|
ކިޔެވުން: | | |
| ﴿١﴾ وَالشَّمْسِ وَضُحَاهَا | އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ. |
| ﴿٢﴾ وَالْقَمَرِ إِذَا تَلَاهَا | އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ. |
| ﴿٣﴾ وَالنَّهَارِ إِذَا جَلَّاهَا | އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ. |
| ﴿٤﴾ وَاللَّيْلِ إِذَا يَغْشَاهَا | އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
| ﴿٥﴾ وَالسَّمَاءِ وَمَا بَنَاهَا | އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ. |
| ﴿٦﴾ وَالْأَرْضِ وَمَا طَحَاهَا | އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ. |
| ﴿٧﴾ وَنَفْسٍ وَمَا سَوَّاهَا | އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. |
| ﴿٨﴾ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا | ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ. |
| ﴿٩﴾ قَدْ أَفْلَحَ مَن زَكَّاهَا | އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
| ﴿١٠﴾ وَقَدْ خَابَ مَن دَسَّاهَا | އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
| ﴿١١﴾ كَذَّبَتْ ثَمُودُ بِطَغْوَاهَا | ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ. |
| ﴿١٢﴾ إِذِ انبَعَثَ أَشْقَاهَا | އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ. |
| ﴿١٣﴾ فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا | ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ! |
| ﴿١٤﴾ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا | ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ. |
| ﴿١٥﴾ وَلَا يَخَافُ عُقْبَاهَا | އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ. |
|