|
﴿1﴾ سَبِّحِ اسْمَ رَبِّكَ الْأَعْلَى |
ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! |
﴿2﴾ الَّذِي خَلَقَ فَسَوَّىٰ |
އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ. |
﴿3﴾ وَالَّذِي قَدَّرَ فَهَدَىٰ |
އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ. |
﴿4﴾ وَالَّذِي أَخْرَجَ الْمَرْعَىٰ |
އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ. |
﴿5﴾ فَجَعَلَهُ غُثَاءً أَحْوَىٰ |
އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ. |
﴿6﴾ سَنُقْرِئُكَ فَلَا تَنسَىٰ |
ތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ ޤުރްއާން) ހަނދުމަފުޅެއް ނުނެތޭނެތެވެ. |
﴿7﴾ إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ |
(ހަނދުމަފުޅު ނެތުމަށް) ﷲ އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. |
﴿8﴾ وَنُيَسِّرُكَ لِلْيُسْرَىٰ |
އަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ. |
﴿9﴾ فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ |
ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ! |
﴿10﴾ سَيَذَّكَّرُ مَن يَخْشَىٰ |
(ﷲއަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ. |
﴿11﴾ وَيَتَجَنَّبُهَا الْأَشْقَى |
އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ. |
﴿12﴾ الَّذِي يَصْلَى النَّارَ الْكُبْرَىٰ |
އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ. |
﴿13﴾ ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ |
ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ. |
﴿14﴾ قَدْ أَفْلَحَ مَن تَزَكَّىٰ |
(ކާފިރުކަމުން) ޠާހިރުވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
﴿15﴾ وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ |
(ކާފިރުކަމުން) ޠާހިރުވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
﴿16﴾ بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا |
އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލު ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ. |
﴿17﴾ وَالْآخِرَةُ خَيْرٌ وَأَبْقَىٰ |
އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލު ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ. |
﴿18﴾ إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ |
ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ. |
﴿19﴾ صُحُفِ إِبْرَاهِيمَ وَمُوسَىٰ |
އިބްރާހީމުގެފާނާއި، މޫސާގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ. |
|