|
| ﴿1﴾ طسم |
| ط س م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) |
| ﴿2﴾ تِلْكَ آيَاتُ الْكِتَابِ الْمُبِينِ |
| މިއީ (ކަންތައްތައް) ބަޔާން ވެގެންވާ ފޮތުގެ (އެބަހީ: ޤުރްއާނުގެ) އާޔަތްތަކެވެ. |
| ﴿3﴾ لَعَلَّكَ بَاخِعٌ نَّفْسَكَ أَلَّا يَكُونُوا مُؤْمِنِينَ |
| އެއުރެން މުއުމިނުން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!) |
| ﴿4﴾ إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ السَّمَاءِ آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ |
| ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ މައްޗަށް އުޑުން މުޢުޖިޒާއެއް ބާވައިލައްވައިފީމުހެވެ. ފަހެ، އޭރުން އެއުރެންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެތެވެ. |
| ﴿5﴾ وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ الرَّحْمَٰنِ مُحْدَثٍ إِلَّا كَانُوا عَنْهُ مُعْرِضِينَ |
| ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުން އެމީހުންގެ ގާތަށް އަންނަ ކޮންމެ އައު އާޔަތަކަށް ފުރަގަސްދޭބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ. |
| ﴿6﴾ فَقَدْ كَذَّبُوا فَسَيَأْتِيهِمْ أَنبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ |
| ފަހެ، ހަމަކަށަވަރުން، އެއުރެން (އެތަކެތި) ދޮގުކުރޫއެވެ. ފަހެ، އެއުރެން އެކަންތަކަށް ފުރައްސާރަކޮށްއުޅުނު ކަންތަކުގެ ޚަބަރުތައް، ނިކަންހުރެ އެއުރެންގެ ގާތަށް އަންނަހުށްޓެވެ. |
| ﴿7﴾ أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ |
| ބިމުގެ (ޢަޖާއިބު) ކަންތައްތަކަށް އެއުރެން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަންރަސްކަލާނގެ ކިހާގިނަ ގަސްތަކެއް ފެޅުއްވީން ހެއްޔެވެ؟ |
| ﴿8﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ |
| ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. |
| ﴿9﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿10﴾ وَإِذْ نَادَىٰ رَبُّكَ مُوسَىٰ أَنِ ائْتِ الْقَوْمَ الظَّالِمِينَ |
| ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޫސާގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި ޤައުމުގެމީހުންގެ ގާތަށް ކަލޭގެފާނު (ރަސޫލުކަމާއިގެން) ވަޑައިގަންނަވާށެވެ! |
| ﴿11﴾ قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ |
| އެއީ ފިރްޢައުނުގެ ޤައުމުގެމީހުންނެވެ. އެއުރެން ﷲއަށް ބިރުވެތި ނުވަނީހެއްޔެވެ؟ |
| ﴿12﴾ قَالَ رَبِّ إِنِّي أَخَافُ أَن يُكَذِّبُونِ |
| އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ. |
| ﴿13﴾ وَيَضِيقُ صَدْرِي وَلَا يَنطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ |
| އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) ހާރޫނުގެފާނުގެ އަރިހަށް (ވަޙީއާއިގެން ޖިބްރީލުގެފާނު) ފޮނުއްވައި ދެއްވާށެވެ! |
| ﴿14﴾ وَلَهُمْ عَلَيَّ ذَنبٌ فَأَخَافُ أَن يَقْتُلُونِ |
| އެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު ޤަތުލު ކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ. |
| ﴿15﴾ قَالَ كَلَّا ۖ فَاذْهَبَا بِآيَاتِنَا ۖ إِنَّا مَعَكُم مُّسْتَمِعُونَ |
| އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަދެބޭކަލުން ތިމަންރަސްކަލާނގެ އާޔަތްތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަދެބޭކަލުންނާއެކު، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވަމެވެ. |
| ﴿16﴾ فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ |
| ފަހެ، ތިޔަދެބޭކަލުން ފިރްޢައުނުގެގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލުންނެވެ. |
| ﴿17﴾ أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ |
| އިސްރާއީލުގެދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ! |
| ﴿18﴾ قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ |
| އޭނާ (އެބަހީ: ފިރްޢައުނު، މޫސާގެފާނަށް) ދެންނެވިއެވެ. ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ ޢުމުރުފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ. |
| ﴿19﴾ وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنتَ مِنَ الْكَافِرِينَ |
| އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ ޙާލު، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ. |
| ﴿20﴾ قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ ޙާލުގައެވެ. |
| ﴿21﴾ فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ |
| ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (މަދްޔަނަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް ޙިކުމަތާއި، ވިސްނުން ދެއްވިއެވެ. އަދި ރަސޫލުންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ. |
| ﴿22﴾ وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدتَّ بَنِي إِسْرَائِيلَ |
| އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން ނިޢުމަތެއްކަމުގައި ތިޔަ ކަލަގޮވާ ނިޢުމަތަކީ، ކަލޭ އިސްރާއީލުގެދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން ނިޢުމަތެއް ހެއްޔެވެ؟) |
| ﴿23﴾ قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ |
| ފިރްޢައުނު ދެންނެވިއެވެ. (ކަލޭގެފާނު އެފަރާތަކުން ރަސޫލުކަމާއިގެން ވަޑައިގެންނެވި) ޢާލަމްތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟ |
| ﴿24﴾ قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ޔަޤީން ކުރާ ކަމުގައިވާނަމައެވެ. |
| ﴿25﴾ قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ |
| އޭނާގެ ވަށައިގެންތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭހެއްޔެވެ؟ |
| ﴿26﴾ قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ. |
| ﴿27﴾ قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ |
| އޭނާ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ ރަސޫލަކީ، މޮޔައެއްކަން ކަށަވަރެވެ. |
| ﴿28﴾ قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِن كُنتُمْ تَعْقِلُونَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ މަޝްރިޤާއި، މަޣްރިބާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ވިސްނާކަމުގައި ވާނަމައެވެ. |
| ﴿29﴾ قَالَ لَئِنِ اتَّخَذْتَ إِلَٰهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ |
| އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަންފިޔަވައި އެހެން އިލާހަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ. |
| ﴿30﴾ قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُّبِينٍ |
| އެކަލޭގެފާނު ވިދާޅުވިއެވެ. (ތިމަންކަލޭގެފާނުގެ ރަސޫލުކަމުގެ މައްޗަށް) ބަޔާން ވެގެންވާ ދަލީލެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟ |
| ﴿31﴾ قَالَ فَأْتِ بِهِ إِن كُنتَ مِنَ الصَّادِقِينَ |
| އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވާނަމަ، ފަހެ، ދަލީލު ގެންނަވައިބައްލަވާށެވެ! |
| ﴿32﴾ فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ |
| ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ. |
| ﴿33﴾ وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ |
| އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ. |
| ﴿34﴾ قَالَ لِلْمَلَإِ حَوْلَهُ إِنَّ هَٰذَا لَسَاحِرٌ عَلِيمٌ |
| އޭނާގެ ވަށައިގެންވާ ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން، މިއީ މޮޅަށް ދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ. |
| ﴿35﴾ يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِ فَمَاذَا تَأْمُرُونَ |
| އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން އަމުރު ކުރާގޮތަކީ ކޮބައިހެއްޔެވެ؟ |
| ﴿36﴾ قَالُوا أَرْجِهْ وَأَخَاهُ وَابْعَثْ فِي الْمَدَائِنِ حَاشِرِينَ |
| އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަޚު، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވާށެވެ! |
| ﴿37﴾ يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ |
| އޭރުން އެއުރެން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ. |
| ﴿38﴾ فَجُمِعَ السَّحَرَةُ لِمِيقَاتِ يَوْمٍ مَّعْلُومٍ |
| ފަހެ، އެނގިގެންވާ ދުވަހެއްގެ ކަނޑައެޅިގެންވާ ވަޤުތަކަށް ޖާދޫގަރުން އެއްކޮށްފިއެވެ. |
| ﴿39﴾ وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ |
| އަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނޫހެއްޔެވެ؟ |
| ﴿40﴾ لَعَلَّنَا نَتَّبِعُ السَّحَرَةَ إِن كَانُوا هُمُ الْغَالِبِينَ |
| އެ ޖާދޫގަރުންނަކީ، ގަދަވިމީހުން ކަމުގައި ވެއްޖެނަމަ، އަހުރެމެން އެއުރެންނަށް ތަބަޢަ ވުމަށްޓަކައެވެ. |
| ﴿41﴾ فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ الْغَالِبِينَ |
| ފަހެ، އެ ޖާދޫގަރުން އައިހިނދު، އެއުރެން ފިރްޢައުނަށް ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟ |
| ﴿42﴾ قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ الْمُقَرَّبِينَ |
| އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން އޭރުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ. |
| ﴿43﴾ قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ |
| މޫސާގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ! |
| ﴿44﴾ فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ |
| ފަހެ، އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެން އުކޫއެވެ. އަދި އެއުރެން ބުނޫއެވެ. ފިރްޢައުނުގެ ޢިއްޒަތް ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ. |
| ﴿45﴾ فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ |
| ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. ފަހެ، އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ. |
| ﴿46﴾ فَأُلْقِيَ السَّحَرَةُ سَاجِدِينَ |
| ފަހެ، އެ ޖާދޫގަރުން ސަޖިދައަށް ތިރިވެއްޖައޫއެވެ. |
| ﴿47﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ |
| އެއުރެން ބުނޫއެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާން ވެއްޖައީމުއެވެ. |
| ﴿48﴾ رَبِّ مُوسَىٰ وَهَارُونَ |
| (އެއީ) މޫސާގެފާނާއި، ހާރޫނުގެފާނުގެ ވެރިރަސްކަލާނގެއެވެ. |
| ﴿49﴾ قَالَ آمَنتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ |
| އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން އިޛުނަ ދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުށްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން ޞަލީބަށް އަރުވާހުށީމެވެ. |
| ﴿50﴾ قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ |
| އެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. |
| ﴿51﴾ إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَايَانَا أَن كُنَّا أَوَّلَ الْمُؤْمِنِينَ |
| ތިމަންމެން އެންމެފުރަތަމަ އީމާން ވީބަޔެއްކަމުގައިވުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ. |
| ﴿52﴾ ۞ وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي إِنَّكُم مُّتَّبَعُونَ |
| ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، ފިރްޢައުނާއި އޭނާގެ ލަޝްކަރު ދާނެތެވެ.) |
| ﴿53﴾ فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ |
| ފަހެ، ފިރްޢައުނު، މީހުން އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވިއެވެ. |
| ﴿54﴾ إِنَّ هَٰؤُلَاءِ لَشِرْذِمَةٌ قَلِيلُونَ |
| ހަމަކަށަވަރުން، މިބައިމީހުންނީ، (އެބަހީ: އިސްރާއީލުގެދަރިންނަކީ) ނިކަމެތި މަދުމީސްކޮޅެއްކަން ކަށަވަރެވެ. |
| ﴿55﴾ وَإِنَّهُمْ لَنَا لَغَائِظُونَ |
| އަދި ހަމަކަށަވަރުން، އެއުރެންނީ ތިމަންމެން ރުޅިއަރުވާ ބަޔަކުކަން ކަށަވަރެވެ. |
| ﴿56﴾ وَإِنَّا لَجَمِيعٌ حَاذِرُونَ |
| އަދި ހަމަކަށަވަރުން، ތިމަންމެންނީ (ކަންކަމަށް) ރައްކާތެރިވެ، ތައްޔާރަށްތިބޭ ބަޔަކީމުއެވެ. |
| ﴿57﴾ فَأَخْرَجْنَاهُم مِّن جَنَّاتٍ وَعُيُونٍ |
| ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) ޚަޒާނާތަކުންނާއި، މަތިވެރި މާތް މަޤާމްތަކުން އެއުރެން (އެބަހީ: ފިރްޢައުނާއި، އޭނާގެ ޤައުމުގެމީހުން) ބޭރުކުރެއްވީމެވެ. |
| ﴿58﴾ وَكُنُوزٍ وَمَقَامٍ كَرِيمٍ |
| ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) ޚަޒާނާތަކުންނާއި، މަތިވެރި މާތް މަޤާމްތަކުން އެއުރެން (އެބަހީ: ފިރްޢައުނާއި، އޭނާގެ ޤައުމުގެމީހުން) ބޭރުކުރެއްވީމެވެ. |
| ﴿59﴾ كَذَٰلِكَ وَأَوْرَثْنَاهَا بَنِي إِسْرَائِيلَ |
| އެކަންކުރީ އެފަދައިންނެވެ. އަދި އިސްރާއީލުގެދަރިންނަށް ތިމަންރަސްކަލާނގެ އެތަކެތި ވާރުތަކުރެއްވީމެވެ. |
| ﴿60﴾ فَأَتْبَعُوهُم مُّشْرِقِينَ |
| ފަހެ، އެއުރެން (އެބަހީ: ފިރްޢައުނާއި އޭނާގެ ޤައުމުގެމީހުން) އަނެއްބައި މީހުންގެ ފަހަތުންގޮސް އަރައިހަމަކުރީ، އިރުއެރި ވަގުތުގައެވެ. |
| ﴿61﴾ فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ |
| ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، މޫސާގެފާނުގެ އަޞްޙާބުން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. |
| ﴿62﴾ قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ |
| އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (ނަޞްރު ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ. |
| ﴿63﴾ فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِب بِّعَصَاكَ الْبَحْرَ ۖ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ |
| ފަހެ، ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ. |
| ﴿64﴾ وَأَزْلَفْنَا ثَمَّ الْآخَرِينَ |
| ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: ފިރްޢައުނާއި އޭނާގެ ޤައުމުގެމީހުން) އެތަނަށް ކައިރި ކުރެއްވީމެވެ. |
| ﴿65﴾ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ |
| އަދި ތިމަންރަސްކަލާނގެ މޫސާގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (ޣަރަޤުން) ސަލާމަތް ކުރެއްވީމެވެ. |
| ﴿66﴾ ثُمَّ أَغْرَقْنَا الْآخَرِينَ |
| ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފިރުން) ޣަރަޤު ކުރެއްވީމެވެ. |
| ﴿67﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ |
| ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. |
| ﴿68﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿69﴾ وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ |
| (އޭ މުޙައްމަދުގެފާނެވެ!) ކަލޭގެފާނު، އެއުރެންނަށް އިބްރާހީމުގެފާނުގެ ޚަބަރު ކިޔައިދެއްވާށެވެ! |
| ﴿70﴾ إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ |
| (އެއީ) އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް، ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހޭ، ވިދާޅުވި ހިނދެވެ. |
| ﴿71﴾ قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ |
| އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރަނީ، ބުދުތަކަކަށެވެ. ފަހެ، އެތަކެއްޗަށް އަޅުކަންކުރުންމަތީ ތިމަންމެން ދެމިތިބޭނޫއެވެ. |
| ﴿72﴾ قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެތަކެއްޗަށް ދުޢާ ކޮށް ގޮވާހިނދު، އެތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭހެއްޔެވެ؟ |
| ﴿73﴾ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ |
| ނުވަތަ އެތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭހެއްޔެވެ؟ |
| ﴿74﴾ قَالُوا بَلْ وَجَدْنَا آبَاءَنَا كَذَٰلِكَ يَفْعَلُونَ |
| އެއުރެން ދެންނެވޫއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ. |
| ﴿75﴾ قَالَ أَفَرَأَيْتُم مَّا كُنتُمْ تَعْبُدُونَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ |
| ﴿76﴾ أَنتُمْ وَآبَاؤُكُمُ الْأَقْدَمُونَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ |
| ﴿77﴾ فَإِنَّهُمْ عَدُوٌّ لِّي إِلَّا رَبَّ الْعَالَمِينَ |
| ފަހެ، ހަމަކަށަވަރުން، އެތަކެއްޗަކީ، ތިމަންކަލޭގެފާނުގެ ޢަދުއްވުންނެވެ. (އެތަކެއްޗަށް އަޅުކަމެއް ނުކުރައްވާނަމެވެ.) އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާނީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށެވެ. |
| ﴿78﴾ الَّذِي خَلَقَنِي فَهُوَ يَهْدِينِ |
| އެކަލާނގެއީ، ތިމަން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ. |
| ﴿79﴾ وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ |
| އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ. |
| ﴿80﴾ وَإِذَا مَرِضْتُ فَهُوَ يَشْفِينِ |
| އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ. |
| ﴿81﴾ وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ |
| އަދި އެކަލާނގެއީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ ރަސްކަލާނގެއެވެ. |
| ﴿82﴾ وَالَّذِي أَطْمَعُ أَن يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ |
| އަދި ޤިޔާމަތް ދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެކަލާނގެ ޙަޟްރަތުންނެވެ. |
| ﴿83﴾ رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ |
| އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމާއި، ވިސްނުން ދެއްވާނދޭވެ! އަދި ޞާލިޙުންގެތެރެއިން މިއަޅާ ލައްވާނދޭވެ! |
| ﴿84﴾ وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ |
| ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ޘަނާ ލައްވާނދޭވެ! |
| ﴿85﴾ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ |
| އަދި ނިޢުމަތުގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ! |
| ﴿86﴾ وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ |
| އަދި މިއަޅާގެ ބައްޕާއަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އޭނާވަނީ މަގުފުރެދުނު މީހުންގެ ތެރެއިންނެވެ. |
| ﴿87﴾ وَلَا تُخْزِنِي يَوْمَ يُبْعَثُونَ |
| އަދި އެއުރެން (އެބަހީ: މީސްތަކުން) މަޙްޝަރަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ! |
| ﴿88﴾ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ |
| އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. |
| ﴿89﴾ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ |
| ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ. |
| ﴿90﴾ وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ |
| އަދި ތަޤްވާވެރިންނަށް ސުވަރުގެ ކައިރިކުރައްވާނެތެވެ. |
| ﴿91﴾ وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ |
| އަދި ކާފިރުންނަށް ނަރަކަ ފާޅުކުރައްވާނެތެވެ. |
| ﴿92﴾ وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ |
| އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، ﷲ ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް ނަޞްރު ދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް ނަޞްރު ލިބޭހެއްޔެވެ؟ |
| ﴿93﴾ مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ |
| އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، ﷲ ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް ނަޞްރު ދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް ނަޞްރު ލިބޭހެއްޔެވެ؟ |
| ﴿94﴾ فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ |
| ފަހެ، އެ ބުދުތަކާއި، ކާފިރު ވީ މީހުންނާއި، އިބްލީސުގެ ލަޝްކަރާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ. |
| ﴿95﴾ وَجُنُودُ إِبْلِيسَ أَجْمَعُونَ |
| ފަހެ، އެ ބުދުތަކާއި، ކާފިރު ވީ މީހުންނާއި، އިބްލީސުގެ ލަޝްކަރާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ. |
| ﴿96﴾ قَالُوا وَهُمْ فِيهَا يَخْتَصِمُونَ |
| އެއުރެން އެ ނަރަކައިގައި އަރާރުންވާ ޙާލު ބުނާނެތެވެ. |
| ﴿97﴾ تَاللَّهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ |
| ﷲ ގަންދީބުނަމުއެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ބަޔާން ވެގެންވާ ފުރެދުމެއްގައެވެ. |
| ﴿98﴾ إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ |
| (އަޅުކަން ކުރުމުގައި) ޢާލަމްތަކުގެ ވެރިރަސްކަލާނގެއާ ތިޔަބައިމީހުންނާ ހަމަހަމަކޮށްގެން ތިމަންމެން އުޅުނު ހިނދުގައެވެ. |
| ﴿99﴾ وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ |
| އަދި ތިމަންމެން މަގުފުރެއްދީ، ކުށްވެރިން ފިޔަވައި އެހެން ބައެއްނޫނެވެ. |
| ﴿100﴾ فَمَا لَنَا مِن شَافِعِينَ |
| ފަހެ، ތިމަންމެންނަށް އެއްވެސް ޝަފާޢަތްތެރިޔަކު ނުވެއެވެ. |
| ﴿101﴾ وَلَا صَدِيقٍ حَمِيمٍ |
| އަދި ގާތް ރަޙްމަތްތެރިޔަކުވެސް ނުވެއެވެ. |
| ﴿102﴾ فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ |
| ތިމަންމެންނަށް އަދި އެއްފަހަރު (ދުނިޔެއަށް) ރުޖޫޢަ ވުމެއް ލިބޭނެ ނަމައެވެ. ފަހެ، އޭރުން ތިމަންމެން މުއުމިނުންގެ ތެރެއިން ވާހުށީމުއެވެ. |
| ﴿103﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ |
| ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. |
| ﴿104﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿105﴾ كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ |
| ނޫޙުގެފާނުގެ ޤައުމުގެމީހުން ރަސޫލުން ދޮގުކުރޫއެވެ. |
| ﴿106﴾ إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ |
| (އެއީ) އެއުރެންނަށް އެއުރެންގެ އަޚު، ނޫޙުގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟ |
| ﴿107﴾ إِنِّي لَكُمْ رَسُولٌ أَمِينٌ |
| ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. |
| ﴿108﴾ فَاتَّقُوا اللَّهَ وَأَطِيعُونِ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
| ﴿109﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ |
| އަދި އަހުރެން އެ ރަސޫލު ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ، އަހުރެންނަށް ޘަވާބު ދެއްވުމެއްނުވެއެވެ. |
| ﴿110﴾ فَاتَّقُوا اللَّهَ وَأَطِيعُونِ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
| ﴿111﴾ ۞ قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ |
| އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް ތަބަޢަ ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް އީމާން ވާނެތޯއެވެ؟ |
| ﴿112﴾ قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު ޢަމަލާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ |
| ﴿113﴾ إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي ۖ لَوْ تَشْعُرُونَ |
| ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ ޙިސާބު ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ. |
| ﴿114﴾ وَمَا أَنَا بِطَارِدِ الْمُؤْمِنِينَ |
| އަދި އީމާން ވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. |
| ﴿115﴾ إِنْ أَنَا إِلَّا نَذِيرٌ مُّبِينٌ |
| ބަޔާން ވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ. |
| ﴿116﴾ قَالُوا لَئِن لَّمْ تَنتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ |
| އެއުރެން ދެންނެވޫއެވެ. އޭ ނޫޙުގެފާނެވެ! ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން، ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުށްޓެވެ. |
| ﴿117﴾ قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ |
| އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ ޤައުމުގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ. |
| ﴿118﴾ فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ |
| ފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި އިންޞާފު ކުރައްވައި، މިއަޅާއާއި، މިއަޅާއާ އެކުގައިވާ މުއުމިނުތަކުން ސަލާމަތް ކުރައްވާނދޭވެ! |
| ﴿119﴾ فَأَنجَيْنَاهُ وَمَن مَّعَهُ فِي الْفُلْكِ الْمَشْحُونِ |
| ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ. |
| ﴿120﴾ ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ |
| ދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން ޣަރަޤު ކުރެއްވީމެވެ. |
| ﴿121﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ |
| ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ. |
| ﴿122﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿123﴾ كَذَّبَتْ عَادٌ الْمُرْسَلِينَ |
| ޢާދު ބާގައިމީހުން ރަސޫލުން ދޮގުކުރޫއެވެ. |
| ﴿124﴾ إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ |
| (އެއީ) އެއުރެންގެ އަޚު، ހޫދުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟ |
| ﴿125﴾ إِنِّي لَكُمْ رَسُولٌ أَمِينٌ |
| ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. |
| ﴿126﴾ فَاتَّقُوا اللَّهَ وَأَطِيعُونِ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
| ﴿127﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ |
| އަދި އަހުރެން އެ ރަސޫލު ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. |
| ﴿128﴾ أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ |
| ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ |
| ﴿129﴾ وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ |
| އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟ |
| ﴿130﴾ وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ |
| އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު (އެއްވެސް ރަޙްމެއްނެތި) ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ. |
| ﴿131﴾ فَاتَّقُوا اللَّهَ وَأَطِيعُونِ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
| ﴿132﴾ وَاتَّقُوا الَّذِي أَمَدَّكُم بِمَا تَعْلَمُونَ |
| ތިޔަބައިމީހުން ދަންނަ ނިޢުމަތްތަކުން ތިޔަބައިމީހުންނަށް މަދަދު ދެއްވި ރަސްކަލާނގެއަށް ތަޤްވާވެރިވާށެވެ! |
| ﴿133﴾ أَمَدَّكُم بِأَنْعَامٍ وَبَنِينَ |
| ނަޢަމް ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވިއެވެ. |
| ﴿134﴾ وَجَنَّاتٍ وَعُيُونٍ |
| ނަޢަމް ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވިއެވެ. |
| ﴿135﴾ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ |
| ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ. |
| ﴿136﴾ قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُن مِّنَ الْوَاعِظِينَ |
| އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ނަޞޭޙަތް ދެއްވިޔަސް، ނުވަތަ ނަޞޭޙަތް ދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ. |
| ﴿137﴾ إِنْ هَٰذَا إِلَّا خُلُقُ الْأَوَّلِينَ |
| މިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެތެވެ. |
| ﴿138﴾ وَمَا نَحْنُ بِمُعَذَّبِينَ |
| އަދި ޢަޛާބު ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. |
| ﴿139﴾ فَكَذَّبُوهُ فَأَهْلَكْنَاهُمْ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ |
| ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: ހޫދުގެފާނު) ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. |
| ﴿140﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿141﴾ كَذَّبَتْ ثَمُودُ الْمُرْسَلِينَ |
| ޘަމޫދު ބާގައިމީހުން، ރަސޫލުން ދޮގުކުރޫއެވެ. |
| ﴿142﴾ إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ |
| (އެއީ) އެއުރެންގެ އަޚު، ޞާލިޙުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟ |
| ﴿143﴾ إِنِّي لَكُمْ رَسُولٌ أَمِينٌ |
| ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. |
| ﴿144﴾ فَاتَّقُوا اللَّهَ وَأَطِيعُونِ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
| ﴿145﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ |
| އަދި އަހުރެން އެ ރަސޫލު ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. |
| ﴿146﴾ أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ |
| މި ދުނިޔެމަތީގައިވާ ނިޢުމަތްތަކުގައި، އަމާން ކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެ ހެއްޔެވެ؟ |
| ﴿147﴾ فِي جَنَّاتٍ وَعُيُونٍ |
| ބަގީޗާތަކާއި، ފެންއާރުތަކުގެ ތެރޭގައެވެ. |
| ﴿148﴾ وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ |
| އަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ. |
| ﴿149﴾ وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ |
| އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ. |
| ﴿150﴾ فَاتَّقُوا اللَّهَ وَأَطِيعُونِ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
| ﴿151﴾ وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ |
| އަދި ހައްދުފަހަނަޅައިދާ މީހުންގެ އަމުރަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ! |
| ﴿152﴾ الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ |
| އެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި އިޞްލާޙެއް ނުކުރާ މީހުންނެވެ. |
| ﴿153﴾ قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ |
| އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. |
| ﴿154﴾ مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ |
| ތިމަންމެންކަހަލަ އާދަމުގެދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، މުޢުޖިޒާއެއް ގެންނަވައި ބައްލަވާށެވެ! |
| ﴿155﴾ قَالَ هَٰذِهِ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ |
| އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ ޖަމަލެކެވެ. އެ އެއްޗަށް ބޯފެނުގެ ޙިއްޞާއެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ ޙިއްޞާއެއް ވެއެވެ. |
| ﴿156﴾ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ |
| އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބު އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ. |
| ﴿157﴾ فَعَقَرُوهَا فَأَصْبَحُوا نَادِمِينَ |
| ފަހެ، އެއުރެން އޭތި މަރައިލިއެވެ. ދެން ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. |
| ﴿158﴾ فَأَخَذَهُمُ الْعَذَابُ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ |
| ފަހެ، އެއުރެންނަށް ޢަޛާބު އައިސް ޖެހުނެވެ. ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. |
| ﴿159﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿160﴾ كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ |
| ލޫޠުގެފާނުގެ ޤައުމުގެމީހުން ރަސޫލުން ދޮގުކުރޫއެވެ. |
| ﴿161﴾ إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ |
| (އެއީ) އެއުރެންގެ އަޚު، ލޫޠުގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟ |
| ﴿162﴾ إِنِّي لَكُمْ رَسُولٌ أَمِينٌ |
| ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. |
| ﴿163﴾ فَاتَّقُوا اللَّهَ وَأَطِيعُونِ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
| ﴿164﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ |
| އަދި އަހުރެން އެ ރަސޫލު ކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. |
| ﴿165﴾ أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ |
| ޚަލްޤުތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ |
| ﴿166﴾ وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَاجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ |
| ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (ޙަލާލު ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ. |
| ﴿167﴾ قَالُوا لَئِن لَّمْ تَنتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ |
| އެއުރެން ދެންނެވޫއެވެ. އޭ ލޫޠުގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ. |
| ﴿168﴾ قَالَ إِنِّي لِعَمَلِكُم مِّنَ الْقَالِينَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ ޢަމަލަށް (އެބަހީ: ލިވާޠުގެ ޢަމަލަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ. |
| ﴿169﴾ رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ |
| އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ ޢަމަލުން މިއަޅާއާއި މިއަޅާގެ އަހުލުވެރިން ސަލާމަތް ކުރައްވާނދޭވެ! |
| ﴿170﴾ فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ |
| ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރި އެންމެން ސަލާމަތް ކުރެއްވީމެވެ. |
| ﴿171﴾ إِلَّا عَجُوزًا فِي الْغَابِرِينَ |
| ޢަޛާބު ލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ. |
| ﴿172﴾ ثُمَّ دَمَّرْنَا الْآخَرِينَ |
| ދެން ތިމަންރަސްކަލާނގެ (އެ ޤައުމުގެ) މީހުން ހަލާކުކުރެއްވީމެވެ. |
| ﴿173﴾ وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَاءَ مَطَرُ الْمُنذَرِينَ |
| އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، އިންޛާރު ކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ! |
| ﴿174﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ |
| ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. |
| ﴿175﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿176﴾ كَذَّبَ أَصْحَابُ الْأَيْكَةِ الْمُرْسَلِينَ |
| އަލްއައިކަތުގެ އަހުލުވެރިން ރަސޫލުން ދޮގުކުރޫއެވެ. |
| ﴿177﴾ إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ |
| (އެއީ) އެއުރެންނަށް ޝުޢައިބުގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟ |
| ﴿178﴾ إِنِّي لَكُمْ رَسُولٌ أَمِينٌ |
| ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. |
| ﴿179﴾ فَاتَّقُوا اللَّهَ وَأَطِيعُونِ |
| ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
| ﴿180﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ |
| އަދި އަހުރެން އެ ރަސޫލު ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. |
| ﴿181﴾ ۞ أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ |
| ތިޔަބައިމީހުން (މިނާ ތަކެތި) މިނުން ފުރިހަމަ ކުރާށެވެ! އަދި (މިނުމާއި ކިރުމުގައި) އުނިކުރާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! |
| ﴿182﴾ وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ |
| އަދި ތިޔަބައިމީހުން (ކިރާ ތަކެތި) ސީދާވެގެންވާ ތިލަފަތުން ކިރާށެވެ! |
| ﴿183﴾ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ |
| އަދި ތިޔަބައިމީހުން މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ! |
| ﴿184﴾ وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ |
| އަދި ތިޔަބައިމީހުންނާއި، އިސްވެދިޔަ ޖީލުތައް ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! |
| ﴿185﴾ قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ |
| އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. |
| ﴿186﴾ وَمَا أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ الْكَاذِبِينَ |
| އަދި ތިމަންމެންކަހަލަ އާދަމުގެދަރިޔެއް ކަމުގައި މެނުވީ، ކަލޭގެފާނު ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ހީކުރަނީ، ކަލޭގެފާނު ދޮގުވެރިންގެ ތެރެއިންވާ ކަމަށެވެ. |
| ﴿187﴾ فَأَسْقِطْ عَلَيْنَا كِسَفًا مِّنَ السَّمَاءِ إِن كُنتَ مِنَ الصَّادِقِينَ |
| ފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންގެ މައްޗަށް އުޑުން ތަންގަނޑެއް ވައްޓަވައިލައްވަ ބައްލަވާށެވެ! |
| ﴿188﴾ قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ |
| އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ. |
| ﴿189﴾ فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ |
| ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ވިލާގަނޑުގެ ދުވަހުގެ ޢަޛާބު، އެއުރެންނަށް ޖެހުނެވެ. ހަމަކަށަވަރުން، އެ ޢަޛާބު ވީ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަކަށެވެ. |
| ﴿190﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ |
| ހަމަކަށަވަރުން، އެކަންތަކުގައި (ﷲގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެތެވެ. |
| ﴿191﴾ وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ |
| އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
| ﴿192﴾ وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ |
| ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. |
| ﴿193﴾ نَزَلَ بِهِ الرُّوحُ الْأَمِينُ |
| ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނާއިގެން ފައިބައިވަޑައިގަތީ، ޖިބްރީލުގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޛާރު ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. |
| ﴿194﴾ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ |
| ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނާއިގެން ފައިބައިވަޑައިގަތީ، ޖިބްރީލުގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޛާރު ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. |
| ﴿195﴾ بِلِسَانٍ عَرَبِيٍّ مُّبِينٍ |
| (އެ ޤުރްއާން ބާވައިލެއްވީ) ބަޔާން ވެގެންވާ ޢަރަބި ބަހުންނެވެ. |
| ﴿196﴾ وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ |
| އަދި ހަމަކަށަވަރުން، އިސްވެދިޔަ ނަބިއްޔުންގެ ފޮތްތަކުގައިވެސް އެ ޤުރްއާނުގެ ވާހަކަ ވާކަން ކަށަވަރެވެ. |
| ﴿197﴾ أَوَلَمْ يَكُن لَّهُمْ آيَةً أَن يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ |
| އިސްރާއީލުގެދަރިންކުރެ، ޢިލްމުވެރިން އެކަންތައް ދަންނަކަން އެއީ، އެއުރެންނަށް (އެބަހީ: މައްކާގެ މުޝްރިކުންނަށް) ހެތްކެއްކަމުގައި ނުވޭހެއްޔެވެ؟ |
| ﴿198﴾ وَلَوْ نَزَّلْنَاهُ عَلَىٰ بَعْضِ الْأَعْجَمِينَ |
| އަދި ޢަޖަމީންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލައްވައި، ދެން އެމީހަކު އެ ޤުރްއާން އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް އީމާންވާ ބަޔަކު ކަމުގައި ނުވީހެވެ. |
| ﴿199﴾ فَقَرَأَهُ عَلَيْهِم مَّا كَانُوا بِهِ مُؤْمِنِينَ |
| އަދި ޢަޖަމީންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލައްވައި، ދެން އެމީހަކު އެ ޤުރްއާން އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް އީމާންވާ ބަޔަކު ކަމުގައި ނުވީހެވެ. |
| ﴿200﴾ كَذَٰلِكَ سَلَكْنَاهُ فِي قُلُوبِ الْمُجْرِمِينَ |
| ތިމަންރަސްކަލާނގެ އެފަދައިން ކުށްވެރިންގެ ހިތްތަކަށް ދޮގުކުރުން ވެއްދެވީމެވެ. |
| ﴿201﴾ لَا يُؤْمِنُونَ بِهِ حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ |
| ވޭންދެނިވި ޢަޛާބު އެއުރެންނަށް ފެނިއްޖައުމަށްދާނދެން އެއުރެން އެއަކަށް އީމާނެއް ނުވާނެތެވެ. |
| ﴿202﴾ فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ |
| ފަހެ، އެއުރެންނަށް ނުވެސް އެނގިތިއްބައި، އެ ޢަޛާބު އެއުރެންގެ ގާތަށް އަންނާނީ ކުއްލިއަކަށެވެ. |
| ﴿203﴾ فَيَقُولُوا هَلْ نَحْنُ مُنظَرُونَ |
| ފަހެ، އެއުރެން ބުނާނެތެވެ. (އީމާން ވުމަށްޓަކައި) ތިމަންމެންނަށް ލަސްކޮށްލައްވާނެ ހެއްޔެވެ؟ |
| ﴿204﴾ أَفَبِعَذَابِنَا يَسْتَعْجِلُونَ |
| ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ ޢަޛާބަށް ހެއްޔެވެ؟ |
| ﴿205﴾ أَفَرَأَيْتَ إِن مَّتَّعْنَاهُمْ سِنِينَ |
| ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. |
| ﴿206﴾ ثُمَّ جَاءَهُم مَّا كَانُوا يُوعَدُونَ |
| ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. |
| ﴿207﴾ مَا أَغْنَىٰ عَنْهُم مَّا كَانُوا يُمَتَّعُونَ |
| ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. |
| ﴿208﴾ وَمَا أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ |
| އެއްވެސް ރަށެއް، އެރަށުގެ އަހުލުވެރިންނަށް އިންޛާރު ކުރައްވާނޭ ރަސޫލުން ނުފޮނުއްވައެއް ތިމަންރަސްކަލާނގެ ހަލާކެއް ނުކުރައްވަމެވެ. |
| ﴿209﴾ ذِكْرَىٰ وَمَا كُنَّا ظَالِمِينَ |
| (އެއީ) ހަނދާންކޮށްދެއްވުމެކެވެ. އަދި އަނިޔާވެރި ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. |
| ﴿210﴾ وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ |
| އެ ޤުރްއާން ގެނެސްދިނީ ޝައިޠާނުންނެއް ނޫނެވެ. |
| ﴿211﴾ وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ |
| އަދި އެއީ ޝައިޠާނުންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ ޝައިޠާނުންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ. |
| ﴿212﴾ إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ |
| ހަމަކަށަވަރުން، އެ ޝައިޠާނުންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ. |
| ﴿213﴾ فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ |
| ފަހެ، ﷲއާއެކު އެހެން އިލާހަކަށް ކަލޭގެފާނު ދުޢާ ކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން ޢަޛާބު ލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ. |
| ﴿214﴾ وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ |
| ކަލޭގެފާނުގެ އެންމެ ގާތްތިމާގެ ޤަބީލާގެ މީހުންނަށް އިންޛާރު ކުރައްވާށެވެ! |
| ﴿215﴾ وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ |
| މުއުމިނުންގެ ތެރެއިން ކަލޭގެފާނަށް ތަބަޢަ ވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!) |
| ﴿216﴾ فَإِنْ عَصَوْكَ فَقُلْ إِنِّي بَرِيءٌ مِّمَّا تَعْمَلُونَ |
| ފަހެ، އެއުރެން ކަލޭގެފާނަށް އުރެދިއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ ޢަމަލުތަކުން ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. |
| ﴿217﴾ وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ |
| އަދި ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއަށް ކަލޭގެފާނު ވަކީލު ކުރައްވާށެވެ! |
| ﴿218﴾ الَّذِي يَرَاكَ حِينَ تَقُومُ |
| އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ. |
| ﴿219﴾ وَتَقَلُّبَكَ فِي السَّاجِدِينَ |
| އަދި ސަޖިދަ ކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު ޙަރަކާތްތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ. |
| ﴿220﴾ إِنَّهُ هُوَ السَّمِيعُ الْعَلِيمُ |
| ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
| ﴿221﴾ هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ الشَّيَاطِينُ |
| އެއުރެންގެ މައްޗަށް ޝައިޠާނުން ފައިބާ މީހުންގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟ |
| ﴿222﴾ تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ |
| އެ ޝައިޠާނުން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ. |
| ﴿223﴾ يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ |
| އެ ޝައިޠާނުން އަޑުއަހާ ތަކެތި (ކާހިނުންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ. |
| ﴿224﴾ وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ |
| ޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން ކާފިރުންނަށް) ތަބަޢަ ވާނީ މަގުފުރެދިގެންވާ މީހުންނެވެ. |
| ﴿225﴾ أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ |
| ހަމަކަށަވަރުން، (ބަހުގެ) ކޮންމެ ވާދީއެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ |
| ﴿226﴾ وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ |
| އަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ. |
| ﴿227﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللَّهَ كَثِيرًا وَانتَصَرُوا مِن بَعْدِ مَا ظُلِمُوا ۗ وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ |
| އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި ގިނަގިނައިން ﷲ ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، ނަޞްރު ލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން ރުޖޫޢަ ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ. |
|