|
﴿1﴾ الْحَاقَّةُ |
ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހެވެ. |
﴿2﴾ مَا الْحَاقَّةُ |
ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ |
﴿3﴾ وَمَا أَدْرَاكَ مَا الْحَاقَّةُ |
ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
﴿4﴾ كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ |
ޘަމޫދު ބާގައިމީހުންނާއި، ޢާދު ބާގައިމީހުން ޤިޔާމަތް ދުވަސް ދޮގުކުރޫއެވެ. |
﴿5﴾ فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ |
ފަހެ، ޘަމޫދު ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ. |
﴿6﴾ وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ |
އަދި ޢާދު ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ. |
﴿7﴾ سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ |
އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ ޤައުމުގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. |
﴿8﴾ فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ |
ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟ |
﴿9﴾ وَجَاءَ فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ |
އަދި ފިރްޢައުނާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ. |
﴿10﴾ فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً |
ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ ޢަޛާބުގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ. |
﴿11﴾ إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ |
ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ. |
﴿12﴾ لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ |
އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ. |
﴿13﴾ فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ |
ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ. |
﴿14﴾ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً |
އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ. |
﴿15﴾ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ |
ފަހެ، އެދުވަހުން ޤިޔާމަތްވާ ހުށްޓެވެ. |
﴿16﴾ وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ |
އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ. |
﴿17﴾ وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ |
އަދި މަލާއިކަތުން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަރްޝުފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް މަލާއިކަތުންނެވެ. |
﴿18﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ |
އެދުވަހުން (ޙިސާބު ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ. |
﴿19﴾ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ |
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! |
﴿20﴾ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ |
ހަމަކަށަވަރުން، ތިމަންގެ ޙިސާބު ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް ޔަޤީން ވިއެވެ. |
﴿21﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ |
ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. |
﴿22﴾ فِي جَنَّةٍ عَالِيَةٍ |
މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. |
﴿23﴾ قُطُوفُهَا دَانِيَةٌ |
އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. |
﴿24﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ |
(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. |
﴿25﴾ وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ |
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ |
﴿26﴾ وَلَمْ أَدْرِ مَا حِسَابِيَهْ |
އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! |
﴿27﴾ يَا لَيْتَهَا كَانَتِ الْقَاضِيَةَ |
އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ! |
﴿28﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ |
ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. |
﴿29﴾ هَلَكَ عَنِّي سُلْطَانِيَهْ |
ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. |
﴿30﴾ خُذُوهُ فَغُلُّوهُ |
(ޒަބާނިއްޔަ މަލާއިކަތުންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! |
﴿31﴾ ثُمَّ الْجَحِيمَ صَلُّوهُ |
ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! |
﴿32﴾ ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ |
ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ! |
﴿33﴾ إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ |
ހަމަކަށަވަރުން، އޭނާ މާތް ﷲއަށް އީމާން ވާކަމުގައެއް ނުވެއެވެ. |
﴿34﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ |
އަދި މިސްކީނުންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ. |
﴿35﴾ فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ |
ފަހެ، މިއަދު މިތާކު އޭނާއަކަށް ރަޙްމަތްތެރިޔަކު ނުވެއެވެ. |
﴿36﴾ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ |
އަދި ޣިސްލީނު މެނުވީ (އެބަހީ: ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ. |
﴿37﴾ لَّا يَأْكُلُهُ إِلَّا الْخَاطِئُونَ |
ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ. |
﴿38﴾ فَلَا أُقْسِمُ بِمَا تُبْصِرُونَ |
ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
﴿39﴾ وَمَا لَا تُبْصِرُونَ |
ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި ވަޙީ ކުރައްވަމެވެ. |
﴿40﴾ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ |
ހަމަކަށަވަރުން، އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު ﷲގެ ޙަޟްރަތުން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ. |
﴿41﴾ وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ |
އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން އީމާން ވަނީ ވަރަށްވެސް ކުޑަކޮށެވެ. |
﴿42﴾ وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ |
އަދި އެއީ ކާހިނެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ. |
﴿43﴾ تَنزِيلٌ مِّن رَّبِّ الْعَالَمِينَ |
(އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ. |
﴿44﴾ وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ |
އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިއްޕެވީމުހެވެ. |
﴿45﴾ لَأَخَذْنَا مِنْهُ بِالْيَمِينِ |
އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިއްޕެވީމުހެވެ. |
﴿46﴾ ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ |
ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ. |
﴿47﴾ فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ |
ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ ޢަޛާބުން ދުރެއްނުކުރެވޭނެތެވެ. |
﴿48﴾ وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ |
ހަމަކަށަވަރުން، އެ ޤުރްއާނަކީ، ތަޤްވާވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ. |
﴿49﴾ وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ |
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. |
﴿50﴾ وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ |
އަދި ހަމަކަށަވަރުން، އެ ޤުރްއާނަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ. |
﴿51﴾ وَإِنَّهُ لَحَقُّ الْيَقِينِ |
އަދި ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޔަޤީން ވެގެންވާ ޙައްޤު ތެދުކަން ކަށަވަރެވެ. |
﴿52﴾ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ |
ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! |
|