އަލްޤާރިޢަ
ފަހަތަށް
القارعة ކުރިއަށް
﴿1﴾ الْقَارِعَةُ
ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހެވެ.
﴿2﴾ مَا الْقَارِعَةُ
ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
﴿3﴾ وَمَا أَدْرَاكَ مَا الْقَارِعَةُ
އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿4﴾ يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.
﴿5﴾ وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ
އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.
﴿6﴾ فَأَمَّا مَن ثَقُلَتْ مَوَازِينُهُ
ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!
﴿7﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ
ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.)
﴿8﴾ وَأَمَّا مَنْ خَفَّتْ مَوَازِينُهُ
އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ!
﴿9﴾ فَأُمُّهُ هَاوِيَةٌ
ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ.
﴿10﴾ وَمَا أَدْرَاكَ مَا هِيَهْ
އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
﴿11﴾ نَارٌ حَامِيَةٌ
އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.
ފަހަތަށް
ކުރިއަށް