×
ޤުރުއާން
ހޯމް ޕޭޖަށް
ހައްދަވާ
×

ޤުރުއާން
ކިޔެވުން: ސްޕީޑް:
﴿١﴾ لَا أُقْسِمُ بِهَٰذَا الْبَلَدِ ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު، މިރަށް (އެބަހީ: މައްކާ) ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ.
﴿٢﴾ وَأَنتَ حِلٌّ بِهَٰذَا الْبَلَدِ ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު، މިރަށް (އެބަހީ: މައްކާ) ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ.
﴿٣﴾ وَوَالِدٍ وَمَا وَلَدَ އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: އާދަމުގެފާނާއި އާދަމުގެ ދަރިންނެވެ.)
﴿٤﴾ لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ.
﴿٥﴾ أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟
﴿٦﴾ يَقُولُ أَهْلَكْتُ مَالًا لُّبَدًا އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން ޚަރަދު ކޮށް ނެތިކޮށްފީމެވެ.
﴿٧﴾ أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟
﴿٨﴾ أَلَمْ نَجْعَل لَّهُ عَيْنَيْنِ ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟
﴿٩﴾ وَلِسَانًا وَشَفَتَيْنِ ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟
﴿١٠﴾ وَهَدَيْنَاهُ النَّجْدَيْنِ އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.
﴿١١﴾ فَلَا اقْتَحَمَ الْعَقَبَةَ ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟
﴿١٢﴾ وَمَا أَدْرَاكَ مَا الْعَقَبَةُ ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿١٣﴾ فَكُّ رَقَبَةٍ (އެއީ) އަޅަކު މިނިވަންކުރުމެވެ.
﴿١٤﴾ أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.
﴿١٥﴾ يَتِيمًا ذَا مَقْرَبَةٍ ގާތްތިމާގެ ޔަތީމަކަށެވެ.
﴿١٦﴾ أَوْ مِسْكِينًا ذَا مَتْرَبَةٍ ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ.
﴿١٧﴾ ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަޙްމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.
﴿١٨﴾ أُولَٰئِكَ أَصْحَابُ الْمَيْمَنَةِ ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ.
﴿١٩﴾ وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ.
﴿٢٠﴾ عَلَيْهِمْ نَارٌ مُّؤْصَدَةٌ އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ.
ފަހަތަށް **************************** ކުރިއަށް
މުދަލު ޒަކާތުގެ ނިޞާބު: 7312.55ރ
ދިވެހިއެމްވީގެ ޤުރުއާން އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރއިން ލިބެންއެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ދިވެހި ކަލަންޑަރު އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުން ލިބެން އެބަހުރި
އަޖުމަ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
ނަމާދު ވަޤުތު (06-12-2024)
އިމްސާކް04:22  
ފަތިސް04:42  
އިރުއަރާ05:58  
މެންދުރު12:01  
އަޞްރު15:21  
މަޣްރިބް17:55  
ޢިޝާ19:12  
ދިވެހިރާއްޖޭގެ ނަމާދު ވަޤުތު »
ކަލަންޑަރު (06-12-2024) ދިވެހިރާއްޖޭގެ ކަލަންޑަރު »
މޫސުން (06-12-2024)
ރަށް ފިނިހޫނުމިން މިއަދު މާދަމާ
ކ. މާލެ 29°C
ގދ. ކާނޑެއްދޫ 27°C
ލ. ކައްދޫ 28°C
ހދ. ހަނިމާދޫ 28°C
ސ. ގަން 27°C
ދިވެހިރާއްޖޭގެ މޫސުން »
ފައިސާ (06-12-2024)
  ބޭންކް ފައިސާ ގަންނަ ވިއްކާ
MIB USD 15.37 15.42
BML USD 15.00 15.42
MCB USD 15.40 15.42
BOC USD 15.40 15.42
HSBC USD 15.00 15.42
SBI USD 15.28 15.42
HBL USD 15.41 15.42
ދިވެހި ފައިސާ »

© 2013 - 2024 ދިވެހި(ޑޮޓް)އެމްވީގެ ފިކުރީމުދާ