|
ކިޔެވުން: | | |
| ﴿١﴾ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ | ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. |
| ﴿٢﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ | ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. |
| ﴿٣﴾ اقْرَأْ وَرَبُّكَ الْأَكْرَمُ | ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. |
| ﴿٤﴾ الَّذِي عَلَّمَ بِالْقَلَمِ | އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ. |
| ﴿٥﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ | އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. |
| ﴿٦﴾ كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. |
| ﴿٧﴾ أَن رَّآهُ اسْتَغْنَىٰ | އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ. |
| ﴿٨﴾ إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ | ހަމަކަށަވަރުންް، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ. |
| ﴿٩﴾ أَرَأَيْتَ الَّذِي يَنْهَىٰ | ހަމަކަށަވަރުންް، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ. |
| ﴿١٠﴾ عَبْدًا إِذَا صَلَّىٰ | އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟ |
| ﴿١١﴾ أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ | އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟ |
| ﴿١٢﴾ أَوْ أَمَرَ بِالتَّقْوَىٰ | ތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟ |
| ﴿١٣﴾ أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ | ތިބާ خبر ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟ |
| ﴿١٤﴾ أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ | ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟ |
| ﴿١٥﴾ كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ. |
| ﴿١٦﴾ نَاصِيَةٍ كَاذِبَةٍ خَاطِئَةٍ | އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ. |
| ﴿١٧﴾ فَلْيَدْعُ نَادِيَهُ | ފަހެ، އޭނާޔާއެކު جلسة ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ! |
| ﴿١٨﴾ سَنَدْعُ الزَّبَانِيَةَ | ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ. |
| ﴿١٩﴾ كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩ | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި) اللَّه ގެ حضرة އަށް (ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ! |
|