އަލްޢަލަޤް
ފަހަތަށް
العلق ކުރިއަށް
﴿1﴾ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ.
﴿2﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ
ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.
﴿3﴾ اقْرَأْ وَرَبُّكَ الْأَكْرَمُ
ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.
﴿4﴾ الَّذِي عَلَّمَ بِالْقَلَمِ
އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ.
﴿5﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ
އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.
﴿6﴾ كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.
﴿7﴾ أَن رَّآهُ اسْتَغْنَىٰ
އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.
﴿8﴾ إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ
ހަމަކަށަވަރުން، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ.
﴿9﴾ أَرَأَيْتَ الَّذِي يَنْهَىٰ
އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
﴿10﴾ عَبْدًا إِذَا صَلَّىٰ
އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
﴿11﴾ أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ
ތިބާ ޚަބަރު ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ ތަޤްވާވެރިވުމަށް އަމުރު ކުރިނަމަވެސް ހެއްޔެވެ؟
﴿12﴾ أَوْ أَمَرَ بِالتَّقْوَىٰ
ތިބާ ޚަބަރު ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ ތަޤްވާވެރިވުމަށް އަމުރު ކުރިނަމަވެސް ހެއްޔެވެ؟
﴿13﴾ أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ
ތިބާ ޚަބަރު ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟
﴿14﴾ أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ
ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟
﴿15﴾ كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.
﴿16﴾ نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ.
﴿17﴾ فَلْيَدْعُ نَادِيَهُ
ފަހެ، އޭނާޔާއެކު ޖަލްސާ ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!
﴿18﴾ سَنَدْعُ الزَّبَانِيَةَ
ނިކަންހުރެ ތިމަންރަސްކަލާނގެ ޒަބާނިއްޔަ މަލާއިކަތުންނަށް ގޮވައިލައްވާހުށީމެވެ.
﴿19﴾ كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި ސަޖިދަ ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި (ﷲގެ ޙަޟްރަތަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!
ފަހަތަށް
ކުރިއަށް