|
﴿1﴾ الر ۚ تِلْكَ آيَاتُ الْكِتَابِ الْحَكِيمِ |
ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) މިއީ ޙިކުމަތްތެރި ފޮތުގެ (އެބަހީ: ޤުރްއާނުގެ) އާޔަތްތަކެވެ. |
﴿2﴾ أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَا إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ النَّاسَ وَبَشِّرِ الَّذِينَ آمَنُوا أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ قَالَ الْكَافِرُونَ إِنَّ هَٰذَا لَسَاحِرٌ مُّبِينٌ |
މީސްތަކުންނަށް އިންޛާރު ކުރެއްވުމަށާއި، އީމާން ވެއްޖެ މީސްތަކުންނަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އިސްކަމާއި، މަތިވެރި މަޤާމް ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް، ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ފިރިހެނަކަށް، ވަޙީ އިއްވެވިކަން މީސްތަކުންނަށް ޢަޖާއިބަކަށްވީހެއްޔެވެ؟ ކާފިރުވި މީހުން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ (އެބަހީ: މުޙައްމަދުގެފާނީ) ފާޅުވެ ބަޔާން ވެގެންވާ ޖާދޫގަރެކެވެ. |
﴿3﴾ إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ يُدَبِّرُ الْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِن بَعْدِ إِذْنِهِ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ فَاعْبُدُوهُ ۚ أَفَلَا تَذَكَّرُونَ |
ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ﷲއެވެ. އެކަލާނގެއީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން ޢަރްޝުގެ މައްޗަށް އެކަލާނގެ އިސްތިވާ ވެވޮޑިގެންވިއެވެ. އެކަލާނގެ (އެންމެހާ) ކަންތައްތައް މިންވަރު ކުރައްވައި ތަދްބީރު ކުރައްވަތެވެ. އެކަލާނގެ އިޛުނަފުޅަށް ފަހުގައި މެނުވީ (އެއްވެސް މީހަކަށް ޝަފާޢަތްތެރިވާނޭ) ޝަފާޢަތްތެރިޔަކު ނުވެއެވެ. އެއީ ތިޔަބައިމީހުންގެ ވެރި ﷲއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟ |
﴿4﴾ إِلَيْهِ مَرْجِعُكُمْ جَمِيعًا ۖ وَعْدَ اللَّهِ حَقًّا ۚ إِنَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ لِيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ بِالْقِسْطِ ۚ وَالَّذِينَ كَفَرُوا لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌ بِمَا كَانُوا يَكْفُرُونَ |
ތިޔަބައިމީހުން އެންމެން ރުޖޫޢަ ވުން ވަނީ، އެކަލާނގެ ޙަޟްރަތަށެވެ. (މިއީ) ﷲގެ ޙައްޤު ވަޢުދުފުޅެވެ. ހަމަކަށަވަރުން، ނެތުމުގެ ތެރެއިން ޚަލްޤުތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ ޚަލްޤުތަކުން އިޢާދަ ކުރައްވަނީ، އެކަލާނގެއެވެ. (އެއީ) އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް ޢަދުލުވެރި ގޮތުން ޖަޒާ ދެއްވުމަށްޓަކައެވެ. އަދި ކާފިރުވި މީހުންނަށް އެއުރެން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ކެކިކެކި ހުންނަ ހޫނުފެނުގެ ބުއިމަކާއި، ވޭންދެނިވި ޢަޛާބު ހުށްޓެވެ. |
﴿5﴾ هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ |
އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް މަންޒިލްތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ޙިސާބު ދެނެގަތުމަށްޓަކައެވެ. ޙައްޤު ގޮތުން މެނުވީ، ﷲ، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ އާޔަތްތައް ތަފްޞީލު ކޮށްދެއްވަތެވެ. |
﴿6﴾ إِنَّ فِي اخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا خَلَقَ اللَّهُ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَتَّقُونَ |
ހަމަކަށަވަރުން، ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި ﷲ ހެއްދެވި (އެންމެހައި) ތަކެތީގައި، ތަޤްވާވެރިވާ ބަޔަކަށް ދަލީލުތަކެއްވާކަން ކަށަވަރެވެ. |
﴿7﴾ إِنَّ الَّذِينَ لَا يَرْجُونَ لِقَاءَنَا وَرَضُوا بِالْحَيَاةِ الدُّنْيَا وَاطْمَأَنُّوا بِهَا وَالَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ |
ހަމަށަވަރުން، ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށްރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ. |
﴿8﴾ أُولَٰئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ |
ހަމަށަވަރުން، ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށްރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ. |
﴿9﴾ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ يَهْدِيهِمْ رَبُّهُم بِإِيمَانِهِمْ ۖ تَجْرِي مِن تَحْتِهِمُ الْأَنْهَارُ فِي جَنَّاتِ النَّعِيمِ |
ހަމަކަށަވަރުން، އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް، އެއުރެންގެ އީމާންކަމުގެ ސަބަބުން، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދައްކަވާނެތެވެ. ނިޢުމަތުގެ ސުވަރުގެތަކުގައި، އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ. |
﴿10﴾ دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ ۚ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ |
އެތާނގައި، އެއުރެންގެ ދުޢާއަކީ "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެއަށް އަޅަމެން ތަސްބީޙަ ދަންނަވަމެވެ." އަދި އެތާނގައި، "އެއުރެންގެ ތަޙިއްޔަތަކީ، "ސަލާމް" އެވެ. އަދި އެއުރެންގެ ދުޢާގެ ނިންމުމަކީ، "ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲއަށެވެ. |
﴿11﴾ ۞ وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُم بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ الَّذِينَ لَا يَرْجُونَ لِقَاءَنَا فِي طُغْيَانِهِمْ يَعْمَهُونَ |
ހެޔޮކަމާއި، ޘަވާބު އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، ﷲ އެއުރެންނަށް ނުބަޔާއި، ޢިޤާބު އަވަސްކޮށްދެއްވާނަމަ، އެއުރެންގެ އަޖަލު ޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ، (ޤިޔާމަތް ދުވަހުން) ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭމީހުން އެއުރެންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ ޙާލު، އެއުރެން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ. |
﴿12﴾ وَإِذَا مَسَّ الْإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَىٰ ضُرٍّ مَّسَّهُ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ |
އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ވެސް ނުކުރާކަހަލައެވެ. ކާފިރުންނަށް އެއުރެން ކޮށްއުޅުނު ޢަމަލުތައް ޒީނަތްތެރި ކުރައްވާފައިވަނީ އެފަދައިންނެވެ. |
﴿13﴾ وَلَقَدْ أَهْلَكْنَا الْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُوا ۙ وَجَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ وَمَا كَانُوا لِيُؤْمِنُوا ۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ |
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ ގާތަށް މުޢުޖިޒާތްތަކާއިގެން ރަސޫލުން ވަޑައިގަތުމުން، އެއުރެން އަނިޔާވެރިވީހިނދު، އެ އުއްމަތްތައް ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އެއުރެންނީ އީމާން ވާނޭ ބަޔަކު ކަމުގައި ނުވެތެވެ. ކުށްވެރިވި މީހުންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. |
﴿14﴾ ثُمَّ جَعَلْنَاكُمْ خَلَائِفَ فِي الْأَرْضِ مِن بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ |
ދެން އެއުރެންގެ ފަހުން ބިމުގައި ޚަލީފާއިން ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ ތިޔަބައިމީހުން ކަންތައްކުރަނީ ކޮންފަދައަކުންތޯ ބެއްލެވުމަށްޓަކައެވެ. |
﴿15﴾ وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ ۙ قَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا ائْتِ بِقُرْآنٍ غَيْرِ هَٰذَا أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِن تِلْقَاءِ نَفْسِي ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۖ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ |
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާން ވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނެތެވެ. ތިޔަނޫން އެހެން ޤުރްއާނެއް ގެނެސްދެއްވާށެވެ! ނުވަތަ އެ ޤުރްއާނަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ބަދަލުކުރުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަށް މެނުވީ، ތިމަންކަލޭގެފާނު ތަބަޢަ ވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ. |
﴿16﴾ قُل لَّوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُم بِهِ ۖ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِّن قَبْلِهِ ۚ أَفَلَا تَعْقِلُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެ އާޔަތްތައް ތިޔަބައިމީހުންނަށް ކިޔައެއް ނުދެއްވީމުހެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެ އާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފަހެ، މީގެކުރިން ތިޔަބައިމީހުންގެ ތެރޭގައި އެތައްދުވަހެއް ވަންދެން (އެބަހީ: ސާޅީސް އަހަރު ވަންދެން) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހުންނެވީމެވެ. (މިބާވަތުގެ ވާހަކައެއް ނުދައްކަވަމެވެ.) ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ |
﴿17﴾ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ إِنَّهُ لَا يُفْلِحُ الْمُجْرِمُونَ |
ﷲއާމެދު ހަދައިގެން ދޮގެއް ބުނިމީހަކަށްވުރެ، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ކުށްކުރާ މީހުން ނުދިނޭނެތެވެ. |
﴿18﴾ وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ ۚ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ |
އެއުރެން ﷲ ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، ﷲގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް ﷲ ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރު ދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކު ކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ. |
﴿19﴾ وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِيَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ |
އަދި މީސްތަކުން (އެންމެފުރަތަމަ) އެއް އުއްމަތެއްކަމުގައި މެނުވީ ނުވެއެވެ. ދެން (އެއަށްފަހު) އެއުރެން ޚިލާފު ވޫއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ޖަޒާދެއްވުން ޤިޔާމަތް ދުވަހަށް ފަސްކުރެއްވުމުގެ) ބަސްފުޅެއް އިސްވެފައި ނުވާނަމަ، އެކަންތަކާ ދޭތެރޭ އެއުރެން ޚިލާފުވާ ކަންތަކާމެދު (ދުނިޔެމަތީގައި) އެއުރެންގެ މެދުގައި ނިޔާކުރެއްވީހެވެ. |
﴿20﴾ وَيَقُولُونَ لَوْلَا أُنزِلَ عَلَيْهِ آيَةٌ مِّن رَّبِّهِ ۖ فَقُلْ إِنَّمَا الْغَيْبُ لِلَّهِ فَانتَظِرُوا إِنِّي مَعَكُم مِّنَ الْمُنتَظِرِينَ |
އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެކަލޭގެފާނަށް މުޢުޖިޒާއެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ! ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ޣައިބުތައް ދެނެވޮޑިގަތުންވާކަން ކަށަވަރީ، ﷲއަށެވެ. ފަހެ، ތިޔަބައިމީހުން އިންތިޒާރު ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު އިންތިޒާރު ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ. |
﴿21﴾ وَإِذَا أَذَقْنَا النَّاسَ رَحْمَةً مِّن بَعْدِ ضَرَّاءَ مَسَّتْهُمْ إِذَا لَهُم مَّكْرٌ فِي آيَاتِنَا ۚ قُلِ اللَّهُ أَسْرَعُ مَكْرًا ۚ إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ |
އަދި މީސްތަކުންނަށް ތަދުމަޑު ޙާލެއް ޖެހުމަށްފަހު، އެއުރެންނަށް ތިމަންރަސްކަލާނގެ ރަޙްމަތް ލައްވައި، ތިޔާގިކަމުގެ ރަހަ ދައްކަވާހިނދު، ތިމަންރަސްކަލާނގެ އާޔަތްތައް އެއުރެން ދޮގުކޮށް މަކަރު ހަދަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ މަކަރު ރައްދުކުރެއްވުމުގައި، ﷲ އަވަސްވެވޮޑިގަތުން ބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަލާއިކަތުން ތިޔަބައިމީހުން ހަދާ މަކަރުތައް ލިޔުއްވަތެވެ. |
﴿22﴾ هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ ۖ حَتَّىٰ إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا بِهَا جَاءَتْهَا رِيحٌ عَاصِفٌ وَجَاءَهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّوا أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ |
އެކަލާނގެއީ، އެއްގަމާއި، ކަނޑުގައި، ތިޔަބައިމީހުން ދަތުރުކުރާގޮތް ހިންމަވައިދެއްވާ ރަސްކަލާނގެއެވެ. ދެން ތިޔަބައިމީހުން، ނަވަށް އަރައި ނަލަ ރޯޅިއަކާއެކު އެއުރެންނާއިގެން އެ ނައު ދުއްވައިގަތުމުން، އެކަމާ އެއުރެން އުފާކޮށްކޮށް ތިއްބައި، އެ ނަވަށް ޖެހުނުގަދަ ކޮޅިގަނޑަކުން ހުރިހާ ފަރާތަކުން އެއުރެންނާ ދިމާޔަށް ރާޅުތައް އައިސް އެއުރެން ހަލާކުވެދާނެހެން ހީވީމާ، އެކަލާނގެއަށް އީމާންކަން ޚާލިޞް ކުރާ ޙާލުގައި، ﷲއަށް އެއުރެން ދުޢާ ކުރެތެވެ. މިކަމުން، އިބަރަސްކަލާނގެ އަޅަމެން ސަލާމަތްކުރައްވައިފިނަމަ، ހަމަކަށަވަރުން، ޝުކުރު ކުރާ މީހުންގެ ތެރެއިން އަޅަމެން ވާހުށީމުއެވެ. |
﴿23﴾ فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ ۗ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَىٰ أَنفُسِكُم ۖ مَّتَاعَ الْحَيَاةِ الدُّنْيَا ۖ ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ |
ދެން އެކަލާނގެ އެއުރެން ސަލާމަތްކުރެއްވި ހިނދު، އެހާރުން، ޙައްޤަކާނުލައި، އެއުރެން ބިމުގައި ފަސާދަ އުފައްދައި ދެކޮޅުވެރިވެތެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ދެކޮޅުވެރިކަމުގެ ގެއްލުން ހުރިކަންކަށަވަރީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. ދެން ތިޔަބައިމީހުން ރުޖޫޢަ ވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. |
﴿24﴾ إِنَّمَا مَثَلُ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ مِمَّا يَأْكُلُ النَّاسُ وَالْأَنْعَامُ حَتَّىٰ إِذَا أَخَذَتِ الْأَرْضُ زُخْرُفَهَا وَازَّيَّنَتْ وَظَنَّ أَهْلُهَا أَنَّهُمْ قَادِرُونَ عَلَيْهَا أَتَاهَا أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَاهَا حَصِيدًا كَأَن لَّمْ تَغْنَ بِالْأَمْسِ ۚ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَتَفَكَّرُونَ |
ދުނިޔޭގެ ދިރިއުޅުމުގެ މިޘާލު ވާކަން ކަށަވަރީ، ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ މިޘާލުކަމުގައެވެ. ފަހެ، އިންސާނުންނާއި، ނަޢަމް ސޫފި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާއެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ އަހުލުވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބައި (އެތަކެތި ހަލާކުވެދިއުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަންރަސްކަލާނގެ އަމުރުފުޅު އައެވެ. ފަހެ، އެހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަންރަސްކަލާނގެ އެތަކެތި ލެއްވީމެވެ. އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ. ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލު ކޮށްދެއްވަނީ އެފަދައިންނެވެ. |
﴿25﴾ وَاللَّهُ يَدْعُو إِلَىٰ دَارِ السَّلَامِ وَيَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ |
ﷲ ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެކަލާނގެ މަގު ދައްކަވަތެވެ. |
﴿26﴾ ۞ لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ |
ހެޔޮ ޢަމަލުކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ ﷲގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭ ހުށްޓެވެ. |
﴿27﴾ وَالَّذِينَ كَسَبُوا السَّيِّئَاتِ جَزَاءُ سَيِّئَةٍ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ اللَّهِ مِنْ عَاصِمٍ ۖ كَأَنَّمَا أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ اللَّيْلِ مُظْلِمًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ |
އަދި ނުބައި ޢަމަލުތައް ކުރި މީހުންނަށްހުރީ، ކޮންމެ ނުބައިކަމަކަށް އެފަދަ ޖަޒާއެވެ. އަދި އެއުރެންގެ މައްޗަށް ފެތުރިފައިވަނީ ނިކަމެތިކަމެވެ. ﷲގެ ޢަޛާބުން ރައްކާތެރިކުރާނޭ އެއްވެސް ފަރާތެއް އެއުރެންނަކަށް ނުވެއެވެ. އެއުރެންގެ މޫނުތައް، ކަޅު އަނދިރި ރޭގަނޑުން ބައެއްލައްވައި ނިވާކުރައްވާފައިވާ ކަހަލައެވެ. އެއުރެންނަކީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ. |
﴿28﴾ وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا مَكَانَكُمْ أَنتُمْ وَشُرَكَاؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَاؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ |
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) ދެން ޝަރީކުކުޅަ މީހުންނަށް، ތިމަންރަސްކަލާނގެ ވަޙީ ކުރައްވާހުށީމެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ޝަރީކުކުޅަ ތަކެތި ތިބިތާނގައި ތިބޭށެވެ! ފަހެ، އެއުރެންގެ މެދުގައިވާ ގުޅުންތައް ތިމަންރަސްކަލާނގެ ވަނީ ކަނޑުއްވައި ވަކިކުރައްވާފައެވެ. އަދި އެއުރެން ޝަރީކުކުޅަ ތަކެތި ބުނާނެތެވެ. ތިޔަބައިމީހުން އަޅުކަންކޮށް އުޅުނީ ތިމަންމެންނަކަށް ނޫނެވެ. |
﴿29﴾ فَكَفَىٰ بِاللَّهِ شَهِيدًا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَافِلِينَ |
ފަހެ، ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް ﷲ ފުދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުޅަ އަޅުކަމުން ތިމަންމެންވަނީ ޣާފިލު ވެގެންނެވެ. |
﴿30﴾ هُنَالِكَ تَبْلُو كُلُّ نَفْسٍ مَّا أَسْلَفَتْ ۚ وَرُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ |
އެތާނގައި ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް އިސްކުޅަ ޢަމަލެއްގެގޮތް އެނގޭނެތެވެ. އަދި އެއުރެންގެ އެހީތެރިވަންތަ، ޙައްޤުވަންތަ ﷲގެ ޙަޟްރަތަށް އެއުރެން ރައްދުކުރައްވާނެތެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން އުޅުނު ކަންތައްތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައިދާނެތެވެ. |
﴿31﴾ قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. (އެއީ) ﷲއެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟ |
﴿32﴾ فَذَٰلِكُمُ اللَّهُ رَبُّكُمُ الْحَقُّ ۖ فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ ۖ فَأَنَّىٰ تُصْرَفُونَ |
ފަހެ، އެއީ ﷲއެވެ. ތިޔަބައިމީހުންގެ ވެރި، ޙައްޤުވަންތަ ރަސްކަލާނގެއެވެ. ފަހެ، ޙައްޤު ގޮތަށްފަހުގައި ވަނީ މަގުފުރެދުންނޫން ކޮންއެއްޗެއް ހެއްޔެވެ؟ (އެބަހީ: ޙައްޤު ގޮތުން އެއްކިބާވެއްޖެނަމަ، ދެން ދެވޭނީ ފުރެދުމުގެ ތެރެއަށެވެ.) ފަހެ، ތިޔަބައިމީހުން (ޙައްޤު ގޮތް ފިޔަވައި) އެނބުރިދަނީ، ކޮންފަދައަކުން ހެއްޔެވެ؟ |
﴿33﴾ كَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى الَّذِينَ فَسَقُوا أَنَّهُمْ لَا يُؤْمِنُونَ |
ފާސިޤުވި މީހުންގެ މައްޗަށް، އެއުރެން އީމާން ނުވާނެކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅު ހަމައެފަދައިންވަނީ ޙައްޤު ވެގެންނެވެ. |
﴿34﴾ قُلْ هَلْ مِن شُرَكَائِكُم مَّن يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۚ قُلِ اللَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۖ فَأَنَّىٰ تُؤْفَكُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޝަރީކު ކުރާ ފަރާތްތަކުގެ ތެރޭގައި (ނެތުމުގެތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދައި، ދެން އަލުން އެ ޚަލްޤުތަކުން އިޢާދަ ކުރާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (ނެތުމުގެތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ ޚަލްޤުތަކުން އިޢާދަ ކުރައްވަނީ ﷲއެވެ. ފަހެ، ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟ |
﴿35﴾ قُلْ هَلْ مِن شُرَكَائِكُم مَّن يَهْدِي إِلَى الْحَقِّ ۚ قُلِ اللَّهُ يَهْدِي لِلْحَقِّ ۗ أَفَمَن يَهْدِي إِلَى الْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّي إِلَّا أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޝަރީކު ކުރާ ފަރާތްތަކުގެ ތެރޭގައި ޙައްޤަށް މަގުދައްކާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤަށް މަގުދައްކަވަނީ ﷲއެވެ. ފަހެ، ތަބަޢަ ވުން ޙައްޤު ކަންބޮޑީ ޙައްޤަށް މަގުދައްކާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ ތެދުމަގު ލިބިނުގަނެވޭ މީހަކާ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ތިޔަ ތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ޙުކުމް ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟ |
﴿36﴾ وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا ۚ إِنَّ اللَّهَ عَلِيمٌ بِمَا يَفْعَلُونَ |
އެއުރެންކުރެ ގިނަމީހުން ހީއަކާމެނުވީ ތަބަޢައެއް ނުވެތެވެ. ހަމަކަށަވަރުން، ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނެވެ. ހަމަކަށަވަރުން، ﷲއީ، އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿37﴾ وَمَا كَانَ هَٰذَا الْقُرْآنُ أَن يُفْتَرَىٰ مِن دُونِ اللَّهِ وَلَٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ |
ﷲ ނޫންފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި ޤުރްއާން ނުވެއެވެ. އެހެނެއްކަމަކު (އެ ޤުރްއާން ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ ޙުކުމްތައް ތަފްޞީލު ކޮށްދެއްވުމަށެވެ. އެ ފޮތާމެދު ޝައްކެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުންނެވެ. |
﴿38﴾ أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِسُورَةٍ مِّثْلِهِ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ |
އަދި ކިއެއްތަ! (އެ ޤުރްއާން) އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ! |
﴿39﴾ بَلْ كَذَّبُوا بِمَا لَمْ يُحِيطُوا بِعِلْمِهِ وَلَمَّا يَأْتِهِمْ تَأْوِيلُهُ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ |
އަދި ކިއެއްތަ! އެ ޤުރްއާނުގައިވާ އެއްޗެއް އެއުރެންނަށް ނޭނގެނީސް، އަދި އޭގެ މާނަ އެއުރެންނާ ހަމަޔަށް ނާންނަނީސް، އެއުރެން އެ ޤުރްއާން ދޮގުކުރޫއެވެ. ހަމަ އެފަދައިން އެއުރެންގެ ކުރީގެ މީހުންވެސް (އެއުރެންގެ ރަސޫލުން) ދޮގުކުރޫއެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ގަންނަވާށެވެ! |
﴿40﴾ وَمِنْهُم مَّن يُؤْمِنُ بِهِ وَمِنْهُم مَّن لَّا يُؤْمِنُ بِهِ ۚ وَرَبُّكَ أَعْلَمُ بِالْمُفْسِدِينَ |
އެއުރެންގެ ތެރޭގައި އެ ޤުރްއާނަށް އީމާންވާ ބަޔަކުވެއެވެ. އަދި އެއުރެންގެ ތެރޭގައި އެ ޤުރްއާނަށް އީމާން ނުވާ ބަޔަކުވެސްވެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފަސާދަ ކުރާމީހުން އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿41﴾ وَإِن كَذَّبُوكَ فَقُل لِّي عَمَلِي وَلَكُمْ عَمَلُكُمْ ۖ أَنتُم بَرِيئُونَ مِمَّا أَعْمَلُ وَأَنَا بَرِيءٌ مِّمَّا تَعْمَلُونَ |
އަދި އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނު ކުރެއްވި ޢަމަލެކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުން ކުޅަ ޢަމަލެކެވެ. ތިމަންކަލޭގެފާނު ކުރައްވާ ޢަމަލުތަކުން، ތިޔަބައިމީހުންވަނީ، ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކުން، ތިމަންކަލޭގެފާނު ވަނީ ބަރީއަވެގެންނެވެ. |
﴿42﴾ وَمِنْهُم مَّن يَسْتَمِعُونَ إِلَيْكَ ۚ أَفَأَنتَ تُسْمِعُ الصُّمَّ وَلَوْ كَانُوا لَا يَعْقِلُونَ |
އަދި އެއުރެންގެ ތެރޭގައި، ކަލޭގެފާނަށް ކަނުލައިއަހާ މީހުންވެއެވެ. ފަހެ، ބީރުބަޔަކަށް، އެއުރެންނަށް ނުވިސްނޭކަމުގައިވިޔަސް، ކަލޭގެފާނު އިއްވަވަނީތޯއެވެ؟ |
﴿43﴾ وَمِنْهُم مَّن يَنظُرُ إِلَيْكَ ۚ أَفَأَنتَ تَهْدِي الْعُمْيَ وَلَوْ كَانُوا لَا يُبْصِرُونَ |
އަދި އެއުރެންގެ ތެރޭގައި ކަލޭގެފާނަށް ބަލާމީހުންވެއެވެ. ފަހެ، ކަނުބަޔަކަށް، އެއުރެންނަށް ނުފެންނަކަމުގައިވިޔަސް، ކަލޭގެފާނު މަގުދައްކަވަނީތޯއެވެ؟ |
﴿44﴾ إِنَّ اللَّهَ لَا يَظْلِمُ النَّاسَ شَيْئًا وَلَٰكِنَّ النَّاسَ أَنفُسَهُمْ يَظْلِمُونَ |
ހަމަކަށަވަރުން، ﷲ، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރެތެވެ. |
﴿45﴾ وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوا إِلَّا سَاعَةً مِّنَ النَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّهِ وَمَا كَانُوا مُهْتَدِينَ |
އެކަލާނގެ އެއުރެން މަޙްޝަރަށް ފޮނުއްވާ ދުވަހު، ދުވާލުން ސާޢަތެއްގެ މިންވަރަށް މެނުވީ (ދުނިޔޭގައި ނުވަތަ ކަށްވަޅުގައި) އެއުރެން ނުތިބޭކަހަލައެވެ. އެއުރެންގެ މެދުގައި ތަޢާރަފް ވާނެތެވެ. ﷲއާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އަދި އެއުރެންނީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. |
﴿46﴾ وَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ اللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ |
އެއުރެންނަށް ތިމަންރަސްކަލާނގެ ވަޢުދު ކުރެއްވި ބައެއްކަންތައް ކަލޭގެފާނަށް ދެއްކެވިޔަސް، ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެންގެ ރުޖޫޢަ ވުންވަނީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ މައްޗަށް، ﷲ ހެކިވެވޮޑިގަންނަވާނެތެވެ. |
﴿47﴾ وَلِكُلِّ أُمَّةٍ رَّسُولٌ ۖ فَإِذَا جَاءَ رَسُولُهُمْ قُضِيَ بَيْنَهُم بِالْقِسْطِ وَهُمْ لَا يُظْلَمُونَ |
އަދި ކޮންމެ އުއްމަތަކަށްވެސް ރަސޫލަކުވެއެވެ. ފަހެ، (ޤިޔާމަތް ދުވަހުން) އެ އުއްމަތެއްގެ ރަސޫލަކު ވަޑައިގަތުމުން، އެއުރެންގެ މެދުގައި ޢަދުލަށް ޙުކުމް ކުރައްވާނެތެވެ. އަދި އެއުރަންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. |
﴿48﴾ وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ |
އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ ޢަޛާބުގެ) ވަޢުދު އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ |
﴿49﴾ قُل لَّا أَمْلِكُ لِنَفْسِي ضَرًّا وَلَا نَفْعًا إِلَّا مَا شَاءَ اللَّهُ ۗ لِكُلِّ أُمَّةٍ أَجَلٌ ۚ إِذَا جَاءَ أَجَلُهُمْ فَلَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމަކީވެސް، އަދި މަންފާއެއް ދިނުމަކީވެސް، ތިމަންކަލޭގެފާނުގެ ބާރުގެ ދަށުގައިވާ ކަމެއްނޫނެވެ. ﷲ އިރާދަކުރެއްވިކަމެއް މެނުވީއެވެ. ކޮންމެ އުއްމަތަކަށްވެސް އަޖަލެއްވެއެވެ. އެއުރެންގެ އަޖަލު އަތުވެއްޖެނަމަ، އެންމެ ސާޢަތެއްގެ އިރުވެސް އެއުރެންނަކަށް ލަހެއްނުކުރައްވާނެތެވެ. އަދި އަވަހެއްވެސް ނުމެކުރައްވާނޭމެއެވެ. |
﴿50﴾ قُلْ أَرَأَيْتُمْ إِنْ أَتَاكُمْ عَذَابُهُ بَيَاتًا أَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ الْمُجْرِمُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް އެކަލާނގެ ޢަޛާބު، ރޭގަނޑު (ނިދާފައި ތިއްބައި) ނުވަތަ ދުވާލު (މަސައްކަތުގައި ތިއްބައި) އަޔަސް (ތިޔަބައިމީހުންނަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟) ކުށްވެރިން (ލަސްވެގެން) އަވަސްވުންއެދި އެއުޅެނީ އެ ޢަޛާބުގެ ތެރެއިން ކޮންކަމެއް ހެއްޔެވެ؟ |
﴿51﴾ أَثُمَّ إِذَا مَا وَقَعَ آمَنتُم بِهِ ۚ آلْآنَ وَقَدْ كُنتُم بِهِ تَسْتَعْجِلُونَ |
އެ ޢަޛާބު އައިސްޖެހުނީމާ، ދެން ތިޔަބައިމީހުން އެކަލާނގެއަށް އީމާން ވީހެއްޔެވެ؟ (އަދި އަންގަވާނެތެވެ. ތިޔަބައިމީހުން ތިޔަ އީމާން ވަނީ) މިހާރު ހެއްޔެވެ؟ ތިޔަބައިމީހުން (ފުރައްސާރައިގެ ގޮތުން) އެ ޢަޛާބު (ނައިސް ލަސްވެގެން) އަވަސްވުންއެދި އުޅުނީމުއެވެ. |
﴿52﴾ ثُمَّ قِيلَ لِلَّذِينَ ظَلَمُوا ذُوقُوا عَذَابَ الْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ |
ދެން އަނިޔާވެރިވި މީހުންނަށް އަންގަވާނެތެވެ. ދެމިހުންނަނިވި ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! ތިޔަބައިމީހުން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން މެނުވީ، ތިޔަބައިމީހުންނަށް ޖަޒާ ލިބޭހެއްޔެވެ؟ |
﴿53﴾ ۞ وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ ۖ وَمَا أَنتُم بِمُعْجِزِينَ |
އެއީ، ހަމަ ޙައްޤު ތެދުތޯ ޚަބަރު ދެއްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، އެއީ، ހަމަ ޙައްޤު ތެދެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ. |
﴿54﴾ وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِي الْأَرْضِ لَافْتَدَتْ بِهِ ۗ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ ۖ وَقُضِيَ بَيْنَهُم بِالْقِسْطِ ۚ وَهُمْ لَا يُظْلَمُونَ |
އަނިޔާވެރި ކޮންމެ ނަފްސަކަށް، ބިމުގައިވާހާ ތަކެތި ލިބުނުނަމަ، (ޢަޛާބުން މިންޖުވުމަށް) އެތަކެތިން ފިދުޔަ ދިނީހެވެ. އަދި އެއުރެން ޢަޛާބު ދެކޭހިނދު، ހިތާމަވެރިކަން ހިތުތެރޭގައި އިޙުސާސް ކުރާނެތެވެ. އަދި އެއުރެންގެ މެދުގައި ޢަދުލަށް ނިޔާކުރައްވާ ހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ. |
﴿55﴾ أَلَا إِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۗ أَلَا إِنَّ وَعْدَ اللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ |
ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެތި މިލްކު ވެގެންވަނީ ﷲއަށެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. |
﴿56﴾ هُوَ يُحْيِي وَيُمِيتُ وَإِلَيْهِ تُرْجَعُونَ |
ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، ހަމަ، އެކަލާނގެ ޙަޟްރަތަށެވެ. |
﴿57﴾ يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ |
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ. |
﴿58﴾ قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ﷲގެ ފަޟްލުވަންތަ ކަމާއި، އެކަލާނގެ ރަޙްމަތަށްޓަކައި (އެބަހީ: އިސްލާމް ދީނާއި ޤުރްއާނަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ. |
﴿59﴾ قُلْ أَرَأَيْتُم مَّا أَنزَلَ اللَّهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَالًا قُلْ آللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى اللَّهِ تَفْتَرُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުންނަށް ބާވައިލެއްވި ރިޒްޤާމެދު، ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ފަހެ، ތިޔަބައިމީހުން އޭގެ ބައެއް ތަކެތި ޙަރާމް ތަކެއްޗަށް އަނެއްބައި ތަކެތި ޙަލާލު ތަކެއްޗަށް ހެދީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުންނަށް (އެކަމަށް) އިޛުނަ ދެއްވީހެއްޔެވެ؟ އަދި ކިއެއްތަ! ﷲއާމެދު ތިޔަބައިމީހުން ހަދައިގެން ދޮގެއް ބުނަނީއެވެ. |
﴿60﴾ وَمَا ظَنُّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ يَوْمَ الْقِيَامَةِ ۗ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ |
ﷲއާމެދު ހަދައިގެން ދޮގުބުނާ މީހުން، ޤިޔާމަތް ދުވަހު، ހީކުރަނީ ކީކޭހެއްޔެވެ؟ ހަމަކަށަވަރުން، ﷲއީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން ޝުކުރެއް ނުކުރެތެވެ. |
﴿61﴾ وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِن ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُّبِينٍ |
ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ޤުރްއާނުން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ވަންހަނާވެގެނެއްނުވެތެވެ. ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިމެނުވީ ނުވެތެވެ. |
﴿62﴾ أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ |
ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. |
﴿63﴾ الَّذِينَ آمَنُوا وَكَانُوا يَتَّقُونَ |
އެއުރެންނަކީ އީމާންވެ، ތަޤްވާވެރިވެ އުޅުނު މީހުންނެވެ. |
﴿64﴾ لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ لَا تَبْدِيلَ لِكَلِمَاتِ اللَّهِ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ |
ދުނިޔޭގެ ޙާޔާތުގައްޔާއި، އާޚިރަތުގައި އެއުރެންނަށް އުފާވެރިކަމުގެ ޚަބަރު ހުށްޓެވެ. ﷲގެ ކަލިމަފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ. |
﴿65﴾ وَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّ الْعِزَّةَ لِلَّهِ جَمِيعًا ۚ هُوَ السَّمِيعُ الْعَلِيمُ |
އެއުރެންގެ (ދޮގު) ވާހަކަތައް ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، ހުރިހާ ޢިއްޒަތެއް މިލްކު ވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿66﴾ أَلَا إِنَّ لِلَّهِ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ ۗ وَمَا يَتَّبِعُ الَّذِينَ يَدْعُونَ مِن دُونِ اللَّهِ شُرَكَاءَ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ |
ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކުގައިވާހާ ބަޔަކާއި، ބިމުގައިވާހާ ބަޔެއް މިލްކު ވެގެންވަނީ، ﷲއަށެވެ. ﷲ ނޫންފަރާތަކަށް، އަޅުކަންކުރާ މީހުން (ޙަޤީޤަތުގައި) ޝަރީކުންނަކާ ތަބަޢައެއް ނުވެތެވެ. އެއުރެން އެ ތަބަޢަ ވަނީ، ހީއަކަށް ކަމުގައިނޫނީ ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ އެއުރެން ނުވެތެވެ. |
﴿67﴾ هُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ |
އެކަލާނގެއީ، ތިޔަބައިމީހުން (އަރާމުކޮށް) ހަމަހިމޭންވުމަށް ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަންތައްތަކުގައި، އަޑުއަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. |
﴿68﴾ قَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ هُوَ الْغَنِيُّ ۖ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَانٍ بِهَٰذَا ۚ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ |
ﷲ ދަރިކަލަކު ހިއްޕެވިކަމަށް އެއުރެން ބުނެފޫއެވެ. އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކުގައިވާހާ ތަކެއްޗާއި ބިމުގައިވާހާ ތަކެތި މިލްކު ވެގެންވަނީ އެކަލާނގެއަށެވެ. ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް ދަލީލެއް ނެތެވެ. ތިޔަބައިމީހުންނަށް، އެނގިގެންނުވާ އެއްޗެއް ﷲއާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ |
﴿69﴾ قُلْ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ﷲއާމެދު ހަދައިގެން ދޮގުބުނާ މީހުން ނުދިނޭނެތެވެ. |
﴿70﴾ مَتَاعٌ فِي الدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ الْعَذَابَ الشَّدِيدَ بِمَا كَانُوا يَكْفُرُونَ |
ދުނިޔޭގައި (ލިބޭ) ވަގުތީ އުފަލެކެވެ. ދެން އެއުރެން ރުޖޫޢަ ވުން ވަނީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ދެން އެއުރެން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ގަދަފަދަވެގެންވާ ޢަޛާބުގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދައްކަވާހުށީމެވެ. |
﴿71﴾ ۞ وَاتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِ يَا قَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِي وَتَذْكِيرِي بِآيَاتِ اللَّهِ فَعَلَى اللَّهِ تَوَكَّلْتُ فَأَجْمِعُوا أَمْرَكُمْ وَشُرَكَاءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ اقْضُوا إِلَيَّ وَلَا تُنظِرُونِ |
ނޫޙުގެފާނުގެ ވާހަކަ އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވި ހިނދުގައެވެ. އޭ ތިމަންކަލޭގެފާނުގެ ޤައުމުގެމީހުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނެވުމާއި، ﷲގެ އާޔަތްތަކުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަނދާންކޮށް ދެއްވުން، ތިޔަބައިމީހުންގެ މައްޗަށް ބޮޑުކަމަކަށް ވެއްޖެނަމަ، ފަހެ، ތިމަންކަލޭގެފާނު، ﷲއަށް ވަކީލު ކުރައްވައިފީމެވެ. ދެން ތިޔަބައިމީހުންގެ ބައިވެރިންނާއެކު، ތިޔަބައިމީހުންގެ ކަންތަކާމެދު އެއްބަސްވާށެވެ! ދެން ތިޔަބައިމީހުންގެ ކަންތައް (ނިންމިގޮތް) ތިޔަބައިމީހުންނަށް އޮޅޭގޮތެއްގައި، ވަންހަނާވެފައި އޮވެގެނެއް ނުވާނެއެވެ. ދެން ތިޔަބައިމީހުން ނިންމިގޮތް، ތިމަންކަލޭގެފާނުގެ މައްޗަށް ހިންގާށެވެ! އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުހުލަތް ނުދޭށެވެ! |
﴿72﴾ فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُم مِّنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَى اللَّهِ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُسْلِمِينَ |
ފަހެ، ތިޔަބައިމީހުން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުންގެ ކިބަޔަކުން އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، ﷲގެ ޙަޟްރަތުގައި މެނުވީ ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ، ތިމަންކަލޭގެފާނު މުސްލިމުންގެ ތެރެއިން ވުމަށެވެ. |
﴿73﴾ فَكَذَّبُوهُ فَنَجَّيْنَاهُ وَمَن مَّعَهُ فِي الْفُلْكِ وَجَعَلْنَاهُمْ خَلَائِفَ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ |
ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިމީހުން ޣަރަޤު ކުރެއްވީމެވެ. ފަހެ، އިންޛާރު ވެވުނު މީހުންގެ ނިމުންހުރީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! |
﴿74﴾ ثُمَّ بَعَثْنَا مِن بَعْدِهِ رُسُلًا إِلَىٰ قَوْمِهِمْ فَجَاءُوهُم بِالْبَيِّنَاتِ فَمَا كَانُوا لِيُؤْمِنُوا بِمَا كَذَّبُوا بِهِ مِن قَبْلُ ۚ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ الْمُعْتَدِينَ |
ދެން އެކަލޭގެފާނަށް ފަހުގައި ތިމަންރަސްކަލާނގެ ރަސޫލުންތަކެއް އެބޭކަލުންގެ ޤައުމުގެމީހުންގެ ގާތަށް ފޮނުއްވީމެވެ. ފަހެ، ބަޔާން ވެގެންވާ ހެކިތައް އެއުރެންނަށް އެބޭކަލުން ގެނެސްދެއްވޫއެވެ. (ނަމަވެސް) ކުރިން އެއުރެން ދޮގުކުރި ކަންތަކަށް އީމާންވާ ބަޔަކު ކަމުގައި އެއުރެން ނުވިއެވެ. ހަމައެފަދައިން ދެކޮޅުވެރިވެ ހައްދުފަހަނަޅައިދާ މީހުންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ ސިއްކަގައްސަވާހުށީމެވެ. |
﴿75﴾ ثُمَّ بَعَثْنَا مِن بَعْدِهِم مُّوسَىٰ وَهَارُونَ إِلَىٰ فِرْعَوْنَ وَمَلَئِهِ بِآيَاتِنَا فَاسْتَكْبَرُوا وَكَانُوا قَوْمًا مُّجْرِمِينَ |
ދެން އެބޭކަލުންނަށް ފަހުގައި، ފިރްޢައުނާއި، އޭނާގެ ބޮޑުންގެ ގާތަށް، ތިމަންރަސްކަލާނގެ އާޔަތްތަކާއިގެން މޫސާގެފާނާއި، ހާރޫނުގެފާނު ފޮނުއްވީމެވެ. ދެން އެއުރެން ކިބުރުވެރިވެގަތޫއެވެ. އަދި ކުށްވެރި ބަޔަކު ކަމުގައި އެއުރެންވިއެވެ. |
﴿76﴾ فَلَمَّا جَاءَهُمُ الْحَقُّ مِنْ عِندِنَا قَالُوا إِنَّ هَٰذَا لَسِحْرٌ مُّبِينٌ |
ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން އެއުރެންގެ ގާތަށް ޙައްޤު އައުމުން، އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ބަޔާންވެގެންވާ ޖާދޫއެއްކަން ކަށަވަރެވެ. |
﴿77﴾ قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَ |
މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގާތަށް ޙައްޤު އައިހިނދު، އެ ޙައްޤަށް މިއީ ޖާދޫއެއްހޭ ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ އަދި ޖާދޫހަދާ މީހުން ނުދިނޭހުށްޓެވެ. |
﴿78﴾ قَالُوا أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ آبَاءَنَا وَتَكُونَ لَكُمَا الْكِبْرِيَاءُ فِي الْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ |
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ ކާބަފައިން އުޅޭތީ ތިމަންމެންނަށް ފެނުނުގޮތުން ތިމަންމެން އެއްކިބާކުރައްވައި ތިޔަ ދެބޭކަލުންނަށް ބިމުގައި ވެރިކަން ހޯއްދެވުމަށްތޯއެވެ؟ ތިޔަ ދެބޭކަލުންނަށް އީމާންވާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. |
﴿79﴾ وَقَالَ فِرْعَوْنُ ائْتُونِي بِكُلِّ سَاحِرٍ عَلِيمٍ |
ފިރްޢައުނު ބުންޏެވެ. މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ތިމަންގެ ގާތަށް ގެނެސްދޭށެވެ! |
﴿80﴾ فَلَمَّا جَاءَ السَّحَرَةُ قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ |
ފަހެ، އެ ޖާދޫގަރުން އައިހިނދު އެއުރެންނަށް މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ! |
﴿81﴾ فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّهَ سَيُبْطِلُهُ ۖ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ |
ފަހެ، އެއުރެން (އެތަކެތި) އުކިހިނދު، މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ގެނައީ ޖާދޫއެވެ. ހަމަކަށަވަރުން، ﷲ، އެ ޖާދޫ ބާޠިލު ކުރައްވާނެތެވެ. ހަމަކަށަވަރުން، ފަސާދަ ކުރާ މީހުންގެ ޢަމަލު، ﷲ އިޞްލާޙެއް ނުކުރައްވާހުށްޓެވެ. |
﴿82﴾ وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ |
އަދި ކުށްވެރިން ނުރުހުނަސް، ﷲ އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކުރައްވައި ފާޅުކުރައްވާނެތެވެ. |
﴿83﴾ فَمَا آمَنَ لِمُوسَىٰ إِلَّا ذُرِّيَّةٌ مِّن قَوْمِهِ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَئِهِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍ فِي الْأَرْضِ وَإِنَّهُ لَمِنَ الْمُسْرِفِينَ |
ފަހެ، މޫސާގެފާނަށް އެކަލޭގެފާނުގެ ޤައުމުގެ ބައެއް ދަރިކޮޅު މެނުވީ އީމާނެއް ނުވެތެވެ. (އެއީ) ފިރްޢައުނާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެއުރެންނަށް އަނިޔާކޮށް، ދީނުން އެއްކިބާކޮށްފާނެ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، ފިރްޢައުނަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި ފަސާދަވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ. |
﴿84﴾ وَقَالَ مُوسَىٰ يَا قَوْمِ إِن كُنتُمْ آمَنتُم بِاللَّهِ فَعَلَيْهِ تَوَكَّلُوا إِن كُنتُم مُّسْلِمِينَ |
އަދި މޫސާގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނެވެ! ތިޔަބައިމީހުން ﷲއަށް އީމާން ވެގެންވާނަމަ، ފަހެ، އެކަލާނގެއަށް ވަކީލު ކުރާށެވެ! ތިޔަބައިމީހުންނީ މުސްލިމުން ކަމުގައި ވާނަމައެވެ. |
﴿85﴾ فَقَالُوا عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ |
ފަހެ، އެއުރެން ދެންނެވޫއެވެ. ﷲއަށް އަޅަމެން ވަކީލު ކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ! |
﴿86﴾ وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ |
އަދި ކާފިރުވި މީހުންގެ ކިބައިން، އިބަރަސްކަލާނގެ ރަޙްމަތްފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ! |
﴿87﴾ وَأَوْحَيْنَا إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّآ لِقَوْمِكُمَا بِمِصْرَ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ ۗ وَبَشِّرِ الْمُؤْمِنِينَ |
ތިމަންރަސްކަލާނގެ މޫސާގެފާނާއި، އެކަލޭގެފާނުގެ އަޚު (ހާރޫނުގެފާނު) އަށް ވަޙީ ކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ ޤައުމުގެމީހުންނަށް މިޞްރުގައި ގޭގެ ހައްދަވާށެވެ! އަދި ތިޔަބައިމީހުންގެ ގޭގެ، ޤިބްލައަށް ބަހައްޓައި، ނަމާދު ޤާއިމް ކުރާށެވެ! އަދި ކަލޭގެފާނު މުއުމިނުތަކުންނަށް (ނަޞްރު ލިބޭނެކަމުގެ) އުފާވެރި ޚަބަރު ދެއްވާށެވެ! |
﴿88﴾ وَقَالَ مُوسَىٰ رَبَّنَا إِنَّكَ آتَيْتَ فِرْعَوْنَ وَمَلَأَهُ زِينَةً وَأَمْوَالًا فِي الْحَيَاةِ الدُّنْيَا رَبَّنَا لِيُضِلُّوا عَن سَبِيلِكَ ۖ رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ |
މޫސާގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ފިރްޢައުނަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި، ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަގައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި ޢަޛާބު ފެނިއްޖައުމަށް ދާނދެން، އެއުރެން އީމާނެއް ނުވާނެތެވެ. |
﴿89﴾ قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَاسْتَقِيمَا وَلَا تَتَّبِعَانِّ سَبِيلَ الَّذِينَ لَا يَعْلَمُونَ |
އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަ ދެބޭކަލުންގެ ދުޢާ އިޖާބަކުރައްވައިފީމެވެ. ފަހެ، ތިޔަ ދެބޭކަލުން ސީދާގޮތުގައި ތިއްބަވާށެވެ! ނުދަންނަ މީހުންގެ މަގަށް ތިޔަ ދެބޭކަލުން ތަބަޢަ ވެވަޑައި ނުގަންނަވާހުށިކަމެވެ! |
﴿90﴾ ۞ وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا ۖ حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ |
ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިން ގެންދެވީމެވެ. ފަހެ، ފިރްޢައުނާއި، އޭނާގެ ލަޝްކަރު ދެކޮޅުވެރިކަމާއި، ޢަދާވަތްތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ ފިރްޢައުނު، ޣަރަޤު ވީހިނދު އޭނާ ބުންޏެވެ. އިސްރާއީލުގެދަރިން އީމާން ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން އީމާން ވެއްޖައީމެވެ. އަދި އަހުރެން ވަނީ މުސްލިމުންގެ ތެރެއިންނެވެ. |
﴿91﴾ آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ |
(އެވަގުތު ފިރްޢައުނަށް އެންގެވިއެވެ. ކަލޭ ތިޔަ އީމާން ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ. |
﴿92﴾ فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ |
ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، ޢިބްރަތެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ ޤުދުރަތްތެރިކަމުގެ މައްޗަށް ދަލީލު ކުރާ ހެކިތަކާމެދު) ޣާފިލު ވެގެންކަން ކަށަވަރެވެ. |
﴿93﴾ وَلَقَدْ بَوَّأْنَا بَنِي إِسْرَائِيلَ مُبَوَّأَ صِدْقٍ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ فَمَا اخْتَلَفُوا حَتَّىٰ جَاءَهُمُ الْعِلْمُ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ |
ހަމަކަށަވަރުން، އިސްރާއީލުގެދަރިންނަށް ރަނގަޅު މޮޅު މަންޒިލެއް (އެބަހީ: މިޞްރާއި ޝާމް) ތިމަންރަސްކަލާނގެ ދެއްކެވީމެވެ. އަދި ރަނގަޅު ތަކެތިން، ތިމަންރަސްކަލާނގެ އެއުރެންނަށް ރިޒްޤު ދެއްވީމެވެ. ދެން އެއުރެންނާ ހަމަޔަށް ޢިލްމު އަތުވެއްޖެއުމަށް ދާނދެން، އެއުރެން ޚިލާފެއް ނުވެތެވެ. ހަމަކަށަވަރުން، އެއުރެން ޚިލާފުވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޤިޔާމަތް ދުވަހުން އެއުރެންގެ މެދުގައި ނިޔާކުރައްވާނެތެވެ. |
﴿94﴾ فَإِن كُنتَ فِي شَكٍّ مِّمَّا أَنزَلْنَا إِلَيْكَ فَاسْأَلِ الَّذِينَ يَقْرَءُونَ الْكِتَابَ مِن قَبْلِكَ ۚ لَقَدْ جَاءَكَ الْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ |
ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު، ކަލޭގެފާނު ޝައްކެއްގައިވާނަމަ، ކަލޭގެފާނުގެ ކުރިން ފޮތްކިޔައިއުޅުނު މީހުންނާ ސުއާލު ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ޙައްޤު ތެދު އަތުވެއްޖެއެވެ. ފަހެ، ޝައްކު ކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައި ނުގަންނަވާ ހުށިކަމެވެ! |
﴿95﴾ وَلَا تَكُونَنَّ مِنَ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ فَتَكُونَ مِنَ الْخَاسِرِينَ |
އަދި ﷲގެ އާޔަތްތައް ދޮގުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާހުށިކަމެވެ! ފަހެ، އޭރުން ކަލޭގެފާނު ވާހުށީ، ގެއްލި ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ. |
﴿96﴾ إِنَّ الَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ |
ހަމަކަށަވަރުން، އެއުރެންގެ މައްޗަށް (ޢަޛާބު ހުރިކަމަށް) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ޙައްޤު ވެގެންވާ މީހުން، އެއުރެންގެ ގާތަށް ކޮންމެ އާޔަތެއް އަޔަސް، އެއުރެންނަށް ވޭންދެނިވި ޢަޛާބު ފެނިއްޖައުމަށް ދާނދެން، އީމާނެއް ނުވާނެތެވެ. |
﴿97﴾ وَلَوْ جَاءَتْهُمْ كُلُّ آيَةٍ حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ |
ހަމަކަށަވަރުން، އެއުރެންގެ މައްޗަށް (ޢަޛާބު ހުރިކަމަށް) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ޙައްޤު ވެގެންވާ މީހުން، އެއުރެންގެ ގާތަށް ކޮންމެ އާޔަތެއް އަޔަސް، އެއުރެންނަށް ވޭންދެނިވި ޢަޛާބު ފެނިއްޖައުމަށް ދާނދެން، އީމާނެއް ނުވާނެތެވެ. |
﴿98﴾ فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ |
ފަހެ، ރަށެއްގެ މީހުން، އެއުރެންގެ އީމާންކަމުން މަންފާކުރާނޭ ގޮތުގައި، އީމާން ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، ޔޫނުސުގެފާނުގެ ޤައުމުގެމީހުން އީމާން ވުމުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ދުނިޔޭގެ ޙާޔާތުގައި ނިކަމެތިކަމުގެ ޢަޛާބު ދުރުކުރެއްވީމެވެ. އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. |
﴿99﴾ وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ |
ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން އީމާން ވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން މުއުމިނުން ކަމުގައިވުމަށް މަޖުބޫރު ކުރައްވަނީތޯއެވެ؟ |
﴿100﴾ وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ وَيَجْعَلُ الرِّجْسَ عَلَى الَّذِينَ لَا يَعْقِلُونَ |
އަދި ﷲގެ އިޛުނަފުޅަށް މެނުވީ، އީމާން ވުމެއް އެއްވެސް ނަފްސަކަށް ނެތެވެ. އަދި ނުވިސްނާ މީހުންނަށް، އެކަލާނގެ ޢަޛާބު ދެއްވާހުށްޓެވެ. |
﴿101﴾ قُلِ انظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَمَا تُغْنِي الْآيَاتُ وَالنُّذُرُ عَن قَوْمٍ لَّا يُؤْمِنُونَ |
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި އީމާން ނުވާ ބަޔަކަށް އާޔަތްތަކުންނާއި، އިންޛާރު ކުރައްވާ ރަސޫލުންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ. |
﴿102﴾ فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ الَّذِينَ خَلَوْا مِن قَبْلِهِمْ ۚ قُلْ فَانتَظِرُوا إِنِّي مَعَكُم مِّنَ الْمُنتَظِرِينَ |
ފަހެ، އެއުރެންގެ ކުރިން އިސްވެދިޔަ އުއްމަތްތަކަށް ޖެހުނުފަދަ ކަންތައްތަކެއް ޖެހުމަށްމެނުވީ، އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން އިންތިޒާރު ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް، ތިޔަބައިމީހުންނާއެކު އިންތިޒާރު ކުރާ މީހުންގެ ތެރެއިންވަމެވެ. |
﴿103﴾ ثُمَّ نُنَجِّي رُسُلَنَا وَالَّذِينَ آمَنُوا ۚ كَذَٰلِكَ حَقًّا عَلَيْنَا نُنجِ الْمُؤْمِنِينَ |
ދެން ތިމަންރަސްކަލާނގެ ރަސޫލުންނާއި، އީމާންވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމައެފަދައިން، މުއުމިނުން ދިންނަވައި ސަލާމަތް ކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް ޙައްޤެކެވެ. |
﴿104﴾ قُلْ يَا أَيُّهَا النَّاسُ إِن كُنتُمْ فِي شَكٍّ مِّن دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ وَلَٰكِنْ أَعْبُدُ اللَّهَ الَّذِي يَتَوَفَّاكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُؤْمِنِينَ |
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ދީނާމެދު ޝައްކެއްގައި ވާނަމަވެސް، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވާހުށީމެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާހުށީ، ﷲއަށެވެ. އެކަލާނގެއީ، ތިޔަބައިމީހުން މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ، މުއުމިނުންގެ ތެރެއިން ވުމަށެވެ. |
﴿105﴾ وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ الْمُشْرِكِينَ |
އަދި ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަ ވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތިކުރައްވާށެވެ! އަދި ކަލޭގެފާނު މުޝްރިކުންގެ ތެރެއިން ވެވަޑައި ނުގަންނަވާހުށިކަމެވެ! |
﴿106﴾ وَلَا تَدْعُ مِن دُونِ اللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِينَ |
އަދި ﷲ ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ. |
﴿107﴾ وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ |
އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ ފަޟްލުވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ ފަޟްލުވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. |
﴿108﴾ قُلْ يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الْحَقُّ مِن رَّبِّكُمْ ۖ فَمَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَا أَنَا عَلَيْكُم بِوَكِيلٍ |
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުންގެ ގާތަށް ޙައްޤު އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް ޙަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. |
﴿109﴾ وَاتَّبِعْ مَا يُوحَىٰ إِلَيْكَ وَاصْبِرْ حَتَّىٰ يَحْكُمَ اللَّهُ ۚ وَهُوَ خَيْرُ الْحَاكِمِينَ |
އަދި ކަލޭގެފާނަށް ވަޙީ ކުރައްވާ އެއްޗަކަށް، ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! އަދި (އެއުރެންނާމެދު) ﷲ ޙުކުމް ކުރައްވައިފުމަށް ދާނދެން (ދީނަށް ގޮވައިލެއްވުމުގައި) ކެތްކުރައްވައިގެން ހުންނަވާށެވެ! އެކަލާނގެއީ، ޙުކުމް ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. |
|