އައްތީން
ފަހަތަށް
التين ކުރިއަށް
﴿1﴾ وَالتِّينِ وَالزَّيْتُونِ
ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ.
﴿2﴾ وَطُورِ سِينِينَ
އަދި ޠޫރުސައިނާ ގަންދެއްވަމެވެ.
﴿3﴾ وَهَٰذَا الْبَلَدِ الْأَمِينِ
އަދި އަމާން ކަން ލިބިގެންވާ މި ރަށް (އެބަހީ: މައްކާ) ގަންދެއްވަމެވެ.
﴿4﴾ لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ޞޫރައިގައި އިންސާނާ ހެއްދެވީމެވެ.
﴿5﴾ ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ
ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ.
﴿6﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ
އީމާންވެ ޞާލިޙު ޢަމަލުތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ.
﴿7﴾ فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
އެއަށްފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު އިންކާރު ކުރަން، ތިބާޔަށް ޖައްސަނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟
﴿8﴾ أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ
ޙުކުމް ކުރައްވާ އެންމެ ޢަދުލުވެރި ރަސްކަލާނގެ ކަމުގައި، ﷲ ވޮޑިގެންނުވޭހެއްޔެވެ؟
ފަހަތަށް
ކުރިއަށް