|
﴿1﴾ وَاللَّيْلِ إِذَا يَغْشَىٰ |
ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
﴿2﴾ وَالنَّهَارِ إِذَا تَجَلَّىٰ |
ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ. |
﴿3﴾ وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ |
އަދި ފިރިހެން، އަންހެން، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ. |
﴿4﴾ إِنَّ سَعْيَكُمْ لَشَتَّىٰ |
ހަމަކަށަވަރުން، އެއުރެންގެ ޢަމަލުތައް ތަފާތުވެގެންވާކަން ކަށަވަރެވެ. |
﴿5﴾ فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ |
ފަހެ (މުދަލުން) ހޭދަކޮށް (ﷲއަށް) ތަޤްވާވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ! |
﴿6﴾ وَصَدَّقَ بِالْحُسْنَىٰ |
ފަހެ (މުދަލުން) ހޭދަކޮށް (ﷲއަށް) ތަޤްވާވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ! |
﴿7﴾ فَسَنُيَسِّرُهُ لِلْيُسْرَىٰ |
ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. |
﴿8﴾ وَأَمَّا مَن بَخِلَ وَاسْتَغْنَىٰ |
އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! |
﴿9﴾ وَكَذَّبَ بِالْحُسْنَىٰ |
އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! |
﴿10﴾ فَسَنُيَسِّرُهُ لِلْعُسْرَىٰ |
ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. |
﴿11﴾ وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ |
އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. |
﴿12﴾ إِنَّ عَلَيْنَا لَلْهُدَىٰ |
ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ. |
﴿13﴾ وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ |
އަދި ހަމަކަށަވަރުން، އާޚިރަތާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ. |
﴿14﴾ فَأَنذَرْتُكُمْ نَارًا تَلَظَّىٰ |
ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިންޛާރު ކުރެއްވީމެވެ. |
﴿15﴾ لَا يَصْلَاهَا إِلَّا الْأَشْقَى |
ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ. |
﴿16﴾ الَّذِي كَذَّبَ وَتَوَلَّىٰ |
އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ. |
﴿17﴾ وَسَيُجَنَّبُهَا الْأَتْقَى |
އަދި ތަޤްވާވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ. |
﴿18﴾ الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ |
އެމީހާއީ، އެމީހާ ޠާހިރު ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ. |
﴿19﴾ وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ |
އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. |
﴿20﴾ إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ |
އެހެނެއްކަމަކު (އޭނާ ހޭދަކުރަނީ) އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ ވަޖްހުފުޅު އަދައިގެންނެވެ. |
﴿21﴾ وَلَسَوْفَ يَرْضَىٰ |
އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ. |
|