|  | 
                  
                    |  | 
                  	
                       |  | ﴿١﴾  طسم | ط س م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) | 
	
                       |  | ﴿٢﴾ تِلْكَ آيَاتُ الْكِتَابِ الْمُبِينِ | މިއީ (ކަންތައްތައް) ބަޔާން ވެގެންވާ ފޮތުގެ (އެބަހީ: ޤުރްއާނުގެ) އާޔަތްތަކެވެ. | 
	
                       |  | ﴿٣﴾ لَعَلَّكَ بَاخِعٌ نَّفْسَكَ أَلَّا يَكُونُوا مُؤْمِنِينَ | އެއުރެން މުއުމިނުން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!) | 
	
                       |  | ﴿٤﴾ إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ السَّمَاءِ آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ | ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ މައްޗަށް އުޑުން މުޢުޖިޒާއެއް ބާވައިލައްވައިފީމުހެވެ. ފަހެ، އޭރުން އެއުރެންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެތެވެ. | 
	
                       |  | ﴿٥﴾ وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ الرَّحْمَٰنِ مُحْدَثٍ إِلَّا كَانُوا عَنْهُ مُعْرِضِينَ | ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުން އެމީހުންގެ ގާތަށް އަންނަ ކޮންމެ އައު އާޔަތަކަށް ފުރަގަސްދޭބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ. | 
	
                       |  | ﴿٦﴾ فَقَدْ كَذَّبُوا فَسَيَأْتِيهِمْ أَنبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ | ފަހެ، ހަމަކަށަވަރުން، އެއުރެން (އެތަކެތި) ދޮގުކުރޫއެވެ. ފަހެ، އެއުރެން އެކަންތަކަށް ފުރައްސާރަކޮށްއުޅުނު ކަންތަކުގެ ޚަބަރުތައް، ނިކަންހުރެ އެއުރެންގެ ގާތަށް އަންނަހުށްޓެވެ. | 
	
                       |  | ﴿٧﴾ أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ | ބިމުގެ (ޢަޖާއިބު) ކަންތައްތަކަށް އެއުރެން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަންރަސްކަލާނގެ ކިހާގިނަ ގަސްތަކެއް ފެޅުއްވީން ހެއްޔެވެ؟ | 
	
                       |  | ﴿٨﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ | ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. | 
	
                       |  | ﴿٩﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. | 
	
                       |  | ﴿١٠﴾ وَإِذْ نَادَىٰ رَبُّكَ مُوسَىٰ أَنِ ائْتِ الْقَوْمَ الظَّالِمِينَ | ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޫސާގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި ޤައުމުގެމީހުންގެ ގާތަށް ކަލޭގެފާނު (ރަސޫލުކަމާއިގެން) ވަޑައިގަންނަވާށެވެ! | 
	
                       |  | ﴿١١﴾ قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ | އެއީ ފިރްޢައުނުގެ ޤައުމުގެމީހުންނެވެ. އެއުރެން ﷲއަށް ބިރުވެތި ނުވަނީހެއްޔެވެ؟ | 
	
                       |  | ﴿١٢﴾ قَالَ رَبِّ إِنِّي أَخَافُ أَن يُكَذِّبُونِ | އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ. | 
	
                       |  | ﴿١٣﴾ وَيَضِيقُ صَدْرِي وَلَا يَنطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ | އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) ހާރޫނުގެފާނުގެ އަރިހަށް (ވަޙީއާއިގެން ޖިބްރީލުގެފާނު) ފޮނުއްވައި ދެއްވާށެވެ! | 
	
                       |  | ﴿١٤﴾ وَلَهُمْ عَلَيَّ ذَنبٌ فَأَخَافُ أَن يَقْتُلُونِ | އެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު ޤަތުލު ކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ. | 
	
                       |  | ﴿١٥﴾ قَالَ كَلَّا ۖ فَاذْهَبَا بِآيَاتِنَا ۖ إِنَّا مَعَكُم مُّسْتَمِعُونَ | އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަދެބޭކަލުން ތިމަންރަސްކަލާނގެ އާޔަތްތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަދެބޭކަލުންނާއެކު، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވަމެވެ. | 
	
                       |  | ﴿١٦﴾ فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ | ފަހެ، ތިޔަދެބޭކަލުން ފިރްޢައުނުގެގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލުންނެވެ. | 
	
                       |  | ﴿١٧﴾ أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ | އިސްރާއީލުގެދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ! | 
	
                       |  | ﴿١٨﴾ قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ | އޭނާ (އެބަހީ: ފިރްޢައުނު، މޫސާގެފާނަށް) ދެންނެވިއެވެ. ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ ޢުމުރުފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ. | 
	
                       |  | ﴿١٩﴾ وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنتَ مِنَ الْكَافِرِينَ | އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ ޙާލު، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ. | 
	
                       |  | ﴿٢٠﴾ قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ | އެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ ޙާލުގައެވެ. | 
	
                       |  | ﴿٢١﴾ فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ | ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (މަދްޔަނަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް ޙިކުމަތާއި، ވިސްނުން ދެއްވިއެވެ. އަދި ރަސޫލުންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ. | 
	
                       |  | ﴿٢٢﴾ وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدتَّ بَنِي إِسْرَائِيلَ | އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން ނިޢުމަތެއްކަމުގައި ތިޔަ ކަލަގޮވާ ނިޢުމަތަކީ، ކަލޭ އިސްރާއީލުގެދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން ނިޢުމަތެއް ހެއްޔެވެ؟) | 
	
                       |  | ﴿٢٣﴾ قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ | ފިރްޢައުނު ދެންނެވިއެވެ. (ކަލޭގެފާނު އެފަރާތަކުން ރަސޫލުކަމާއިގެން ވަޑައިގެންނެވި) ޢާލަމްތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟ | 
	
                       |  | ﴿٢٤﴾ قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ | އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ޔަޤީން ކުރާ ކަމުގައިވާނަމައެވެ. | 
	
                       |  | ﴿٢٥﴾ قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ | އޭނާގެ ވަށައިގެންތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭހެއްޔެވެ؟ | 
	
                       |  | ﴿٢٦﴾ قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ | އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ. | 
	
                       |  | ﴿٢٧﴾ قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ | އޭނާ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ ރަސޫލަކީ، މޮޔައެއްކަން ކަށަވަރެވެ. | 
	
                       |  | ﴿٢٨﴾ قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِن كُنتُمْ تَعْقِلُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ މަޝްރިޤާއި، މަޣްރިބާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ވިސްނާކަމުގައި ވާނަމައެވެ. | 
	
                       |  | ﴿٢٩﴾ قَالَ لَئِنِ اتَّخَذْتَ إِلَٰهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ | އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަންފިޔަވައި އެހެން އިލާހަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ. | 
	
                       |  | ﴿٣٠﴾ قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُّبِينٍ | އެކަލޭގެފާނު ވިދާޅުވިއެވެ. (ތިމަންކަލޭގެފާނުގެ ރަސޫލުކަމުގެ މައްޗަށް) ބަޔާން ވެގެންވާ ދަލީލެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟ | 
	
                       |  | ﴿٣١﴾ قَالَ فَأْتِ بِهِ إِن كُنتَ مِنَ الصَّادِقِينَ | އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވާނަމަ، ފަހެ، ދަލީލު ގެންނަވައިބައްލަވާށެވެ! | 
	
                       |  | ﴿٣٢﴾ فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ | ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ. | 
	
                       |  | ﴿٣٣﴾ وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ | އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ. | 
	
                       |  | ﴿٣٤﴾ قَالَ لِلْمَلَإِ حَوْلَهُ إِنَّ هَٰذَا لَسَاحِرٌ عَلِيمٌ | އޭނާގެ ވަށައިގެންވާ ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން، މިއީ މޮޅަށް ދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ. | 
	
                       |  | ﴿٣٥﴾ يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِ فَمَاذَا تَأْمُرُونَ | އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން އަމުރު ކުރާގޮތަކީ ކޮބައިހެއްޔެވެ؟ | 
	
                       |  | ﴿٣٦﴾ قَالُوا أَرْجِهْ وَأَخَاهُ وَابْعَثْ فِي الْمَدَائِنِ حَاشِرِينَ | އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަޚު، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވާށެވެ! | 
	
                       |  | ﴿٣٧﴾ يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ | އޭރުން އެއުރެން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ. | 
	
                       |  | ﴿٣٨﴾ فَجُمِعَ السَّحَرَةُ لِمِيقَاتِ يَوْمٍ مَّعْلُومٍ | ފަހެ، އެނގިގެންވާ ދުވަހެއްގެ ކަނޑައެޅިގެންވާ ވަޤުތަކަށް ޖާދޫގަރުން އެއްކޮށްފިއެވެ. | 
	
                       |  | ﴿٣٩﴾ وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ | އަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނޫހެއްޔެވެ؟ | 
	
                       |  | ﴿٤٠﴾ لَعَلَّنَا نَتَّبِعُ السَّحَرَةَ إِن كَانُوا هُمُ الْغَالِبِينَ | އެ ޖާދޫގަރުންނަކީ، ގަދަވިމީހުން ކަމުގައި ވެއްޖެނަމަ، އަހުރެމެން އެއުރެންނަށް ތަބަޢަ ވުމަށްޓަކައެވެ. | 
	
                       |  | ﴿٤١﴾ فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ الْغَالِبِينَ | ފަހެ، އެ ޖާދޫގަރުން އައިހިނދު، އެއުރެން ފިރްޢައުނަށް ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟ | 
	
                       |  | ﴿٤٢﴾ قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ الْمُقَرَّبِينَ | އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން އޭރުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ. | 
	
                       |  | ﴿٤٣﴾ قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ | މޫސާގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ! | 
	
                       |  | ﴿٤٤﴾ فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ | ފަހެ، އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެން އުކޫއެވެ. އަދި އެއުރެން ބުނޫއެވެ. ފިރްޢައުނުގެ ޢިއްޒަތް ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ. | 
	
                       |  | ﴿٤٥﴾ فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ | ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. ފަހެ، އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ. | 
	
                       |  | ﴿٤٦﴾ فَأُلْقِيَ السَّحَرَةُ سَاجِدِينَ | ފަހެ، އެ ޖާދޫގަރުން ސަޖިދައަށް ތިރިވެއްޖައޫއެވެ. | 
	
                       |  | ﴿٤٧﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ | އެއުރެން ބުނޫއެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާން ވެއްޖައީމުއެވެ. | 
	
                       |  | ﴿٤٨﴾ رَبِّ مُوسَىٰ وَهَارُونَ | (އެއީ) މޫސާގެފާނާއި، ހާރޫނުގެފާނުގެ ވެރިރަސްކަލާނގެއެވެ. | 
	
                       |  | ﴿٤٩﴾ قَالَ آمَنتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ | އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން އިޛުނަ ދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުށްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން ޞަލީބަށް އަރުވާހުށީމެވެ. | 
	
                       |  | ﴿٥٠﴾ قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ | އެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. | 
	
                       |  | ﴿٥١﴾ إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَايَانَا أَن كُنَّا أَوَّلَ الْمُؤْمِنِينَ | ތިމަންމެން އެންމެފުރަތަމަ އީމާން ވީބަޔެއްކަމުގައިވުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ. | 
	
                       |  | ﴿٥٢﴾  ۞  وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي إِنَّكُم مُّتَّبَعُونَ | ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، ފިރްޢައުނާއި އޭނާގެ ލަޝްކަރު ދާނެތެވެ.) | 
	
                       |  | ﴿٥٣﴾ فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ | ފަހެ، ފިރްޢައުނު، މީހުން އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވިއެވެ. | 
	
                       |  | ﴿٥٤﴾ إِنَّ هَٰؤُلَاءِ لَشِرْذِمَةٌ قَلِيلُونَ | ހަމަކަށަވަރުން، މިބައިމީހުންނީ، (އެބަހީ: އިސްރާއީލުގެދަރިންނަކީ) ނިކަމެތި މަދުމީސްކޮޅެއްކަން ކަށަވަރެވެ. | 
	
                       |  | ﴿٥٥﴾ وَإِنَّهُمْ لَنَا لَغَائِظُونَ | އަދި ހަމަކަށަވަރުން، އެއުރެންނީ ތިމަންމެން ރުޅިއަރުވާ ބަޔަކުކަން ކަށަވަރެވެ. | 
	
                       |  | ﴿٥٦﴾ وَإِنَّا لَجَمِيعٌ حَاذِرُونَ | އަދި ހަމަކަށަވަރުން، ތިމަންމެންނީ (ކަންކަމަށް) ރައްކާތެރިވެ، ތައްޔާރަށްތިބޭ ބަޔަކީމުއެވެ. | 
	
                       |  | ﴿٥٧﴾ فَأَخْرَجْنَاهُم مِّن جَنَّاتٍ وَعُيُونٍ | ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) ޚަޒާނާތަކުންނާއި، މަތިވެރި މާތް މަޤާމްތަކުން އެއުރެން (އެބަހީ: ފިރްޢައުނާއި، އޭނާގެ ޤައުމުގެމީހުން) ބޭރުކުރެއްވީމެވެ. | 
	
                       |  | ﴿٥٨﴾ وَكُنُوزٍ وَمَقَامٍ كَرِيمٍ | ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) ޚަޒާނާތަކުންނާއި، މަތިވެރި މާތް މަޤާމްތަކުން އެއުރެން (އެބަހީ: ފިރްޢައުނާއި، އޭނާގެ ޤައުމުގެމީހުން) ބޭރުކުރެއްވީމެވެ. | 
	
                       |  | ﴿٥٩﴾ كَذَٰلِكَ وَأَوْرَثْنَاهَا بَنِي إِسْرَائِيلَ | އެކަންކުރީ އެފަދައިންނެވެ. އަދި އިސްރާއީލުގެދަރިންނަށް ތިމަންރަސްކަލާނގެ އެތަކެތި ވާރުތަކުރެއްވީމެވެ. | 
	
                       |  | ﴿٦٠﴾ فَأَتْبَعُوهُم مُّشْرِقِينَ | ފަހެ، އެއުރެން (އެބަހީ: ފިރްޢައުނާއި އޭނާގެ ޤައުމުގެމީހުން) އަނެއްބައި މީހުންގެ ފަހަތުންގޮސް އަރައިހަމަކުރީ، އިރުއެރި ވަގުތުގައެވެ. | 
	
                       |  | ﴿٦١﴾ فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ | ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، މޫސާގެފާނުގެ އަޞްޙާބުން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. | 
	
                       |  | ﴿٦٢﴾ قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ | އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (ނަޞްރު ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ. | 
	
                       |  | ﴿٦٣﴾ فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِب بِّعَصَاكَ الْبَحْرَ ۖ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ | ފަހެ، ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ. | 
	
                       |  | ﴿٦٤﴾ وَأَزْلَفْنَا ثَمَّ الْآخَرِينَ | ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: ފިރްޢައުނާއި އޭނާގެ ޤައުމުގެމީހުން) އެތަނަށް ކައިރި ކުރެއްވީމެވެ. | 
	
                       |  | ﴿٦٥﴾ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ | އަދި ތިމަންރަސްކަލާނގެ މޫސާގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (ޣަރަޤުން) ސަލާމަތް ކުރެއްވީމެވެ. | 
	
                       |  | ﴿٦٦﴾ ثُمَّ أَغْرَقْنَا الْآخَرِينَ | ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފިރުން) ޣަރަޤު ކުރެއްވީމެވެ. | 
	
                       |  | ﴿٦٧﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ | ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. | 
	
                       |  | ﴿٦٨﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. | 
	
                       |  | ﴿٦٩﴾ وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ | (އޭ މުޙައްމަދުގެފާނެވެ!) ކަލޭގެފާނު، އެއުރެންނަށް އިބްރާހީމުގެފާނުގެ ޚަބަރު ކިޔައިދެއްވާށެވެ! | 
	
                       |  | ﴿٧٠﴾ إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ | (އެއީ) އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް، ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހޭ، ވިދާޅުވި ހިނދެވެ. | 
	
                       |  | ﴿٧١﴾ قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ | އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރަނީ، ބުދުތަކަކަށެވެ. ފަހެ، އެތަކެއްޗަށް އަޅުކަންކުރުންމަތީ ތިމަންމެން ދެމިތިބޭނޫއެވެ. | 
	
                       |  | ﴿٧٢﴾ قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެތަކެއްޗަށް ދުޢާ ކޮށް ގޮވާހިނދު، އެތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭހެއްޔެވެ؟ | 
	
                       |  | ﴿٧٣﴾ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ | ނުވަތަ އެތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭހެއްޔެވެ؟ | 
	
                       |  | ﴿٧٤﴾ قَالُوا بَلْ وَجَدْنَا آبَاءَنَا كَذَٰلِكَ يَفْعَلُونَ | އެއުރެން ދެންނެވޫއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ. | 
	
                       |  | ﴿٧٥﴾ قَالَ أَفَرَأَيْتُم مَّا كُنتُمْ تَعْبُدُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ | 
	
                       |  | ﴿٧٦﴾ أَنتُمْ وَآبَاؤُكُمُ الْأَقْدَمُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ | 
	
                       |  | ﴿٧٧﴾ فَإِنَّهُمْ عَدُوٌّ لِّي إِلَّا رَبَّ الْعَالَمِينَ | ފަހެ، ހަމަކަށަވަރުން، އެތަކެއްޗަކީ، ތިމަންކަލޭގެފާނުގެ ޢަދުއްވުންނެވެ. (އެތަކެއްޗަށް އަޅުކަމެއް ނުކުރައްވާނަމެވެ.) އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާނީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށެވެ. | 
	
                       |  | ﴿٧٨﴾ الَّذِي خَلَقَنِي فَهُوَ يَهْدِينِ | އެކަލާނގެއީ، ތިމަން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ. | 
	
                       |  | ﴿٧٩﴾ وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ | އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٨٠﴾ وَإِذَا مَرِضْتُ فَهُوَ يَشْفِينِ | އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ. | 
	
                       |  | ﴿٨١﴾ وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ | އަދި އެކަލާނގެއީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٨٢﴾ وَالَّذِي أَطْمَعُ أَن يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ | އަދި ޤިޔާމަތް ދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެކަލާނގެ ޙަޟްރަތުންނެވެ. | 
	
                       |  | ﴿٨٣﴾ رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ | އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމާއި، ވިސްނުން ދެއްވާނދޭވެ! އަދި ޞާލިޙުންގެތެރެއިން މިއަޅާ ލައްވާނދޭވެ! | 
	
                       |  | ﴿٨٤﴾ وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ | ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ޘަނާ ލައްވާނދޭވެ! | 
	
                       |  | ﴿٨٥﴾ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ | އަދި ނިޢުމަތުގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ! | 
	
                       |  | ﴿٨٦﴾ وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ | އަދި މިއަޅާގެ ބައްޕާއަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އޭނާވަނީ މަގުފުރެދުނު މީހުންގެ ތެރެއިންނެވެ. | 
	
                       |  | ﴿٨٧﴾ وَلَا تُخْزِنِي يَوْمَ يُبْعَثُونَ | އަދި އެއުރެން (އެބަހީ: މީސްތަކުން) މަޙްޝަރަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ! | 
	
                       |  | ﴿٨٨﴾ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ | އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. | 
	
                       |  | ﴿٨٩﴾ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ | ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ. | 
	
                       |  | ﴿٩٠﴾ وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ | އަދި ތަޤްވާވެރިންނަށް ސުވަރުގެ ކައިރިކުރައްވާނެތެވެ. | 
	
                       |  | ﴿٩١﴾ وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ | އަދި ކާފިރުންނަށް ނަރަކަ ފާޅުކުރައްވާނެތެވެ. | 
	
                       |  | ﴿٩٢﴾ وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ | އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، ﷲ ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް ނަޞްރު ދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް ނަޞްރު ލިބޭހެއްޔެވެ؟ | 
	
                       |  | ﴿٩٣﴾ مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ | އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، ﷲ ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް ނަޞްރު ދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް ނަޞްރު ލިބޭހެއްޔެވެ؟ | 
	
                       |  | ﴿٩٤﴾ فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ | ފަހެ، އެ ބުދުތަކާއި، ކާފިރު ވީ މީހުންނާއި، އިބްލީސުގެ ލަޝްކަރާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ. | 
	
                       |  | ﴿٩٥﴾ وَجُنُودُ إِبْلِيسَ أَجْمَعُونَ | ފަހެ، އެ ބުދުތަކާއި، ކާފިރު ވީ މީހުންނާއި، އިބްލީސުގެ ލަޝްކަރާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ. | 
	
                       |  | ﴿٩٦﴾ قَالُوا وَهُمْ فِيهَا يَخْتَصِمُونَ | އެއުރެން އެ ނަރަކައިގައި އަރާރުންވާ ޙާލު ބުނާނެތެވެ. | 
	
                       |  | ﴿٩٧﴾ تَاللَّهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ | ﷲ ގަންދީބުނަމުއެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ބަޔާން ވެގެންވާ ފުރެދުމެއްގައެވެ. | 
	
                       |  | ﴿٩٨﴾ إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ | (އަޅުކަން ކުރުމުގައި) ޢާލަމްތަކުގެ ވެރިރަސްކަލާނގެއާ ތިޔަބައިމީހުންނާ ހަމަހަމަކޮށްގެން ތިމަންމެން އުޅުނު ހިނދުގައެވެ. | 
	
                       |  | ﴿٩٩﴾ وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ | އަދި ތިމަންމެން މަގުފުރެއްދީ، ކުށްވެރިން ފިޔަވައި އެހެން ބައެއްނޫނެވެ. | 
	
                       |  | ﴿١٠٠﴾ فَمَا لَنَا مِن شَافِعِينَ | ފަހެ، ތިމަންމެންނަށް އެއްވެސް ޝަފާޢަތްތެރިޔަކު ނުވެއެވެ. | 
	
                       |  | ﴿١٠١﴾ وَلَا صَدِيقٍ حَمِيمٍ | އަދި ގާތް ރަޙްމަތްތެރިޔަކުވެސް ނުވެއެވެ. | 
	
                       |  | ﴿١٠٢﴾ فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ | ތިމަންމެންނަށް އަދި އެއްފަހަރު (ދުނިޔެއަށް) ރުޖޫޢަ ވުމެއް ލިބޭނެ ނަމައެވެ. ފަހެ، އޭރުން ތިމަންމެން މުއުމިނުންގެ ތެރެއިން ވާހުށީމުއެވެ. | 
	
                       |  | ﴿١٠٣﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ | ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. | 
	
                       |  | ﴿١٠٤﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. | 
	
                       |  | ﴿١٠٥﴾ كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ | ނޫޙުގެފާނުގެ ޤައުމުގެމީހުން ރަސޫލުން ދޮގުކުރޫއެވެ. | 
	
                       |  | ﴿١٠٦﴾ إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ | (އެއީ) އެއުރެންނަށް އެއުރެންގެ އަޚު، ނޫޙުގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟ | 
	
                       |  | ﴿١٠٧﴾ إِنِّي لَكُمْ رَسُولٌ أَمِينٌ | ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. | 
	
                       |  | ﴿١٠٨﴾ فَاتَّقُوا اللَّهَ وَأَطِيعُونِ | ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! | 
	
                       |  | ﴿١٠٩﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ | އަދި އަހުރެން އެ ރަސޫލު ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ، އަހުރެންނަށް ޘަވާބު ދެއްވުމެއްނުވެއެވެ. | 
	
                       |  | ﴿١١٠﴾ فَاتَّقُوا اللَّهَ وَأَطِيعُونِ | ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! | 
	
                       |  | ﴿١١١﴾  ۞  قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ | އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް ތަބަޢަ ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް އީމާން ވާނެތޯއެވެ؟ | 
	
                       |  | ﴿١١٢﴾ قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު ޢަމަލާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ | 
	
                       |  | ﴿١١٣﴾ إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي ۖ لَوْ تَشْعُرُونَ | ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ ޙިސާބު ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ. | 
	
                       |  | ﴿١١٤﴾ وَمَا أَنَا بِطَارِدِ الْمُؤْمِنِينَ | އަދި އީމާން ވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. | 
	
                       |  | ﴿١١٥﴾ إِنْ أَنَا إِلَّا نَذِيرٌ مُّبِينٌ | ބަޔާން ވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ. | 
	
                       |  | ﴿١١٦﴾ قَالُوا لَئِن لَّمْ تَنتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ | އެއުރެން ދެންނެވޫއެވެ. އޭ ނޫޙުގެފާނެވެ! ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން، ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުށްޓެވެ. | 
	
                       |  | ﴿١١٧﴾ قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ | އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ ޤައުމުގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ. | 
	
                       |  | ﴿١١٨﴾ فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ | ފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި އިންޞާފު ކުރައްވައި، މިއަޅާއާއި، މިއަޅާއާ އެކުގައިވާ މުއުމިނުތަކުން ސަލާމަތް ކުރައްވާނދޭވެ! | 
	
                       |  | ﴿١١٩﴾ فَأَنجَيْنَاهُ وَمَن مَّعَهُ فِي الْفُلْكِ الْمَشْحُونِ | ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ. | 
	
                       |  | ﴿١٢٠﴾ ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ | ދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން ޣަރަޤު ކުރެއްވީމެވެ. | 
	
                       |  | ﴿١٢١﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ | ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ. | 
	
                       |  | ﴿١٢٢﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. | 
	
                       |  | ﴿١٢٣﴾ كَذَّبَتْ عَادٌ الْمُرْسَلِينَ | ޢާދު ބާގައިމީހުން ރަސޫލުން ދޮގުކުރޫއެވެ. | 
	
                       |  | ﴿١٢٤﴾ إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ | (އެއީ) އެއުރެންގެ އަޚު، ހޫދުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟ | 
	
                       |  | ﴿١٢٥﴾ إِنِّي لَكُمْ رَسُولٌ أَمِينٌ | ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. | 
	
                       |  | ﴿١٢٦﴾ فَاتَّقُوا اللَّهَ وَأَطِيعُونِ | ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! | 
	
                       |  | ﴿١٢٧﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ | އަދި އަހުރެން އެ ރަސޫލު ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. | 
	
                       |  | ﴿١٢٨﴾ أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ | ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ | 
	
                       |  | ﴿١٢٩﴾ وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ | އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟ | 
	
                       |  | ﴿١٣٠﴾ وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ | އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު (އެއްވެސް ރަޙްމެއްނެތި) ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ. | 
	
                       |  | ﴿١٣١﴾ فَاتَّقُوا اللَّهَ وَأَطِيعُونِ | ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! | 
	
                       |  | ﴿١٣٢﴾ وَاتَّقُوا الَّذِي أَمَدَّكُم بِمَا تَعْلَمُونَ | ތިޔަބައިމީހުން ދަންނަ ނިޢުމަތްތަކުން ތިޔަބައިމީހުންނަށް މަދަދު ދެއްވި ރަސްކަލާނގެއަށް ތަޤްވާވެރިވާށެވެ! | 
	
                       |  | ﴿١٣٣﴾ أَمَدَّكُم بِأَنْعَامٍ وَبَنِينَ | ނަޢަމް ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވިއެވެ. | 
	
                       |  | ﴿١٣٤﴾ وَجَنَّاتٍ وَعُيُونٍ | ނަޢަމް ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވިއެވެ. | 
	
                       |  | ﴿١٣٥﴾ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ | ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ. | 
	
                       |  | ﴿١٣٦﴾ قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُن مِّنَ الْوَاعِظِينَ | އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ނަޞޭޙަތް ދެއްވިޔަސް، ނުވަތަ ނަޞޭޙަތް ދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ. | 
	
                       |  | ﴿١٣٧﴾ إِنْ هَٰذَا إِلَّا خُلُقُ الْأَوَّلِينَ | މިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެތެވެ. | 
	
                       |  | ﴿١٣٨﴾ وَمَا نَحْنُ بِمُعَذَّبِينَ | އަދި ޢަޛާބު ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. | 
	
                       |  | ﴿١٣٩﴾ فَكَذَّبُوهُ فَأَهْلَكْنَاهُمْ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ | ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: ހޫދުގެފާނު) ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. | 
	
                       |  | ﴿١٤٠﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. | 
	
                       |  | ﴿١٤١﴾ كَذَّبَتْ ثَمُودُ الْمُرْسَلِينَ | ޘަމޫދު ބާގައިމީހުން، ރަސޫލުން ދޮގުކުރޫއެވެ. | 
	
                       |  | ﴿١٤٢﴾ إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ | (އެއީ) އެއުރެންގެ އަޚު، ޞާލިޙުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟ | 
	
                       |  | ﴿١٤٣﴾ إِنِّي لَكُمْ رَسُولٌ أَمِينٌ | ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. | 
	
                       |  | ﴿١٤٤﴾ فَاتَّقُوا اللَّهَ وَأَطِيعُونِ | ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! | 
	
                       |  | ﴿١٤٥﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ | އަދި އަހުރެން އެ ރަސޫލު ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. | 
	
                       |  | ﴿١٤٦﴾ أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ | މި ދުނިޔެމަތީގައިވާ ނިޢުމަތްތަކުގައި، އަމާން ކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެ ހެއްޔެވެ؟ | 
	
                       |  | ﴿١٤٧﴾ فِي جَنَّاتٍ وَعُيُونٍ | ބަގީޗާތަކާއި، ފެންއާރުތަކުގެ ތެރޭގައެވެ. | 
	
                       |  | ﴿١٤٨﴾ وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ | އަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ. | 
	
                       |  | ﴿١٤٩﴾ وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ | އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ. | 
	
                       |  | ﴿١٥٠﴾ فَاتَّقُوا اللَّهَ وَأَطِيعُونِ | ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! | 
	
                       |  | ﴿١٥١﴾ وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ | އަދި ހައްދުފަހަނަޅައިދާ މީހުންގެ އަމުރަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ! | 
	
                       |  | ﴿١٥٢﴾ الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ | އެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި އިޞްލާޙެއް ނުކުރާ މީހުންނެވެ. | 
	
                       |  | ﴿١٥٣﴾ قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ | އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. | 
	
                       |  | ﴿١٥٤﴾ مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ | ތިމަންމެންކަހަލަ އާދަމުގެދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، މުޢުޖިޒާއެއް ގެންނަވައި ބައްލަވާށެވެ! | 
	
                       |  | ﴿١٥٥﴾ قَالَ هَٰذِهِ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ | އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ ޖަމަލެކެވެ. އެ އެއްޗަށް ބޯފެނުގެ ޙިއްޞާއެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ ޙިއްޞާއެއް ވެއެވެ. | 
	
                       |  | ﴿١٥٦﴾ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ | އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބު އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ. | 
	
                       |  | ﴿١٥٧﴾ فَعَقَرُوهَا فَأَصْبَحُوا نَادِمِينَ | ފަހެ، އެއުރެން އޭތި މަރައިލިއެވެ. ދެން ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. | 
	
                       |  | ﴿١٥٨﴾ فَأَخَذَهُمُ الْعَذَابُ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ | ފަހެ، އެއުރެންނަށް ޢަޛާބު އައިސް ޖެހުނެވެ. ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. | 
	
                       |  | ﴿١٥٩﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. | 
	
                       |  | ﴿١٦٠﴾ كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ | ލޫޠުގެފާނުގެ ޤައުމުގެމީހުން ރަސޫލުން ދޮގުކުރޫއެވެ. | 
	
                       |  | ﴿١٦١﴾ إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ | (އެއީ) އެއުރެންގެ އަޚު، ލޫޠުގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟ | 
	
                       |  | ﴿١٦٢﴾ إِنِّي لَكُمْ رَسُولٌ أَمِينٌ | ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. | 
	
                       |  | ﴿١٦٣﴾ فَاتَّقُوا اللَّهَ وَأَطِيعُونِ | ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! | 
	
                       |  | ﴿١٦٤﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ | އަދި އަހުރެން އެ ރަސޫލު ކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. | 
	
                       |  | ﴿١٦٥﴾ أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ | ޚަލްޤުތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ | 
	
                       |  | ﴿١٦٦﴾ وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَاجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ | ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (ޙަލާލު ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ. | 
	
                       |  | ﴿١٦٧﴾ قَالُوا لَئِن لَّمْ تَنتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ | އެއުރެން ދެންނެވޫއެވެ. އޭ ލޫޠުގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ. | 
	
                       |  | ﴿١٦٨﴾ قَالَ إِنِّي لِعَمَلِكُم مِّنَ الْقَالِينَ | އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ ޢަމަލަށް (އެބަހީ: ލިވާޠުގެ ޢަމަލަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ. | 
	
                       |  | ﴿١٦٩﴾ رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ | އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ ޢަމަލުން މިއަޅާއާއި މިއަޅާގެ އަހުލުވެރިން ސަލާމަތް ކުރައްވާނދޭވެ! | 
	
                       |  | ﴿١٧٠﴾ فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ | ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރި އެންމެން ސަލާމަތް ކުރެއްވީމެވެ. | 
	
                       |  | ﴿١٧١﴾ إِلَّا عَجُوزًا فِي الْغَابِرِينَ | ޢަޛާބު ލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ. | 
	
                       |  | ﴿١٧٢﴾ ثُمَّ دَمَّرْنَا الْآخَرِينَ | ދެން ތިމަންރަސްކަލާނގެ (އެ ޤައުމުގެ) މީހުން ހަލާކުކުރެއްވީމެވެ. | 
	
                       |  | ﴿١٧٣﴾ وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَاءَ مَطَرُ الْمُنذَرِينَ | އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، އިންޛާރު ކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ! | 
	
                       |  | ﴿١٧٤﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ | ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. | 
	
                       |  | ﴿١٧٥﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. | 
	
                       |  | ﴿١٧٦﴾ كَذَّبَ أَصْحَابُ الْأَيْكَةِ الْمُرْسَلِينَ | އަލްއައިކަތުގެ އަހުލުވެރިން ރަސޫލުން ދޮގުކުރޫއެވެ. | 
	
                       |  | ﴿١٧٧﴾ إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ | (އެއީ) އެއުރެންނަށް ޝުޢައިބުގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟ | 
	
                       |  | ﴿١٧٨﴾ إِنِّي لَكُمْ رَسُولٌ أَمِينٌ | ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. | 
	
                       |  | ﴿١٧٩﴾ فَاتَّقُوا اللَّهَ وَأَطِيعُونِ | ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! | 
	
                       |  | ﴿١٨٠﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ | އަދި އަހުރެން އެ ރަސޫލު ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. | 
	
                       |  | ﴿١٨١﴾  ۞  أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ | ތިޔަބައިމީހުން (މިނާ ތަކެތި) މިނުން ފުރިހަމަ ކުރާށެވެ! އަދި (މިނުމާއި ކިރުމުގައި) އުނިކުރާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! | 
	
                       |  | ﴿١٨٢﴾ وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ | އަދި ތިޔަބައިމީހުން (ކިރާ ތަކެތި) ސީދާވެގެންވާ ތިލަފަތުން ކިރާށެވެ! | 
	
                       |  | ﴿١٨٣﴾ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ | އަދި ތިޔަބައިމީހުން މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ! | 
	
                       |  | ﴿١٨٤﴾ وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ | އަދި ތިޔަބައިމީހުންނާއި، އިސްވެދިޔަ ޖީލުތައް ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! | 
	
                       |  | ﴿١٨٥﴾ قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ | އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. | 
	
                       |  | ﴿١٨٦﴾ وَمَا أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ الْكَاذِبِينَ | އަދި ތިމަންމެންކަހަލަ އާދަމުގެދަރިޔެއް ކަމުގައި މެނުވީ، ކަލޭގެފާނު ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ހީކުރަނީ، ކަލޭގެފާނު ދޮގުވެރިންގެ ތެރެއިންވާ ކަމަށެވެ. | 
	
                       |  | ﴿١٨٧﴾ فَأَسْقِطْ عَلَيْنَا كِسَفًا مِّنَ السَّمَاءِ إِن كُنتَ مِنَ الصَّادِقِينَ | ފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންގެ މައްޗަށް އުޑުން ތަންގަނޑެއް ވައްޓަވައިލައްވަ ބައްލަވާށެވެ! | 
	
                       |  | ﴿١٨٨﴾ قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ | އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ. | 
	
                       |  | ﴿١٨٩﴾ فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ | ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ވިލާގަނޑުގެ ދުވަހުގެ ޢަޛާބު، އެއުރެންނަށް ޖެހުނެވެ. ހަމަކަށަވަރުން، އެ ޢަޛާބު ވީ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަކަށެވެ. | 
	
                       |  | ﴿١٩٠﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ | ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. | 
	
                       |  | ﴿١٩١﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. | 
	
                       |  | ﴿١٩٢﴾ وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ | ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. | 
	
                       |  | ﴿١٩٣﴾ نَزَلَ بِهِ الرُّوحُ الْأَمِينُ | ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނާއިގެން ފައިބައިވަޑައިގަތީ، ޖިބްރީލުގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޛާރު ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. | 
	
                       |  | ﴿١٩٤﴾ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ | ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނާއިގެން ފައިބައިވަޑައިގަތީ، ޖިބްރީލުގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޛާރު ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. | 
	
                       |  | ﴿١٩٥﴾ بِلِسَانٍ عَرَبِيٍّ مُّبِينٍ | (އެ ޤުރްއާން ބާވައިލެއްވީ) ބަޔާން ވެގެންވާ ޢަރަބި ބަހުންނެވެ. | 
	
                       |  | ﴿١٩٦﴾ وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ | އަދި ހަމަކަށަވަރުން، އިސްވެދިޔަ ނަބިއްޔުންގެ ފޮތްތަކުގައިވެސް އެ ޤުރްއާނުގެ ވާހަކަ ވާކަން ކަށަވަރެވެ. | 
	
                       |  | ﴿١٩٧﴾ أَوَلَمْ يَكُن لَّهُمْ آيَةً أَن يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ | އިސްރާއީލުގެދަރިންކުރެ، ޢިލްމުވެރިން އެކަންތައް ދަންނަކަން އެއީ، އެއުރެންނަށް (އެބަހީ: މައްކާގެ މުޝްރިކުންނަށް) ހެތްކެއްކަމުގައި ނުވޭހެއްޔެވެ؟ | 
	
                       |  | ﴿١٩٨﴾ وَلَوْ نَزَّلْنَاهُ عَلَىٰ بَعْضِ الْأَعْجَمِينَ | އަދި ޢަޖަމީންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލައްވައި، ދެން އެމީހަކު އެ ޤުރްއާން އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް އީމާންވާ ބަޔަކު ކަމުގައި ނުވީހެވެ. | 
	
                       |  | ﴿١٩٩﴾ فَقَرَأَهُ عَلَيْهِم مَّا كَانُوا بِهِ مُؤْمِنِينَ | އަދި ޢަޖަމީންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލައްވައި، ދެން އެމީހަކު އެ ޤުރްއާން އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް އީމާންވާ ބަޔަކު ކަމުގައި ނުވީހެވެ. | 
	
                       |  | ﴿٢٠٠﴾ كَذَٰلِكَ سَلَكْنَاهُ فِي قُلُوبِ الْمُجْرِمِينَ | ތިމަންރަސްކަލާނގެ އެފަދައިން ކުށްވެރިންގެ ހިތްތަކަށް ދޮގުކުރުން ވެއްދެވީމެވެ. | 
	
                       |  | ﴿٢٠١﴾ لَا يُؤْمِنُونَ بِهِ حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ | ވޭންދެނިވި ޢަޛާބު އެއުރެންނަށް ފެނިއްޖައުމަށްދާނދެން އެއުރެން އެއަކަށް އީމާނެއް ނުވާނެތެވެ. | 
	
                       |  | ﴿٢٠٢﴾ فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ | ފަހެ، އެއުރެންނަށް ނުވެސް އެނގިތިއްބައި، އެ ޢަޛާބު އެއުރެންގެ ގާތަށް އަންނާނީ ކުއްލިއަކަށެވެ. | 
	
                       |  | ﴿٢٠٣﴾ فَيَقُولُوا هَلْ نَحْنُ مُنظَرُونَ | ފަހެ، އެއުރެން ބުނާނެތެވެ. (އީމާން ވުމަށްޓަކައި) ތިމަންމެންނަށް ލަސްކޮށްލައްވާނެ ހެއްޔެވެ؟ | 
	
                       |  | ﴿٢٠٤﴾ أَفَبِعَذَابِنَا يَسْتَعْجِلُونَ | ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ ޢަޛާބަށް ހެއްޔެވެ؟ | 
	
                       |  | ﴿٢٠٥﴾ أَفَرَأَيْتَ إِن مَّتَّعْنَاهُمْ سِنِينَ | ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. | 
	
                       |  | ﴿٢٠٦﴾ ثُمَّ جَاءَهُم مَّا كَانُوا يُوعَدُونَ | ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. | 
	
                       |  | ﴿٢٠٧﴾ مَا أَغْنَىٰ عَنْهُم مَّا كَانُوا يُمَتَّعُونَ | ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. | 
	
                       |  | ﴿٢٠٨﴾ وَمَا أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ | އެއްވެސް ރަށެއް، އެރަށުގެ އަހުލުވެރިންނަށް އިންޛާރު ކުރައްވާނޭ ރަސޫލުން ނުފޮނުއްވައެއް ތިމަންރަސްކަލާނގެ ހަލާކެއް ނުކުރައްވަމެވެ. | 
	
                       |  | ﴿٢٠٩﴾ ذِكْرَىٰ وَمَا كُنَّا ظَالِمِينَ | (އެއީ) ހަނދާންކޮށްދެއްވުމެކެވެ. އަދި އަނިޔާވެރި ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. | 
	
                       |  | ﴿٢١٠﴾ وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ | އެ ޤުރްއާން ގެނެސްދިނީ ޝައިޠާނުންނެއް ނޫނެވެ. | 
	
                       |  | ﴿٢١١﴾ وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ | އަދި އެއީ ޝައިޠާނުންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ ޝައިޠާނުންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ. | 
	
                       |  | ﴿٢١٢﴾ إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ | ހަމަކަށަވަރުން، އެ ޝައިޠާނުންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ. | 
	
                       |  | ﴿٢١٣﴾ فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ | ފަހެ، ﷲއާއެކު އެހެން އިލާހަކަށް ކަލޭގެފާނު ދުޢާ ކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން ޢަޛާބު ލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ. | 
	
                       |  | ﴿٢١٤﴾ وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ | ކަލޭގެފާނުގެ އެންމެ ގާތްތިމާގެ ޤަބީލާގެ މީހުންނަށް އިންޛާރު ކުރައްވާށެވެ! | 
	
                       |  | ﴿٢١٥﴾ وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ | މުއުމިނުންގެ ތެރެއިން ކަލޭގެފާނަށް ތަބަޢަ ވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!) | 
	
                       |  | ﴿٢١٦﴾ فَإِنْ عَصَوْكَ فَقُلْ إِنِّي بَرِيءٌ مِّمَّا تَعْمَلُونَ | ފަހެ، އެއުރެން ކަލޭގެފާނަށް އުރެދިއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ ޢަމަލުތަކުން ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. | 
	
                       |  | ﴿٢١٧﴾ وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ | އަދި ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއަށް ކަލޭގެފާނު ވަކީލު ކުރައްވާށެވެ! | 
	
                       |  | ﴿٢١٨﴾ الَّذِي يَرَاكَ حِينَ تَقُومُ | އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٢١٩﴾ وَتَقَلُّبَكَ فِي السَّاجِدِينَ | އަދި ސަޖިދަ ކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު ޙަރަކާތްތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ. | 
	
                       |  | ﴿٢٢٠﴾ إِنَّهُ هُوَ السَّمِيعُ الْعَلِيمُ | ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. | 
	
                       |  | ﴿٢٢١﴾ هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ الشَّيَاطِينُ | އެއުރެންގެ މައްޗަށް ޝައިޠާނުން ފައިބާ މީހުންގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟ | 
	
                       |  | ﴿٢٢٢﴾ تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ | އެ ޝައިޠާނުން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ. | 
	
                       |  | ﴿٢٢٣﴾ يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ | އެ ޝައިޠާނުން އަޑުއަހާ ތަކެތި (ކާހިނުންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ. | 
	
                       |  | ﴿٢٢٤﴾ وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ | ޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން ކާފިރުންނަށް) ތަބަޢަ ވާނީ މަގުފުރެދިގެންވާ މީހުންނެވެ. | 
	
                       |  | ﴿٢٢٥﴾ أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ | ހަމަކަށަވަރުން، (ބަހުގެ) ކޮންމެ ވާދީއެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ | 
	
                       |  | ﴿٢٢٦﴾ وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ | އަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ. | 
	
                       |  | ﴿٢٢٧﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللَّهَ كَثِيرًا وَانتَصَرُوا مِن بَعْدِ مَا ظُلِمُوا ۗ وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ | އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި ގިނަގިނައިން ﷲ ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، ނަޞްރު ލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން ރުޖޫޢަ ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ. | 
                  
                    |  |