|
﴿1﴾ لَا أُقْسِمُ بِهَٰذَا الْبَلَدِ |
ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު، މިރަށް (އެބަހީ: މައްކާ) ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ. |
﴿2﴾ وَأَنتَ حِلٌّ بِهَٰذَا الْبَلَدِ |
ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު، މިރަށް (އެބަހީ: މައްކާ) ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ. |
﴿3﴾ وَوَالِدٍ وَمَا وَلَدَ |
އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: އާދަމުގެފާނާއި އާދަމުގެ ދަރިންނެވެ.) |
﴿4﴾ لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ. |
﴿5﴾ أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ |
އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ |
﴿6﴾ يَقُولُ أَهْلَكْتُ مَالًا لُّبَدًا |
އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން ޚަރަދު ކޮށް ނެތިކޮށްފީމެވެ. |
﴿7﴾ أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ |
އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ |
﴿8﴾ أَلَمْ نَجْعَل لَّهُ عَيْنَيْنِ |
ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ |
﴿9﴾ وَلِسَانًا وَشَفَتَيْنِ |
ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ |
﴿10﴾ وَهَدَيْنَاهُ النَّجْدَيْنِ |
އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. |
﴿11﴾ فَلَا اقْتَحَمَ الْعَقَبَةَ |
ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟ |
﴿12﴾ وَمَا أَدْرَاكَ مَا الْعَقَبَةُ |
ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
﴿13﴾ فَكُّ رَقَبَةٍ |
(އެއީ) އަޅަކު މިނިވަންކުރުމެވެ. |
﴿14﴾ أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ |
ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ. |
﴿15﴾ يَتِيمًا ذَا مَقْرَبَةٍ |
ގާތްތިމާގެ ޔަތީމަކަށެވެ. |
﴿16﴾ أَوْ مِسْكِينًا ذَا مَتْرَبَةٍ |
ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ. |
﴿17﴾ ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ |
ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަޙްމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ. |
﴿18﴾ أُولَٰئِكَ أَصْحَابُ الْمَيْمَنَةِ |
ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ. |
﴿19﴾ وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ |
އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ. |
﴿20﴾ عَلَيْهِمْ نَارٌ مُّؤْصَدَةٌ |
އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ. |
|