އަލް އިޚްލާޞް
ފަހަތަށް
الإخلاص ކުރިއަށް
﴿1﴾ قُلْ هُوَ اللَّهُ أَحَدٌ
ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲއެވެ.
﴿2﴾ اللَّهُ الصَّمَدُ
ﷲއީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.
﴿3﴾ لَمْ يَلِدْ وَلَمْ يُولَدْ
އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.
﴿4﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.
ފަހަތަށް
ކުރިއަށް