|
﴿1﴾ وَالسَّمَاءِ ذَاتِ الْبُرُوجِ |
ބުރުޖުތަކުގެވެރި އުޑު ގަންދެއްވަމެވެ. |
﴿2﴾ وَالْيَوْمِ الْمَوْعُودِ |
އަދި ވަޢުދު ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ. |
﴿3﴾ وَشَاهِدٍ وَمَشْهُودٍ |
އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ. |
﴿4﴾ قُتِلَ أَصْحَابُ الْأُخْدُودِ |
ވަޅުގަނޑުގެ އެކުވެރިންނަށް ލަޢުނަތް ލެއްވިއެވެ. |
﴿5﴾ النَّارِ ذَاتِ الْوَقُودِ |
(އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ. |
﴿6﴾ إِذْ هُمْ عَلَيْهَا قُعُودٌ |
އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ. |
﴿7﴾ وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ |
މުއުމިނުންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި ޙާލުގައެވެ. |
﴿8﴾ وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ |
އަދި ޢަޒީޒުވަންތަ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ﷲއަށް އެއުރެން އީމާން ވާކަމަށްޓަކައި މެނުވީ، އެ ކާފިރުން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ. |
﴿9﴾ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ |
އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. |
﴿10﴾ إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ |
ހަމަކަށަވަރުން، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، ދީނުން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން ތައުބާ ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ ޢަޛާބު ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ ޢަޛާބު ހުށްޓެވެ. |
﴿11﴾ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ |
ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ. |
﴿12﴾ إِنَّ بَطْشَ رَبِّكَ لَشَدِيدٌ |
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ. |
﴿13﴾ إِنَّهُ هُوَ يُبْدِئُ وَيُعِيدُ |
ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) އިޢާދަ ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. |
﴿14﴾ وَهُوَ الْغَفُورُ الْوَدُودُ |
އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. |
﴿15﴾ ذُو الْعَرْشِ الْمَجِيدُ |
ޢަރްޝުގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ. |
﴿16﴾ فَعَّالٌ لِّمَا يُرِيدُ |
އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ. |
﴿17﴾ هَلْ أَتَاكَ حَدِيثُ الْجُنُودِ |
ފިރްޢައުނާއި، ޘަމޫދު ބާގައިގެ ލަޝްކަރުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ |
﴿18﴾ فِرْعَوْنَ وَثَمُودَ |
ފިރްޢައުނާއި، ޘަމޫދު ބާގައިގެ ލަޝްކަރުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ |
﴿19﴾ بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ |
އަދި ކިއެއްތަ! ކާފިރު ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ. |
﴿20﴾ وَاللَّهُ مِن وَرَائِهِم مُّحِيطٌ |
ﷲ އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ. |
﴿21﴾ بَلْ هُوَ قُرْآنٌ مَّجِيدٌ |
އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: އައްލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރްއާނެވެ. |
﴿22﴾ فِي لَوْحٍ مَّحْفُوظٍ |
އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: އައްލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރްއާނެވެ. |
|