|
| ﴿1﴾ تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ |
| އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: އަބޫލަހަބަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. |
| ﴿2﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ |
| އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ. |
| ﴿3﴾ سَيَصْلَىٰ نَارًا ذَاتَ لَهَبٍ |
| ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ. |
| ﴿4﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ |
| އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ. |
| ﴿5﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ |
| ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ. |
|