|
| ﴿1﴾ أَلْهَاكُمُ التَّكَاثُرُ |
| (މުދަލާއި ދަރިން) ގިނަކަމަށް އެކަކުއަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲގެ މަތިން ހަނދުމަނެއްތައި) މަޝްޣޫލު ކޮށްފިއެވެ. |
| ﴿2﴾ حَتَّىٰ زُرْتُمُ الْمَقَابِرَ |
| ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ.) |
| ﴿3﴾ كَلَّا سَوْفَ تَعْلَمُونَ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. |
| ﴿4﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ |
| ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. |
| ﴿5﴾ كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ |
| ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ. |
| ﴿6﴾ لَتَرَوُنَّ الْجَحِيمَ |
| ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. |
| ﴿7﴾ ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ |
| ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ. |
| ﴿8﴾ ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ |
| ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުއާލު ކުރައްވާނެކަން ކަށަވަރެވެ. |
|