|
﴿1﴾ سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ |
އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ. |
﴿2﴾ لِّلْكَافِرِينَ لَيْسَ لَهُ دَافِعٌ |
އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ. |
﴿3﴾ مِّنَ اللَّهِ ذِي الْمَعَارِجِ |
އެދޭމީހަކު (ފުރައްސާރައިގެގޮތުން) ޢަޛާބަކަށްއެދި ގޮވިއެވެ. (އެއީ) ކާފިރުންނަށްޖެހޭނޭ ޢަޛާބެކެވެ. އުޑުތަކުގެ ވެރި ﷲގެ ޙަޟްރަތުން އަންނަ ޢަޛާބު ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ. |
﴿4﴾ تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ |
ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، މަލާއިކަތުންނާއި، ޖިބްރީލުގެފާނު، އެކަލާނގެ ޙަޟްރަތަށް އަރާވަޑައިގަންނަވާނެތެވެ. |
﴿5﴾ فَاصْبِرْ صَبْرًا جَمِيلًا |
ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ! |
﴿6﴾ إِنَّهُمْ يَرَوْنَهُ بَعِيدًا |
ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ. |
﴿7﴾ وَنَرَاهُ قَرِيبًا |
އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ. |
﴿8﴾ يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ |
ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ. |
﴿9﴾ وَتَكُونُ الْجِبَالُ كَالْعِهْنِ |
އަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ. |
﴿10﴾ وَلَا يَسْأَلُ حَمِيمٌ حَمِيمًا |
އަދި، އެދުވަހުން ގާތް ރަޙްމަތްތެރިޔަކު، ރަޙްމަތްތެރިޔަކާމެދު ސުއާލެއް ނުކުރާނެތެވެ. |
﴿11﴾ يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ |
އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ ޢަޛާބުން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، ފިދުޔައެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ. |
﴿12﴾ وَصَاحِبَتِهِ وَأَخِيهِ |
އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ އަޚު ވެސްމެއެވެ. |
﴿13﴾ وَفَصِيلَتِهِ الَّتِي تُؤْوِيهِ |
އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ. |
﴿14﴾ وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ |
އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ ފިދުޔަ އޭނާ ސަލާމަތް ކުރޭތޯއެވެ. |
﴿15﴾ كَلَّا ۖ إِنَّهَا لَظَىٰ |
ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ. |
﴿16﴾ نَزَّاعَةً لِّلشَّوَىٰ |
(އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ ޙާލުގައެވެ. |
﴿17﴾ تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ |
ފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ. |
﴿18﴾ وَجَمَعَ فَأَوْعَىٰ |
އަދި މުދާ އެއްކޮށް، ޚަޒާނާ ކުރާ މީހާޔަށްވެސްމެއެވެ. |
﴿19﴾ ۞ إِنَّ الْإِنسَانَ خُلِقَ هَلُوعًا |
ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. |
﴿20﴾ إِذَا مَسَّهُ الشَّرُّ جَزُوعًا |
އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. |
﴿21﴾ وَإِذَا مَسَّهُ الْخَيْرُ مَنُوعًا |
އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ. |
﴿22﴾ إِلَّا الْمُصَلِّينَ |
ނަމާދުކުރާ މީހުން މެނުވީއެވެ. |
﴿23﴾ الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ |
އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ. |
﴿24﴾ وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ |
އަދި، އެއުރެންނީ، ސުއާލު ކޮށް، އެދޭމީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ. |
﴿25﴾ لِّلسَّائِلِ وَالْمَحْرُومِ |
އަދި، އެއުރެންނީ، ސުއާލު ކޮށް، އެދޭމީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ. |
﴿26﴾ وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ |
އަދި، އެއުރެންނީ، ޤިޔާމަތް ދުވަހަށް އީމާންވެ، ތެދުކުރާ މީހުންނެވެ. |
﴿27﴾ وَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ |
އަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޢަޛާބަށް ބިރުވެތިވާ މީހުންނެވެ. |
﴿28﴾ إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ |
ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ ޢަޛާބަކީ (އެކަލާނގެ އަމާން ކަންދެއްވިއްޔާމެނުވީ އެއިން) އަމާން ކަން ލިބިގެންނުވާ ޢަޛާބެކެވެ. |
﴿29﴾ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ |
އަދި، އެއުރެންނީ، އެއުރެންގެ ފަރުޖުތަކަށް ރައްކާތެރިވާ މީހުންނެވެ. |
﴿30﴾ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ |
އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. |
﴿31﴾ فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ |
ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ. |
﴿32﴾ وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ |
އަދި، އެއުރެންނީ، އެއުރެންގެ އަމާނަތްތަކަށާއި، އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ. |
﴿33﴾ وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ |
އެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ. |
﴿34﴾ وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ |
އަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. |
﴿35﴾ أُولَٰئِكَ فِي جَنَّاتٍ مُّكْرَمُونَ |
އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ. |
﴿36﴾ فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ |
ފަހެ، ކާފިރު ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟ |
﴿37﴾ عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ |
ފަހެ، ކާފިރު ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟ |
﴿38﴾ أَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ |
ނިޢުމަތުގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟ |
﴿39﴾ كَلَّا ۖ إِنَّا خَلَقْنَاهُم مِّمَّا يَعْلَمُونَ |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ. |
﴿40﴾ فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ |
ފަހެ، މަޝްރިޤުތަކާއި، މަޣްރިބުތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. |
﴿41﴾ عَلَىٰ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ |
ފަހެ، މަޝްރިޤުތަކާއި، މަޣްރިބުތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. |
﴿42﴾ فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ |
ފަހެ، އެއުރެންނަށް ވަޢުދު ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ބާޠިލު ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! |
﴿43﴾ يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ |
(އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ. |
﴿44﴾ خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ |
(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ ޙާލު، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް ވަޢުދު ކުރައްވާކަމުގައިވީ ދުވަހެވެ. |
|