|
﴿1﴾ إِذَا السَّمَاءُ انفَطَرَتْ |
އުޑު ފަޅަފަޅައިގެންދާ ހިނދެވެ. |
﴿2﴾ وَإِذَا الْكَوَاكِبُ انتَثَرَتْ |
އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ. |
﴿3﴾ وَإِذَا الْبِحَارُ فُجِّرَتْ |
އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ. |
﴿4﴾ وَإِذَا الْقُبُورُ بُعْثِرَتْ |
އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ. |
﴿5﴾ عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ |
(އެހިނދު) ކޮންމެ ނަފްސަކަށް، އެ ނަފްސެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ. |
﴿6﴾ يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ |
އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟ |
﴿7﴾ الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ |
އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ. |
﴿8﴾ فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ |
އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، ތަރުކީބު ކުރެއްވިއެވެ. |
﴿9﴾ كَلَّا بَلْ تُكَذِّبُونَ بِالدِّينِ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (ޤިޔާމަތް ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ. |
﴿10﴾ وَإِنَّ عَلَيْكُمْ لَحَافِظِينَ |
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. |
﴿11﴾ كِرَامًا كَاتِبِينَ |
(އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. |
﴿12﴾ يَعْلَمُونَ مَا تَفْعَلُونَ |
ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ. |
﴿13﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ |
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، ނިޢުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ. |
﴿14﴾ وَإِنَّ الْفُجَّارَ لَفِي جَحِيمٍ |
އަދި ހަމަކަށަވަރުން، ކާފިރުންވަނީ، ނަރަކައިގައިކަން ކަށަވަރެވެ. |
﴿15﴾ يَصْلَوْنَهَا يَوْمَ الدِّينِ |
ޤިޔާމަތް ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ. |
﴿16﴾ وَمَا هُمْ عَنْهَا بِغَائِبِينَ |
އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ. |
﴿17﴾ وَمَا أَدْرَاكَ مَا يَوْمُ الدِّينِ |
ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
﴿18﴾ ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ |
ދެންވެސް ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
﴿19﴾ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ |
(އެއީ) އެއްވެސް ނަފްސެއް، އަނެއް ނަފްސަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، އަމުރުވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) ﷲއަށެވެ. |
|