އައްޒަލްޒަލަ
ފަހަތަށް
الزلزلة ކުރިއަށް
﴿1﴾ إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.
﴿2﴾ وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ ޚަޒާނާތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.
﴿3﴾ وَقَالَ الْإِنسَانُ مَا لَهَا
އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.
﴿4﴾ يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.
﴿5﴾ بِأَنَّ رَبَّكَ أَوْحَىٰ لَهَا
އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން އިލްހާމް ކުރެއްވީތީއެވެ.
﴿6﴾ يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ
އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ.
﴿7﴾ فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
ފަހެ، ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
﴿8﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ
އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
ފަހަތަށް
ކުރިއަށް