|
ކިޔެވުން: |
|
|
|
﴿١﴾ وَيْلٌ لِّلْمُطَفِّفِينَ |
މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. |
|
﴿٢﴾ الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ |
އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. |
|
﴿٣﴾ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ |
އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. |
|
﴿٤﴾ أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ |
އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. |
|
﴿٥﴾ لِيَوْمٍ عَظِيمٍ |
ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟ |
|
﴿٦﴾ يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ |
(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ގައި މީސްތަކުން قائم ވެ ތިބޭނޭ ދުވަހެވެ. |
|
﴿٧﴾ كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ كافر ންގެ عمل ތަކުގެ ފަތްވަނީ سِجّين ގައިކަން ކަށަވަރެވެ. |
|
﴿٨﴾ وَمَا أَدْرَاكَ مَا سِجِّينٌ |
سِجّين އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
|
﴿٩﴾ كِتَابٌ مَّرْقُومٌ |
(އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ. |
|
﴿١٠﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. |
|
﴿١١﴾ الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ |
އެއުރެންނީ، قيامة ދުވަސް ދޮގުކުރާ މީހުންނެވެ. |
|
﴿١٢﴾ وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ |
ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ. |
|
﴿١٣﴾ إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ |
ތިމަންރަސްކަލާނގެ آية ތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ. |
|
﴿١٤﴾ كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ. |
|
﴿١٥﴾ كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ. |
|
﴿١٦﴾ ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ |
ދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ. |
|
﴿١٧﴾ ثُمَّ يُقَالُ هَٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ |
ދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ. |
|
﴿١٨﴾ كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ عمل ތަކުގެ ފަތްވަނީ عِلّـيّون ގައި ކަންކަށަވަރެވެ. |
|
﴿١٩﴾ وَمَا أَدْرَاكَ مَا عِلِّيُّونَ |
عِلـيّون އަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
|
﴿٢٠﴾ كِتَابٌ مَّرْقُومٌ |
(އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ. |
|
﴿٢١﴾ يَشْهَدُهُ الْمُقَرَّبُونَ |
ކުއްތަންކުރައްވާފައިވާ ملائكة ން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ. |
|
﴿٢٢﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ |
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ. |
|
﴿٢٣﴾ عَلَى الْأَرَائِكِ يَنظُرُونَ |
ދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ. |
|
﴿٢٤﴾ تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ |
އެއުރެންގެ މޫނުތަކުގެމަތިން، نعمة ގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ. |
|
﴿٢٥﴾ يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ |
ސިއްކަގައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ. |
|
﴿٢٦﴾ خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ |
އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! |
|
﴿٢٧﴾ وَمِزَاجُهُ مِن تَسْنِيمٍ |
އެއާ އެއްކުރައްވާފައިވަނީ تسنيم އެވެ. |
|
﴿٢٨﴾ عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ |
(އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ. |
|
﴿٢٩﴾ إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ |
ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمان ވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ. |
|
﴿٣٠﴾ وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ |
އަދި އެއުރެން އެ مؤمن ންގެ ކައިރިންދާހިނދު، ލޮލުގެ إشارة ން ފުރައްސާރަ ކުރެތެވެ. |
|
﴿٣١﴾ وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ |
އަދި އެއުރެންގެ أهل ވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ. |
|
﴿٣٢﴾ وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ |
އަދި އެއުރެން مؤمن ން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ. |
|
﴿٣٣﴾ وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ |
އަދި مؤمن ންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ كافر ން ފޮނުއްވާފައެއް ނުވެއެވެ. |
|
﴿٣٤﴾ فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ |
ފަހެ، إيمان ވި މީހުން މިއަދު كافر ންނާ ދިމާޔަށް ހޭނެތެވެ. |
|
﴿٣٥﴾ عَلَى الْأَرَائِكِ يَنظُرُونَ |
ދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ. |
|
﴿٣٦﴾ هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ |
كافر ންނަށް އެއުރެން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެ ހެއްޔެވެ؟ |
|