|
ކިޔެވުން: |
|
|
|
﴿١﴾ وَالتِّينِ وَالزَّيْتُونِ |
ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ. |
|
﴿٢﴾ وَطُورِ سِينِينَ |
އަދި طورسينا ގަންދެއްވަމެވެ. |
|
﴿٣﴾ وَهَٰذَا الْبَلَدِ الْأَمِينِ |
އަދި أمان ކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ. |
|
﴿٤﴾ لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ. |
|
﴿٥﴾ ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ |
ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ. |
|
﴿٦﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ |
إيمان ވެ صالح عمل ތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ. |
|
﴿٧﴾ فَمَا يُكَذِّبُكَ بَعْدُ بِالدِّينِ |
އެއަށްފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު إنكار ކުރަން، ތިބާޔަށް ޖައްސަނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟ |
|
﴿٨﴾ أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ |
حكم ކުރައްވާ އެންމެ عدل ވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟ |
|