|
ކިޔެވުން: | | |
| ﴿١﴾ وَاللَّيْلِ إِذَا يَغْشَىٰ | ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
| ﴿٢﴾ وَالنَّهَارِ إِذَا تَجَلَّىٰ | ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ. |
| ﴿٣﴾ وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ | އަދި ފިރިހެން، އަންހެންް، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ. |
| ﴿٤﴾ إِنَّ سَعْيَكُمْ لَشَتَّىٰ | ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ. |
| ﴿٥﴾ فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ | ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ. |
| ﴿٦﴾ وَصَدَّقَ بِالْحُسْنَىٰ | ފަހެ) މުދަލުން (ހޭދަކޮށް) اللَّه އަށް (تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ! |
| ﴿٧﴾ فَسَنُيَسِّرُهُ لِلْيُسْرَىٰ | ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. |
| ﴿٨﴾ وَأَمَّا مَن بَخِلَ وَاسْتَغْنَىٰ | ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. |
| ﴿٩﴾ وَكَذَّبَ بِالْحُسْنَىٰ | އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! |
| ﴿١٠﴾ فَسَنُيَسِّرُهُ لِلْعُسْرَىٰ | ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. |
| ﴿١١﴾ وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ | އަދި އެމީހާ) ނަރަކަޔަށް (ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. |
| ﴿١٢﴾ إِنَّ عَلَيْنَا لَلْهُدَىٰ | ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ. |
| ﴿١٣﴾ وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ | އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ. |
| ﴿١٤﴾ فَأَنذَرْتُكُمْ نَارًا تَلَظَّىٰ | ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. |
| ﴿١٥﴾ لَا يَصْلَاهَا إِلَّا الْأَشْقَى | ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ. |
| ﴿١٦﴾ الَّذِي كَذَّبَ وَتَوَلَّىٰ | އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ. |
| ﴿١٧﴾ وَسَيُجَنَّبُهَا الْأَتْقَى | އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ. |
| ﴿١٨﴾ الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ | އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ. |
| ﴿١٩﴾ وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ | އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. |
| ﴿٢٠﴾ إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ | އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ. |
| ﴿٢١﴾ وَلَسَوْفَ يَرْضَىٰ | އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ. |
|