|
ކިޔެވުން: | | |
| ﴿١﴾ اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ | قيامة ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. |
| ﴿٢﴾ وَإِن يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ | އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ. |
| ﴿٣﴾ وَكَذَّبُوا وَاتَّبَعُوا أَهْوَاءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ | އަދި އެއުރެން (حق ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން تبع ވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ. |
| ﴿٤﴾ وَلَقَدْ جَاءَهُم مِّنَ الْأَنبَاءِ مَا فِيهِ مُزْدَجَرٌ | ހަމަކަށަވަރުން، خبر ތަކުގެ ތެރެއިން އެކަންކަމުގައި عبرة ހިމެނިގެންވާ خبر ތައް އެއުރެންގެ ގާތަށްއައެވެ. |
| ﴿٥﴾ حِكْمَةٌ بَالِغَةٌ ۖ فَمَا تُغْنِ النُّذُرُ | (މިއީ) ފުރިހަމަވެގެންވާ حكمة އެކެވެ. ފަހެ، إنذار ތައް (އެއުރެންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ. |
| ﴿٦﴾ فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ الدَّاعِ إِلَىٰ شَيْءٍ نُّكُرٍ | ފަހެ، ނުރުހެވޭކަމަކަށް ގޮވާމީހާ ގޮވާދުވަހު، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! |
| ﴿٧﴾ خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ | އެއުރެންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ حال، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ. |
| ﴿٨﴾ مُّهْطِعِينَ إِلَى الدَّاعِ ۖ يَقُولُ الْكَافِرُونَ هَٰذَا يَوْمٌ عَسِرٌ | ގޮވާފަރާތަށް (ދިޔުމަށް) އަވަސްވެގަންނަ حال ގައެވެ. كافر ވިމީހުން ބުނާނެތެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ. |
| ﴿٩﴾ ۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ | އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ. |
| ﴿١٠﴾ فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ | ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصر ދެއްވާނދޭވެ! |
| ﴿١١﴾ فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ | ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. |
| ﴿١٢﴾ وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِرَ | އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ. |
| ﴿١٣﴾ وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ | އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ. |
| ﴿١٤﴾ تَجْرِي بِأَعْيُنِنَا جَزَاءً لِّمَن كَانَ كُفِرَ | ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوح ގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ. |
| ﴿١٥﴾ وَلَقَد تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ | އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟ |
| ﴿١٦﴾ فَكَيْفَ كَانَ عَذَابِي وَنُذُرِ | ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ |
| ﴿١٧﴾ وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ |
| ﴿١٨﴾ كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ | عاد ބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ |
| ﴿١٩﴾ إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ | ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. |
| ﴿٢٠﴾ تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ | އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ. |
| ﴿٢١﴾ فَكَيْفَ كَانَ عَذَابِي وَنُذُرِ | ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ |
| ﴿٢٢﴾ وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟ |
| ﴿٢٣﴾ كَذَّبَتْ ثَمُودُ بِالنُّذُرِ | ثمود ބާގައިމީހުން إنذار ތައް ދޮގުކުރޫއެވެ. |
| ﴿٢٤﴾ فَقَالُوا أَبَشَرًا مِّنَّا وَاحِدًا نَّتَّبِعُهُ إِنَّا إِذًا لَّفِي ضَلَالٍ وَسُعُرٍ | ފަހެ އެއުރެން ބުނޫއެވެ. ތިމަންމެން تبع ވާންވީ ތިމަންމެންގެ ތެރެއިން އެންމެ آدم ގެދަރިޔަކަށް ހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، މަގުފުރެދުމާއި، މޮޔަކަމެއްގެ ތެރޭގައިކަން ކަށަވަރެވެ. |
| ﴿٢٥﴾ أَأُلْقِيَ الذِّكْرُ عَلَيْهِ مِن بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ | ތިމަންމެންގެ ތެރެއިން، ހަމަ އޭނާޔަށް وحى ބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއްތަ! އޭނާޔަކީ ބޮޑު ދޮގުވެރި، ބޮޑާ މީީހެކެވެ. |
| ﴿٢٦﴾ سَيَعْلَمُونَ غَدًا مَّنِ الْكَذَّابُ الْأَشِرُ | ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: عذاب އަންނަދުވަހު) އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ. |
| ﴿٢٧﴾ إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް امتحان އެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެއުރެން ކަންކުރާގޮތް ބައްލަވައި انتظار ކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ! |
| ﴿٢٨﴾ وَنَبِّئْهُمْ أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ | އަދި ކަލޭގެފާނު އެއުރެންނަށް އަންގަވާށެވެ! ހަމަކަށަވަރުން، ފެން ވަނީ އެއުރެންގެ މެދުގައި (އެބަހީ: އެއުރެންނާއި އެ ޖަމަލާ ދެމެދު) ބައްސަވައިފައެވެ. ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ ބުއިން (އެބަޔެއްގެ ދުވަހު) حاضر ކުރައްވާފައިވެއެވެ. |
| ﴿٢٩﴾ فَنَادَوْا صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ | ފަހެ، އެއުރެންގެ އެކުވެރިޔާއަށް އެއުރެން ގޮވޫއެވެ. ފަހެ، އޭނާ ކަނޑި ލިބިގަނެ، ޖަމަލު މަރައިލިއެވެ. |
| ﴿٣٠﴾ فَكَيْفَ كَانَ عَذَابِي وَنُذُرِ | ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުންހެއްޔެވެ؟ |
| ﴿٣١﴾ إِنَّا أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُوا كَهَشِيمِ الْمُحْتَظِرِ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެންވޫއެވެ. |
| ﴿٣٢﴾ وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ |
| ﴿٣٣﴾ كَذَّبَتْ قَوْمُ لُوطٍ بِالنُّذُرِ | لوط ގެފާނުގެ قوم ގެމީހުން إنذار ތައް ދޮގުކުރޫއެވެ. |
| ﴿٣٤﴾ إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ ۖ نَّجَّيْنَاهُم بِسَحَرٍ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ. |
| ﴿٣٥﴾ نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِي مَن شَكَرَ | ތިމަންރަސްކަލާނގެ حضرة ން ދެއްވި نعمة އެއްގެގޮތުގައެވެ. شكر ކުރާ މީހަކަށް އެފަދައިން ތިމަންރަސްކަލާނގެ ޖަޒާދެއްވަމެވެ. |
| ﴿٣٦﴾ وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا بِالنُّذُرِ | އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عقوبات ގެ ވާހަކައިން، އެކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިއެވެ. ފަހެ، އެއުރެން އެ إنذار ތަކާމެދު شك ކުރޫއެވެ. |
| ﴿٣٧﴾ وَلَقَدْ رَاوَدُوهُ عَن ضَيْفِهِ فَطَمَسْنَا أَعْيُنَهُمْ فَذُوقُوا عَذَابِي وَنُذُرِ | އަދި ހަމަކަށަވަރުން، އެކަލޭގެފާނުގެ މެހުމާނުންނާމެދު، ނުބައިކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހުން އެއުރެން އެދިގަތެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ލިބިގަންނާށެވެ! |
| ﴿٣٨﴾ وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ | އަދި ހަމަކަށަވަރުން، ފަތިހެއްގެ ފަތިސްވަގުތުގައި ދެމިހުންނަނިވި عذاب އައިސް އެއުރެންނަށް ޖެހުނެވެ. |
| ﴿٣٩﴾ فَذُوقُوا عَذَابِي وَنُذُرِ | ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ލިބިގަންނާށެވެ! |
| ﴿٤٠﴾ وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ |
| ﴿٤١﴾ وَلَقَدْ جَاءَ آلَ فِرْعَوْنَ النُّذُرُ | ހަމަކަށަވަރުން، فرعون ގެމީހުންގެ ގާތަށް إنذار ތައް އައެވެ. |
| ﴿٤٢﴾ كَذَّبُوا بِآيَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ | ތިމަންރަސްކަލާނގެ ދެއްކެވި ހުރިހާ معجزات ތައް އެއުރެން ދޮގުކުރޫއެވެ. ފަހެ، عزيز ވަންތަ، ކުޅަދުންވަންތަ ކަލެއްގެ ހިއްޕެވުމަކުން، ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. |
| ﴿٤٣﴾ أَكُفَّارُكُمْ خَيْرٌ مِّنْ أُولَٰئِكُمْ أَمْ لَكُم بَرَاءَةٌ فِي الزُّبُرِ | އެއުރެންނަށްވުރެ ތިޔަބައިމީހުންގެ كافر ން، ހެޔޮކަން ބޮޑީހެއްޔެެވެ؟ ނުވަތަ ބާވައިލެއްވި ފޮތްތަކުގައި عذاب ން މިންޖުވުމެއް، ތިޔަބައިމީހުންނަށްޓަކައި ވަނީހެއްޔެވެ؟ |
| ﴿٤٤﴾ أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ | ނުވަތަ ތިމަންމެން އެންމެންނީ، نصر ލިބިގެންވާ ބަޔެކޭ އެއުރެން ބުނަނީހެއްޔެވެ؟ |
| ﴿٤٥﴾ سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ | އެ (كافر ންގެ) جماعة ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ. |
| ﴿٤٦﴾ بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَىٰ وَأَمَرُّ | އަދި ކިއެއްތަ! އެއުރެންނަށް (عذاب ދެއްވުމަށް) ކަނޑައަޅުއްވާފައިވާ ވަގުތަކީ، قيامة ވުމުގެ ވަގުތެވެ. އަދި قيامة ވުމުގެ ވަގުތު (އެއުރެންގެ މައްޗަށް) ދަތިކަން މާބޮޑެވެ. އަދި ހިތިކަންވެސް މާބޮޑުމެއެވެ. |
| ﴿٤٧﴾ إِنَّ الْمُجْرِمِينَ فِي ضَلَالٍ وَسُعُرٍ | ހަމަކަށަވަރުން، ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ. |
| ﴿٤٨﴾ يَوْمَ يُسْحَبُونَ فِي النَّارِ عَلَىٰ وُجُوهِهِمْ ذُوقُوا مَسَّ سَقَرَ | (އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! |
| ﴿٤٩﴾ إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ. |
| ﴿٥٠﴾ وَمَا أَمْرُنَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ | އަދި ތިމަންރަސްކަލާނގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ. |
| ﴿٥١﴾ وَلَقَدْ أَهْلَكْنَا أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނާ އެއްފަދަވެގެންވާ މީހުން ހަލާކުކުރެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ނުވޭހެއްޔެވެ؟ |
| ﴿٥٢﴾ وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ | އަދި އެއުރެންކުޅަ ކޮންމެކަމެއް، ފަތްފުށްތަކުގައިވެއެވެ. |
| ﴿٥٣﴾ وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ | އަދި ކުދިބޮޑު އެންމެހާ ކަންތައް (اللّوح المحفوظ ގައި) ލިޔުއްވާފައިވެއެވެ. |
| ﴿٥٤﴾ إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ | ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ نعمة ގައެވެ. |
| ﴿٥٥﴾ فِي مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍ | ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرة ގައެވެ. |
|