެއެވެ. އަދި ސަލާމަތްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުމެވޭމެއެވެ. |
| ﴿٤٤﴾ إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَىٰ حِينٍ | ތިމަންރަސްކަލާނގެ حضرة ން އައި رحمة އެއްގެ ގޮތުގައްޔާއި، ކަނޑައަޅުއްވާފައިވާ مدة އަކާ ޖެހެންދެން، ދެއްވާ، ދުނިޔޭގެ ވަގުތީ އުފަލެއްގެ ގޮތުގައި މެނުވީއެވެ. |
| ﴿٤٥﴾ وَإِذَا قِيلَ لَهُمُ اتَّقُوا مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ | އަދި ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ އެއުރެންނަށް އަންގަވައިފިނަމަ، އެއުރެން ފުރަގަސްދީ އެނބުރިދެތެވެ. |
| ﴿٤٦﴾ وَمَا تَأْتِيهِم مِّنْ آيَةٍ مِّنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ | އަދި އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية އެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ. |
| ﴿٤٧﴾ وَإِذَا قِيلَ لَهُمْ أَنفِقُوا مِمَّا رَزَقَكُمُ اللَّهُ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَنُطْعِمُ مَن لَّوْ يَشَاءُ اللَّهُ أَطْعَمَهُ إِنْ أَنتُمْ إِلَّا فِي ضَلَالٍ مُّبِينٍ | އަދި ތިޔަބައިމީހުންނަށް اللَّه ދެއްވާފައިވާ ތަކެތިން ހޭދަކޮށްއުޅޭށޭ އެއުރެންނަށް އަންގަވައިފިނަމަ، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. اللَّه އިރާދަކުރައްވާނަމަ، އެމީހަކަށް ކާންދެއްވާނެ މީހަކަށް، ތިމަންމެން ކާންދޭންވީހެއްޔެވެ؟ ފާޅުވެގެންވާ މަގުފުރެދުމެއްގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ. |
| ﴿٤٨﴾ وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ | އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ |
| ﴿٤٩﴾ مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ | ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ. އެއުރެން އެކަކު އަނެކަކާ ދެކޮޅުވެރިވޭވެ ތިއްބައި، އެ އަޑު (އައިސް) އެއުރެން ގެންދާނެތެވެ. |
| ﴿٥٠﴾ فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ | ފަހެ (އެހިނދު) އެއްވެސް وصية އެއް ކުރާކަށް އެއުރެންނަކަށް ކުޅަދާނައެއް ނުވާނެތެވެ. އަދި އެއުރެންގެ أهل ވެރިންގެ ގާތަކަށް އެއުރެން އެނބުރި ނުމެއަންނާނޭމެއެވެ. |
| ﴿٥١﴾ وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ | އަދި ތާޅަފިލި ފުމެލައްވާހުއްޓެވެ. ފަހެ، އެހާރުން އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ކަށްވަޅުތަކުން އަވަސްއަވަހަށް ނުކުމެގެންދާނެތެވެ. |
| ﴿٥٢﴾ قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ | އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ތިމަންމެން ނިދަންތިބިތަނުން، އަލުން ދިރުމަކަށް ފޮނުއްވީ ކާކުހެއްޔެވެ؟ މިއީ رحمن ވަންތަ ރަސްކަލާނގެ وعد ކުރެއްވި ކަންތަކެވެ. އަދި رسول ން ވިދާޅުވި ތެދުބަސްފުޅެވެ. |
| ﴿٥٣﴾ إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ | ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާފައެވެ. |
| ﴿٥٤﴾ فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ | ފަހެ، މިއަދު އެއްވެސް نفس އަކަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާއެއް ނުދެއްވާނެތެވެ. |
| ﴿٥٥﴾ إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ | ހަމަކަށަވަރުން، ސުވަރުގޭގެ أهل ވެރިން މިއަދުވަނީ، އުފާ ފާގަތިކަންމަތީ مشغول ވެގެންނެވެ. |
| ﴿٥٦﴾ هُمْ وَأَزْوَاجُهُمْ فِي ظِلَالٍ عَلَى الْأَرَائِكِ مُتَّكِئُونَ | އެއުރެންނާއި އެއުރެންގެ އަނބިންވަނީ، ހިޔަލުގައި ދާންތަކުގެމަތީ ލެނގިލައިގެންނެވެ. |
| ﴿٥٧﴾ لَهُمْ فِيهَا فَاكِهَةٌ وَلَهُم مَّا يَدَّعُونَ | އެއުރެންނަށް އެތާނގައި މޭވާތައްވެއެވެ. އަދި އެއުރެން އެދޭ (ހުރިހާ) ކަމެއް އެއުރެންނަށް (އެތާނގައި) ވެއެވެ. |
| ﴿٥٨﴾ سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ | رحيم ވަންތަ ކަލެއްގެ حضرة ން އިއްވަވާ سلام ގެ ބަސްފުޅެވެ. |
| ﴿٥٩﴾ وَامْتَازُوا الْيَوْمَ أَيُّهَا الْمُجْرِمُونَ | އޭ ކުށްވެރިންނޭވެ! މިއަދު ތިޔަބައިމީހުން (مؤمن ންނާ) ވަކިވާށެވެ! |
| ﴿٦٠﴾ ۞ أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ | އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން شيطان އާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ عداوة ތެރިޔެކެވެ. |
| ﴿٦١﴾ وَأَنِ اعْبُدُونِي ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ | އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. |
| ﴿٦٢﴾ وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ | އަދި ހަމަކަށަވަރުން، އެ شيطان އާ ތިޔަބައިމީހުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، ވިސްނާ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވަމުހެއްޔެވެ؟ |
| ﴿٦٣﴾ هَٰذِهِ جَهَنَّمُ الَّتِي كُنتُمْ تُوعَدُونَ | މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާފައިވާ ނަރަކައެވެ. |
| ﴿٦٤﴾ اصْلَوْهَا الْيَوْمَ بِمَا كُنتُمْ تَكْفُرُونَ | ތިޔަބައިމީހުން كافر ވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! |
| ﴿٦٥﴾ الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ | މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު عمل ތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ. |
| ﴿٦٦﴾ وَلَوْ نَشَاءُ لَطَمَسْنَا عَلَىٰ أَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ فَأَنَّىٰ يُبْصِرُونَ | އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ލޯތައް ކަނުކުރައްވައިފީމުހެވެ. ފަހެ، އެއުރެން މަގުން ދިއުމަށް އަވަސްވެގަންނާނެތެވެ. ފަހެ (އެހިނދު) އެއުރެންނަށް ފެންނާނީ ކޮންފަދައަކުން ހެއްޔެވެ؟ |
| ﴿٦٧﴾ وَلَوْ نَشَاءُ لَمَسَخْنَاهُمْ عَلَىٰ مَكَانَتِهِمْ فَمَا اسْتَطَاعُوا مُضِيًّا وَلَا يَرْجِعُونَ | އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން ތިބިތާ ތިއްބައި އެއުރެންގެ ސިފަ ބަދަލުކުރައްވައިފީމުހެވެ. ފަހެ (އެހިނދު) ކުރިޔަށް ދިޔުމަކަށްވެސް އަދި ފަހަށް އެނބުރި އައުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. |
| ﴿٦٨﴾ وَمَن نُّعَمِّرْهُ نُنَكِّسْهُ فِي الْخَلْقِ ۖ أَفَلَا يَعْقِلُونَ | ތިމަންރަސްކަލާނގެ އެމީހެއްގެ عمر ދިގުކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ دور ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟ |
| ﴿٦٩﴾ وَمَا عَلَّمْنَاهُ الشِّعْرَ وَمَا يَنبَغِي لَهُ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُّبِينٌ | އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ޅެން އުނގަންނަވައެއް ނުދެއްވަމެވެ. އަދި އެކަލޭގެފާނު އެކަމަކަށް އެކަށީގެނެއްވެސް ނުވެތެވެ. އެއީ ހަނދާންކޮށްދެނިވި ފޮތެއް ކަމުގައްޔާއި، ބަޔާންވެގެންވާ قرآن ކަމުގައި މެނުވީ ނުވެއެވެ. |
| ﴿٧٠﴾ لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ الْقَوْلُ عَلَى الْكَافِرِينَ | އެއީ ދިރިހުރި ކަމުގައިވާ މީހަކަށް إنذار ކުރެއްވުމަށްޓަކައެވެ. އަދި كافر ންގެ މައްޗަށް (عذاب ގެ) ބަސްފުޅު حق ވުމަށްޓަކައެވެ. |
| ﴿٧١﴾ أَوَلَمْ يَرَوْا أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَا أَنْعَامًا فَهُمْ لَهَا مَالِكُونَ | ތިމަންރަސްކަލާނގެ يد قدرة ފުޅުން ހެއްދެވި ތަކެތީގެ ތެރެއިން نعم ސޫފި، އެއުރެންނަށްޓަކައި ހައްދަވާފައިވާތީ، އެއުރެންނަކަށް ނުފެނޭހެއްޔެވެ؟ ފަހެ، އެއުރެންނީ އެ ތަކެތީގެ މިލްކުވެރިންނެވެ. |
| ﴿٧٢﴾ وَذَلَّلْنَاهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ | އަދި ތިމަންރަސްކަލާނގެ އެތަކެތި އެއުރެންނަށް ކިޔަމަންކޮށްދެއްވީމެވެ. ފަހެ، އޭގެތެރެއިން އެއުރެންގެ ސަވާރީތައްވެއެވެ. އަދި އެއުރެން އެ ތަކެތިން ކައި އުޅެތެވެ. |
| ﴿٧٣﴾ وَلَهُمْ فِيهَا مَنَافِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ | އަދި މަންފާތަކާއި، ބުއިންތައް އެ ތަކެތީގައި އެއުރެންނަށްޓަކައިވެއެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟ |
| ﴿٧٤﴾ وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لَّعَلَّهُمْ يُنصَرُونَ | އަދި އެއުރެންނަށް نصر ލިބޭތޯ اللَّه ފިޔަވައި އެހެން إله ންތަކެއް ހިފިއެވެ. |
| ﴿٧٥﴾ لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ | އެތަކެއްޗަކަށް އެއުރެންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އެތަކެއްޗަށް (خدمة ކުރުމުގައި) حاضر ކުރައްވާފައިވާ لشكر އެއް ކަމުގައި އެއުރެންވާ حال ގައެވެ. |
| ﴿٧٦﴾ فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ | ފަހެ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވަމެވެ. |
| ﴿٧٧﴾ أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ | ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. |
| ﴿٧٨﴾ وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ | އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ |
| ﴿٧٩﴾ قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ | ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
| ﴿٨٠﴾ الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ | އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ. |
| ﴿٨١﴾ أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ | އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ! އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
| ﴿٨٢﴾ إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ | އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ. |
| ﴿٨٣﴾ فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ | ފަހެ، އެކަލާނގެ يدقدرة ފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. |
|