|
| ﴿1﴾ إِذَا السَّمَاءُ انشَقَّتْ |
| އުޑުފަޅަފަޅައިގެންދާ ހިނދެވެ. |
| ﴿2﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ |
| އަދި އެ އުޑުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން ޙައްޤު ވެގެންވެއެވެ. |
| ﴿3﴾ وَإِذَا الْأَرْضُ مُدَّتْ |
| އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ. |
| ﴿4﴾ وَأَلْقَتْ مَا فِيهَا وَتَخَلَّتْ |
| އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ. |
| ﴿5﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ |
| އަދި އެ ބިމުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން ޙައްޤު ވެގެންވެއެވެ. |
| ﴿6﴾ يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ |
| އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ. |
| ﴿7﴾ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ |
| ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! |
| ﴿8﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا |
| ފަހެ، ލުއިފަސޭހަވެގެންވާ ޙިސާބު ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ޙިސާބު ބައްލަވާނެތެވެ. |
| ﴿9﴾ وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا |
| އަދި އުފަލުންހުރެ، އޭނާގެ އަހުލުވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ. |
| ﴿10﴾ وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ |
| އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ. |
| ﴿11﴾ فَسَوْفَ يَدْعُو ثُبُورًا |
| ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! |
| ﴿12﴾ وَيَصْلَىٰ سَعِيرًا |
| އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ. |
| ﴿13﴾ إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا |
| ހަމަކަށަވަރުން، އޭނާގެ އަހުލުވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ. |
| ﴿14﴾ إِنَّهُ ظَنَّ أَن لَّن يَحُورَ |
| ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ. |
| ﴿15﴾ بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا |
| އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ. |
| ﴿16﴾ فَلَا أُقْسِمُ بِالشَّفَقِ |
| ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ. |
| ﴿17﴾ وَاللَّيْلِ وَمَا وَسَقَ |
| އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ. |
| ﴿18﴾ وَالْقَمَرِ إِذَا اتَّسَقَ |
| އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ. |
| ﴿19﴾ لَتَرْكَبُنَّ طَبَقًا عَن طَبَقٍ |
| ހަމަކަށަވަރުން، ތިޔަބައިމީހުން އެއް ޙާލަތަކަށްފަހު، އަނެއް ޙާލަތަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ. |
| ﴿20﴾ فَمَا لَهُمْ لَا يُؤْمِنُونَ |
| އެއުރެން އީމާން ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟ |
| ﴿21﴾ وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩ |
| އަދި އެއުރެންނަށް ޤުރްއާން ކިޔަވައިދެވޭހިނދު، އެއުރެން ސަޖިދައެއް ނުކުރެތެވެ. |
| ﴿22﴾ بَلِ الَّذِينَ كَفَرُوا يُكَذِّبُونَ |
| އަދި ކިއެއްތަ! ކާފިރުވި މީހުން (އެ ޤުރްއާން) ދޮގުކުރޫއެވެ. |
| ﴿23﴾ وَاللَّهُ أَعْلَمُ بِمَا يُوعُونَ |
| އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، ﷲ ދެނެވޮޑިގަތުން ބޮޑެވެ. |
| ﴿24﴾ فَبَشِّرْهُم بِعَذَابٍ أَلِيمٍ |
| ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް ޚަބަރު ދެއްވާށެވެ! |
| ﴿25﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ |
| އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ. |
|