|
ކިޔެވުން: | | |
| ﴿١﴾ وَالسَّمَاءِ وَالطَّارِقِ | އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ. |
| ﴿٢﴾ وَمَا أَدْرَاكَ مَا الطَّارِقُ | އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿٣﴾ النَّجْمُ الثَّاقِبُ | އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެެވެ. |
| ﴿٤﴾ إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ | އެއްވެސް نفس އެއް، އެ نفس އެއްގެ މައްޗަށް ރައްކާތެރިވާނޭ ملائكة އަކު ނެތިއެއް ނުވެއެވެ. |
| ﴿٥﴾ فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ | ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! |
| ﴿٦﴾ خُلِقَ مِن مَّاءٍ دَافِقٍ | ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! |
| ﴿٧﴾ يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ | އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ. |
| ﴿٨﴾ إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ | ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿٩﴾ يَوْمَ تُبْلَى السَّرَائِرُ | ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحان ކުރައްވާ ދުވަހެވެ. |
| ﴿١٠﴾ فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ | ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ. |
| ﴿١١﴾ وَالسَّمَاءِ ذَاتِ الرَّجْعِ | ވާރޭވެއްސާ އުޑު ގަންދެއްވަމެވެ. |
| ﴿١٢﴾ وَالْأَرْضِ ذَاتِ الصَّدْعِ | އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ. |
| ﴿١٣﴾ إِنَّهُ لَقَوْلٌ فَصْلٌ | ހަމަކަށަވަރުން، އެ قرآن އަކީ، حق އާއި، باطل ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ. |
| ﴿١٤﴾ وَمَا هُوَ بِالْهَزْلِ | އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ. |
| ﴿١٥﴾ إِنَّهُمْ يَكِيدُونَ كَيْدًا | ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ. |
| ﴿١٦﴾ وَأَكِيدُ كَيْدًا | އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ. |
| ﴿١٧﴾ فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا | ފަހެ، كافر ންނަށް ކަލޭގެފާނު مهلة އެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ! |
|