|
﴿1﴾ الم |
ا ل م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) |
﴿2﴾ غُلِبَتِ الرُّومُ |
(ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، ﷲއަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެތެވެ. |
﴿3﴾ فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ |
(ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، ﷲއަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެތެވެ. |
﴿4﴾ فِي بِضْعِ سِنِينَ ۗ لِلَّهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ |
(ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، ﷲއަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެތެވެ. |
﴿5﴾ بِنَصْرِ اللَّهِ ۚ يَنصُرُ مَن يَشَاءُ ۖ وَهُوَ الْعَزِيزُ الرَّحِيمُ |
(އެއީ) ﷲގެ ނަޞްރުންނެވެ. އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ނަޞްރު ދެއްވަތެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. |
﴿6﴾ وَعْدَ اللَّهِ ۖ لَا يُخْلِفُ اللَّهُ وَعْدَهُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ |
ﷲގެ ވަޢުދުފުޅެވެ. ﷲ، އެކަލާނގެ ވަޢުދާ ޚިލާފުވެ ވޮޑިއެއް ނުގަންނަވަތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. |
﴿7﴾ يَعْلَمُونَ ظَاهِرًا مِّنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ |
ދުނިޔޭގެ ދިރިއުޅުމުން އެއުރެންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެއުރެންވަނީ، އާޚިރަތް ދުވަހާމެދު ޣާފިލު ވެގެންވާ ބަޔަކު ކަމުގައެވެ. |
﴿8﴾ أَوَلَمْ يَتَفَكَّرُوا فِي أَنفُسِهِم ۗ مَّا خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُّسَمًّى ۗ وَإِنَّ كَثِيرًا مِّنَ النَّاسِ بِلِقَاءِ رَبِّهِمْ لَكَافِرُونَ |
އަދި އެއުރެން، އެއުރެންގެ އަމިއްލަ ނަފްސުތަކާމެދު ފިކުރެއް ނުކުރޭހެއްޔެވެ؟ ޙައްޤު ގޮތުގައި، އަދި ކަނޑައެޅިގެންވާ އަޖަލަކަށް މެނުވީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއް ﷲ ނަހައްދަވަތެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަމަށްވަނީ ކާފިރު ވެގެންކަން ކަށަވަރެވެ. |
﴿9﴾ أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ كَانُوا أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا الْأَرْضَ وَعَمَرُوهَا أَكْثَرَ مِمَّا عَمَرُوهَا وَجَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ ۖ فَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ |
އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވިއެވެ. އަދި އެއުރެން ބިންގަނޑު (ދަނޑުގޮވާން ކުރުމަށާއި، މަޢުދަނުތައް ނެރުމަށް) ތައްޔާރުކުރޫއެވެ. އަދި (މައްކާގެ މުޝްރިކުން) އެ ބިން އާބާދުކުރި ވަރަށްވުރެ ބޮޑަށް، އެއުރެން އެ ބިން އާބާދުކުރޫއެވެ. އަދި އެއުރެންގެ ރަސޫލުން، ފާޅުވެގެންވާ މުޢުޖިޒާތްތަކާއިގެން، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ﷲ، އެއުރެންނަށް އަނިޔާކުރައްވާ ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރާކަމުގައި ވިއެވެ. |
﴿10﴾ ثُمَّ كَانَ عَاقِبَةَ الَّذِينَ أَسَاءُوا السُّوأَىٰ أَن كَذَّبُوا بِآيَاتِ اللَّهِ وَكَانُوا بِهَا يَسْتَهْزِئُونَ |
ދެން ނުބައިކޮށް ކަންތައްކުރި މީހުންގެ ނިމުންވީ (އެއުރެންނަށް ލިބުނު) އެންމެ ނުބައި ޖަޒާއަށެވެ. އެއީ އެއުރެން ﷲގެ އާޔަތްތައް ދޮގުކޮށް، އެ އާޔަތްތަކަށް ފުރައްސާރަކޮށް އުޅުނު ބަޔަކު ކަމުގައިވީތީއެވެ. |
﴿11﴾ اللَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ثُمَّ إِلَيْهِ تُرْجَعُونَ |
(ނެތުމުގެތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ އިޢާދަ ކުރައްވަނީ ﷲއެވެ. ދެން ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ އެކަލާނގެ ޙަޟްރަތަށެވެ. |
﴿12﴾ وَيَوْمَ تَقُومُ السَّاعَةُ يُبْلِسُ الْمُجْرِمُونَ |
އަދި ޤިޔާމަތް ދުވަސް އަންނަހިނދު، ކުށްވެރިންގެ އުންމީދު ކެނޑިދެއެވެ. |
﴿13﴾ وَلَمْ يَكُن لَّهُم مِّن شُرَكَائِهِمْ شُفَعَاءُ وَكَانُوا بِشُرَكَائِهِمْ كَافِرِينَ |
(ﷲ ފިޔަވައި) އެއުރެން އަޅުކަންކޮށް ޝަރީކު ކޮށް އުޅުނު އެއްވެސް ފަރާތެއް އެއީ، އެއުރެންނާމެދު ޝަފާޢަތްތެރިވާ ބަޔަކު ކަމުގައި ނުވިއެވެ. އަދި އެއުރެން އަޅުކަންކޮށް ޝަރީކު ކޮށް އުޅުނު ފަރާތްތަކުގެ ސަބަބުން އެއުރެންވީ ކާފިރުން ކަމުގައެވެ. |
﴿14﴾ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ |
ޤިޔާމަތްވާ ދުވަހު އެއުރެން (އެބަހީ: މީސްތަކުން) އެދުވަހުން ދެބަޔަކަށް ބައިވެގެން ދާނެތެވެ. |
﴿15﴾ فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَهُمْ فِي رَوْضَةٍ يُحْبَرُونَ |
ފަހެ، އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންވާހުށީ، އުފާވެ، ނިޢުމަތް ލިބޭ ޙާލު، (ސުވަރުގޭގެ) ބަގީޗާއެއްގައެވެ. |
﴿16﴾ وَأَمَّا الَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا وَلِقَاءِ الْآخِرَةِ فَأُولَٰئِكَ فِي الْعَذَابِ مُحْضَرُونَ |
އަދި ކާފިރުވެ ތިމަންރަސްކަލާނގެ އާޔަތްތަކާއި، އާޚިރަތާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެންވާހުށީ ޢަޛާބުގެ ތެރެޔަށް ޙާޟިރު ކުރައްވާފައެވެ. |
﴿17﴾ فَسُبْحَانَ اللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ |
ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެޔަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، ﷲއަށް ތަސްބީޙަ ކިޔައި ނަމާދުކުރާށެވެ! |
﴿18﴾ وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ |
އުޑުތަކާއި، ބިމުގައި އެންމެހާ ތަޢުރީފާއި ޘަނާ މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަހިނދުގައި (ﷲއަށް ތިޔަބައިމީހުން ތަސްބީޙަ ކިޔައި ނަމާދުކުރާށެވެ!) |
﴿19﴾ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَيُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ |
މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި އެކަލާނގެ ނެރުއްވަތެވެ. އަދި ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަތެވެ. އަދި ބިން މަރުވެ އޮތުމަށްފަހު އެ ބިން ދިރުއްވަތެވެ. އަދި ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) ނެރުއްވާހުށީވެސް ހަމައެފަދައިންނެވެ. |
﴿20﴾ وَمِنْ آيَاتِهِ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَا أَنتُم بَشَرٌ تَنتَشِرُونَ |
އަދި އެކަލާނގެ ތިޔަބައިމީހުން ވެލީން އުފެއްދެވުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ދެން އެހިނދު، ތިޔަބައިމީހުން އިންސާނުންގެ ގޮތުގައި (ބިމުގައި) ފެތުރިގެންވަމުއެވެ. |
﴿21﴾ وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ |
ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. |
﴿22﴾ وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْعَالِمِينَ |
އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެކަމުގައި (އެފަދަ ކަންތައް) ދަންނަމީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ. |
﴿23﴾ وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ |
އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެކަލާނގެ ފަޟްލުވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. |
﴿24﴾ وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ |
އަދި ތިޔަބައިމީހުންނަށް ބިރުދެއްކެވުމުގެ ގޮތުންނާއި (ވާރެއާމެދު) އެދުންވެރި ކުރެއްވުމުގެ ގޮތުން، ވިދުވަރު ތިޔަބައިމީހުންނަށް ދެއްކެވުމާއި، ބިންގަނޑު މަރުވުމަށްފަހު އުޑުން ފެން ވެއްސަވައި، އެ ފެނުގެ ސަބަބުން އެ ބިން އަލުން ދިރުއްވާކަން ވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. |
﴿25﴾ وَمِنْ آيَاتِهِ أَن تَقُومَ السَّمَاءُ وَالْأَرْضُ بِأَمْرِهِ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِّنَ الْأَرْضِ إِذَا أَنتُمْ تَخْرُجُونَ |
އަދި އެކަލާނގެ އަމުރުފުޅަށް، އުޑާއި ބިން ޤާއިމްވެ އޮތުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ދެން ބިމުގެ ތެރެއިން އެކަލާނގެ ތިޔަބައިމީހުންނަށް (ކަށްވަޅުތަކުން ނުކުތުމަށް) ގޮވައިލައްވައިފިނަމަ، އެހިނދު ކުއްލިޔަކަށް ތިޔަބައިމީހުން ނުކުންނާނޫއެވެ. |
﴿26﴾ وَلَهُ مَن فِي السَّمَاوَاتِ وَالْأَرْضِ ۖ كُلٌّ لَّهُ قَانِتُونَ |
އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެ އެންމެން އެކަލާނގެއަށް ކިޔަމަންވެގެންވެތެވެ. |
﴿27﴾ وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ الْمَثَلُ الْأَعْلَىٰ فِي السَّمَاوَاتِ وَالْأَرْضِ ۚ وَهُوَ الْعَزِيزُ الْحَكِيمُ |
އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދަވައި ދެން އަލުން އެ އިޢާދަ ކުރައްވާ ރަސްކަލާނގެއެވެ. އެކަމަކީ، އެކަލާނގެއަށް ލުއިފަސޭހަ ކަމެކެވެ. އުޑުތަކާއި ބިމުގައި އެންމެ ފުރިހަމަ މިޘާލު ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ. |
﴿28﴾ ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَانُكُم مِّن شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ |
އެކަލާނގެ ތިޔަބައިމީހުންގެ ނަފްސުތަކުން ތިޔަބައިމީހުންނަށް މިޘާލެއް ޖެއްސެވިއެވެ. ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތީގައި ބައިވެރިވާ ބަޔަކު ތިޔަބައިމީހުންގެ އަޅުންގެ ތެރެއިން ވޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމުގައި ހަމަހަމަވެގެންވޭ ހެއްޔެވެ؟ ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ބިރުގަންނަ ފަދައިން، އެއުރެންދެކެ ތިޔަބައިމީހުން ބިރުގަންނަމު ހެއްޔެވެ؟ ވިސްނާބަޔަކަށް ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލު ކޮށްދެއްވަނީ އެފަދައިންނެވެ. |
﴿29﴾ بَلِ اتَّبَعَ الَّذِينَ ظَلَمُوا أَهْوَاءَهُم بِغَيْرِ عِلْمٍ ۖ فَمَن يَهْدِي مَنْ أَضَلَّ اللَّهُ ۖ وَمَا لَهُم مِّن نَّاصِرِينَ |
އަދި ކިއެއްތަ! އަނިޔާވެރިވީ މީހުން ނުދަނެތިބެ، އެއުރެންގެ އަމިއްލަ އެދުމަށް ތަބަޢަ ވޫއެވެ. ފަހެ ﷲ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކާނީ ކާކުހެއްޔެވެ؟ އަދި އެއުރެންނަށް ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ. |
﴿30﴾ فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ |
ފަހެ، ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަ ވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. |
﴿31﴾ ۞ مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ |
އެކަލާނގެއަށް ތިޔަބައިމީހުން ތައުބާވެ، ރުޖޫޢަވާ ޙާލުގައެވެ. އަދި އެކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! |
﴿32﴾ مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ |
އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން (ތިޔަބައިމީހުން ނުވާށެވެ!) ކޮންމެ ބަޔަކުމެ އެއުރެންގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބެތެވެ. |
﴿33﴾ وَإِذَا مَسَّ النَّاسَ ضُرٌّ دَعَوْا رَبَّهُم مُّنِيبِينَ إِلَيْهِ ثُمَّ إِذَا أَذَاقَهُم مِّنْهُ رَحْمَةً إِذَا فَرِيقٌ مِّنْهُم بِرَبِّهِمْ يُشْرِكُونَ |
އަދި މީސްތަކުންނަށް ދަތި ޙާލެއް ޖެހިއްޖެނަމަ، އެއުރެންގެ ވެރި ރަސްކަލާނގެއަށް ތައުބާވެ، ރުޖޫޢަވާ ޙާލު، ދުޢާ ކުރެތެވެ. ދެން އެއުރެންނަށް އެކަލާނގެ ޙަޟްރަތުން ރަޙްމަތެއްގެ ރަހަ ދައްކަވައިފިނަމަ، އެހިނދު އޭގެތެރެއިން ބަޔަކު އެއުރެންގެ ވެރިރަސްކަލާނގެއަށް ޝަރީކު ކުރެތެވެ. |
﴿34﴾ لِيَكْفُرُوا بِمَا آتَيْنَاهُمْ ۚ فَتَمَتَّعُوا فَسَوْفَ تَعْلَمُونَ |
އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ނިޢުމަތަށް ކާފިރު ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ ނަތީޖާ) އެނގޭ ހުށްޓެވެ. |
﴿35﴾ أَمْ أَنزَلْنَا عَلَيْهِمْ سُلْطَانًا فَهُوَ يَتَكَلَّمُ بِمَا كَانُوا بِهِ يُشْرِكُونَ |
ނުވަތަ ތިމަންރަސްކަލާނގެއަށް އެއުރެން ޝަރީކު ކުރުމަށް ބުނާ ޙުއްޖަތެއް ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބާވައިލެއްވީ ހެއްޔެވެ؟ |
﴿36﴾ وَإِذَا أَذَقْنَا النَّاسَ رَحْمَةً فَرِحُوا بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ |
އަދި ތިމަންރަސްކަލާނގެ މީސްތަކުންނަށް ރަޙްމަތެއްގެ ރަހަ ދައްކަވައިފިނަމަ، އެއާމެދު އެއުރެން އުފާކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުޅަ ކަންތައްތަކެއްގެ ސަބަބުން، އެއުރެންނަށް ނުބައިކަމެއް ދިމާވެއްޖެނަމަ، އެހިނދު އުންމީދު ކަނޑައިލާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. |
﴿37﴾ أَوَلَمْ يَرَوْا أَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ |
ހަމަކަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސް ކުރައްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވާކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އީމާންވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. |
﴿38﴾ فَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ ۚ ذَٰلِكَ خَيْرٌ لِّلَّذِينَ يُرِيدُونَ وَجْهَ اللَّهِ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ |
ފަހެ، ތިމާގެމީހާއަށާއި، މިސްކީނާ އަށާއި، ދަތުރުވެރިޔާއަށާއި، (މިއިން ކޮންމެ މީހަކަށް) އެމީހެއްގެ ޙައްޤު ދޭށެވެ! ﷲގެ ވަޖްހުފުޅު އެދިގެން އުޅޭ މީހުންނަށް އެގޮތް ހެޔޮކަން ބޮޑެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ. |
﴿39﴾ وَمَا آتَيْتُم مِّن رِّبًا لِّيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِندَ اللَّهِ ۖ وَمَا آتَيْتُم مِّن زَكَاةٍ تُرِيدُونَ وَجْهَ اللَّهِ فَأُولَٰئِكَ هُمُ الْمُضْعِفُونَ |
އަދި މީސްތަކުންގެ މުދަލުން ރިބާގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، ﷲގެ ޙަޟްރަތުގައި އިތުރުވެގެން ނުދާނެތެވެ. އަދި ﷲގެ ވަޖްހުފުޅު އެދިގެން ޒަކާތުގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެއުރެންނެވެ. |
﴿40﴾ اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَائِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَيْءٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ |
ތިޔަބައިމީހުން ހައްދަވައި، ދެން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން އަލުން ދިރުއްވަނީ ﷲއެވެ. ތިޔަބައިމީހުންގެ ޝަރީކުންގެ ތެރެއިން މިއިން އެއްވެސްކަމެއްކުރާ މީހަކު ވޭހެއްޔެވެ؟ އެއުރެން ޝަރީކު ކުރާ ކަންތަކުން އެކަލާނގެ ހުސްޠާހިރުވަންތަވެ، މަތިވެރިވެ ވޮޑިގެންވެއެވެ. |
﴿41﴾ ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ |
މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަ ވުމަށްޓަކައެވެ. |
﴿42﴾ قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން ކުރިން އުޅުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންތޯ ތިޔަބައިމީހުން ބަލައި ވިސްނާށެވެ! އޭގެތެރެއިން ގިނަމީހުން މުޝްރިކުން ކަމުގައިވޫއެވެ. |
﴿43﴾ فَأَقِمْ وَجْهَكَ لِلدِّينِ الْقَيِّمِ مِن قَبْلِ أَن يَأْتِيَ يَوْمٌ لَّا مَرَدَّ لَهُ مِنَ اللَّهِ ۖ يَوْمَئِذٍ يَصَّدَّعُونَ |
ފަހެ (އެއްވެސް މީހަކަށް) ﷲގެ ޙަޟްރަތުން ރައްދުކުރެއްވުމެއްނުވާ ދުވަހެއް އައުމުގެކުރިން، ކަލޭގެފާނުގެ މޫނުފުޅު ސީދާވެގެންވާ ދީނަށް ކުރިމަތިކުރައްވާށެވެ! އެދުވަހުން އެއުރެން (ދެބަޔަކަށް) ބައިވެގެންދާނެތެވެ. |
﴿44﴾ مَن كَفَرَ فَعَلَيْهِ كُفْرُهُ ۖ وَمَنْ عَمِلَ صَالِحًا فَلِأَنفُسِهِمْ يَمْهَدُونَ |
ކާފިރުވި މީހާ (ދަންނާށެވެ!) ފަހެ، އޭނާގެ ކާފިރު ކަން އޮންނާނީ، އޭނާގެ މައްޗަށެވެ. އަދި ޞާލިޙު ޢަމަލުކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ ނަފްސުތަކަށްޓަކައި އެއުރެން މަގު ހޯދައެވެ. |
﴿45﴾ لِيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِن فَضْلِهِ ۚ إِنَّهُ لَا يُحِبُّ الْكَافِرِينَ |
(އެއީ) އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް އެކަލާނގެ ފަޟްލުވަންތަކަމުން އެއުރެންނަށް ޖަޒާ ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެ، ކާފިރުންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ. |
﴿46﴾ وَمِنْ آيَاتِهِ أَن يُرْسِلَ الرِّيَاحَ مُبَشِّرَاتٍ وَلِيُذِيقَكُم مِّن رَّحْمَتِهِ وَلِتَجْرِيَ الْفُلْكُ بِأَمْرِهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ |
އުފާވެރިކަމުގެ ޚަބަރު ދެނިވި ގޮތުގައި، ވައިރޯޅި ފޮނުއްވާކަން އެއީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. (އެއީ) ތިޔަބައިމީހުންނަށް އެކަލާނގެ ރަޙްމަތުގެ ރަހަ ދެއްކެވުމަށާއި، އެކަލާނގެ އަމުރުފުޅަށް އުޅަނދުތައް ދުވުމަށާއި، އެކަލާނގެ ފަޟްލުވަންތަކަމުން ތިޔަބައިމީހުން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ. |
﴿47﴾ وَلَقَدْ أَرْسَلْنَا مِن قَبْلِكَ رُسُلًا إِلَىٰ قَوْمِهِمْ فَجَاءُوهُم بِالْبَيِّنَاتِ فَانتَقَمْنَا مِنَ الَّذِينَ أَجْرَمُوا ۖ وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ |
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް އެބޭކަލުންގެ ޤައުމުގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. ފަހެ، އެބޭކަލުން އެއުރެންގެގާތަށް ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. ފަހެ (އެބޭކަލުން ދޮގުކޮށް) ފާފަކުރި މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. އަދި މުއުމިނުންނަށް ނަޞްރު ދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް ޙައްޤެއް ކަމުގައިވެއެވެ. |
﴿48﴾ اللَّهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ ۖ فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ |
ﷲއީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ ނިޢުމަތް ދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ ޙާޞިލު ކޮށްގަނެތެވެ. |
﴿49﴾ وَإِن كَانُوا مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِ لَمُبْلِسِينَ |
އަދި އޭގެކުރިން އެއުރެންގެ މައްޗަށް ވާރޭ ވެއްސެވުމުގެކުރިން އުންމީދު ކެނޑި، މާޔޫސްވެފައި ތިބިބަޔަކު ކަމުގައި އެއުރެންވޫއެވެ. |
﴿50﴾ فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ ذَٰلِكَ لَمُحْيِي الْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ |
ފަހެ، ﷲގެ ރަޙްމަތުގެ އަސަރުތައް ދެކެބަލާށެވެ! ބިންގަނޑު މަރުވުމަށްފަހު، (ވާރޭގެ ސަބަބުން) އެކަލާނގެ އެ ބިންގަނޑު ދިރުއްވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލާނގެއީ، މަރުވެފައިވާ މީހުން ދިރުއްވާ ރަސްކަލާނގެކަން ކަށަވަރެވެ. އެކަލާނގެއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
﴿51﴾ وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَّظَلُّوا مِن بَعْدِهِ يَكْفُرُونَ |
(ﷲ ފޮނުއްވި ރަޙްމަތުގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވައިރޯޅިއެއް ފޮނުއްވައި (އޭގެ ސަބަބުން) އެ ގަސްތައް ދޮންވެ، ހިކިގެންދާތަން އެއުރެންނަށް ފެނިއްޖެނަމަ، އޭގެފަހުންވެސް އެއުރެން ކާފިރު ވުމުގައި ދެމިތިބޭކަން ކަށަވަރެވެ. |
﴿52﴾ فَإِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ |
ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަކަށް މަރުވެފައިވާ މީހުންނަށް އަޑެއް ނީއްވެވޭނެތެވެ. އަދި ބީރު މީހުންނަށް އެއުރެން ފުރަގަސްދީ ދާހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެވެ. |
﴿53﴾ وَمَا أَنتَ بِهَادِ الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ |
އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެއުރެންގެ މަގުފުރެދުމުން އެއްކިބާ ކުރައްވައި، (ތެދުމަގު ދައްކަވާ) ހާދީއަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާ ބަޔަކަށް މެނުވީ، ކަލޭގެފާނަކަށް ނީއްވެވޭނެތެވެ. ފަހެ، އެއުރެންނީ، ﷲއަށް ކިޔަމަންވާ މީހުންނެވެ. |
﴿54﴾ ۞ اللَّهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ |
ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، ﷲއެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
﴿55﴾ وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ |
ޤިޔާމަތުގެ ވަގުތުޖެހޭދުވަހު ކުށްވެރިން ހިނދުކޮޅަކަށް މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ. (ދުނިޔެމަތީގައި) އެއުރެން ޙައްޤުން އެއްކިބާވާ ކަމުގައިވީ އެފަދައިންނެވެ. |
﴿56﴾ وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَٰذَا يَوْمُ الْبَعْثِ وَلَٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ |
އަދި އެބަޔަކަށް ޢިލްމާއި، އީމާންކަން ލިބިގެންވާ މީހުން ބުނާނެތެވެ. އަލުން ދިރުއްވާނޭ ދުވަހާ ޖެހެންދެން ﷲ ކަނޑައަޅުއްވާފައިވާގޮތަށް ހަމަކަށަވަރުން، ތިޔަބައިމީހުން ތިބެއްޖައީމުއެވެ. ފަހެ، މިއީ އަލުން ދިރުއްވައި ފޮނުއްވާ ދުވަހެވެ. އެހެނެއްކަމަކު ތިޔަބައިމީހުންވީ (އެކަން) ނުދަންނަ ކަމުގައެވެ. |
﴿57﴾ فَيَوْمَئِذٍ لَّا يَنفَعُ الَّذِينَ ظَلَمُوا مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ |
ފަހެ، އެދުވަހުން އަނިޔާވެރިންނަކަށް އެއުރެން ދައްކާ ޢުޛުރަކުން މަންފާއެއް ނުކުރާނެތެވެ. އަދި ހެޔޮމަގަށް އެނބުރި ދިއުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ. |
﴿58﴾ وَلَقَدْ ضَرَبْنَا لِلنَّاسِ فِي هَٰذَا الْقُرْآنِ مِن كُلِّ مَثَلٍ ۚ وَلَئِن جِئْتَهُم بِآيَةٍ لَّيَقُولَنَّ الَّذِينَ كَفَرُوا إِنْ أَنتُمْ إِلَّا مُبْطِلُونَ |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި ޤުރްއާނުގައި މީސްތަކުންނަށް ހުރިހާ ބާވަތަކުން މިޘާލު ޖެއްސެވީމެވެ. އަދި އެއުރެންގެ ގާތަށް މުޢުޖިޒާއަކާއިގެން ކަލޭގެފާނު ވަޑައިގެންފިނަމަ، ކާފިރު ވިމީހުން ބުނާނެކަން ކަށަވަރެވެ. ބާޠިލުގެ އަހުލުވެރިން ކަމުގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ. |
﴿59﴾ كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ قُلُوبِ الَّذِينَ لَا يَعْلَمُونَ |
(ﷲގެ އެއްކައުވަންތަކަން) ނުދަންނަ މީހުންގެ ހިތްތަކުގައި، ﷲ ސިއްކަގައްސަވަނީ އެފަދައިންނެވެ. |
﴿60﴾ فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ الَّذِينَ لَا يُوقِنُونَ |
ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އަދި އީމާން ނުވާ މީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކެތްތެރިކަން ކަނޑައިލިޔަ ނުދެއްވާށެވެ! |
|