އައްޝަމްސް
ފަހަތަށް
الشمس ކުރިއަށް
﴿1﴾ وَالشَّمْسِ وَضُحَاهَا
އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ.
﴿2﴾ وَالْقَمَرِ إِذَا تَلَاهَا
އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ.
﴿3﴾ وَالنَّهَارِ إِذَا جَلَّاهَا
އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ.
﴿4﴾ وَاللَّيْلِ إِذَا يَغْشَاهَا
އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
﴿5﴾ وَالسَّمَاءِ وَمَا بَنَاهَا
އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
﴿6﴾ وَالْأَرْضِ وَمَا طَحَاهَا
އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ.
﴿7﴾ وَنَفْسٍ وَمَا سَوَّاهَا
އަދި ނަފްސާއި، އެ ނަފްސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
﴿8﴾ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.
﴿9﴾ قَدْ أَفْلَحَ مَن زَكَّاهَا
އެ ނަފްސު ޠާހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
﴿10﴾ وَقَدْ خَابَ مَن دَسَّاهَا
އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
﴿11﴾ كَذَّبَتْ ثَمُودُ بِطَغْوَاهَا
ޘަމޫދު ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ.
﴿12﴾ إِذِ انبَعَثَ أَشْقَاهَا
އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.
﴿13﴾ فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا
ފަހެ، އެއުރެންނަށް ﷲގެ ރަސޫލާ (އެބަހީ: ޞާލިޙުގެފާނު) ވިދާޅުވިއެވެ. ﷲގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ!
﴿14﴾ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا
ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް ޢަޛާބު ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ ޢަޛާބުގައި ހަމަހަމަ ކުރެއްވިއެވެ.
﴿15﴾ وَلَا يَخَافُ عُقْبَاهَا
އަދި އެ ޢަޛާބުގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ.
ފަހަތަށް
ކުރިއަށް