އައްރަޙްމާން
ފަހަތަށް
الرحمن ކުރިއަށް
﴿1﴾ الرَّحْمَٰنُ
ރަޙްމާންވަންތަ ރަސްކަލާނގެއެވެ.
﴿2﴾ عَلَّمَ الْقُرْآنَ
އެކަލާނގެ ޤުރްއާން އުނގަންނައިދެއްވިއެވެ.
﴿3﴾ خَلَقَ الْإِنسَانَ
އެކަލާނގެ އިންސާނާ ހެއްދެވިއެވެ.
﴿4﴾ عَلَّمَهُ الْبَيَانَ
އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ.
﴿5﴾ الشَّمْسُ وَالْقَمَرُ بِحُسْبَانٍ
އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.
﴿6﴾ وَالنَّجْمُ وَالشَّجَرُ يَسْجُدَانِ
އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، ސަޖިދަ ކުރެތެވެ.
﴿7﴾ وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ
އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި ޢަދުލު އިންޞާފު ލެއްވިއެވެ.
﴿8﴾ أَلَّا تَطْغَوْا فِي الْمِيزَانِ
މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ.
﴿9﴾ وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ
ޢަދުލު އިންޞާފުގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!
﴿10﴾ وَالْأَرْضَ وَضَعَهَا لِلْأَنَامِ
އަދި ޚަލްޤުތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ.
﴿11﴾ فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ
އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ.
﴿12﴾ وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ
އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ.
﴿13﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿14﴾ خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ
މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވިއެވެ.
﴿15﴾ وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ
އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ.
﴿16﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿17﴾ رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ
އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ މޫސުމަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.)
﴿18﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿19﴾ مَرَجَ الْبَحْرَيْنِ يَلْتَقِيَانِ
އެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ.
﴿20﴾ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ
އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ.
﴿21﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿22﴾ يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ
އެ ދެކަނޑުން ރަންމުތާއި، މަރުޖާން ފައިދާވެ ނުކުމެއެވެ.
﴿23﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿24﴾ وَلَهُ الْجَوَارِ الْمُنشَآتُ فِي الْبَحْرِ كَالْأَعْلَامِ
އަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު މިލްކު ވެގެންވަނީ، އެކަލާނގެއަށެވެ.
﴿25﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿26﴾ كُلُّ مَنْ عَلَيْهَا فَانٍ
އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.
﴿27﴾ وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ
އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ.
﴿28﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿29﴾ يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ ۚ كُلَّ يَوْمٍ هُوَ فِي شَأْنٍ
އުޑުތަކާއި، ބިމުގައިވާހާ ބަޔަކު އެކަލާނގެއަށް އެދި ދަންނަވަތެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން ޢިއްޒަތްތެރިކުރައްވައި، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް ރިޒްޤު ދެއްވައި، އަނެއްބަޔަކު މަޙްރޫމު ކުރައްވަތެވެ.)
﴿30﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿31﴾ سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ
އޭ ޖިންނީންނާއި، އިންސީންނާ ދެބާވަތުގެ މީހުންނޭވެ! ތިޔަ ދެބައިމީހުންގެ މެދުގައި ނިކަންހުރެ، ތިމަންރަސްކަލާނގެ ޙުކުމް ކުރައްވާ ހުށީމެވެ.
﴿32﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿33﴾ يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ
އޭ ޖިންނީންނާއި، އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ.
﴿34﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿35﴾ يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
ތިޔަ ދެބައިމީހުންގެ މައްޗަށް (ޤިޔާމަތް ދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނަޞްރެއް ނުލިބޭނެތެވެ.
﴿36﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿37﴾ فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ
ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ.
﴿38﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿39﴾ فَيَوْمَئِذٍ لَّا يُسْأَلُ عَن ذَنبِهِ إِنسٌ وَلَا جَانٌّ
ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް ސުވާލެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.)
﴿40﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿41﴾ يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ
(އެދުވަހުން) ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ، ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެއުރެން ގެންދަވާނެތެވެ.
﴿42﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿43﴾ هَٰذِهِ جَهَنَّمُ الَّتِي يُكَذِّبُ بِهَا الْمُجْرِمُونَ
މިއީ ކުށްވެރިން ދޮގުކޮށް އުޅުނު ނަރަކަޔެވެ.
﴿44﴾ يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ
އެ ނަރަކައިގެ އަލިފާނާއި، އަދި ކެކިކެކިހުންނަ ހޫނުފެނާ ދެމެދުގައި، އެއުރެން ހިނގަހިނގާ ތިބޭނެތެވެ.
﴿45﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿46﴾ وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ
އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ.
﴿47﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿48﴾ ذَوَاتَا أَفْنَانٍ
ހިޔާ ފެތުރިގެންވާ ގޮފިތަކުގެ ވެރި ދެ ސުވަރުގެއެވެ.
﴿49﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿50﴾ فِيهِمَا عَيْنَانِ تَجْرِيَانِ
ހިނގަހިނގާ ހުންނަ ފެންއާރުގެ ދެ އާރު، އެ ދެ ސުވަރުގޭގައިވެއެވެ.
﴿51﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿52﴾ فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ
ކޮންމެ މޭވާއަކުން ދެބާވަތް އެ ދެ ސުވަރުގޭގައިވެއެވެ.
﴿53﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿54﴾ مُتَّكِئِينَ عَلَىٰ فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى الْجَنَّتَيْنِ دَانٍ
(އެއުރެން ތިބޭހުށީ) ދާންތަކެއްގެ މަތީގައި ލެނގިގެންނެވެ. އެ ދާންތަކުގެ ބަތާނަ ވަނީވެސް އިސްތަބްރަޤުންނެވެ. (އެބަހީ: ފަލަ ފަށުއިންނެވެ.) އަދި އެ ދެ ސުވަރުގޭގެ މޭވާތައް (ބިންނަ މީހުންނަށް) ކައިރިވެގެންވެއެވެ.
﴿55﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿56﴾ فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ
ކަޅިތައް ޢިއްފަތްތެރި، ޙޫރުލްޢީނުން އެ ސުވަރުގެތަކުގައިވެއެވެ. އެއުރެންގެ ކުރިން އިންސިއަކުވެސް، އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.
﴿57﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿58﴾ كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ
(ރީތިކަމާއި، ސާފުކަމުގައި) އެކަނބަލުން ޔާޤޫތާއި، މަރުޖާން ފަދައެވެ.
﴿59﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿60﴾ هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ
ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ޘަވާބުކަމުގައި މެނުވީ ވާނެހެއްޔެވެ؟
﴿61﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿62﴾ وَمِن دُونِهِمَا جَنَّتَانِ
އަދި އެ ދެ ސުވަރުގެ ފިޔަވައި ދެ ސުވަރުގެވެއެވެ.
﴿63﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿64﴾ مُدْهَامَّتَانِ
(އެ ދެ ސުވަރުގޭގެ) ގަސްގަހުގެ ފަތްތައް ބޯވެ، ކަޅުފެހިކުލަ ލިބިގެންވެއެވެ.
﴿65﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿66﴾ فِيهِمَا عَيْنَانِ نَضَّاخَتَانِ
ފެން އަރައަރާ ހުންނަ ދެ އާރު، އެ ދެތާނގައިވެއެވެ.
﴿67﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿68﴾ فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ
އެ ދެތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ.
﴿69﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿70﴾ فِيهِنَّ خَيْرَاتٌ حِسَانٌ
ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ.
﴿71﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿72﴾ حُورٌ مَّقْصُورَاتٌ فِي الْخِيَامِ
(އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ ޙޫރުންތަކެކެވެ.
﴿73﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿74﴾ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ
އެއުރެންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.
﴿75﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿76﴾ مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ
ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި މަޚުމަލުގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ ޙާލުގައެވެ.
﴿77﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
﴿78﴾ تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ
ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ އިސްމުފުޅު މަތިވެރިވެގެންވެއެވެ.
ފަހަތަށް
ކުރިއަށް