×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ كهيعص ك هـ ى ع ص (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)
﴿٢﴾ ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ އަޅާ ޒަކަރިއްޔާގެފާނަށް ލެއްވި ރަޙްމަތުގެ ވާހަކައެވެ.
﴿٣﴾ إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ސިއްރުގައި ދުޢާ ކުރެއްވި ހިނދެވެ.
﴿٤﴾ قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި ދުޢާއަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ.
﴿٥﴾ وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (ދީނުގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ ރަޙްމަތްފުޅުން މިއަޅާއަށް ވާރިޘަކު ދެއްވައިފާނދޭވެ!
﴿٦﴾ يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا ތިމަންއަޅާއާއި، ޔަޢުޤޫބުގެފާނުގެ އާލުވެރިންގެ ކިބައިން ވާރުތަވާނޭ ވާރިޘެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ!
﴿٧﴾ يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا އޭ ޒަކަރިއްޔާގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި ޚަބަރު ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، ޔަޙްޔާއެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ.
﴿٨﴾ قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ ނިހާޔަތަށް ފޯރާފައެވެ.
﴿٩﴾ قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئًا އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، މައުޖޫދު ވެގެންވާ އެއްޗެއްކަމުގައި ނުވާ ޙާލު، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ.
﴿١٠﴾ قَالَ رَبِّ اجْعَل لِّي آيَةً ۚ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَ لَيَالٍ سَوِيًّا އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅާއަށް ޢަލާމަތެއް ލައްވައިފާނދޭވެ! އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަލޭގެފާނަށް އޮތް ޢަލާމަތަކީ ކަލޭގެފާނަށް (ސަލާމަތުން ހުންނަވައިމެ) ފުރިހަމަ ތިންރޭ ވަންދެން މީސްތަކުންނާ ވާހަކަ ނުދެއްކެވޭގޮތްވުމެވެ.
﴿١١﴾ فَخَرَجَ عَلَىٰ قَوْمِهِ مِنَ الْمِحْرَابِ فَأَوْحَىٰ إِلَيْهِمْ أَن سَبِّحُوا بُكْرَةً وَعَشِيًّا ފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، ތަސްބީޙަ ކިޔަވައި އުޅުމަށް އެއުރެންނަށް އިޝާރަތުން އެންގެވިއެވެ.
﴿١٢﴾ يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا އޭ ޔަޙްޔާގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު ޙިކުމަތް ދެއްވީމެވެ.
﴿١٣﴾ وَحَنَانًا مِّن لَّدُنَّا وَزَكَاةً ۖ وَكَانَ تَقِيًّا އަދި ތިމަންރަސްކަލާނގެ ޙަޟްރަތުން އޯގާވެރިކަމާއި، ޠާހިރު ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު ތަޤްވާވެރިޔަކު ކަމުގައިވިއެވެ.
﴿١٤﴾ وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، ޖައްބާރަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.
﴿١٥﴾ وَسَلَامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا އަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް ސަލާމް ހުށްޓެވެ.
﴿١٦﴾ وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا އަދި ކަލޭގެފާނު މި ފޮތުން މަރިޔަމުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! އެކަމަނާ، އެކަމަނާގެ އަހުލުވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަކަށް ވަޑައިގަތްހިނދެވެ.
﴿١٧﴾ فَاتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ ވަޙީގެ މަލާއިކަތާ، އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ މަލާއިކަތާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ.
﴿١٨﴾ قَالَتْ إِنِّي أَعُوذُ بِالرَّحْمَٰنِ مِنكَ إِن كُنتَ تَقِيًّا އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (ﷲއަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ.
﴿١٩﴾ قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا އެ މަލާއިކަތާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލަކީމެވެ. ހެޔޮލަފާ، ޞާލިޙު ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށްޓަކައެވެ.
﴿٢٠﴾ قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް އާދަމުގެދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނާއީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ.
﴿٢١﴾ قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ ۖ وَلِنَجْعَلَهُ آيَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا އެ މަލާއިކަތާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުން މީސްތަކުންނަށް ފޮނުއްވި އާޔަތެއް ކަމުގައްޔާއި، ރަޙްމަތެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.
﴿٢٢﴾ ۞ فَحَمَلَتْهُ فَانتَبَذَتْ بِهِ مَكَانًا قَصِيًّا ފަހެ، އެ ދަރިކަލުންނާއިގެން އެކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގަތެވެ.
﴿٢٣﴾ فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!
﴿٢٤﴾ فَنَادَاهَا مِن تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ދެން އެކަމަނާ (އޮންނެވިތާނ) ގެ ދަށުން އެކަމަނާއަށް މަލާއިކަތާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ.
﴿٢٥﴾ وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.
﴿٢٦﴾ فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، ރަޙްމާންވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.
﴿٢٧﴾ فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا ފަހެ، އެކަމަނާގެ ޤައުމުގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ މަރިޔަމުގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ.
﴿٢٨﴾ يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا އޭ ހާރޫނުގެ އުޚްތާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.
﴿٢٩﴾ فَأَشَارَتْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَن كَانَ فِي الْمَهْدِ صَبِيًّا ފަހެ، އެކަމަނާ އެ ދަރިކަލުންނަށް އިޝާރަތް ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟
﴿٣٠﴾ قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، ﷲގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ.
﴿٣١﴾ وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތް ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، ޒަކާތް ދިނުމަށް، އެކަލާނގެ މިއަޅާޔަށް ވަޞިއްޔަތް ކުރެއްވިއެވެ.
﴿٣٢﴾ وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައި ނުލައްވަތެވެ.
﴿٣٣﴾ وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (މަޙްޝަރަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް ސަލާމް ހުށްޓެވެ.
﴿٣٤﴾ ذَٰلِكَ عِيسَى ابْنُ مَرْيَمَ ۚ قَوْلَ الْحَقِّ الَّذِي فِيهِ يَمْتَرُونَ އެއީ މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނެވެ. (މިއީ) އެއުރެން އެބަސްފުޅާމެދު ޝައްކު ކުރާ، ޙައްޤު ތެދުބަސްފުޅެވެ.
﴿٣٥﴾ مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ ދަރިކަލަކު ހިއްޕެވުން އެއީ، ﷲއަށް އެކަށީގެންވާ ކަމެއްނޫނެވެ. އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިހިނދު، އެކަމަކަށް ވަޙީ ކުރައްވާކަން ކަށަވަރީ، "ވާށޭ" އެވެ! ދެން އެކަމެއް ވެދެތެވެ.
﴿٣٦﴾ وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ ހަމަކަށަވަރުން، ﷲއީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.
﴿٣٧﴾ فَاخْتَلَفَ الْأَحْزَابُ مِن بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ كَفَرُوا مِن مَّشْهَدِ يَوْمٍ عَظِيمٍ ފަހެ، އެއުރެންގެ އެކި ޖަމާޢަތްތަކުގެ މެދުގައި ޚިލާފު އުފެދުނެވެ. ފަހެ، ބޮޑުވެގެންވާ ދުވަހެއްގެ (ބިރުވެރިކަން) ދެކޭހިނދު، ކާފިރު ވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ.
﴿٣٨﴾ أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَٰكِنِ الظَّالِمُونَ الْيَوْمَ فِي ضَلَالٍ مُّبِينٍ އެއުރެން ތިމަންރަސްކަލާނގެ ޙަޟްރަތަށް އަންނަދުވަހު، އެއުރެންގެ އިވުމާއި ފެނުމުގެ ސާފުކަން ބޮޑުކަމާއެވެ! އެހެނެއްކަމަކު، އަނިޔާވެރިވީ މީހުން މިއަދުވަނީ، ފާޅުވެ ބަޔާން ވެގެންވާ މަގުފުރެދުމެއްގައެވެ.
﴿٣٩﴾ وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޛާރު ކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ. އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.
﴿٤٠﴾ إِنَّا نَحْنُ نَرِثُ الْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ ހަމަކަށަވަރުން، ބިމާއި، ބިމުގައިވާހާ ބަޔަކު ވާރުތަވެ މިލްކު ވެގެންވަނީ، ތިމަންރަސްކަލާނގެއަށެވެ. އަދި އެއުރެން ރުޖޫޢަ ކުރައްވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.
﴿٤١﴾ وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ކަލޭގެފާނު މިފޮތުން އިބްރާހީމުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަންބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.
﴿٤٢﴾ إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنكَ شَيْئًا އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވިހިނދެވެ. އޭ ބައްޕާއެވެ! އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ، އަދި ބައްޕައަށް އެއްވެސް ކަމެއް ފުއްދައިނުދޭ އެއްޗަކަށް، ބައްޕަ އަޅުކަންކުރަނީ ކީއްވެގެންހެއްޔެވެ؟
﴿٤٣﴾ يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا އޭ ބައްޕާއެވެ! ޢިލްމުގެ ތެރެއިން، ބައްޕައަށް އައިސްފައިނުވާ ޢިލްމު، ތިމަންނާއަށް ހަމަކަށަވަރުން، އައިސްފައިވެއެވެ. ފަހެ، ތިމަންނާއަށް ބައްޕަ ތަބަޢަ ވާށެވެ! އޭރުން ބައްޕައަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދައްކާހުށީމެވެ.
﴿٤٤﴾ يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّا އޭ ބައްޕާއެވެ! ޝައިޠާނާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން، ރަޙްމާންވަންތަ ރަސްކަލާނގެއަށް ނުކިޔަމަންތެރިޔެއް ކަމުގައި ޝައިޠާނާ ވިއެވެ.
﴿٤٥﴾ يَا أَبَتِ إِنِّي أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ الرَّحْمَٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا އޭ ބައްޕާއެވެ! ހަމަކަށަވަރުން، ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުން ޢަޛާބެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، ޝައިޠާނާގެ އެހީތެރިޔެއް ކަމުގައެވެ.
﴿٤٦﴾ قَالَ أَرَاغِبٌ أَنتَ عَنْ آلِهَتِي يَا إِبْرَاهِيمُ ۖ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَاهْجُرْنِي مَلِيًّا އޭނާ ބުންޏެވެ. އޭ އިބްރާހީމެވެ! ތިމަންގެ އިލާހުންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި ދިގުމުއްދަތަކަށް، އަހުރެންނާ ވަކިވާށެވެ!
﴿٤٧﴾ قَالَ سَلَامٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّي ۖ إِنَّهُ كَانَ بِي حَفِيًّا އެކަލޭގެފާނު ވިދާޅުވިއެވެ. ބައްޕަގެ މައްޗަށް ސަލާމް ހުށްޓެވެ! ބައްޕައަށް ފާފަފުއްސެވުން އެދި، އަޅުގެ ވެރިރަސްކަލާނގެއަށް ދުޢާ ކުރާހުށީމެވެ. ހަމަކަށަވަރުން، އަޅުގެމައްޗަށް ނުހަނު އޯގާވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.
﴿٤٨﴾ وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ اللَّهِ وَأَدْعُو رَبِّي عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا އަދި ތިޔަބައިމީހުންނާއި ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ، އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރާހުށީމެވެ. އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުން އަބާއްޖަވެރިޔަކު ކަމުގައި އަހުރެން ނުވާށިއެވެ.
﴿٤٩﴾ فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ اللَّهِ وَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۖ وَكُلًّا جَعَلْنَا نَبِيًّا ފަހެ، އެކަލޭގެފާނު، އެއުރެންނާއި، ﷲ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެވަޑައިގަތްހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކީ ނަބިއްޔަކު ކަމުގައި ލެއްވީމެވެ.
﴿٥٠﴾ وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا އަދި އެބޭކަލުންނަށް، ތިމަންރަސްކަލާނގެ ރަޙްމަތުގެތެރެއިން ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ، އެބޭކަލުންނަށް (އަންނަނިވި ޖީލުތަކުގެ ދޫމަތީގައި) މަތިވެރިވެގެންވާ ރިވެތި ނަން ލެއްވީމެވެ.
﴿٥١﴾ وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَّبِيًّا ކަލޭގެފާނު މިފޮތުން މޫސާގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ޚިޔާރު ކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ.
﴿٥٢﴾ وَنَادَيْنَاهُ مِن جَانِبِ الطُّورِ الْأَيْمَنِ وَقَرَّبْنَاهُ نَجِيًّا އަދި ތިމަންރަސްކަލާނގެ ޠޫރު ފަރުބަދައިގެ ކަނާތްފަރާތުން އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އަދި ބަސް ވަޙީ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ކުއްތަން ކުރެއްވީމެވެ.
﴿٥٣﴾ وَوَهَبْنَا لَهُ مِن رَّحْمَتِنَا أَخَاهُ هَارُونَ نَبِيًّا އަދި ތިމަންރަސްކަލާނގެ ރަޙްމަތްވަންތަކަމުން، އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނު ނަބިއްޔަކު ކަމުގައި، އެކަލޭގެފާނަށް ދެއްވީމެވެ.
﴿٥٤﴾ وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا ކަލޭގެފާނު މި ފޮތުން އިސްލާޢީލުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވަޢުދު ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ.
﴿٥٥﴾ وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ.
﴿٥٦﴾ وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ކަލޭގެފާނު މިފޮތުން އިދްރީސުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.
﴿٥٧﴾ وَرَفَعْنَاهُ مَكَانًا عَلِيًّا އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ މަޤާމަކަށް އުފުއްލެވީމެވެ.
﴿٥٨﴾ أُولَٰئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ مِن ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا ۚ إِذَا تُتْلَىٰ عَلَيْهِمْ آيَاتُ الرَّحْمَٰنِ خَرُّوا سُجَّدًا وَبُكِيًّا ۩ އެބޭކަލުންނަކީ، އާދަމުގެފާނުގެ ދަރިކޮޅުން ވަޑައިގަތް ނަބިއްޔުންކުރެ، އެބޭކަލުންގެ މައްޗަށް ﷲ ނިޢުމަތް ދެއްވި ބޭކަލުންނެވެ. އަދި ތިމަންރަސްކަލާނގެ، ނޫޙުގެފާނާއެކުގައި (ނަވުގައި) އުފުއްލެވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އަދި އިބްރާހީމުގެފާނާއި އިސްރާއީލުގެފާނުގެ ދަރިކޮޅުންވާ ބަޔެކެވެ. އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި، ޚިޔާރު ކުރެއްވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އެބޭކަލުންގެ މައްޗަށް ރަޙްމާންވަންތަ ރަސްކަލާނގެ އާޔަތްތައް ކިޔެވޭހިނދު، އެބޭކަލުން ކީރިތިކުރައްވަމުން ސަޖިދައަށް ތިރިވެވަޑައިގަންނަވަތެވެ.
﴿٥٩﴾ ۞ فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބަޢަ ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!
﴿٦٠﴾ إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا ތައުބާވެ، އަދި، އީމާންވެ، އަދި ޞާލިޙު ޢަމަލުކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
﴿٦١﴾ جَنَّاتِ عَدْنٍ الَّتِي وَعَدَ الرَّحْمَٰنُ عِبَادَهُ بِالْغَيْبِ ۚ إِنَّهُ كَانَ وَعْدُهُ مَأْتِيًّا (އެއީ) ރަޙްމާންވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޣައިބުގައި ދެއްވުމަށް ވަޢުދު ކުރައްވާފައިވާ، ޢަދްނޭ ކިއުނު ސުވަރުގެތަކެވެ. ހަމަކަށަވަރުން، އެކަލާނގެ ވަޢުދުފުޅަކީ، އަންނާނޭ އެއްޗެއްކަމުގައިވެއެވެ.
﴿٦٢﴾ لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَامًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا އެތާނގައި ބޭކާރު ވާހަކައެއް އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު، (އިވޭނީ) ސަލާމާއި، ތަޙިއްޔަތުގެ އަޑެވެ. އަދި ހެނދުނާއި، ހަވީރު އެއުރެންގެ ރިޒްޤު، އެއުރެންނަށްޓަކައި އެތާނގައި ވެއެވެ.
﴿٦٣﴾ تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا އެއީ ތިމަންރަސްކަލާނގެ އަޅުންކުރެ، ތަޤްވާވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ.
﴿٦٤﴾ وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް މެނުވީ، ތިމަންމެން ނުފައިބަމެވެ. ތިމަންމެންގެ ކުރިމަތީގައިވާހާ އެއްޗަކާއި، ތިމަންމެންގެ ފަހަތުގައިވާހާ އެއްޗަކާއި، އެދެމެދުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.
﴿٦٥﴾ رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا (އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟
﴿٦٦﴾ وَيَقُولُ الْإِنسَانُ أَإِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا އިންސާނާ ބުނެތެވެ. ތިމަން މަރުވެދިއުމަށްފަހުގައިވެސް، އަލުން ދިރުމަކަށް ނެރުއްވާނޭހެއްޔެވެ؟
﴿٦٧﴾ أَوَلَا يَذْكُرُ الْإِنسَانُ أَنَّا خَلَقْنَاهُ مِن قَبْلُ وَلَمْ يَكُ شَيْئًا އެ އިންސާނާ މީގެކުރިން މައުޖޫދު ވެގެންވާ އެއްޗެއްކަމުގައި ނުވާ ޙާލު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާ ހެއްދެވިކަން އޭނާ ހަނދާން ނުކުރަނީހެއްޔެވެ؟
﴿٦٨﴾ فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، ޝައިޠާނުންނާ އެކުގައި އެއުރެން މަޙްޝަރަށް ފޮނުއްވާހުށީމެވެ. ދެން ކަކޫޖެހިގެންވާ ޙާލު، ނަރަކައިގެ ވަށައިގެން އެއުރެން ގެންނަވާހުށީމެވެ.
﴿٦٩﴾ ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَٰنِ عِتِيًّا ދެން ތިމަންރަސްކަލާނގެ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެއުރެންކުރެ ރަޙްމާންވަންތަ ރަސްކަލާނގެއަށް އެންމެ ދެކޮޅުވެރިކަން ބޮޑު މީހުން ވަކިކޮށް ނެރުއްވާހުށީމެވެ.
﴿٧٠﴾ ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ދެން ހަމަކަށަވަރުން، އެއުރެންކުރެ ނަރަކަޔަށް ވަނުން އައުލާ ކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ތިމަންރަސްކަލާނގެއެވެ.
﴿٧١﴾ وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ.
﴿٧٢﴾ ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا ދެން ތިމަންރަސްކަލާނގެ ތަޤްވާވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ޙާލު، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ.
﴿٧٣﴾ وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާން ވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު، ކާފިރުވި މީހުން، އީމާންވި މީހުންނަށް ބުނެތެވެ. (ތިމަންމެން) ދެބައިމީހުންކުރެ ދަރަޖައިގެގޮތުން އެންމެމޮޅީ، އަދި މަޖްލިސްގެ ގޮތުން އެންމެރަނގަޅީ، ކޮންބަޔެއްހެއްޔެވެ؟
﴿٧٤﴾ وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَاثًا وَرِئْيًا އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން ކިތައް ކިތައް އުއްމަތް ހަލާކުކުރެއްވިން ހެއްޔެވެ؟ މުދާވެރިކަމުގެ ގޮތުންނާއި، ފެންނަ ފެނުމަށް އެއުރެން މާރަނގަޅެވެ.
﴿٧٥﴾ قُلْ مَن كَانَ فِي الضَّلَالَةِ فَلْيَمْدُدْ لَهُ الرَّحْمَٰنُ مَدًّا ۚ حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ إِمَّا الْعَذَابَ وَإِمَّا السَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެ ތެރޭގައިވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ރަޙްމާންވަންތަ ރަސްކަލާނގެ ޢުމުރު ދިގުކުރައްވައި، މުހުލަތް ދެއްވާނެތެވެ. އެއުރެންނަށް ވަޢުދު ކުރައްވާ ކަންތައް، އެއުރެން ދެކެފުމަށްދާނދެނެވެ. އެހެންޏާ (ދުނިޔޭގެ) ޢަޛާބެވެ. އެހެންޏާ ޤިޔާމަތް ދުވަހުގެ ހަލާކެވެ. ފަހެ، ދަރަޖައިގެ ގޮތުން އެންމެނުބައީ، އަދި ލަޝްކަރުގެގޮތުން އެންމެ ނިކަމެތީ، ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
﴿٧٦﴾ وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى ۗ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا ތެދުމަގު ލިބިގެންފި މީހުންނަށް ﷲ ތެދުމަގު ދެއްކެވުން އިތުރުކުރައްވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ޘަވާބު ލިބުމުގެގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި ޞާލިޙު ޢަމަލުތަކެވެ.
﴿٧٧﴾ أَفَرَأَيْتَ الَّذِي كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވެ، އަދި ހަމަކަށަވަރުން، ތިމަންނާއަށް މުދަލާއި، ދަރިން ދެއްވާހުށްޓޭ ބުނިމީހާ، ކަލޭގެފާނު ފަހެ، ދެކެވަޑައިގަތީމުތޯއެވެ؟
﴿٧٨﴾ أَطَّلَعَ الْغَيْبَ أَمِ اتَّخَذَ عِندَ الرَّحْمَٰنِ عَهْدًا އޭނާއަށް ޣައިބު އެނގުނީހެއްޔެވެ؟ ނުވަތަ ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުން ޢަހުދެއް ހިފީހެއްޔެވެ؟
﴿٧٩﴾ كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُ مِنَ الْعَذَابِ مَدًّا ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އޭނާ ބުނާއެއްޗެއް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި އޭނާއަށް ޢަޛާބު އިތުރުކުރައްވައި ދިގުކުރައްވާހުށީމެވެ.
﴿٨٠﴾ وَنَرِثُهُ مَا يَقُولُ وَيَأْتِينَا فَرْدًا އަދި އޭނާ އެބުނާ މުދަލާއި، ދަރިން (ނެތިކުރައްވައި) އެހުރިހާ އެއްޗެއް، ތިމަންރަސްކަލާނގެ މިލްކުކުރައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތަށް އޭނާ އަންނަހުށީ، އެކަނިމާ އެކަންޏެވެ.
﴿٨١﴾ وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لِّيَكُونُوا لَهُمْ عِزًّا އެއުރެން ﷲ ފިޔަވައި އެހެން އިލާހުންތަކެއް ހިފީ އެއުރެންނަށް ޢިއްޒަތެއްކަމުގައި ވާނޭކަމަށެވެ.
﴿٨٢﴾ كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިލާހުންތަކަށް އެއުރެން އަޅުކަންކުރުމަށް އިންކާރު ކުރާނެތެވެ. އަދި އެ އިލާހުންތައް އެއުރެންގެ މައްޗަށް ޢަދާވަތްތެރިންކަމުގައި ވާނެތެވެ.
﴿٨٣﴾ أَلَمْ تَرَ أَنَّا أَرْسَلْنَا الشَّيَاطِينَ عَلَى الْكَافِرِينَ تَؤُزُّهُمْ أَزًّا ކާފިރުވި މީހުންގެމައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޝައިޠާނުން ފާކުރެއްވިކަން، ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ އެ ޝައިޠާނުން އެއުރެންނަށް ވަސްވާސްދީ ހެއްލުންތެރިކުރެތެވެ.
﴿٨٤﴾ فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا ފަހެ، ކަލޭގެފާނު އެއުރެންގެ މައްޗަށް އަވަސްވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި (އަޖަލުގެ ދުވަސްތައް) ގުނައި ޢަދަދު ކުރައްވަމެވެ.
﴿٨٥﴾ يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَٰنِ وَفْدًا ތަޤްވާވެރިން، ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތަށް (ޢިއްޒަތްތެރި) ވަފުދެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!)
﴿٨٦﴾ وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ.
﴿٨٧﴾ لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَٰنِ عَهْدًا ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުގައި ޢަހުދެއް ހިފާފައިވާ މީހަކަށް (އެކަލާނގެ އިޛުނަ ދެއްވުމުން) މެނުވީ، އެއުރެންކުރެ އެކަކަށްވެސް ޝަފާޢަތްތެރިވުމުގެ ބާރެއް ލިބިގެނެއްނުވެތެވެ.
﴿٨٨﴾ وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا ރަޙްމާންވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ ކާފިރުވި މީހުން ބުނޫއެވެ.
﴿٨٩﴾ لَّقَدْ جِئْتُمْ شَيْئًا إِدًّا ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ.
﴿٩٠﴾ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ.
﴿٩١﴾ أَن دَعَوْا لِلرَّحْمَٰنِ وَلَدًا އެއީ ރަޙްމާންވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ.
﴿٩٢﴾ وَمَا يَنبَغِي لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا ފަހެ، ދަރިކަލަކު ހިއްޕެވުން ރަޙްމާންވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ.
﴿٩٣﴾ إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَٰنِ عَبْدًا ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ.
﴿٩٤﴾ لَّقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا ހަމަކަށަވަރުން، އެކަލާނގެ އެއުރެން ހިމަނުއްވައި، ފުރިހަމަ ޢަދަދު ކުރެއްވުމަކުން ޢަދަދު ކުރެއްވިއެވެ.
﴿٩٥﴾ وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا އަދި ޤިޔާމަތް ދުވަހުން، އެއުރެންކުރެ ކޮންމެމީހަކު، އެކަލާނގެ ޙަޟްރަތަށް އަންނަހުށީ، އެކަނިމާއެކަންޏެވެ.
﴿٩٦﴾ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَٰنُ وُدًّا ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ރަޙްމާންވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ.
﴿٩٧﴾ فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لِتُبَشِّرَ بِهِ الْمُتَّقِينَ وَتُنذِرَ بِهِ قَوْمًا لُّدًّا ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ވާހަކަދައްކަވާ ބަހުން އެ ޤުރްއާން ފަސޭހަކޮށްދެއްވީ، ކަލޭގެފާނު އެ ފޮތުން ތަޤްވާވެރިންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވުމަށާއި، ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން އިންޛާރު ކުރެއްވުމަށްޓަކައެވެ.
﴿٩٨﴾ وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًا އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ކުރިން ކިތައްކިތައް އުއްމަތް ހަލާކު ކުރެއްވިންހެއްޔެވެ؟ އެއުރެންކުރެ އެކަކުވެސް، ކަލޭގެފާނަށް ފެނިވަޑައިގަންނަވާތޯއެވެ؟ ނުވަތަ އެއުރެންގެ އެއްވެސް އަޑެއްބަޑެއް، ކަލޭގެފާނަށް އިވިވަޑައިގަންނަވާތޯއެވެ؟
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (06-12-2024)
އިމްސާކް04:22  
ފަތިސް04:42  
އިރުއަރާ05:58  
މެންދުރު12:01  
އަޞްރު15:21  
މަޣްރިބް17:55  
ޢިޝާ19:12  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (06-12-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (06-12-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (06-12-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ