|
| ﴿1﴾ وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ |
| ޣީބަ ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ. |
| ﴿2﴾ الَّذِي جَمَعَ مَالًا وَعَدَّدَهُ |
| އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ. |
| ﴿3﴾ يَحْسَبُ أَنَّ مَالَهُ أَخْلَدَهُ |
| ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ. |
| ﴿4﴾ كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ. |
| ﴿5﴾ وَمَا أَدْرَاكَ مَا الْحُطَمَةُ |
| އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿6﴾ نَارُ اللَّهِ الْمُوقَدَةُ |
| (އެއީ) ﷲގެ އަނދައަނދާ ހުންނަ ނަރަކަޔެވެ. |
| ﴿7﴾ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ |
| އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ. |
| ﴿8﴾ إِنَّهَا عَلَيْهِم مُّؤْصَدَةٌ |
| ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ. |
| ﴿9﴾ فِي عَمَدٍ مُّمَدَّدَةٍ |
| (އެއުރެންވާހުށީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ. |
|