×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ وَالْمُرْسَلَاتِ عُرْفًا ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،
﴿٢﴾ فَالْعَاصِفَاتِ عَصْفًا އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،
﴿٣﴾ وَالنَّاشِرَاتِ نَشْرًا އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،
﴿٤﴾ فَالْفَارِقَاتِ فَرْقًا ޙައްޤާއި ބާޠިލު ވަކިކުރާ (ޤުރްއާނުގެ) އާޔަތްތަކާއި،
﴿٥﴾ فَالْمُلْقِيَاتِ ذِكْرًا އަދި ހަނދުމަކޮށްދޭ އާޔަތްތައް (ރަސޫލުންނަށް) ގެނެސްދެއްވާ މަލާއިކަތުން ގަންދެއްވަމެވެ.
﴿٦﴾ عُذْرًا أَوْ نُذْرًا ޢުޛުރު ނެތިކުރެއްވުމަށާއި، އިންޛާރު ކުރެއްވުމަށެވެ.
﴿٧﴾ إِنَّمَا تُوعَدُونَ لَوَاقِعٌ ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.
﴿٨﴾ فَإِذَا النُّجُومُ طُمِسَتْ ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.
﴿٩﴾ وَإِذَا السَّمَاءُ فُرِجَتْ އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.
﴿١٠﴾ وَإِذَا الْجِبَالُ نُسِفَتْ އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.
﴿١١﴾ وَإِذَا الرُّسُلُ أُقِّتَتْ އަދި ރަސޫލުން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ.
﴿١٢﴾ لِأَيِّ يَوْمٍ أُجِّلَتْ އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟
﴿١٣﴾ لِيَوْمِ الْفَصْلِ ނިޔާކުރައްވާ ދުވަހަށެވެ.
﴿١٤﴾ وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿١٥﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
﴿١٦﴾ أَلَمْ نُهْلِكِ الْأَوَّلِينَ ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟
﴿١٧﴾ ثُمَّ نُتْبِعُهُمُ الْآخِرِينَ ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.
﴿١٨﴾ كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ.
﴿١٩﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
﴿٢٠﴾ أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟
﴿٢١﴾ فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: ރަޙިމުގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ.
﴿٢٢﴾ إِلَىٰ قَدَرٍ مَّعْلُومٍ އެނގިގެންވާ މުއްދަތަކަށެވެ.
﴿٢٣﴾ فَقَدَرْنَا فَنِعْمَ الْقَادِرُونَ ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!
﴿٢٤﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
﴿٢٥﴾ أَلَمْ نَجْعَلِ الْأَرْضَ كِفَاتًا ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
﴿٢٦﴾ أَحْيَاءً وَأَمْوَاتًا ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
﴿٢٧﴾ وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.
﴿٢٨﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
﴿٢٩﴾ انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!
﴿٣٠﴾ انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ!
﴿٣١﴾ لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.
﴿٣٢﴾ إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.
﴿٣٣﴾ كَأَنَّهُ جِمَالَتٌ صُفْرٌ އެ ކަނިތައް، ރީނދޫކުލައިގެ ޖަމަލުތަކެއް ފަދައެވެ.
﴿٣٤﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
﴿٣٥﴾ هَٰذَا يَوْمُ لَا يَنطِقُونَ މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.
﴿٣٦﴾ وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ އަދި އެއުރެން ޢުޛުރު ދެއްކުމަކަށް، އެއުރެންނަކަށް އިޛުނައެއް ނުމެދެއްވާނޭމެއެވެ.
﴿٣٧﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
﴿٣٨﴾ هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ (ވަޙީ ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.
﴿٣٩﴾ فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ ޙީލަތެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްކަލާނގެއާމެދު ތިޔަބައިމީހުން ޙީލަތް ހަދައިބަލާށެވެ!
﴿٤٠﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
﴿٤١﴾ إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ ނިޢުމަތުގައެވެ.
﴿٤٢﴾ وَفَوَاكِهَ مِمَّا يَشْتَهُونَ އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.
﴿٤٣﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
﴿٤٤﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
﴿٤٥﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
﴿٤٦﴾ كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.
﴿٤٧﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
﴿٤٨﴾ وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ ތިޔަބައިމީހުން (ނަމާދުކޮށް) ރުކޫޢު ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ރުކޫޢު ކޮށެއް ނޫޅެތެވެ.
﴿٤٩﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.
﴿٥٠﴾ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ ފަހެ، އެ ޤުރްއާނަށްފަހު، އެއުރެން އީމާން ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (19-03-2024)
އިމްސާކް04:38  
ފަތިސް04:58  
އިރުއަރާ06:10  
މެންދުރު12:18  
އަޞްރު15:23  
މަޣްރިބް18:19  
ޢިޝާ19:30  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (19-03-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (19-03-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (19-03-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ